Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އެމެރިކާގެ 18 ސިފައިން މަރުވެ، 624 މީހުން ޒަޚަމްވެއްޖެ: ސީއެންއެން

27 ޖުލައި 2026 | ހޯމަ 10:56

އީރާނުގެ ހަމަލާތަކުގައި ޒަޚަމްވި ސިފައިންގެ އަދަދު ހާމަކުރުމުގައި ޕެންޓަގަންއިން ދެފުށް ފެންނަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވުމުން، އެމެރިކާގެ ދިފާއީ ވުޒާރާއިން ވަނީ ހަނގުރާމައިގެ ތަފާސްހިސާބުތައް އަލުން އަޕްޑޭޓްކޮށްފައި. މި ބަދަލާއެކު ޒަޚަމްވި މީހުންގެ އަދަދު 624 އަށް އަރާފައިވާއިރު، މައުލޫމާތު އޮޅުވާލި ސަބަބު ސާފުކޮށްދިނުމަށް އެދި ސެނެޓްގެ މެންބަރުން މިހާރު ވަނީ ދިފާއީ ވަޒީރަށް ސިޓީއެއް ފޮނުއްވާފައި

ރާއްޖެ އެމްވީ | 27 ޖުލައި 2026 | ހޯމަ 10:56
2026 ޖުލައި 22 ވަނަ ދުވަހު، ޑޯވަރ އެއަރ ފޯސް ބޭސްގައި ބޭއްވި ޝަރަފުވެރި ވަދާއީ ރަސްމިއްޔާތެއްގައި، އެމެރިކާ ސިފައިންގެ ހަތަރު މެންބަރުން ކަމަށްވާ ފަސްޓް ލެފްޓިނަންޓް ޓައިލަރ ޖޭމްސް ފީހަން އާއި، ސްޓާފް ސާޖަންޓް މައިކަލް އެމަނުއަލް ސްވިންޓަން އާއި، ސާޖަންޓް އެންޖެލް އެސް. ރާމްޕްރަސާދު އަދި ޕްރައިވެޓް އިޒަބެލާ ގޮންޒާލޭޒްގެ ހަށިތައްލާފައިވާ ސަންދޯއްތައް ވެހިކަލަކަށް އަރުވާފައި

2026 ޖުލައި 22 ވަނަ ދުވަހު، ޑޯވަރ އެއަރ ފޯސް ބޭސްގައި ބޭއްވި ޝަރަފުވެރި ވަދާއީ ރަސްމިއްޔާތެއްގައި، އެމެރިކާ ސިފައިންގެ ހަތަރު މެންބަރުން ކަމަށްވާ ފަސްޓް ލެފްޓިނަންޓް ޓައިލަރ ޖޭމްސް ފީހަން އާއި، ސްޓާފް ސާޖަންޓް މައިކަލް އެމަނުއަލް ސްވިންޓަން އާއި، ސާޖަންޓް އެންޖެލް އެސް. ރާމްޕްރަސާދު އަދި ޕްރައިވެޓް އިޒަބެލާ ގޮންޒާލޭޒްގެ ހަށިތައްލާފައިވާ ސަންދޯއްތައް ވެހިކަލަކަށް އަރުވާފައި | ގެޓީ އިމޭޖަސް

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން މިހާތަނަށް އެމެރިކާގެ 18 ސިފައިން މަރުވެ، 624 މީހުން ޒަޚަމްވެއްޖެ ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފި އެވެ.

އީރާނުން މިދިޔަ ހަފުތާގައި ދިން ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ހާމަކުރުމުގައި ދެފުށް ފެންނަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ބުނެ ސުވާލުތައް އުފެދިފައިވަނިކޮށް، އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ހަނގުރާމައިގެ ގެއްލުންތަކާ ބެހޭ މައުލޫމާތު ހިމެނޭ ޑޭޓާބޭސް ހޮނިހިރު ދުވަހު އަޕްޑޭޓްކޮށްފައިވާ ކަމަށް ސީއެންއެން އިން ބުނެފައިވެ އެވެ. މި އާ މައުލޫމާތުތަކާއެކު، އިތުރު 140 މީހަކު ޒަޚަމްވިކަން ރިކޯޑުކޮށްފައިވާއިރު، އީރާނުގެ ހަމަލާތަކުގައި އެންމެ ފަހުން މަރުވި ހަތަރު ސިފައިންގެ މައުލޫމާތު ވެސް ވަނީ އަލުން ޑޭޓާބޭސްގައި ހިމަނާފަ އެވެ.

"ޑިފެންސް ކެޝުއަލްޓީ އެނަލިސިސް ސިސްޓަމް" (ޑީ.ސީ.އޭ.އެސް) އަށް ގެނައި މި ބަދަލާއެކު، ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން މަރުވާ އަދި ޒަޚަމްވާ މީހުންގެ މައުލޫމާތު ހިމެނުމަށް "އޯވަސީސް އޮޕަރޭޝަންސް" ގެ ނަމުގައި އާ ގިންތިއެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.

ޕެންޓަގަންގެ އާ ތަފާސްހިސާބުތަކާއި "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ އަދަދުތައް އެއްކޮށްލުމުން، ފެބްރުއަރީ 28 ގައި އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން މިހާތަނަށް 18 ސިފައިން މަރުވެ، 624 މީހުން ވަނީ ޒަޚަމްވެފަ އެވެ. ޒަޚަމްވި މީހުންގެ މި އަދަދަކީ މިދިޔަ ހަފުތާގައި ސީ.އެން.އެން އިން ރިޕޯޓުކުރި އެންމެ މަތީ އަދަދު ކަމަށްވާ 482 އާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

އީރާނުގެ ހަމަލާތައް ކުރިއަށްދިޔަ ވަގުތު، ޑީ.ސީ.އޭ.އެސް ސިސްޓަމުން، މަރުވި އަދި ޒަޚަމްވި މީހުންގެ އަދަދުތައް މަދުވަމުންދިއުމާ ގުޅިގެން، މީޑިއާތަކާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ފާޑުކިޔުން ޕެންޓަގަންއަށް ވަނީ އަމާޒުވެފަ އެވެ. މިކަމާ ގުޅިގެން ސެނެޓްގެ އާމްޑް ސާވިސަސް ކޮމިޓީގައި ހިމެނޭ ޑިމޮކްރެޓިކް ޕާޓީގެ 12 މެންބަރަކު ވަނީ، ތަފާސްހިސާބުތަކަށް މިފަދަ ބަދަލުތަކެއް އަންނަން މެދުވެރިވި ސަބަބު ސާފުކޮށްދިނުމަށް އެދި ދިފާއީ ވަޒީރު ޕީޓް ހެގްސެތަށް ބުރާސްފަތި ދުވަހު ސިޓީއެއް ފޮނުއްވާފަ އެވެ.

އީރާން-އެމެރިކާއޮޕަރޭޝަން އެޕިކް ފިއުރީއީރާން ހަނގުރާމަ

އިތުރަށް ކިޔާލަން

27 ޖުލައި 2026

ނުރައްކާތެރި އަސްކަރީ ބޮޑު އޮޕަރޭޝަނެއް ހިންގާ އީރާނުގެ ނިއުކްލިއާ މާއްދާތައް ވަގަށްނެގުމަށް ޕެންޓަގަން އިން ރާވަނީ

27 ޖުލައި 2026
ނުރައްކާތެރި އަސްކަރީ ބޮޑު އޮޕަރޭޝަނެއް ހިންގާ އީރާނުގެ ނިއުކްލިއާ މާއްދާތައް ވަގަށްނެގުމަށް ޕެންޓަގަން އިން ރާވަނީ
27 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ހުރި އީރާނުގެ އަމާޒުތަކަށް ހަމަލާދިނުމަކީ އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ގޮތް ނޫން ކަމަށް ސެންޓްކޮމްގެ އެންމެ އިސް ކޮމާންޑަރު ލަފާދީފި

27 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ހުރި އީރާނުގެ އަމާޒުތަކަށް ހަމަލާދިނުމަކީ އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ގޮތް ނޫން ކަމަށް ސެންޓްކޮމްގެ އެންމެ އިސް ކޮމާންޑަރު ލަފާދީފި
27 ޖުލައި 2026

އީރާންގެ ތެޔޮ ޓޭންކަރަކަށް އަރައި، އެމެރިކާގެ ދިދަ ހިފައިގެން ހުންނަ މަންޒަރު ފެންނަ އޭއައި ފޮޓޯއެއް ޓްރަމްޕް ހިއްސާ ކުރައްވައިފި

27 ޖުލައި 2026
އީރާންގެ ތެޔޮ ޓޭންކަރަކަށް އަރައި، އެމެރިކާގެ ދިދަ ހިފައިގެން ހުންނަ މަންޒަރު ފެންނަ އޭއައި ފޮޓޯއެއް ޓްރަމްޕް ހިއްސާ ކުރައްވައިފި
27 ޖުލައި 2026

އެމެރިކާގެ ހަތިޔާރު ހުސްވާ ކަަަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ދޮގުކުރައްވައިފި

27 ޖުލައި 2026
އެމެރިކާގެ ހަތިޔާރު ހުސްވާ ކަަަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ދޮގުކުރައްވައިފި
26 ޖުލައި 2026

އީރާނާ ދެކޮޅަށް ހަމަލާތައް ފެށުމަށްފަހު، އެހެން ބައެއްގެ ބޮލުގައި ހަނގުރާމަ އަޅުވާ، ހުރިހާ ފައިދާ އެއް އިސްރާއީލުން ނަގަނީ

26 ޖުލައި 2026
އީރާނާ ދެކޮޅަށް ހަމަލާތައް ފެށުމަށްފަހު، އެހެން ބައެއްގެ ބޮލުގައި ހަނގުރާމަ އަޅުވާ، ހުރިހާ ފައިދާ އެއް އިސްރާއީލުން ނަގަނީ
26 ޖުލައި 2026

ޓްރަމްޕް އިރާނަށް ހަމަލާދިނުން މެދުކަނޑާލީ މަޝްވަރާއަށް ފުރުސަތު ދިނުމަށް: އެމެރިކާގެ ސަފީރު

26 ޖުލައި 2026
ޓްރަމްޕް އިރާނަށް ހަމަލާދިނުން މެދުކަނޑާލީ މަޝްވަރާއަށް ފުރުސަތު ދިނުމަށް: އެމެރިކާގެ ސަފީރު
26 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ގޮވައިފި

26 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ގޮވައިފި
26 ޖުލައި 2026

އީރާނާއި އެމެރިކާ ހަމަލާތައް މެދުކަނޑާލައިފި

26 ޖުލައި 2026
އީރާނާއި އެމެރިކާ ހަމަލާތައް މެދުކަނޑާލައިފި
26 ޖުލައި 2026

އީރާން ހަނގުރާމަ ވަރުގަދަކުރުމާ މެދު އެމެރިކާގެ ނައިބު ރައީސް ވޭންސް އާއި ޖެނެރަލް ކޭން ކަންބޮޑުވެއްޖެ

26 ޖުލައި 2026
އީރާން ހަނގުރާމަ ވަރުގަދަކުރުމާ މެދު އެމެރިކާގެ ނައިބު ރައީސް ވޭންސް އާއި ޖެނެރަލް ކޭން ކަންބޮޑުވެއްޖެ
26 ޖުލައި 2026

އެމެރިކާ އިން އަލުން ހަމަލާ ދީފި ނަމަ، ހަނގުރާމަ ފުޅާވާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

26 ޖުލައި 2026
އެމެރިކާ އިން އަލުން ހަމަލާ ދީފި ނަމަ، ހަނގުރާމަ ފުޅާވާނެ ކަމުގެ އިންޒާރު އީރާން އިން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް