Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ނުރައްކާތެރި އަސްކަރީ ބޮޑު އޮޕަރޭޝަނެއް ހިންގާ އީރާނުގެ ނިއުކްލިއާ މާއްދާތައް ވަގަށްނެގުމަށް ޕެންޓަގަން އިން ރާވަނީ

27 ޖުލައި 2026 | ހޯމަ 10:37

އީރާނުގެ ބިންގަރާސްތަކުގައި ރައްކާކޮށްފައިވާ ޔުރޭނިއަމްތައް އަތުލައިގަތުމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަރުގަދަ އޮޕަރޭޝަނެއް ރާވަމުންދާއިރު، މީގެ ދަށުން އެތައް ހާސް ސިފައިންނެއް އެ ގައުމުގެ ނިއުކްލިއާ މަރުކަޒުތަކަށް އަރައިގަންނާނެ ކަމަށް ރިޕޯޓްތައް ބުނޭ. މި އޮޕަރޭޝަނަކީ އީރާނުގެ ދިފާއީ ފާރުތައް ފޫއަޅުވާލައި، ބިމުގެ ފުނުގައި ހުރި ނުރައްކާތެރި މާއްދާތައް ނެރުމަށް ހިންގާ އަސްކަރީ ތާރީޚުގައިވެސް އެންމެ އުނދަގޫ އެއް ހަރަކާތަށް ވާނެ ކަމަށް ބުނޭ

ރާއްޖެ އެމްވީ | 27 ޖުލައި 2026 | ހޯމަ 10:37
ތައިލެންޑުގެ ރޯޔަލް ތައި އާމްޑް ފޯސް އާއި އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑް ގުޅިގެން ބޭއްވި 46 ވަނަ "ކޯބްރާ ގޯލްޑް" މަލްޓިނޭޝަނަލް މިލިޓަރީ އެކްސަސައިޒްގައި ބައިވެރިވުމަށްފަހު، އެމެރިކާގެ މެރިން ސިފައިން މަޑުކޮށްލައިގެން

ތައިލެންޑުގެ ރޯޔަލް ތައި އާމްޑް ފޯސް އާއި އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑް ގުޅިގެން ބޭއްވި 46 ވަނަ "ކޯބްރާ ގޯލްޑް" މަލްޓިނޭޝަނަލް މިލިޓަރީ އެކްސަސައިޒްގައި ބައިވެރިވުމަށްފަހު، އެމެރިކާގެ މެރިން ސިފައިން މަޑުކޮށްލައިގެން | ގެޓީ އިމޭޖަސް

އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރަސްމީ ރިޒާވް ނުވަތަ ސްޓޮކް އަތުލައިގަތުމަށްޓަކައި، އަސްކަރީ ތާރީޚުގައިވެސް ހިންގާނެ އެންމެ އުނދަގޫ އަދި ވަރުގަދަ އޮޕަރޭޝަން ހިންގުމަށް އެމެރިކާގެ ދިފާއީ އިދާރާ، ޕެންޓަގަނުން ވިސްނަމުންދާ ކަމަށް ނިއުޔޯކް ޕޯސްޓުން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފި އެވެ. އެ ނޫހުން މިކަން ހާމަކޮށްފައިވަނީ މިކަމުގެ މައުލޫމާތު އެނގޭ މަސްދަރުތަކާ ހަވާލާދީ އެވެ.

މިކަމާ ގުޅޭ މައުލޫމާތު އެނގޭ މަސްދަރަކުން އެ ނޫހަށް މައުލޫމާތު ދިން ގޮތުގައި، މި ރޭވުމުގެ ދަށުން އެތައް ހާސް އެއްގަމު ސިފައިންނެއް އީރާނުގެ ވަރުގަދަ ނިއުކްލިއާ މަރުކަޒުތަކަށް އަރައިގަންނާނެ އެވެ. އަދި އެ ތަންތަނުން ޔުރޭނިއަމްތައް ނެރުމުގެ މަސައްކަތް ކުރާނީ ހޮވާލެވިފައިވާ ކޮމާންޑޯންގެ ކުޑަ ޓީމަކުންނެވެ.

ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވިދާނެ އީރާނުގެ މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ހުރި ސީދާ ތަންތަން އަދި ސާފެއް ނުވެ އެވެ. އީރާނުގެ މައިގަނޑު ހަތަރު ނިއުކްލިއާ މަރުކަޒު ހުންނަނީ ފޯޑޯ، ނަތާންޒް، އިސްފަހާން އަދި ޕިކްއެކްސް ފަރުބަދައިގަ އަޑީގަ އެވެ. މީގެ ތެރެއިން ފުރަތަމަ ތިން ތަނަށް މިދިޔަ އަހަރު އެމެރިކާ އާއި އިސްރާއީލުން ވަނީ ހަމަލާދީފަ އެވެ. އީރާނުގައި ހުރި ކަމަށް ބެލެވޭ 440 ކިލޯގެ މުއްސަނދި ޔުރޭނިއަމްގެ ތެރެއިން ގާތްގަނޑަކަށް 200 ކިލޯ ހުރީ އިސްފަހާންގެ ބޭރުގައި ހުންނަ ފުން ބިންގަރާސްތަކެއްގައި ކަމަށް ބެލެވޭއިރު، ބާކީ ހުރި ބައި ހުރީ ނަތާންޒްގައި ކަމަށް ލަފާކުރެވެ އެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ މާރިޗު މަހު ވިދާޅުވި ގޮތުގައި، އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިވި މަރުކަޒުތަކުގެ "ކުނިތަކުގެ ދަށުގައި" އީރާނުގެ މުއްސަނދި ޔުރޭނިއަމްތައް އަދިވެސް އެބަހުއްޓެވެ. އަދި އެ ތަކެތި އަލުން ނެގުމުގެ ނުވަތަ ބޭނުންކުރުމުގެ އެއްވެސް ރޭވުމެއް މިވަގުތު އީރާނުން ނުގެންގުޅޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވަރުގަދަ ގްރެނައިޓް ހިލައިގެ ފަރުބަދައެއްގެ ފުނުގައި ހަދާފައިވާ ޕިކްއެކްސް މައުންޓަން މަރުކަޒަށް މިދިޔަ އަހަރުގެ ހަމަލާތަކުގައި ގެއްލުމެއް ނުލިބެ އެވެ. އެއީ އެ ދުވަސްވަރު އެތަނުގެ މަސައްކަތް ނުނިމި ހުރުމާއި، އެތަން އޭރު ހުސްކޮށް އޮތުމުން ކަމަށް ބެލެވެ އެވެ.

ނަމަވެސް، އޭގެ ފަހުން އެ މަރުކަޒު އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާ އާއި އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި އީރާނުން ވަނީ އެތަނުގެ ބިމުގެ އަޑިއަށް ސެންޓްރިފިއުޖްތަކާއި ޔުރޭނިއަމްތައް ބަދަލުކޮށްފަ އެވެ. އެހެންނަމަވެސް، އެ މަރުކަޒު އަދި ފުރިހަމައަށް އޮޕަރޭޓް ކުރަން ފަށާފައިވާ ކަމަކަށް ނުބެލެވެ އެވެ.

ނިއުޔޯކް ޕޯސްޓުން ރިޕޯޓްކުރި ގޮތުގައި، އެމެރިކާގެ އާންމު ސިފައިންގެ ޒިންމާއަކީ އެ މަރުކަޒުތަކަށް އަރައިގަނެ، އެ ސަރަހައްދުގައި ދިފާއީ ފާރަވެރިންގެ ގޮތުގައި ތިބުމެވެ. އެ ވަގުތު، ސީލް ޓީމް 6 ގެ ސިލްވަރ ސްކޮޑްރަން އާއި، އާމީގެ 2 ވަނަ ރޭންޖަރ ބެޓާލިއަން އަދި 21 ވަނަ އޯޑްނަންސް ކޮމްޕެނީ ހިމެނޭ ކުޑަ ޓީމަކުން، ހަލާކުވެފައިވާ ފޯޑޯ އަދި އިސްފަހާން މަރުކަޒުން ޔުރޭނިއަމްތައް ނެރެ އުފުލުމުގެ މަސައްކަތް ކުރާނެ އެވެ.

މި އޮޕަރޭޝަނުގައި އީރާނުގެ އެއްގަމު ސިފައިންގެ ދީފާއުން ނެއްޓި، ބަންދުވެފައިވާ ބިންގަރާސްތަކުގެ ދޮރުތައް ހުޅުވަން ޖެހޭނެ އެވެ. އަދި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކުން އީރާނުގެ ވައިގެ ސަރަހައްދު ކޮންޓްރޯލްކޮށް، ޔުރޭނިއަމްތައް ބޭރަށް ގެންދިއުމަށް "އެއަރ ކޮރިޑޯ" އެއް ނުވަތަ ރައްކާތެރި ވައިގެ މަގެއް ގާއިމުކުރަން ޖެހޭނެ ކަމަށްވެސް ރިޕޯޓްގައިވެ އެވެ.

"މިހެން ބުނަން އުނދަގޫވި ނަމަވެސް، އީރާނުގެ ނިއުކްލިއާ މާއްދާތައް ނައްތާލުމަށް އޮތް އެންމެ ފުރުސަތު ބޮޑު ގޮތަކީ އަސްކަރީ އޮޕަރޭޝަނެއް ހިންގުން. ސަބަބަކީ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުފެންނާތީ،" ސެންޓަރ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްގެ ޑެޕިއުޓީ ޑައިރެކްޓަރ ޖޯސެފް ރޮޖާސް ނިއުޔޯކް ޕޯސްޓަށް ވިދާޅުވި އެވެ. ދުޝްމަނުންގެ ސަރަހައްދެއްގެ ފުނުގައި، ނުރައްކާތެރި އެތައް މަރުކަޒެއް ބަލަހައްޓަމުން މިފަދަ މަސައްކަތެއް ކުރުމަކީ އަސްކަރީ ތާރީޚުގައިވެސް ހިންގާނެ އެންމެ އުނދަގޫ އޮޕަރޭޝަނަށް ވެދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ރޮޖާސް އިތުރަށް ވިދާޅުވީ، މިއީ ލޮޖިސްޓިކް ގޮތުން ވަރަށް ބުރަ އަދި ނުރައްކާތެރި މާހައުލެއްގައި ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އީރާނުގެ އަސްކަރިއްޔާ ބަލިކަށިވެފައިވީ ނަމަވެސް، އެމީހުންނަކީ ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯ ބަލަހައްޓަން ތިބި ކިއުބާ ސިފައިންނަށްވުރެ މާ ހުށިޔާރު ބައެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނިއުޔޯކް ޓައިމްސްއިން މިދިޔަ މަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ޔުރޭނިއަމްތައް ހުރީ ބިމުގެ އެހާ ފުނުގައި ކަމުން، އެމެރިކާގެ އެންމެ ވަރުގަދަ "ބަންކަރ-ބަސްޓަރ" ބޮންތަކުންވެސް އެތަކެތި ހަލާކެއް ނުކުރެވޭނެ އެވެ. އަދި އެ ތަކެތި ނެގުމަށް ހިންގާ އޮޕަރޭޝަނަކީ ބޮޑު ނުރައްކަލެއް އޮތް ކަމެއް ކަމަށް ވެސް ނޫހުން ވަނީ ބުނެފަ އެވެ.

އީރާންއީރާން-އެމެރިކާއީރާން ނިއުކްލިއަރ ޕްރޮގްރާމް

އިތުރަށް ކިޔާލަން

27 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ހުރި އީރާނުގެ އަމާޒުތަކަށް ހަމަލާދިނުމަކީ އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ގޮތް ނޫން ކަމަށް ސެންޓްކޮމްގެ އެންމެ އިސް ކޮމާންޑަރު ލަފާދީފި

27 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ހުރި އީރާނުގެ އަމާޒުތަކަށް ހަމަލާދިނުމަކީ އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ގޮތް ނޫން ކަމަށް ސެންޓްކޮމްގެ އެންމެ އިސް ކޮމާންޑަރު ލަފާދީފި
27 ޖުލައި 2026

އީރާންގެ ތެޔޮ ޓޭންކަރަކަށް އަރައި، އެމެރިކާގެ ދިދަ ހިފައިގެން ހުންނަ މަންޒަރު ފެންނަ އޭއައި ފޮޓޯއެއް ޓްރަމްޕް ހިއްސާ ކުރައްވައިފި

27 ޖުލައި 2026
އީރާންގެ ތެޔޮ ޓޭންކަރަކަށް އަރައި، އެމެރިކާގެ ދިދަ ހިފައިގެން ހުންނަ މަންޒަރު ފެންނަ އޭއައި ފޮޓޯއެއް ޓްރަމްޕް ހިއްސާ ކުރައްވައިފި
27 ޖުލައި 2026

އެމެރިކާގެ ހަތިޔާރު ހުސްވާ ކަަަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ދޮގުކުރައްވައިފި

27 ޖުލައި 2026
އެމެރިކާގެ ހަތިޔާރު ހުސްވާ ކަަަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ދޮގުކުރައްވައިފި
26 ޖުލައި 2026

އީރާނާ ދެކޮޅަށް ހަމަލާތައް ފެށުމަށްފަހު، އެހެން ބައެއްގެ ބޮލުގައި ހަނގުރާމަ އަޅުވާ، ހުރިހާ ފައިދާ އެއް އިސްރާއީލުން ނަގަނީ

26 ޖުލައި 2026
އީރާނާ ދެކޮޅަށް ހަމަލާތައް ފެށުމަށްފަހު، އެހެން ބައެއްގެ ބޮލުގައި ހަނގުރާމަ އަޅުވާ، ހުރިހާ ފައިދާ އެއް އިސްރާއީލުން ނަގަނީ
26 ޖުލައި 2026

ޓްރަމްޕް އިރާނަށް ހަމަލާދިނުން މެދުކަނޑާލީ މަޝްވަރާއަށް ފުރުސަތު ދިނުމަށް: އެމެރިކާގެ ސަފީރު

26 ޖުލައި 2026
ޓްރަމްޕް އިރާނަށް ހަމަލާދިނުން މެދުކަނޑާލީ މަޝްވަރާއަށް ފުރުސަތު ދިނުމަށް: އެމެރިކާގެ ސަފީރު
26 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ގޮވައިފި

26 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ގޮވައިފި
26 ޖުލައި 2026

އީރާނާއި އެމެރިކާ ހަމަލާތައް މެދުކަނޑާލައިފި

26 ޖުލައި 2026
އީރާނާއި އެމެރިކާ ހަމަލާތައް މެދުކަނޑާލައިފި
26 ޖުލައި 2026

އީރާން ހަނގުރާމަ ވަރުގަދަކުރުމާ މެދު އެމެރިކާގެ ނައިބު ރައީސް ވޭންސް އާއި ޖެނެރަލް ކޭން ކަންބޮޑުވެއްޖެ

26 ޖުލައި 2026
އީރާން ހަނގުރާމަ ވަރުގަދަކުރުމާ މެދު އެމެރިކާގެ ނައިބު ރައީސް ވޭންސް އާއި ޖެނެރަލް ކޭން ކަންބޮޑުވެއްޖެ
26 ޖުލައި 2026

އެމެރިކާ އިން އަލުން ހަމަލާ ދީފި ނަމަ، ހަނގުރާމަ ފުޅާވާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

26 ޖުލައި 2026
އެމެރިކާ އިން އަލުން ހަމަލާ ދީފި ނަމަ، ހަނގުރާމަ ފުޅާވާނެ ކަމުގެ އިންޒާރު އީރާން އިން ދީފި
26 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭ ގޮތުން އޮމާން އާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އީރާން އިން ބުނެފި

26 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭ ގޮތުން އޮމާން އާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އީރާން އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް