Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން ހަނގުރާމަ ވަރުގަދަކުރުމާ މެދު އެމެރިކާގެ ނައިބު ރައީސް ވޭންސް އާއި ޖެނެރަލް ކޭން ކަންބޮޑުވެއްޖެ

26 ޖުލައި 2026 | އާދީއްތަ 10:20

އީރާނަށް ދެމުންދިޔަ ހަމަލާތައް އެމެރިކާއިން ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު، ހަނގުރާމަ ވަރުގަދަކުރުމުން ކުރިމަތިވެދާނެ ނުރައްކާތަކާއި ހަތިޔާރުގެ ރިޒާވް މަދުވުމާ މެދު އަސްކަރީ އިސްވެރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. ރައީސް ޓްރަމްޕް މި މައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް އިސްކަންދެއްވި ނަމަވެސް، އީރާނުން މަޝްވަރާއަށް ނައިސްފިނަމަ އަސްކަރީ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމުގެ އިޚުތިޔާރު އޮތްކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައި

ރާއްޖެ އެމްވީ | 26 ޖުލައި 2026 | އާދީއްތަ 10:20
2026 މާރިޗު 7 ވީ ހޮނިހިރު ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ރައީސާއި ނައިބު ރައީސްގެ އިތުރުން، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް އަދި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑެން ކޭން ވެސް ބައިވެރިވެވަޑައިގަންނަވަނީ. ކުވައިތުގައި މަރުވި މި ހަ ސިފައިންގެ ހަށިގަނޑު އެމެރިކާއަށް ބަދަލުކުރުމުގެ މި ރަސްމިއްޔާތު ކުރިއަށްދިޔައީ އަސްކަރީ ފުރިހަމަ އިއްޒަތުގައި

2026 މާރިޗު 7 ވީ ހޮނިހިރު ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ރައީސާއި ނައިބު ރައީސްގެ އިތުރުން، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް އަދި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑެން ކޭން ވެސް ބައިވެރިވެވަޑައިގަންނަވަނީ. ކުވައިތުގައި މަރުވި މި ހަ ސިފައިންގެ ހަށިގަނޑު އެމެރިކާއަށް ބަދަލުކުރުމުގެ މި ރަސްމިއްޔާތު ކުރިއަށްދިޔައީ އަސްކަރީ ފުރިހަމަ އިއްޒަތުގައި | ރޮއިޓާސް

އީރާނާއެކު ކުރަމުންދާ ހަނގުރާމަ އިތުރަށް ވަރުގަދަކުރުމާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާކުރެއްވުމުން، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ނައިބު ރައީސް ޖޭޑީ ވޭންސް އާއި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭން ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށް މިކަމުގެ މައުލޫމާތު ހުރި މަސްދަރަކުންނާއި އެމެރިކާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކޮށްފި އެވެ.

ދެ ހަފުތާއެއްހާ ދުވަހު މެދުކެނޑުމެއްނެތި އީރާނަށް ދެމުންދިޔަ ވައިގެ ހަމަލާތައް ހުކުރު ދުވަހުގެ ރޭ އެމެރިކާއިން ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. ޑިފެންސް މިނިސްޓްރީގެ މަސްދަރަކުން ހޮނިހިރު ދުވަހު ސީއެންއެންއަށް މައުލޫމާތު ދިން ގޮތުގައި، މިހާރު މި އޮޕަރޭޝަންތައް އޮތީ "މެދުކަނޑާލާފަ" އެވެ.

ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައި ޖެނެރަލް ކޭން ވަނީ އެމެރިކާގެ ހަތިޔާރުގެ ރަސްމީ ރިޒާވް ނުވަތަ ސްޓޮކްޕައިލް ހުރި މިންވަރާ މެދުއާއި، ހަނގުރާމަ ވަރުގަދަކުރުމުން ކުރިމަތިވެދާނެ އެހެނިހެން ނޭދެވޭ ނަތީޖާތަކާ މެދު ޚާއްސަ ގޮތެއްގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މަސްދަރުތަކުން ބުނާ ގޮތުގައި، އެމެރިކާ ސިފައިންނަށް ޓްރަމްޕް ބޭނުންފުޅުވާ ފަދަ އަސްކަރީ ފިޔަވަޅުތައް ކާމިޔާބުކަމާއެކު އެޅިދާނެ ކަމަށް ކޭން ވިދާޅުވި ނަމަވެސް، އޭގެ ފަހުން ނުކުމެދާނެ ނުރައްކާތަކުގެ އިންޒާރު އޭނާ ވަނީ ރައީސަށް ދެއްވާފަ އެވެ.

މި ބައްދަލުވުމުގައި ޓްރަމްޕަށް ހުށަހެޅުނު ގިނަ ކަންބޮޑުވުންތަކުގެ ތެރޭގައި، އެމެރިކާގެ ހަތިޔާރުގެ ރިޒާވް މަދުވަމުންދާ މައްސަލަ ހިމެނޭ ކަމަށް ދެ މަސްދަރުންވެސް ބުނެފައިވެ އެވެ.

އެމެރިކާއިން މެދުކެނޑުމެއްނެތި ދެމުންދިޔަ ހަމަލާތައް ހުއްޓާލީ ހަތިޔާރުގެ ރިޒާވްއާ މެދު އޮތް ކަންބޮޑުވުމުގެ ސަބަބުން ކަމެއް ނުވަތަ ހަނގުރާމަ އިތުރަށް ފުޅާވެދާނެތީ ދިން އިންޒާރުގެ ސަބަބުން ކަމެއް އަދި ސާފު ނުވާ ކަމަށް ސީއެންއެން އިން ބުނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ހަމަލާތައް މެދުކަނޑާލާފައި ބާއްވާނެ ކަމެއްވެސް އަދި ނޭނގެ އެވެ.

ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ސްޓީވަން ޗަންގް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައީސް ޓްރަމްޕް އަބަދުވެސް އިސްކަންދެއްވަނީ ހުރްމުޒް ކަނޑުއޮޅީގައި ނުވަތަ އެމެރިކާގެ ބައިވެރިންނާ ދެކޮޅަށް އީރާނުން ހިންގާ "ޓެރަރިސްޓް" ހަރަކާތްތައް ހުއްޓުވުމަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ކަމަށެވެ. ނަމަވެސް، ހުރިހާ ގޮތަކުން ފިޔަވަޅު އެޅުމުގެ އިޚުތިޔާރު ރައީސް އަދިވެސް ދަމަހައްޓަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗަންގް އިތުރަށް ވިދާޅުވީ، އީރާނުގެ އިގްތިސާދު އިނދަޖައްސާލާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، އީރާނުގެ އުދުވާނަށް ރައްދު ދިނުމުގެ ގޮތުން 13 ދުވަސް ވަންދެން އަސްކަރީ އަމާޒުތަކަށް ދިން ހަމަލާތަކަށް ބަލާއިރު، އީރާނަށް އެންމެ ބުއްދިވެރި ގޮތަކީ މަޝްވަރާގެ މޭޒަށް އައުން ކަމަށެވެ. އެހެން ނޫންނަމަ، ދެން ވާނެ ގޮތް އެ ގައުމަށް އެނގޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އީރާނަށް ދޭ ހަމަލާތައް ކުރިއަށްދާނަމަ، އެމެރިކާގެ މުހިންމު ހަތިޔާރުގެ ރިޒާވްތައް އިތުރަށް ހުސްވެ، ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ސީއެންއެންއިން މީގެ ކުރިންވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.

ހުކުރު ދުވަހު ކެބިނެޓް މެންބަރުންނާއި އިސް މުޝީރުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އޮފިޝަލުން އީރާނާއެކު ހަރަކާތްތެރިކަމާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް، އަސްކަރީ ހަމަލާތައް ކުރިއަށް ގެންދިއުމަކީ ނުވަތަ "މިއަށްވުރެ ވަރުގަދަ ޑޯޒެއް" ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ކުރިއަށްދާ ވާހަކަތަކުގައި އީރާނުން "ސީރިއަސް" ވަމުންދާ ކަމަށް ފެންނަ ކަމަށްވެސް ޓްރަމްޕް ފާހަގަކުރެއްވި އެވެ.

މިކަމުގެ މައުލޫމާތު ހުރި މަސްދަރަކުން ބުނި ގޮތުގައި، ހުކުރު ދުވަހުގެ މެންދުރު ފަހާ ހަމައަށްވެސް ޓްރަމްޕްގެ ސަރުކާރުން ދިޔައީ ހަނގުރާމަ އިތުރަށް ވަރުގަދަކުރާނެ ގޮތްތަކާ މެދު ބަހުސްކުރަމުންނެވެ. ގަލްފުގެ ގައުމުތަކުން އެމެރިކާގެ އޮފިޝަލުންނާ ދެއްކި ވާހަކަތަކުގައި ކެތްތެރިކަން އިސްކުރުމަށް ބާރުއަޅާފައިވީ ނަމަވެސް، އެމެރިކާ ބޭނުންވެއްޖެ ނަމަ ހަނގުރާމަ އިތުރަށް ފުޅާކުރުމުގެ ޚާއްސަ ގާބިލުކަން އެ ގައުމަށް ލިބިގެންވާކަން ގަލްފު ގައުމުތަކުން ގަބޫލުކުރާ ކަމަށް އެ މަސްދަރުން ބުންޏެވެ.

މި ހަފުތާގައި އީރާނަށް ވަރުގަދަ ހަމަލާއެއް ދިނުމާ މެދު ވިސްނަވަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އޭނާގެ މަންދޫބުންނަށް ސިއްރިއްޔާތުގައި އަންގަވާފައިވާ ކަމަށް މައުލޫމާތު ހުރި މަސްދަރަކުން ބުނެ އެވެ. މިއިން ދޭހަވަނީ، އެމެރިކާގެ އެއްގަމު ސިފައިން ހަނގުރާމައިގައި ބައިވެރިނުކޮށް، އަސްކަރީ ގޮތުން ކުރެވޭނެ ކަންކަން މަދުވުމުގެ ހަގީގަތާ މެދު ރައީސް ޓްރަމްޕް ވިސްނަވަމުންދާ ކަމެވެ.

ޓްރަމްޕްގެ އަރިސް ބޭފުޅުންނާއި ޕެންޓަގަންގެ ތެރޭގައި ތިއްބެވި މަދު ބޭފުޅަކު މެނުވީ، ހަނގުރާމަ ވަރުގަދަކުރުމުން ރައީސް ބޭނުންފުޅުވާ ނަތީޖާ ނުކުންނާނެ ކަމަށް ގަބޫލުނުކުރާ ކަމަށް އެތައް މަސްދަރަކުން ބުނެ އެވެ.

މީގެ އިތުރުން، ހަނގުރާމަ ފެށުމުގެ ކުރިންވެސް، ދިގުދެމިގެންދާ އަސްކަރީ ކެމްޕޭނެއްގެ ސަބަބުން އެމެރިކާގެ ހަތިޔާރުގެ ރިޒާވަށް ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ އިންޒާރު ޖެނެރަލް ކޭން އާއި އެހެނިހެން އަސްކަރީ ވެރިން ޓްރަމްޕަށް ދެއްވާފައިވާ ކަމަށް ސީއެންއެންއިން ކުރިން ރިޕޯޓްކޮށްފައިވެ އެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ސީއެންއެންއަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއަކީ ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ލަޝްކަރު ކަމަށާއި، ރައީސް ކަނޑައަޅުއްވާ ވަގުތެއްގައި އަދި ތަނެއްގައި ފިޔަވަޅު އެޅުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް އެމެރިކާ އަތުގައި އެބަހުރި ކަމަށެވެ.

މަސްދަރު: ސީއެންއެން

އީރާން-އެމެރިކާއީރާން ހަނގުރާމަ

އިތުރަށް ކިޔާލަން

26 ޖުލައި 2026

އެމެރިކާ އިން އަލުން ހަމަލާ ދީފި ނަމަ، ހަނގުރާމަ ފުޅާވާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

26 ޖުލައި 2026
އެމެރިކާ އިން އަލުން ހަމަލާ ދީފި ނަމަ، ހަނގުރާމަ ފުޅާވާނެ ކަމުގެ އިންޒާރު އީރާން އިން ދީފި
26 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭ ގޮތުން އޮމާން އާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އީރާން އިން ބުނެފި

26 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭ ގޮތުން އޮމާން އާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އީރާން އިން ބުނެފި
26 ޖުލައި 2026

ދެ ހަފުތާގެ ތެރޭގައި ސަރަހައްދީ ބޭސްތަކުގައި ހުރި އެމެރިކާގެ 11 މަތިންދާބޯޓާއި ހެލިކޮޕްޓަރު އީރާނުން ހަލާކުކޮށްލައިފި: އައިއާރުޖީސީ

26 ޖުލައި 2026
ދެ ހަފުތާގެ ތެރޭގައި ސަރަހައްދީ ބޭސްތަކުގައި ހުރި އެމެރިކާގެ 11 މަތިންދާބޯޓާއި ހެލިކޮޕްޓަރު އީރާނުން ހަލާކުކޮށްލައިފި: އައިއާރުޖީސީ
26 ޖުލައި 2026

ހަތިޔާރު މަދުވުމުގެ ސަބަބުން، އީރާން އަށް ދެމުން އައި ހަމަލާތައް އެމެރިކާ އިން މެދުކަނޑާލައިފި

26 ޖުލައި 2026
ހަތިޔާރު މަދުވުމުގެ ސަބަބުން، އީރާން އަށް ދެމުން އައި ހަމަލާތައް އެމެރިކާ އިން މެދުކަނޑާލައިފި
25 ޖުލައި 2026

އީރާން ހަނގުރާމައިގައި މަރުވާ އަދި އަނިޔާވާ އެމެރިކާ ސިފައިންގެ އަދަދުތައް ޕެންޓަގަން އިން އޮޅުވާލަން މަސައްކަތް ކުރަނީ!

25 ޖުލައި 2026
އީރާން ހަނގުރާމައިގައި މަރުވާ އަދި އަނިޔާވާ އެމެރިކާ ސިފައިންގެ އަދަދުތައް ޕެންޓަގަން އިން އޮޅުވާލަން މަސައްކަތް ކުރަނީ!
25 ޖުލައި 2026

ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި ރަޝިޔާއިން އެހީތެރިވޭތަ؟

25 ޖުލައި 2026
ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި ރަޝިޔާއިން އެހީތެރިވޭތަ؟
25 ޖުލައި 2026

ދުޝްމަނުން އަމާން ދިނުމުން ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށް އީރާނުން ބުނެފި

25 ޖުލައި 2026
ދުޝްމަނުން އަމާން ދިނުމުން ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށް އީރާނުން ބުނެފި
25 ޖުލައި 2026

އަވަހާރަކޮށްލަފާނެ ކަމުގެ ބިރަށް ޓްރަމްޕް ދަތުރުކުރެއްވި މަތިންދާ ބޯޓު ކުއްލިގޮތަކަށް ބަދަލުކުރި: ރިޕޯޓު

25 ޖުލައި 2026
އަވަހާރަކޮށްލަފާނެ ކަމުގެ ބިރަށް ޓްރަމްޕް ދަތުރުކުރެއްވި މަތިންދާ ބޯޓު ކުއްލިގޮތަކަށް ބަދަލުކުރި: ރިޕޯޓު
25 ޖުލައި 2026

އީރާންއާ ވާހަކަ ދެއްކިޔަސް ޓްރަމްޕް ހުންނެވީ ގޮތް ދޫކުރާ ގޮތަކަށް ނޫން!

25 ޖުލައި 2026
އީރާންއާ ވާހަކަ ދެއްކިޔަސް ޓްރަމްޕް ހުންނެވީ ގޮތް ދޫކުރާ ގޮތަކަށް ނޫން!
25 ޖުލައި 2026

އީރާނާ ދެކޮޅަށް ބޮޑެތި ހަމަލާތަކެއް ދޭން ނުނިންމަން، އެ މީހުންގެ ފަރާތުން ސީރިއަސްކަން ފެނޭ: ޓްރަމްޕް

25 ޖުލައި 2026
އީރާނާ ދެކޮޅަށް ބޮޑެތި ހަމަލާތަކެއް ދޭން ނުނިންމަން، އެ މީހުންގެ ފަރާތުން ސީރިއަސްކަން ފެނޭ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް