Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނާއި އެމެރިކާ ހަމަލާތައް މެދުކަނޑާލައިފި

26 ޖުލައި 2026 | އާދީއްތަ 12:11

އެމެރިކާއިން އީރާނަށް ދެމުންދިޔަ ހަމަލާތައް މަޑުޖައްސާލުމާ ގުޅިގެން، އީރާނުންވެސް ބަދަލުހިފުމުގެ އޮޕަރޭޝަންތައް މެދުކަނޑާލާފައިވާކަން އެ ގައުމުން ހާމަކޮށްފި. އެމެރިކާގެ ހަމަލާތައް ހުއްޓާލީ ހަތިޔާރު މަދުވުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނާއިރު، އަލުން ހަމަލާދޭން ފަށައިފިނަމަ ހަނގުރާމަ އިތުރަށް ފުޅާވެދާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައި

ރާއްޖެ އެމްވީ | 26 ޖުލައި 2026 | އާދީއްތަ 12:11
އީރާނުން ކުރިއަށްގެންދިޔަ އަސްކަރީ ތަމްރީނުތަކެއްގައި އެ ގައުމުން އުފައްދާފައިވާ ކުރު ރާސްތާގެ "ފާތިހު" މަރުކާގެ މިސައިލެއް ކާމިޔާބުކަމާއެކު ފޮނުވާލަނީ

އީރާނުން ކުރިއަށްގެންދިޔަ އަސްކަރީ ތަމްރީނުތަކެއްގައި އެ ގައުމުން އުފައްދާފައިވާ ކުރު ރާސްތާގެ "ފާތިހު" މަރުކާގެ މިސައިލެއް ކާމިޔާބުކަމާއެކު ފޮނުވާލަނީ | ގެޓީ އިމޭޖަސް

ވޮޝިންޓަނުން އީރާނަށް ދެމުންދިޔަ ހަމަލާތައް ފާއިތުވި ދެ ރޭ ހުއްޓާލުމާ ގުޅިގެން، މެދުއިރުމަތީގައި ތިބި އެމެރިކާގެ ބައިވެރިންނަށް އަމާޒުކޮށް ދެމުންދިޔަ ބަދަލުހިފުމުގެ ހަމަލާތައް މެދުކަނޑާލާފައިވާ ކަމަށް އީރާނުން އާދީއްތަ ދުވަހު ބުނެފި އެވެ.

އީރާނުން މިކަން އިޢުލާނުކޮށްފައި މިވަނީ، ފަސްވަނަ މަހަކަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައިގެ ހަމަލާތައް އެމެރިކާއިން މަޑުޖައްސާލުމާ ގުޅިގެންނެވެ. އަދި ހަމަލާތައް އިތުރަށް ވަރުގަދަކުރުމަށް އެމެރިކާއިން ގެންގުޅޭ ރޭވުންތަކަށް، ހަތިޔާރު މަދުވުމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގެ ރިޕޯޓުތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މުޙައްމަދު އަކްރަމީނިއާ ވިދާޅުވީ، މީގެ ދެ ރޭ ކުރިއާ ހަމައަށް އެމެރިކާގެ ހަމަލާތައް ކުރިއަށްދިޔަ ނަމަވެސް، ފާއިތުވި ދެ ރޭ އެމެރިކާއިން ހަމަލާދިނުން ހުއްޓާލާފައިވާ ކަމަށެވެ.

އަކްރަމީނިއާ އިތުރަށް ވިދާޅުވީ، އީރާނުގެ ސިޔާސަތަކީ ބަދަލުހިފުން ކަމަށްވާތީ، އެމެރިކާއިން ހަމަލާތައް ހުއްޓާލުމާއެކު އީރާނުންވެސް ބަދަލުހިފުމުގެ އޮޕަރޭޝަންތައް މިހާރު މެދުކަނޑާލާފައިވާ ކަމަށެވެ.

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް ކުރަމުންދިޔަ ހަނގުރާމައިގެ ސަބަބުން، ވޮޝިންޓަނާއި ތެހެރާނާ ދެމެދު ކުރިއަށްދިޔަ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ވަނީ ބުރޫއަރާފަ އެވެ. އަދި މި ހަމަނުޖެހުންތައް ހަކަތަ ފޯރުކޮށްދޭ މުހިންމު ސަރަހައްދުން ބޭރަށް ފެތުރި، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، ސަރަހައްދީ އާގުބޯޓުތަކުގެ އިތުރުން ގަލްފުގެ ގައުމުތަކަށްވެސް ވަނީ ހަމަލާތައް އަމާޒުވެފަ އެވެ.

ފާއިތުވި ދެ ހަފުތާއެއްހާ ދުވަހު ކޮންމެ ރެއަކު އެމެރިކާއިން ބޮން އަޅަމުން ދިއުމަށްފަހު، މިހާރު ހަމަލާތަކަށް އައިސްފައިވާ މަޑުޖެހުމާއެކު އަލުން މަޝްވަރާތައް ފެށިދާނެ ކަމުގެ އުންމީދު ވަނީ އާވެފަ އެވެ. ނަމަވެސް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ހަމަލާތައް މެދުކަނޑާލީ ޕެޓްރިއަޓް އިންޓަރސެޕްޓަރ މިސައިލްތަކާއި ދިފާއީ އެހެނިހެން ހަތިޔާރުތައް ހުސްވަމުންދާތީ އެކަމުގެ ފިއްތުންތަކާ ހުރެ އެވެ.

މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މިއަށްވުރެ މާ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފައިވީ ނަމަވެސް، އީރާނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް މިވަގުތު އޮތީ "މަޑުޖައްސާލާފައި" ކަމަށް ޕެންޓަގަންގެ މަސްދަރަކާ ހަވާލާދީ ސީ.އެން.އެން އިން ރިޕޯޓުކޮށްފައިވެ އެވެ.

ނިއުޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާތައް ވަރުގަދަކުރުމަށް ރާވާފައިވާ ރޭވުންތައް ފަސްކޮށްފައިވަނީ ހަތިޔާރުގެ ރިޒާވް މަދުވަމުންދާތީ އެވެ. މިކަން އެ ނޫހަށް ކަށަވަރުކޮށްދީފައިވަނީ މި މައުލޫމާތު އެނގޭ ދެ ފަރާތަކުންނެވެ.

ހުކުރު ދުވަހު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި، އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވޭންސް އާއި އެމެރިކާގެ އިސް ޖެނެރަލް ޑޭން ކޭން، ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ސީ.އެން.އެން އިން ބުނެ އެވެ.

އެ ނެޓްވޯކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލިބެންހުރި އަސްކަރީ ފުރުސަތުތަކުގެ ބޭނުން ހިފައިގެން ކާމިޔާބު ހަމަލާތަކެއް ދެވިދާނެ ކަމަށް ޖެނެރަލް ކޭން ރައީސް ޓްރަމްޕަށް ދެންނެވިއެވެ. ނަމަވެސް އެކަމުގެ ސަބަބުން ނުކުމެދާނެ ނަތީޖާއާ މެދު އޭނާ ވަނީ އިންޒާރު ދެއްވާފަ އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންގާރަ ދުވަހު ވޮޝިންޓަނަށް ކުރައްވާ ދަތުރުފުޅުގެ ކުރިން، އީރާނުގެ އަސްކަރިއްޔާއިން އާދީއްތަ ދުވަހު ވަނީ އިންޒާރު ދީފަ އެވެ. އީރާނުން ބުނީ އެމެރިކާއިން އަލުން ހަމަލާދޭން ފަށައިފިނަމަ، މި ހަނގުރާމަ މިއަށްވުރެ ބޮޑަށް ފުޅާވެގެންދާނެ ކަމަށެވެ.

އީރާން-އެމެރިކާއީރާން ހަނގުރާމަ

އިތުރަށް ކިޔާލަން

26 ޖުލައި 2026

އީރާން ހަނގުރާމަ ވަރުގަދަކުރުމާ މެދު އެމެރިކާގެ ނައިބު ރައީސް ވޭންސް އާއި ޖެނެރަލް ކޭން ކަންބޮޑުވެއްޖެ

26 ޖުލައި 2026
އީރާން ހަނގުރާމަ ވަރުގަދަކުރުމާ މެދު އެމެރިކާގެ ނައިބު ރައީސް ވޭންސް އާއި ޖެނެރަލް ކޭން ކަންބޮޑުވެއްޖެ
26 ޖުލައި 2026

އެމެރިކާ އިން އަލުން ހަމަލާ ދީފި ނަމަ، ހަނގުރާމަ ފުޅާވާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

26 ޖުލައި 2026
އެމެރިކާ އިން އަލުން ހަމަލާ ދީފި ނަމަ، ހަނގުރާމަ ފުޅާވާނެ ކަމުގެ އިންޒާރު އީރާން އިން ދީފި
26 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭ ގޮތުން އޮމާން އާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އީރާން އިން ބުނެފި

26 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭ ގޮތުން އޮމާން އާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އީރާން އިން ބުނެފި
26 ޖުލައި 2026

ދެ ހަފުތާގެ ތެރޭގައި ސަރަހައްދީ ބޭސްތަކުގައި ހުރި އެމެރިކާގެ 11 މަތިންދާބޯޓާއި ހެލިކޮޕްޓަރު އީރާނުން ހަލާކުކޮށްލައިފި: އައިއާރުޖީސީ

26 ޖުލައި 2026
ދެ ހަފުތާގެ ތެރޭގައި ސަރަހައްދީ ބޭސްތަކުގައި ހުރި އެމެރިކާގެ 11 މަތިންދާބޯޓާއި ހެލިކޮޕްޓަރު އީރާނުން ހަލާކުކޮށްލައިފި: އައިއާރުޖީސީ
26 ޖުލައި 2026

ހަތިޔާރު މަދުވުމުގެ ސަބަބުން، އީރާން އަށް ދެމުން އައި ހަމަލާތައް އެމެރިކާ އިން މެދުކަނޑާލައިފި

26 ޖުލައި 2026
ހަތިޔާރު މަދުވުމުގެ ސަބަބުން، އީރާން އަށް ދެމުން އައި ހަމަލާތައް އެމެރިކާ އިން މެދުކަނޑާލައިފި
25 ޖުލައި 2026

އީރާން ހަނގުރާމައިގައި މަރުވާ އަދި އަނިޔާވާ އެމެރިކާ ސިފައިންގެ އަދަދުތައް ޕެންޓަގަން އިން އޮޅުވާލަން މަސައްކަތް ކުރަނީ!

25 ޖުލައި 2026
އީރާން ހަނގުރާމައިގައި މަރުވާ އަދި އަނިޔާވާ އެމެރިކާ ސިފައިންގެ އަދަދުތައް ޕެންޓަގަން އިން އޮޅުވާލަން މަސައްކަތް ކުރަނީ!
25 ޖުލައި 2026

ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި ރަޝިޔާއިން އެހީތެރިވޭތަ؟

25 ޖުލައި 2026
ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި ރަޝިޔާއިން އެހީތެރިވޭތަ؟
25 ޖުލައި 2026

ދުޝްމަނުން އަމާން ދިނުމުން ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށް އީރާނުން ބުނެފި

25 ޖުލައި 2026
ދުޝްމަނުން އަމާން ދިނުމުން ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށް އީރާނުން ބުނެފި
25 ޖުލައި 2026

އަވަހާރަކޮށްލަފާނެ ކަމުގެ ބިރަށް ޓްރަމްޕް ދަތުރުކުރެއްވި މަތިންދާ ބޯޓު ކުއްލިގޮތަކަށް ބަދަލުކުރި: ރިޕޯޓު

25 ޖުލައި 2026
އަވަހާރަކޮށްލަފާނެ ކަމުގެ ބިރަށް ޓްރަމްޕް ދަތުރުކުރެއްވި މަތިންދާ ބޯޓު ކުއްލިގޮތަކަށް ބަދަލުކުރި: ރިޕޯޓު
25 ޖުލައި 2026

އީރާންއާ ވާހަކަ ދެއްކިޔަސް ޓްރަމްޕް ހުންނެވީ ގޮތް ދޫކުރާ ގޮތަކަށް ނޫން!

25 ޖުލައި 2026
އީރާންއާ ވާހަކަ ދެއްކިޔަސް ޓްރަމްޕް ހުންނެވީ ގޮތް ދޫކުރާ ގޮތަކަށް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް