Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އެމެރިކާ އިން އަލުން ހަމަލާ ދީފި ނަމަ، ހަނގުރާމަ ފުޅާވާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

26 ޖުލައި 2026 | އާދީއްތަ 09:52

އީރާންގެ ސިފައިންގެ ތަރުޖަމާން މުޙައްމަދު އަކްރަމީނިއާ ސަރުކާރުގެ ޓެލެވިޒަން އަށް ދިން ބަޔާނެއްގައި ބުނީ އެމެރިކާ އިން އަނެއްކާ ވެސް ޔަހޫދީ ދައުލަތުގެ ބަހަށް ހެއްލިއްޖެ ނަމަ، ނުވަތަ އެމީހުންނާ އެކު ހަރަކާތްތެރިވެ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ނިންމަފައިފި ނަމަ، މެދުއިރުމަތީގެ ސަރަހައްދުގެ ހަނގުރާމަ އިތުރަށް ފުޅާ ވެގެން ދާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖުލައި 2026 | އާދީއްތަ 09:52
އެމެރިކާ އާއި އީރާންގެ ދިދަ ފެންނަ މަންޒަރެއް

އެމެރިކާ އާއި އީރާންގެ ދިދަ ފެންނަ މަންޒަރެއް | ރޮއިޓާސް

އީރާން އަށް ދެމުން އަންނަ ހަމަލާތައް އެމެރިކާ އިން އަލުން ދީފި ނަމަ، މެދުއިރުމަތީގެ ސަރަހައްދުގައި ހަނގުރާމަ ފުޅާވެގެން ދާނެކަމުގެ އިންޒާރު އީރާން އިން ދީފި އެވެ.

އީރާން އިން މިފަދަ އިންޒާރެއް ދީފައި ވަނީ، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެެރިކާ އަށް ވަޑައިގަންނަވަން އުޅުއްވާ ވަގުތާ ދިމާކޮށެވެ.

އީރާންގެ ސިފައިންގެ ތަރުޖަމާން މުޙައްމަދު އަކްރަމީނިއާ ސަރުކާރުގެ ޓެލެވިޒަން އަށް ދިން ބަޔާނެއްގައި ބުނީ އެމެރިކާ އިން އަނެއްކާ ވެސް ޔަހޫދީ ދައުލަތުގެ ބަހަށް ހެއްލިއްޖެ ނަމަ، ނުވަތަ އެމީހުންނާ އެކު ހަރަކާތްތެރިވެ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ނިންމަފައިފި ނަމަ، މެދުއިރުމަތީގެ ސަރަހައްދުގެ ހަނގުރާމަ އިތުރަށް ފުޅާވެގެން ދާނެ ކަމަށެވެ. 

މީގެ އިތުރުން އަކްރަމީނިއާ ބުނީ، މެދުއިރުމަތީގެ ސަރަހައްދުގައި މިހާރު އެމެރިކާ ބަލިކަށިވަމުން އަންނަ ކަމަށާއި، އެމެރިކާގެ ޙާލަތު ވެސް ދަށްވެފައިވާ ކަމަށެވެ. އަދި މިހާރު އެމެރިކާ އިން މަސައްކަތް ކުރަމުން އަންނަނީ އައު ސިޔާސަތެއް ހޯދުމަށް ކަމަށް ވެސް އޭނާ ވަނީ ލަފާކޮށްފައި އެވެ. އެއާއެކު އޭނާ ބުނީ، އެމެރިކާގެ ފަރާތުން ކުރިމަތި ވެދާނެ ކޮންމެ ފަދަ ޙާލަތަކަށް ވެސް އީރާން އޮތީ ތައްޔާރަށް ކަމަށެވެ. 

ހުކުރު ދުވަހު އިސްރާއީލް އިން ވަނީ، މި ހަފުތާގެ އަންގާރަ ދުވަހު ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަންނަވާނެ ކަމަށް ބުނެފައި އެވެ. އަދި އެ ދަތުރުފުޅުގައި ނަތަންޔާހޫ އާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލު ކުރައްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ނަތަންޔާހޫގެ މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައި މި ވަނީ، އެމެރިކާ އާއި އީރާާންއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވެފައިވާ ވަގުތެއްގައި އެވެ. 

އީރާންގެ ސިފައިންގެ ފަރާތުން މި އިންޒާރު ދީފައި ވަނީ ސަރަހައްދުގައި ހަނގުރާމަ އިތުރަށް ފުޅާވުމުން ނުރައްކާތެރި ނަތީޖާތައް ނުކުންނާނެ ކަމުގެ މެސެޖެއް ފޯރުކޮށްދިނުމަށެވެ. އީރާން އިން ވަނީ އެމެރިކާ އާއި އިސްރާއީލްގެ ހަރަކާތްތަކަށް ރައްދު ދިނުމަށް ތައްޔާރަށް އޮތްކަން ކަށަވަރު ކޮށްދީފައި އެވެ. 

މި ޙާލަތުގައި ބައިނަލްއަޤުވާމީ މުޖުތަމައުން އިންތިޒާރު ކުރަމުން އަންނަނީ، އެމެރިކާ އިން ދެން ނިންމާނެ ނިންމުމަކަށެވެ. ނުވަތަ ކުރިއަށް އޮތް ތަނުގައި އެމެރިކާާ އިން އަމަލު ކުރާނެ ގޮތެއްގެ މައްޗަށެވެ. ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަކޮށް، ދާއިމީ ޙައްލެއް ޤާއިމު ކުރުމަށް މަސައްކަތް ކުރަމުންނެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިސްރާއީލު

އިތުރަށް ކިޔާލަން

26 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭ ގޮތުން އޮމާން އާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އީރާން އިން ބުނެފި

26 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭ ގޮތުން އޮމާން އާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އީރާން އިން ބުނެފި
26 ޖުލައި 2026

ދެ ހަފުތާގެ ތެރޭގައި ސަރަހައްދީ ބޭސްތަކުގައި ހުރި އެމެރިކާގެ 11 މަތިންދާބޯޓާއި ހެލިކޮޕްޓަރު އީރާނުން ހަލާކުކޮށްލައިފި: އައިއާރުޖީސީ

26 ޖުލައި 2026
ދެ ހަފުތާގެ ތެރޭގައި ސަރަހައްދީ ބޭސްތަކުގައި ހުރި އެމެރިކާގެ 11 މަތިންދާބޯޓާއި ހެލިކޮޕްޓަރު އީރާނުން ހަލާކުކޮށްލައިފި: އައިއާރުޖީސީ
26 ޖުލައި 2026

ހަތިޔާރު މަދުވުމުގެ ސަބަބުން، އީރާން އަށް ދެމުން އައި ހަމަލާތައް އެމެރިކާ އިން މެދުކަނޑާލައިފި

26 ޖުލައި 2026
ހަތިޔާރު މަދުވުމުގެ ސަބަބުން، އީރާން އަށް ދެމުން އައި ހަމަލާތައް އެމެރިކާ އިން މެދުކަނޑާލައިފި
25 ޖުލައި 2026

އީރާން ހަނގުރާމައިގައި މަރުވާ އަދި އަނިޔާވާ އެމެރިކާ ސިފައިންގެ އަދަދުތައް ޕެންޓަގަން އިން އޮޅުވާލަން މަސައްކަތް ކުރަނީ!

25 ޖުލައި 2026
އީރާން ހަނގުރާމައިގައި މަރުވާ އަދި އަނިޔާވާ އެމެރިކާ ސިފައިންގެ އަދަދުތައް ޕެންޓަގަން އިން އޮޅުވާލަން މަސައްކަތް ކުރަނީ!
25 ޖުލައި 2026

ދުޝްމަނުން އަމާން ދިނުމުން ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށް އީރާނުން ބުނެފި

25 ޖުލައި 2026
ދުޝްމަނުން އަމާން ދިނުމުން ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށް އީރާނުން ބުނެފި
25 ޖުލައި 2026

އަވަހާރަކޮށްލަފާނެ ކަމުގެ ބިރަށް ޓްރަމްޕް ދަތުރުކުރެއްވި މަތިންދާ ބޯޓު ކުއްލިގޮތަކަށް ބަދަލުކުރި: ރިޕޯޓު

25 ޖުލައި 2026
އަވަހާރަކޮށްލަފާނެ ކަމުގެ ބިރަށް ޓްރަމްޕް ދަތުރުކުރެއްވި މަތިންދާ ބޯޓު ކުއްލިގޮތަކަށް ބަދަލުކުރި: ރިޕޯޓު
25 ޖުލައި 2026

އީރާންއާ ވާހަކަ ދެއްކިޔަސް ޓްރަމްޕް ހުންނެވީ ގޮތް ދޫކުރާ ގޮތަކަށް ނޫން!

25 ޖުލައި 2026
އީރާންއާ ވާހަކަ ދެއްކިޔަސް ޓްރަމްޕް ހުންނެވީ ގޮތް ދޫކުރާ ގޮތަކަށް ނޫން!
25 ޖުލައި 2026

އީރާނާ ދެކޮޅަށް ބޮޑެތި ހަމަލާތަކެއް ދޭން ނުނިންމަން، އެ މީހުންގެ ފަރާތުން ސީރިއަސްކަން ފެނޭ: ޓްރަމްޕް

25 ޖުލައި 2026
އީރާނާ ދެކޮޅަށް ބޮޑެތި ހަމަލާތަކެއް ދޭން ނުނިންމަން، އެ މީހުންގެ ފަރާތުން ސީރިއަސްކަން ފެނޭ: ޓްރަމްޕް
25 ޖުލައި 2026

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް

25 ޖުލައި 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް
24 ޖުލައި 2026

'ސާފު އުސޫލެއް': މަރުވާ އީރާނުގެ ކޮންމެ މަދަނީ ރައްޔިތެއްގެ ބަދަލުގައި އެމެރިކާ ސިފައިންގެ މީހަކު މަރާލާނެ ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

24 ޖުލައި 2026
'ސާފު އުސޫލެއް': މަރުވާ އީރާނުގެ ކޮންމެ މަދަނީ ރައްޔިތެއްގެ ބަދަލުގައި އެމެރިކާ ސިފައިންގެ މީހަކު މަރާލާނެ ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް