Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭ ގޮތުން އޮމާން އާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އީރާން އިން ބުނެފި

26 ޖުލައި 2026 | އާދީއްތަ 09:14

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ އާދީއްތަ ދުވަހު ވިދާޅުވީ، އީރާން އާއި އޮމާންގެ ފޮރިން މިނިސްޓަރުންގެ ނައިބުންގެ މެދުގައި މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު އީރާންގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށް. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ދެ ގައުމުގެ އިސްތިގުލާލަށް އިހުތިރާމް ކުރަމުން، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަމަލު ކުރާނެ އުސޫލުތަކާއި މެކޭނިޒަމްތަކާ ގުޅޭ ގޮތުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖުލައި 2026 | އާދީއްތަ 09:14
އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ | ރޮއިޓާސް

ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭ ގޮތުން އޮމާން އާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އީރާން އިން ބުނެފި އެވެ.

މި މަޝްވަރާތައް ބާއްވާފައި ވަނީ އީރާންގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ މި ކަނޑުއޮޅީގެ ބާރު ކަނޑުވާލުމަށް އެމެރިކާ އިން އަލުން ހަމަލާތައް ދޭން ފަށާފައިވާ ދަނޑިވަޅެއްގައި އެވެ.

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ އާދީއްތަ ދުވަހު ވިދާޅުވީ، އީރާން އާއި އޮމާންގެ ފޮރިން މިނިސްޓަރުންގެ ނައިބުންގެ މެދުގައި މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު އީރާންގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ދެ ގައުމުގެ އިސްތިގުލާލަށް އިހުތިރާމް ކުރަމުން، ކަނޑު އޮޅިން ދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަމަލު ކުރާނެ އުސޫލުތަކާއި، މެކޭނިޒަމްތަކާ ގުޅޭ ގޮތުންނެވެ.

މި މަޝްވަރާތަކަކީ ވަރަށް ބޭނުންތެރި ބައްދަލުވުން ތަކެއްގެ ގޮތުގައި ސިފަ ކުރައްވަމުން ބަޣާއީ ވިދާޅުވީ، ފަންނީ އަދި ސިޔާސީ ގޮތުން ދެ ގައުމުގެ މެދުގައި އިތުރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. މީގެ ކުރިން މިދިޔަ ޖޫން މަހު ދެ ގައުމުން ވަނީ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ޚިދުމަތުގެ ފީއެއް ނެގުމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި އެވެ. ނަމަވެސް އެމެރިކާ އިން ވަނީ އެކަމާ ދެކޮޅު ހަދާފައި އެވެ. އަދި އޮމާންގެ ކަނޑުގެ ސަރަހައްދުން އުޅަނދުތަކަށް ދަތުރު ކުރެވޭނެ ކަމަށް އެ ގައުމުން ބުނުމާ ގުޅިގެން، އީރާން އިން ވަނީ ނުރުހުން ފާޅުކޮށް މަސްރަހު ހޫނުކޮށްފައި އެވެ.

މިދިޔަ ދެ ހަފުތާއެއްހާ ދުވަހު އެމެރިކާ އިން މެދުނުކެނޑި ހަމަލާތައް ދިނުމަށް ފަހު، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި އެމެރިކާގެ އެއްވެސް ހަމަލާއެއް ރެކޯޑު ކުރެވިފައިނުވާ ކަމަށް އީރާން އިން ހޮނިހިރު ދުވަހު ވަނީ ބުނެފައި އެވެ. އެމެރިކާގެ ނޫސް ސައިޓެއް ކަމަށްވާ އެކްސިއޯސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޕެންޓަގަން އިން 14 ވަނަ ރެއަކަށް ހަމަލާ ދިނުމުގެ ޕްލޭނެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުށަހެޅި ނަމަވެސް، އޭނާ ވަނީ އެކަން ހުއްޓުވާފައި އެވެ. ޓްރަމްޕް މި ނިންމެވުން ނިންމެވީ، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އޮމާންގެ ވަފުދެއް އީރާން އަށް ދިއުމާ ގުޅިގެން ކަމަށް އެ ރިޕޯޓުގައިވެ އެވެ.

ކަނޑުއޮޅީގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބަޣާއީ ވިދާޅުވީ، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދު ފަހަރުގެ ޓްރެފިކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. ނަމަވެސް އީރާންގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހު އީރާންގެ އަސްކަރިއްޔާ އިން ވަނީ ކަނޑުއޮޅިން ދަތުރު ކުރަން އުޅުނު ހަ އުޅަނދެއް ހުއްޓުވާފައި އެވެ. މި އުޅަނދުތައް ހުއްޓުވާފައި ވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ދިން އިންޒާރުތަކަށް ބޯނުލެނބުމުން ކަމަށް އީރާން އިން ބުނެ އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އޮމާންހުރްމުޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

26 ޖުލައި 2026

ދެ ހަފުތާގެ ތެރޭގައި ސަރަހައްދީ ބޭސްތަކުގައި ހުރި އެމެރިކާގެ 11 މަތިންދާބޯޓާއި ހެލިކޮޕްޓަރު އީރާނުން ހަލާކުކޮށްލައިފި: އައިއާރުޖީސީ

26 ޖުލައި 2026
ދެ ހަފުތާގެ ތެރޭގައި ސަރަހައްދީ ބޭސްތަކުގައި ހުރި އެމެރިކާގެ 11 މަތިންދާބޯޓާއި ހެލިކޮޕްޓަރު އީރާނުން ހަލާކުކޮށްލައިފި: އައިއާރުޖީސީ
26 ޖުލައި 2026

ހަތިޔާރު މަދުވުމުގެ ސަބަބުން، އީރާން އަށް ދެމުން އައި ހަމަލާތައް އެމެރިކާ އިން މެދުކަނޑާލައިފި

26 ޖުލައި 2026
ހަތިޔާރު މަދުވުމުގެ ސަބަބުން، އީރާން އަށް ދެމުން އައި ހަމަލާތައް އެމެރިކާ އިން މެދުކަނޑާލައިފި
25 ޖުލައި 2026

އީރާން ހަނގުރާމައިގައި މަރުވާ އަދި އަނިޔާވާ އެމެރިކާ ސިފައިންގެ އަދަދުތައް ޕެންޓަގަން އިން އޮޅުވާލަން މަސައްކަތް ކުރަނީ!

25 ޖުލައި 2026
އީރާން ހަނގުރާމައިގައި މަރުވާ އަދި އަނިޔާވާ އެމެރިކާ ސިފައިންގެ އަދަދުތައް ޕެންޓަގަން އިން އޮޅުވާލަން މަސައްކަތް ކުރަނީ!
25 ޖުލައި 2026

ދުޝްމަނުން އަމާން ދިނުމުން ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށް އީރާނުން ބުނެފި

25 ޖުލައި 2026
ދުޝްމަނުން އަމާން ދިނުމުން ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށް އީރާނުން ބުނެފި
25 ޖުލައި 2026

އަވަހާރަކޮށްލަފާނެ ކަމުގެ ބިރަށް ޓްރަމްޕް ދަތުރުކުރެއްވި މަތިންދާ ބޯޓު ކުއްލިގޮތަކަށް ބަދަލުކުރި: ރިޕޯޓު

25 ޖުލައި 2026
އަވަހާރަކޮށްލަފާނެ ކަމުގެ ބިރަށް ޓްރަމްޕް ދަތުރުކުރެއްވި މަތިންދާ ބޯޓު ކުއްލިގޮތަކަށް ބަދަލުކުރި: ރިޕޯޓު
25 ޖުލައި 2026

އީރާންއާ ވާހަކަ ދެއްކިޔަސް ޓްރަމްޕް ހުންނެވީ ގޮތް ދޫކުރާ ގޮތަކަށް ނޫން!

25 ޖުލައި 2026
އީރާންއާ ވާހަކަ ދެއްކިޔަސް ޓްރަމްޕް ހުންނެވީ ގޮތް ދޫކުރާ ގޮތަކަށް ނޫން!
25 ޖުލައި 2026

އީރާނާ ދެކޮޅަށް ބޮޑެތި ހަމަލާތަކެއް ދޭން ނުނިންމަން، އެ މީހުންގެ ފަރާތުން ސީރިއަސްކަން ފެނޭ: ޓްރަމްޕް

25 ޖުލައި 2026
އީރާނާ ދެކޮޅަށް ބޮޑެތި ހަމަލާތަކެއް ދޭން ނުނިންމަން، އެ މީހުންގެ ފަރާތުން ސީރިއަސްކަން ފެނޭ: ޓްރަމްޕް
25 ޖުލައި 2026

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް

25 ޖުލައި 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް
24 ޖުލައި 2026

'ސާފު އުސޫލެއް': މަރުވާ އީރާނުގެ ކޮންމެ މަދަނީ ރައްޔިތެއްގެ ބަދަލުގައި އެމެރިކާ ސިފައިންގެ މީހަކު މަރާލާނެ ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

24 ޖުލައި 2026
'ސާފު އުސޫލެއް': މަރުވާ އީރާނުގެ ކޮންމެ މަދަނީ ރައްޔިތެއްގެ ބަދަލުގައި އެމެރިކާ ސިފައިންގެ މީހަކު މަރާލާނެ ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ
24 ޖުލައި 2026

އެމެރިކާ އިން ކޯލޭންގް އަށް ދޭ ކޮންމެ ހަމަލާއަކީ ފެށުމުގައިވެސް މަރުވެފައިވާ އަދި ނާކާމިޔާބު އޮޕަރޭޝަނެއް، އެތަނަކީ ފުނޑުފުނޑުކޮށްލެވޭނެ ތަނެއްނޫން: އީރާން

24 ޖުލައި 2026
އެމެރިކާ އިން ކޯލޭންގް އަށް ދޭ ކޮންމެ ހަމަލާއަކީ ފެށުމުގައިވެސް މަރުވެފައިވާ އަދި ނާކާމިޔާބު އޮޕަރޭޝަނެއް، އެތަނަކީ ފުނޑުފުނޑުކޮށްލެވޭނެ ތަނެއްނޫން: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް