Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ރެފްރީކަން ކުރި ވިންޗިޗް ރިޓަޔަރކޮށްފި

28 ޖުލައި 2026 | އަންގާރަ 04:06

ސްލޮވީނިއާގެ ފުޓުބޯޅަ އެސޯސިއޭޝަން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް ފަހު ހަފުތާއެއް ނުވަނީސް ވިންޗިޗް، އޭނާގެ ތާރީޚީ ރެފްރީ ކަމުގެ ކެރިއަރު ދުނިޔޭގެ އެންމެ އުސް މިނުގައި ހުރެ ނިންމާލާފައިވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖުލައި 2026 | އަންގާރަ 04:06
ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ރެފްރީކަން ހުރި ސްލޮވީނިއާގެ ސްލާވްކޯ ވިންޗިޗް، އަދި އާޖެންޓީނާގެ ކެޕްޓަން މެސީ ވާހަކަ ދައްކަނީ

ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ރެފްރީކަން ހުރި ސްލޮވީނިއާގެ ސްލާވްކޯ ވިންޗިޗް، އަދި އާޖެންޓީނާގެ ކެޕްޓަން މެސީ ވާހަކަ ދައްކަނީ | ގެޓީ އިމޭޖަސް

އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ރެފްރީކަން ހުރި ސްލޮވީނިއާގެ ސްލާވްކޯ ވިންޗިޗް، ފުޓުބޯޅަ ރެފްރީކަން ކުރުމުން ރަސްމީކޮށް ރިޓަޔަރ ކޮށްފި އެވެ.

އުމުރުން 46 އަހަރުގެ ވިންޗިޗް ރެފްރީ ކަމުން ރިޓަޔަރ ކޮށްފައިވާކަން، ނުވަތަ ވަކިވެފައިވާކަން ސްލޮވީނިއާގެ ފުޓުބޯޅަ އެސޯސިއޭޝަން އިން ވެސް ވަނީ ކަށަވަރު ކޮށްދީފައި އެވެ.

ސްލޮވީނިއާގެ ފުޓުބޯޅަ އެސޯސިއޭޝަން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް ފަހު ހަފުތާއެއް ނުވަނީސް ވިންޗިޗް، އޭނާގެ ތާރީޚީ ރެފްރީ ކަމުގެ ކެރިއަރު ދުނިޔޭގެ އެންމެ އުސް މިނުގައި ހުރެ ނިންމާލާފައިވާ ކަމަށެވެ. 

ސްޕެއިން އާއި އާޖެންޓީނާ ބައްދަލު ކުރި ފައިނަލް މެޗުގެ ރެފްރީކަން ވިންޗިވް ކުރިއިރު، އޭނާ އަކީ ވޯލްޑް ކަޕްގެ ފައިނަލްގައި އިންސާފު ކުރި ސްލޮވީނިއާގެ ފުރަތަމަ ރެފްރީ އެވެ. މި ކާމިޔާބާއެކު އޭނާ ވެގެން ގޮސްފައި ވަނީ، ފުޓުބޯޅައިގައި އުފެދުނު އެންމެ މޮޅު އެއް ރެފްރީ އަށެވެ.

އޭނާގެ ކެރިއަރުގެ އެންމެ ފަހު ސީޒަންގައި ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރަމުން، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިސްޓިކްސް (އައިއެފްއެޗްއެޗްއެސް) އިން ވަނީ، އޭނާ އަކީ ވޯލްޑް ކަޕްގެ އެންމެ މޮޅު ރެފްރީގެ ގޮތުގައި ކަނޑައަޅައިފަ އެވެ. މީގެ އިތުރުން، އިޓަލީގައި ދެމުން އަންނަ ޝަރަފުވެރި "ޖޫލިއޯ ކަމްޕަނާޓީ" އެވޯޑު ވެސް އޭނާާ އަށް ވަނީ ލިބިފައި އެވެ. 

ވިންޗިޗްގެ ރެފްރީ ކަމުގެ ކެރިއަރަށް ބަލާއިރު، އޭނާ ވަނީ ޔޫރަޕުގެ ބޮޑެތި މުބާރާތްތަކުގައި ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައި އެވެ. އެގޮތުން ޔޫރޮޕާ ލީގުގެ ތިން ފައިނަލެއްގައި އޭނާ ބައިވެރިވެފައިވާއިރު، 2022 ވަނަ އަހަރު ފްރެންކްފާޓް އާއި ރޭންޖާސް ބައްދަލުކުރި ފައިނަލް މެޗުގައި އިންސާފުކުރީ ވެސް އޭނާ އެވެ.

ސްލޮވީނިއާގެ މަރިބޯއަށް އުފަން ވިންޗިޗް ކެރިއަރު ނިންމާލީ ފީފާގެ އެންމެ ޝަރަފުވެރި މެޗު ކަމަށްވާ ވޯލްޑް ކަޕް ފައިނަލްގައި އިންސާފުވެރި ނިންމުންތަކެއް ނިންމުމަށް ފަހު އެވެ.

ފީފާ ވޯލްޑް ކަޕް 2026ސްލާވްކޯ ވިންޗިޗް

އިތުރަށް ކިޔާލަން

27 ޖުލައި 2026

ސްޕެއިންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗަކީ، ޤައުމީ ޓީމަށް މެސީ ކުޅުނު ފަހު މެޗު: ޕަރޭޑަސް

27 ޖުލައި 2026
ސްޕެއިންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗަކީ، ޤައުމީ ޓީމަށް މެސީ ކުޅުނު ފަހު މެޗު: ޕަރޭޑަސް
27 ޖުލައި 2026

ވޯލްޑް ކަޕްގެ ނާކާމިޔާބަށް ފަހު، މެސީ ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް

27 ޖުލައި 2026
ވޯލްޑް ކަޕްގެ ނާކާމިޔާބަށް ފަހު، މެސީ ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް
26 ޖުލައި 2026

ސެމީ ފައިނަލްގައި އިންގްލެންޑު ބަލިކުރުމާއެކު، އާޖެންޓީނާ އަށް ވޯލްޑް ކަޕް ނިމިއްޖެ: ޑި މާރިއާ

26 ޖުލައި 2026
ސެމީ ފައިނަލްގައި އިންގްލެންޑު ބަލިކުރުމާއެކު، އާޖެންޓީނާ އަށް ވޯލްޑް ކަޕް ނިމިއްޖެ: ޑި މާރިއާ
23 ޖުލައި 2026

ބަލިވީ ރެފްރީންގެ ސަބަބުންނެއް ނޫން، ރަނގަޅަށް ކުޅުނީ ސްޕެއިން: ސްކަލޯނީ

23 ޖުލައި 2026
ބަލިވީ ރެފްރީންގެ ސަބަބުންނެއް ނޫން، ރަނގަޅަށް ކުޅުނީ ސްޕެއިން: ސްކަލޯނީ
22 ޖުލައި 2026

މިފަހަރުގެ ވޯލްޑް ކަޕް އަކީ ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު، ހަތަރު ގުނަ ކާމިޔާބު މުބާރާތެއް: ޓްރަމްޕް

22 ޖުލައި 2026
މިފަހަރުގެ ވޯލްޑް ކަޕް އަކީ ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު، ހަތަރު ގުނަ ކާމިޔާބު މުބާރާތެއް: ޓްރަމްޕް
21 ޖުލައި 2026

ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި ރައްޔިތުންނަށް ލިބުނު އުފަލެއް: އީރާން

21 ޖުލައި 2026
ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި ރައްޔިތުންނަށް ލިބުނު އުފަލެއް: އީރާން
21 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލް އިން ބަލިވެ ތަށި ދިފާއު ނުކުރެވުމުގެ ހިތާމަ ވަރަށް ބޮޑު، އެކަމުން އަރައިގަންނަން ވަގުތު ނަގާނެ: މެސީ

21 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލް އިން ބަލިވެ ތަށި ދިފާއު ނުކުރެވުމުގެ ހިތާމަ ވަރަށް ބޮޑު، އެކަމުން އަރައިގަންނަން ވަގުތު ނަގާނެ: މެސީ
21 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި

21 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި
21 ޖުލައި 2026

ވޯލްޑް ކަޕް ކާމިޔާބު ނުކޮށް، ބެލެންޑިއޯ އެވޯޑު ހޯދިދާނެ ހެއްޔެވެ؟

21 ޖުލައި 2026
ވޯލްޑް ކަޕް ކާމިޔާބު ނުކޮށް، ބެލެންޑިއޯ އެވޯޑު ހޯދިދާނެ ހެއްޔެވެ؟
21 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލް އަށް ޗެފެރިން ވަޑައިނުގެންނެވީ، ފީފާގެ ނިންމުންތަކާ ދެކޮޅު ހެދުމުގެ ގޮތުން

21 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލް އަށް ޗެފެރިން ވަޑައިނުގެންނެވީ، ފީފާގެ ނިންމުންތަކާ ދެކޮޅު ހެދުމުގެ ގޮތުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް