Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

322 މެމްބަރުންގެ ތާއީދާ އެކު، ލޭބާ ޕާޓީގެ ލީޑަރުގެ މަޤާމަށް ބާންހަމް ކުރިމަތި ލައްވައިފި

11 ޖުލައި 2026 | ހޮނިހިރު 06:31

ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ލޭބާ ޕާޓީގެ 403 މެމްބަރުންގެ ތެރެއިން، 322 މެމްބަރުން ވަނީ ބާންހަމް އަށް ތާއީދު ކުރައްވާފައި. މިއީ އެ މަޤާމު ޔަޤީން ކުރުމަށް ބޭނުންވާ 323 މެމްބަރުންގެ އަދަދަށް ވުރެ، އެއް މެމްބަރު މަދު އަދަދެއް. ބާންހަމް އަށް 323 މެމްބަރުން ތާއީދު ކޮށްފި ނަމަ، އިތުރު ކެންޑިޑޭޓަކަށް ވާދަ ކުރުމުގެ ފުރުސަތެއް ނޯންނާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖުލައި 2026 | ހޮނިހިރު 06:31
ލޭބާާ ޕާޓީގެ ލީޑަރުގެ މަގާމު އަދި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް.

ލޭބާާ ޕާޓީގެ ލީޑަރުގެ މަގާމު އަދި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ލޭބާ ޕާޓީގެ ލީޑަރުގެ މަގާމަށް، އެންޑީ ބާންހަމް ވަޑައިގަންނަވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވިއްޖެ އެވެ.

ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ލޭބާ ޕާޓީގެ މެމްބަރުންގެ ތެރެއިން އެންމެ ގިނަ މެމްބަރުން ބާންހަމް އަށް ތާއީދު ކޮށްފައިވާއިރު، އެ މަގާމަށް ކުރިމަތިލެއްވީ މިހާތަނަށް އޭނާ އެކަންޏެވެ. 

ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ލޭބާ ޕާޓީގެ 403 މެމްބަރުންގެ ތެރެއިން، 322 މެމްބަރުން ވަނީ ބާންހަމް އަށް ތާއީދު ކުރައްވައިފަ އެވެ. މިއީ އެ މަޤާމު ޔަޤީން ކުރުމަށް ބޭނުންވާ 323 މެމްބަރުންގެ އަދަދަށް ވުރެ، އެއް މެމްބަރު މަދު އަދަދެކެވެ. ބާންހަމް އަށް 323 މެމްބަރުން ތާއީދު ކޮށްފި ނަމަ، އިތުރު ކެންޑިޑޭޓަކަށް ވާދަ ކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ. 

ބައެއް މެމްބަރުން ބުނެފައި ވަނީ ބުރާސްފަތި ދުވަހު ބާންހަމް އަށް ވޯޓު ދިނުމުގެ ފުރުސަތު ނުލިބުނު ނަމަވެސް، ޤާނޫނު ހަދާ މަޖިލީހަށް އައުމުން ބާންހަމް އަށް ވޯޓި ދެއްވާނެ ކަމަށެވެ. މިހާރު އޮތް ގޮތުން އިތުރު އެހެން ކެންޑިޑޭޓަކު ވާދަ ކުރާނެ ކަމަށް ނުބެލެވޭތީ، ލޭބާ ޕާޓީގެ ލީޑަރުގެ ގޮތުގައި އަންނަ ހަފުތާގައި ބާންހަމް އިއުލަން ކުރެވޭނެ އެވެ. އަދި ޖުލައި މަހުގެ 20 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމަށް އޭނާ އައްޔަން ކުރެވޭނެ ކަމަށް ބެލެވެ އެވެ. 

ބާންހަމް ވަނީ އޭނާ އަށް ތާއީދު ކޮށްދެއްވި ލޭބާ ޕާޓީގެ މެމްބަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. ބާންހަމް ވިދާޅުވީ، އޭނާ އަށް ލިބުނު ތާއީދަކީ ޕާޓީގެ ހުރިހާ ބަޔަކުން ލިބުނު ތާއީދެއް ކަމަށާއި، މިއީ އިނގިރޭސިވިލާތުގެ ސިޔާސަތަށް އައު އުސޫލެއް ބޭނުންވާ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ ކަމުގެ ހެއްކެއް ކަމަށެވެ. 

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމުގައި މިހާރު ހުންނެވި ކިއާ ސްޓާމާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ. އޭނާ މަގާމުގައި ދެމި ހުންނަވަނީ، ލޭބާ ޕާޓީ އިން އައު ލީޑަރަކު އިންތިޚާބު ކުރުމާ ހަަމައަށެވެ. އިސްތިއުފާ ދެއްވަން ސްޓާމާ ނިންމެވީ، ލޭބާ ޕާޓީގެ އެތެރެއިން ކުރިމަތި ވަމުން ދިޔަ ފިއްތުން ތަކުގެ ސަބަބުންނެވެ. 

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)އެންޑީ ބަރންހަމް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

11 ޖުލައި 2026

ބޮޑު ވަޒީރު ސްޓާމާގެ އާއިލީ ބުޅާ، ސަރުކާރުގެ ރަސްމީ ކާރު ކޮޅު ތަކުގައި އުފުލި މައްސަލަ ބޮޑު ވެއްޖެ

11 ޖުލައި 2026
ބޮޑު ވަޒީރު ސްޓާމާގެ އާއިލީ ބުޅާ، ސަރުކާރުގެ ރަސްމީ ކާރު ކޮޅު ތަކުގައި އުފުލި މައްސަލަ ބޮޑު ވެއްޖެ
08 ޖުލައި 2026

ތުހުމަތުތަކާ ގުޅިގެން ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި، އަލުން އިންތިޚާބުގައި ވާދަ ކުރައްވާނެ!

08 ޖުލައި 2026
ތުހުމަތުތަކާ ގުޅިގެން ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި، އަލުން އިންތިޚާބުގައި ވާދަ ކުރައްވާނެ!
06 ޖުލައި 2026

އިނގިރޭސި އަސްކަރިއްޔާގެ ސިއްރު ލިޔެކިޔުންތަކެއް ކުނިވަށިގަނޑަކުން ފެނިއްޖެ

06 ޖުލައި 2026
އިނގިރޭސި އަސްކަރިއްޔާގެ ސިއްރު ލިޔެކިޔުންތަކެއް ކުނިވަށިގަނޑަކުން ފެނިއްޖެ
05 ޖުލައި 2026

ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

05 ޖުލައި 2026
ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
05 ޖުލައި 2026

ކާމިޔާބު މަސައްކަތް ތަކެއް ކުރެވުނު، ލޭބާ ޕާޓީ އަށް ކުރިއަށް އޮތް އިންތިޚާބު ވެސް ކާމިޔާބު ކުރެވެން ޖެހޭނެ: ބޮޑު ވަޒީރު ސްޓާމަރ

05 ޖުލައި 2026
ކާމިޔާބު މަސައްކަތް ތަކެއް ކުރެވުނު، ލޭބާ ޕާޓީ އަށް ކުރިއަށް އޮތް އިންތިޚާބު ވެސް ކާމިޔާބު ކުރެވެން ޖެހޭނެ: ބޮޑު ވަޒީރު ސްޓާމަރ
05 ޖުލައި 2026

ބޮލުގައި ލާ ޖެލް އަކީ ދައުލަތުގެ ސިއްރެއް، ނަމެއް ނުބުނެވޭނެ: ބޮޑު ވަޒީރު ސްޓާމާ

05 ޖުލައި 2026
ބޮލުގައި ލާ ޖެލް އަކީ ދައުލަތުގެ ސިއްރެއް، ނަމެއް ނުބުނެވޭނެ: ބޮޑު ވަޒީރު ސްޓާމާ
05 ޖުލައި 2026

އިނގިރޭސިވިލާތުގެ ލީޑަރުން ފެއިލް ވެއްޖެ، އައު ބޮޑު ވަޒީރު ބަދަލު ތަކެއް ގެންނަވާނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ނައިބު ރައީސް ވޭންސް

05 ޖުލައި 2026
އިނގިރޭސިވިލާތުގެ ލީޑަރުން ފެއިލް ވެއްޖެ، އައު ބޮޑު ވަޒީރު ބަދަލު ތަކެއް ގެންނަވާނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ނައިބު ރައީސް ވޭންސް
04 ޖުލައި 2026

މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި

04 ޖުލައި 2026
މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި
04 ޖުލައި 2026

އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި

04 ޖުލައި 2026
އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި
04 ޖުލައި 2026

ސްޓާމަރގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޮލީ ރިޑްލީ، ލޭބަރ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވަނީ

04 ޖުލައި 2026
ސްޓާމަރގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޮލީ ރިޑްލީ، ލޭބަރ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް