Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

އިނގިރޭސިވިލާތުގެ ކުރީގެ މިނިސްޓަރު އޭން ވިޑެކޯމްބް މަރުވެފައި އޮއްވާ ފެނިއްޖެ، ތުހުމަތު ކުރެވެނީ އަނިޔާވެރި ގޮތަކަށް މަރާލީ ކަމަށް

11 ޖުލައި 2026 | ހޮނިހިރު 06:36

އިނގިރޭސިވިލާތުގެ ކުރީގެ ވަޒީރު އޭން ވިޑެކޯމްބް އޭނާގެ އަމިއްލަ ގޭގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު މައްސަލައިގައި، މީހަކު މަރާލިކަމުގެ ތުހުމަތުގައި 26 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރާއި ސިޔާސީ އިސްވެރިން ހިތާމަ ފާޅުކުރައްވާފައިވާއިރު، ފުލުހުން ދަނީ މި މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖުލައި 2026 | ހޮނިހިރު 06:36
އިނގިރޭސިވިލާތުގެ ކުރީގެ މިނިސްޓަރު އަދި އެ ޤައުމުގެ ސިޔާސީ މައިދާނުގައި މަޝްހޫރުކަން ހޯދާފައިވާ އޭން ވިޑެކޯމްބް.

އިނގިރޭސިވިލާތުގެ ކުރީގެ މިނިސްޓަރު އަދި އެ ޤައުމުގެ ސިޔާސީ މައިދާނުގައި މަޝްހޫރުކަން ހޯދާފައިވާ އޭން ވިޑެކޯމްބް. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ކުރީގެ މިނިސްޓަރު އަދި އެ ޤައުމުގެ ސިޔާސީ މައިދާނުގައި މަޝްހޫރުކަން ހޯދާފައިވާ އޭން ވިޑެކޯމްބް އަމިއްލަ ގޭގައި މަރުވެފައިވާ އޮއްވާ ފެނިފައިވާއިރު، އޭނާ މަރާލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ. 

ޑެވޮން އެންޑް ކޯންވޯލް ފުލުހުން ބުނެފައި ވަނީ އުމުރުން 78 އަހަރުގެ ވިޑެކޯމްބް މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ބުރާސްފަތި ދުވަހު، އޭނާ ދިރިއުޅުއްވާ ގޭގެ ތެރެއިން ކަމަށެވެ. ފުލުހުން ބުނެފައި ވަނީ، އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު ހަށިގަނޑުގައި ބޮޑެތި ޒަޚަމު ތަކެއް ހުރި ކަމަށެވެ. 

މި މައްސަލައިގައި ފުލުހުން ވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ ދޮން ނަސްލުގެ ފިރިހެނެއް ހައްޔަރު ކޮށްފައި އެވެ. އޭނާ މިހާރު ފުލުހުންގެ ބަންދުގައި ބަހައްޓާފައި ހުރިއިރު، އެއީ އުމުރުން 26 އަހަރުގެ މީހެކެވެ. ނަމަވެސް، އޭނާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަ ކޮށްފައި ނުވެ އެވެ. 

އޭން ވިޑެކޯމްބްގެ ގެ ކައިރީގައި އެމްބިއުލާންސް އަދި ފުލުހުން ޙަރަކާތްތެރިވާ މަންޒަރު.

އޭން ވިޑެކޯމްބްގެ ގެ ކައިރީގައި އެމްބިއުލާންސް އަދި ފުލުހުން ޙަރަކާތްތެރިވާ މަންޒަރު. | ރޮއިޓާސް

މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުން އިތުރަށް ބުނެފައި ވަނީ، މިއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ނުބެލެވޭ ކަމަށާއި، އަދި މިއީ ސިޔާސީ މަގުސަދެއްގައި ހިންގާފައިވާ އަމަލެއްކަން ދޭހަވާ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހާ އަކީ ވިޑެކޯމްބް ދަންނަ މީހެއްތޯ، ނުވަތަ ނޫންތޯ ބުނަން ވެސް އަދި މާ އަވަސް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވިދާޅުވީ، އެއީ ކުއްލި ސިހުމެއް ލިބިވަޑައިގެންނެވި އަދި ވަރަށް ބިރުވެރި ޚަބަރެއް ކަމަށެވެ. ސްޓާމާގެ އިތުރުން އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބޭޑެނޮކް ވެސް ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅު ކުރައްވައި، އެއީ އަނިޔާވެރި އަމަލެއް ކަމަށް ވިދާޅުވެފައި އެވެ. 

ވިޑެކޯމްބް އަކީ އިނގިރޭސިވިލާތުގެ ސިޔާސީ ދާއިރާގައި ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ ކެންޓްގެ މެއިޑްސްޓޯމް ދާއިރާގެ މެމްބަރުކަން 23 އަހަރު ވަންދެން ކުރައްވައިފަ އެވެ. އަދި ކޮންޒަވޭޓިވް ޕާޓީގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވިއިރު، ފަހުން އޭނާ މަސައްކަތް ކުރެއްވީ ރިފޯމް ޔޫކޭގެ ތަރުޖަމާނުގެ ގޮތުގައި އެވެ. 

މަސްދަރު: ބީބީސީ

އޭން ވިޑެކޯމްބްއިނގިރޭސިވިލާތްކިއަރ ސްޓާމާކޮންޒަވޭޓިވް ޕާޓީ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

11 ޖުލައި 2026

322 މެމްބަރުންގެ ތާއީދާ އެކު، ލޭބާ ޕާޓީގެ ލީޑަރުގެ މަޤާމަށް ބާންހަމް ކުރިމަތި ލައްވައިފި

11 ޖުލައި 2026
322 މެމްބަރުންގެ ތާއީދާ އެކު، ލޭބާ ޕާޓީގެ ލީޑަރުގެ މަޤާމަށް ބާންހަމް ކުރިމަތި ލައްވައިފި
11 ޖުލައި 2026

ބޮޑު ވަޒީރު ސްޓާމާގެ އާއިލީ ބުޅާ، ސަރުކާރުގެ ރަސްމީ ކާރު ކޮޅު ތަކުގައި އުފުލި މައްސަލަ ބޮޑު ވެއްޖެ

11 ޖުލައި 2026
ބޮޑު ވަޒީރު ސްޓާމާގެ އާއިލީ ބުޅާ، ސަރުކާރުގެ ރަސްމީ ކާރު ކޮޅު ތަކުގައި އުފުލި މައްސަލަ ބޮޑު ވެއްޖެ
08 ޖުލައި 2026

ތުހުމަތުތަކާ ގުޅިގެން ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި، އަލުން އިންތިޚާބުގައި ވާދަ ކުރައްވާނެ!

08 ޖުލައި 2026
ތުހުމަތުތަކާ ގުޅިގެން ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި، އަލުން އިންތިޚާބުގައި ވާދަ ކުރައްވާނެ!
06 ޖުލައި 2026

ރަޝިޔާގެ ބޯޓު އިނގިރޭސި މަނަވަރަށް ކައިރިވުމުން އިނގިރޭސި ފައިޓަރު ޖެޓުތަކުން ހުރަސްއަޅައިފި

06 ޖުލައި 2026
ރަޝިޔާގެ ބޯޓު އިނގިރޭސި މަނަވަރަށް ކައިރިވުމުން އިނގިރޭސި ފައިޓަރު ޖެޓުތަކުން ހުރަސްއަޅައިފި
06 ޖުލައި 2026

އިނގިރޭސި އަސްކަރިއްޔާގެ ސިއްރު ލިޔެކިޔުންތަކެއް ކުނިވަށިގަނޑަކުން ފެނިއްޖެ

06 ޖުލައި 2026
އިނގިރޭސި އަސްކަރިއްޔާގެ ސިއްރު ލިޔެކިޔުންތަކެއް ކުނިވަށިގަނޑަކުން ފެނިއްޖެ
05 ޖުލައި 2026

ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

05 ޖުލައި 2026
ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
05 ޖުލައި 2026

ކާމިޔާބު މަސައްކަތް ތަކެއް ކުރެވުނު، ލޭބާ ޕާޓީ އަށް ކުރިއަށް އޮތް އިންތިޚާބު ވެސް ކާމިޔާބު ކުރެވެން ޖެހޭނެ: ބޮޑު ވަޒީރު ސްޓާމަރ

05 ޖުލައި 2026
ކާމިޔާބު މަސައްކަތް ތަކެއް ކުރެވުނު، ލޭބާ ޕާޓީ އަށް ކުރިއަށް އޮތް އިންތިޚާބު ވެސް ކާމިޔާބު ކުރެވެން ޖެހޭނެ: ބޮޑު ވަޒީރު ސްޓާމަރ
05 ޖުލައި 2026

ބޮލުގައި ލާ ޖެލް އަކީ ދައުލަތުގެ ސިއްރެއް، ނަމެއް ނުބުނެވޭނެ: ބޮޑު ވަޒީރު ސްޓާމާ

05 ޖުލައި 2026
ބޮލުގައި ލާ ޖެލް އަކީ ދައުލަތުގެ ސިއްރެއް، ނަމެއް ނުބުނެވޭނެ: ބޮޑު ވަޒީރު ސްޓާމާ
05 ޖުލައި 2026

އިނގިރޭސިވިލާތުގެ ލީޑަރުން ފެއިލް ވެއްޖެ، އައު ބޮޑު ވަޒީރު ބަދަލު ތަކެއް ގެންނަވާނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ނައިބު ރައީސް ވޭންސް

05 ޖުލައި 2026
އިނގިރޭސިވިލާތުގެ ލީޑަރުން ފެއިލް ވެއްޖެ، އައު ބޮޑު ވަޒީރު ބަދަލު ތަކެއް ގެންނަވާނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ނައިބު ރައީސް ވޭންސް
04 ޖުލައި 2026

މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި

04 ޖުލައި 2026
މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް