Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-ފަލަސްޠީން

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުރި މިސްކިތެއްގައި އިސްރާއީލުގެ ވަޒަންވެރިން އަލިފާން ރޯކޮށްލައިފި

26 ޖުލައި 2026 | އާދީއްތަ 09:31

ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ވަޒަންވެރިން ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، މަގުތައް ބަންދުކޮށް އާންމުންނަށް ބޮޑެތި އަނިޔާތަކެއް ދީފި. ޣައްޒާ ހަނގުރާމައާ ގުޅިގެން ހުޅަނގު އައްސޭރީގައި ހިންގާ މިފަދަ ލާއިންސާނީ އަމަލުތައް އިތުރުވެފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން އެ ސަރަހައްދުން 1،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައި.

ރާއްޖެ އެމްވީ | 26 ޖުލައި 2026 | އާދީއްތަ 09:31

އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ނާބްލަސްގެ ދެކުނުން އޮންނަ ފަލަސްތީނުގެ އަވަށެއް ކަމަށްވާ ގުސްރާގައި، ޔަހޫދީ ވަޒަންވެރިން ދިން ހަމަލާއެއްގައި މިސްކިތެއްގައި ރޯކޮށްލުމާ ގުޅިގެން އެ ސަރަހައްދަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ފެންނަ ވީޑިއޯ އެއްގެ މަންޒަރެއް | ސޯޝަލް މީޑިއާ

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުރި މިސްކިތެއްގައި އިސްރާއީލުގެ ވަޒަންވެރިން އަލިފާން ރޯކޮށްލައިފި އެވެ.

އަލް ޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ ރެއަކީ ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް ނިދިނަގައިލަން ޖެހުނު ބިރުވެރި ރެއެކެވެ.

ހުޅަނގުއައްސޭރީގައި ފަލަސްތީނުގެ ރައްޔިތުން މިހާރު ތިބީ އެއްވެސް އެހީތެރިކަމެއް ނުލިބޭ ފަދަ ބަންދު ހާލަތެއްގަ އެވެ. އަލިފާން ނިއްވާ މީހުންނަށް ގުޅޭނެ ގޮތެއް ނެތްއިރު، ފަލަސްތީނުގެ ފުލުހުންގެ ފަރާތުން ނުވަތަ ވަޒަންވެރިންނަށް ހިމާޔަތްދޭ އިސްރާއީލުގެ ސިފައިންގެ ފަރާތުން ވެސް އެއްވެސް ރައްކާތެރިކަމެއް ނުލިބޭ ކަމަށް ވެސް އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވެ އެވެ.

ޔަހޫދީ ވަޒަންވެރިން ދެމުންދާ އަލިފާނުގެ ހަމަލާތަކުން އެމީހުންގެ ގެދޮރު ސަލާމަތްކުރުމަށާއި، އާއިލާގެ ލޯބިވާ މީހުން ހިމާޔަތްކުރުމަށްޓަކައި ފަލަސްތީނު ރައްޔިތުން ތިބީ ނުނިދާ ހޭލާ ކަމަށް ވެސް އަލް ޖަޒީރާ އިން ވަނީ ރިޕޯޓުކޮށްފަ އެވެ.

ރޭގަނޑުގެ ވަގުތު މަގުމަތީގައި އުޅުނު ކޮންމެ މީހަކަށް ވެސް އިސްރާއީލުގެ ވަޒަންވެރިންގެ ފަރާތުން ނުރައްކާތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، ވަޒަންވެރިން ވަނީ މަގުތަކުގައި ވަގުތީ ޗެކްޕޯސްޓްތައް ހަދައި، ފަލަސްތީނުގެ ކާރުތައް ހުއްޓުވައި، އޭގެ ތެރެއަށް އޮއްގަލުން ހަމަލާދީ، ޑްރައިވަރުންނާއި ފަސިންޖަރުންނަށް އަނިޔާކޮށްފަ އެވެ.

ހޮނިހިރު ދުވަހު ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލު މީހުންނާއި ފަލަސްތީނު މީހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވެ އެވެ. މިއީ ހުޅަނގު އައްސޭރީގެ އެހެން ސަރަހައްދުތަކުގައި ހިނގި ކުރިމަތިލުންތަކެއްގައި ހަ މީހުން މަރުވިތާ އެއް ދުވަސް ފަހުން ހިނގި ހާދިސާއެކެވެ.

ހެބްރޯންއާ ކައިރީގައި އޮންނަ، އިސްރާއީލުން ޣައިރު ގާނޫނީ ގޮތެއްގައި އާބާދުވެފައިވާ ކިރްޔަތު އަރްބާ ކައިރީގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި އިސްރާއީލުގެ ވަޒަންވެރިން

ހެބްރޯންއާ ކައިރީގައި އޮންނަ، އިސްރާއީލުން ޣައިރު ގާނޫނީ ގޮތެއްގައި އާބާދުވެފައިވާ ކިރްޔަތު އަރްބާ ކައިރީގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި އިސްރާއީލުގެ ވަޒަންވެރިން | އޭއެފްޕީ

2023 އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން ޣައްޒާ ހަނގުރާމަ ފެށުނު ފަހުން، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިންގާ އަނިޔާވެރި އަމަލުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ހޮނިހިރު ދުވަހުގެ ކުރިމަތިލުންތައް ހިނގާފައިވަނީ ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ ސޫސިޔާ ނަމަކަށް ކިޔާ އުސް ބިމެއްގައި ހަދާފައިވާ ވަޒަންވެރިންގެ އާބާދީއެއްގަ އެވެ. އެތަނުގައި އިސްރާއީލު މީހުންނާއި ފަލަސްތީނު މީހުން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް އޮއްގަލުން ހަމަލާދީފަ އެވެ.

"އޭގެ ފަހުން، ޓެރަރިސްޓަކު (ފަލަސްތީނު މީހަކު) އިސްރާއީލުގެ އާންމު ރައްޔިތެއްގެ އަތުން ހަތިޔާރެއް ފޭރިގަނެ، ވައިގެ ތެރެއަށް ބަޑިޖެހި،" އަސްކަރިއްޔާއިން ބުންޏެވެ.

މީގެ އިތުރުން، އޮއްގަލުން ދިން ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އާންމު ރައްޔިތަކަށް އަނިޔާވެގެން ފަރުވާއަށް ގެންގޮސްފައިވާ ކަމަށާއި، އެ ސަރަހައްދުގައި މަގުތައް ބަންދުކޮށް "ޓެރަރިސްޓް" ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށް ވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވެ އެވެ.

ހުކުރު ދުވަހު ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ތަލް އަވަށުގައި އިސްރާއީލުގެ ވަޒަންވެރިންނާއި ފަލަސްތީނު މީހުންނާ ދެމެދު ހިނގި މިފަދަ ކުރިމަތިލުމެއްގައި އިސްރާއީލުގެ ދެ މީހުންނާއި ފަލަސްތީނުގެ ހަތަރު މީހުން ވަނީ މަރުވެފަ އެވެ.

އިރުމަތީ ގުދުސް ނުހިމެނޭހެން، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހުޅަނގު އައްސޭރީގައި ގާއިމުކޮށްފައިވާ އާބާދީތަކުގައި އިސްރާއީލުގެ 500،000 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ.

އިސްރާއީލުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ފަލަސްތީނުން ދިން ހަމަލާތަކުގައާއި އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކުގައި، އާންމުންނާއި ސަލާމަތީ ބާރުތަކުގެ މީހުން ހިމެނޭހެން އިސްރާއީލުގެ މަދުވެގެން 48 މީހުން ވަނީ މަރުވެފަ އެވެ.

ފަލަސްތީނުގެ ސިއްހީ ވުޒާރާގެ މައުލޫމާތަށް ބިނާކޮށް އޭއެފްޕީން އެކުލަވާލާފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، ހަމަ އެ މުއްދަތުގެ ތެރޭގައި ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ވަނީ ފަލަސްތީނުގެ މަދުވެގެން 1،097 މީހުން ޝަހީދުކޮށްލާފަ އެވެ. މީގެ ތެރޭގައި ހަނގުރާމަވެރިންނާއި އާންމު ރައްޔިތުން ވެސް ހިމެނެ އެވެ.

މަސްދަރު: އޭއެފްޕީ، އަލް ޖަޒީރާ

އިސްރާއީލް-ފަލަސްޠީންވެސްޓް ބޭންކްޣައްޒާ ހަނގުރާމަހަމާސްއިރުމަތީ ގުދުސް

އިތުރަށް ކިޔާލަން

24 ޖުލައި 2026

ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލައިފި

24 ޖުލައި 2026
ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލައިފި
23 ޖުލައި 2026

އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިސްވެ ހުރެ އެތައް ހާސް ޔަހޫދީންނާއެކު އަލްއަޤްޞާ މިސްކިތަށް ވަދެގަނެ، އެތަނުގެ ހުރުމަތް ކަނޑައިފި

23 ޖުލައި 2026
އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިސްވެ ހުރެ އެތައް ހާސް ޔަހޫދީންނާއެކު އަލްއަޤްޞާ މިސްކިތަށް ވަދެގަނެ، އެތަނުގެ ހުރުމަތް ކަނޑައިފި
20 ޖުލައި 2026

އިސްރާއީލުގެ ހައްދުފަހަނަ އެޅި ލީޑަރުން ފާޅުގައި ވައުދުވަމުންދަނީ އަލުން ސަރުކާރަށް އަތުވެއްޖެނަމަ ޣައްޒާ ގައި ޔަހޫދީން ވަޒަންވެރިކޮށްދޭނެ ކަމަށް

20 ޖުލައި 2026
އިސްރާއީލުގެ ހައްދުފަހަނަ އެޅި ލީޑަރުން ފާޅުގައި ވައުދުވަމުންދަނީ އަލުން ސަރުކާރަށް އަތުވެއްޖެނަމަ ޣައްޒާ ގައި ޔަހޫދީން ވަޒަންވެރިކޮށްދޭނެ ކަމަށް
20 ޖުލައި 2026

ޚަލީލް އަލް-ޙައްޔާ ހަމާސްގެ ލީޑަރަކަށް އިންތިޚާބުކޮށްފި

20 ޖުލައި 2026
ޚަލީލް އަލް-ޙައްޔާ ހަމާސްގެ ލީޑަރަކަށް އިންތިޚާބުކޮށްފި
19 ޖުލައި 2026

ފަލަސްތީނު ގައިދީން ގެންގުޅޭ ޖަލުތައް ބެލެހެއްޓުމަށް ކިނބޫ ބޭނުންކުރުމުގެ ހުއްދަ އިސްރާއީލް ސަރުކާރުން ދީފި

19 ޖުލައި 2026
ފަލަސްތީނު ގައިދީން ގެންގުޅޭ ޖަލުތައް ބެލެހެއްޓުމަށް ކިނބޫ ބޭނުންކުރުމުގެ ހުއްދަ އިސްރާއީލް ސަރުކާރުން ދީފި
12 ޖުލައި 2026

ޣައްޒާ އަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކެއްގައި 5 މީހުން ޝަހީދު ވެއްޖެ

12 ޖުލައި 2026
ޣައްޒާ އަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކެއްގައި 5 މީހުން ޝަހީދު ވެއްޖެ
09 ޖުލައި 2026

ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލްގެ ދަތުރަށް އިސްރާއީލުން ހުރަސްއަޅައިފި

09 ޖުލައި 2026
ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލްގެ ދަތުރަށް އިސްރާއީލުން ހުރަސްއަޅައިފި
09 ޖުލައި 2026

ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުގައި އުޅުނު ފަރާތްވެސް އިސްރާއީލުން ޝަހީދު ކޮށްލައިފި

09 ޖުލައި 2026
ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުގައި އުޅުނު ފަރާތްވެސް އިސްރާއީލުން ޝަހީދު ކޮށްލައިފި
07 ޖުލައި 2026

އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެއްޖެ

07 ޖުލައި 2026
އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެއްޖެ
06 ޖުލައި 2026

އިސްރާއީލުގެ ފުލުހަކު ފަލަސްތީނު މީހުން ތިބި ކާރެއްގެ ތެރެއަށް ސްޓަން ގްރެނޭޑެއް އެއްލުމަށްފަހު، ކާރުގެ ދޮރު ބަންދުކޮށްގެން ހިފަހައްޓައިގެން ހުންނަ ބިރުވެރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ

06 ޖުލައި 2026
އިސްރާއީލުގެ ފުލުހަކު ފަލަސްތީނު މީހުން ތިބި ކާރެއްގެ ތެރެއަށް ސްޓަން ގްރެނޭޑެއް  އެއްލުމަށްފަހު، ކާރުގެ ދޮރު ބަންދުކޮށްގެން ހިފަހައްޓައިގެން ހުންނަ ބިރުވެރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް