Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-ފަލަސްޠީން

ޣައްޒާ އަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކެއްގައި 5 މީހުން ޝަހީދު ވެއްޖެ

12 ޖުލައި 2026 | އާދީއްތަ 15:30

ޣައްޒާގެ ސުލްހައިގެ މަޝްވަރާތައް ގާހިރާގައި ކުރިއަށްދާއިރު، އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ ބަޔަކު ދަނީ ޝަހީދުވަމުން. ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން 1،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، މި ހަމަލާތަކާ ގުޅިގެން ޣައްޒާގެ ރައްޔިތުން ވަނީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގައި.

ރާއްޖެ އެމްވީ | 12 ޖުލައި 2026 | އާދީއްތަ 15:30

ފަލަސްތީނުގެ ޣައްޒާ ސިޓީގެ މެދުތެރޭގެ ސަރަހައްދުތަކަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކާ އެކު އެ ސަރަހައްދުން ބޯ ދުމާއި އަލިފާން އަރަނީ | ސްކްރީން އިމޭޖް

ފަލަސްތީނުގެ ސިއްހީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 9 އަހަރުގެ އަންހެން ކުއްޖަކާއެކު މަދުވެގެން ފަސް މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ.

މެޑިކަލް އޮފިޝަލުން ބުނި ގޮތުގައި، ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް-ބުރައިޖް ރެފިއުޖީ ކޭމްޕުގެ އިރުމަތީ ފަރާތުގައި ހުރި ފޭލިގެތަކަކަށް އަމާޒުކޮށް އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން، އުމުރުން 9 އަހަރުގެ ތާލާ އަބޫ މަޠަރު ވަނީ ޝަހީދުވެފަ އެވެ. މި ކުއްޖާގެ މަރާ ގުޅޭގޮތުން އިސްރާއީލު ސިފައިން ވަގުތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މީގެ އިތުރުން، ޣައްޒާ ސިޓީގެ ސަބްރާ އަވަށުގައި ހުންނަ ދަގަނޑު މަސައްކަތްކުރާ ތަނަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހަތަރު މީހަކު ވަނީ ޝަހީދުވެފަ އެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި އިސްރާއީލުން އެ ތަނަށް ތިން މިސައިލް ހަމަލާ ފޮނުވާލާފައިވެ އެވެ.

އިސްރާއީލު ސިފައިން ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެމީހުން ހަމަލާދިނީ "ޓެރަރިސްޓުންގެ" އިންފްރާސްޓްރަކްޗަރަކަށް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

ޣައްޒާ ސިޓީ އަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާ އަށް ފަހު އެ ސަރަހައްދަށް ލިބިފައިވާ ގެއްލުންތައް

2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލާއި ހަމާސްއާ ދެމެދު އެއްބަސްވި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާއެކު، ޣައްޒާގައި ކުރިއަށްދިޔަ ބޮޑެތި ހަމަލާތައް މެދުކެނޑުނު ނަމަވެސް، އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓުވުމުގައި އެ އެއްބަސްވުން ވަނީ ނާކާމިޔާބުވެފަ އެވެ. އެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 1،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފަ އެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި ޣައްޒާގެ މުޖާހިދުން ދިން ހަމަލާތަކުގައި އިސްރާއީލުގެ ހަތަރު ސިފައިން ވެސް ވަނީ މަރުވެފަ އެވެ.

މި ފަހުގެ ހަމަލާތައް ކުރިމަތިވެފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޣައްޒާގެ ސުލްހައިގެ ޕްލޭންގެ ދެވަނަ މަރުހަލާ ތަންފީޒުކުރުމާ ގުޅޭގޮތުން އިތުރު މަޝްވަރާތަކެއް ކުރުމަށް ހަމާސްގެ ލީޑަރުން ގާހިރާއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

މި މަޝްވަރާތަކާ ގާތް މަސްދަރުތަކުން ބުނާ ގޮތުގައި، މި ބައްދަލުވުންތަކުގައި ހަމާސްގެ ހަތިޔާރު އަތުލުމާއި އިސްރާއީލު ސިފައިން ޣައްޒާއިން ފޭބުމާ ގުޅޭގޮތުން ވާހަކަދެކެވެމުންދެ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާކަމަށް އެ މަސްދަރުތަކުން ބުނެ އެވެ.

ޣައްޒާގައި ދިރިއުޅޭ 2 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ އެންމެންނަކީ އެކި ފަހަރު މަތިން ގެދޮރު ދޫކޮށް ދާންޖެހިފައިވާ މީހުންނެވެ. މިހާރު އެމީހުން ދިރިއުޅެމުންދަނީ އައްސޭރިފަށުގެ ހަނި ބިންކޮޅެއްގައި، ވަގުތީ ފޭލިގެތަކާއި ހަލާކުވެފައިވާ އިމާރާތްތަކުގަ އެވެ. މި ސަރަހައްދު އަދިވެސް އޮތީ ހަމާސްގެ ކޮންޓްރޯލްގެ ދަށުގަ އެވެ.

އިސްރާއީލުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލުގެ ބޯޑަރު ހުރަސްކޮށް ދިން ހަމަލާގައި 1،200 މީހުން ވަނީ މަރުވެފަ އެވެ. ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި އެ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 73،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

މަސްދަރު: ރޮއިޓާސް

އިސްރާއީލް-ފަލަސްޠީންޣައްޒާހަމާސްޣައްޒާ ސިޓީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

09 ޖުލައި 2026

ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލްގެ ދަތުރަށް އިސްރާއީލުން ހުރަސްއަޅައިފި

09 ޖުލައި 2026
ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލްގެ ދަތުރަށް އިސްރާއީލުން ހުރަސްއަޅައިފި
09 ޖުލައި 2026

ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުގައި އުޅުނު ފަރާތްވެސް އިސްރާއީލުން ޝަހީދު ކޮށްލައިފި

09 ޖުލައި 2026
ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުގައި އުޅުނު ފަރާތްވެސް އިސްރާއީލުން ޝަހީދު ކޮށްލައިފި
08 ޖުލައި 2026

ޑރ. އަބޫ ސަފިއްޔާއަށް އިސްރާއީލުގެ ޖަލުގައި އަނިޔާކުރާ މައްސަލައިގައި އދ.އިން ކަންބޮޑުވުން ފާޅުކޮށްފި

08 ޖުލައި 2026
ޑރ. އަބޫ ސަފިއްޔާއަށް އިސްރާއީލުގެ ޖަލުގައި އަނިޔާކުރާ މައްސަލައިގައި އދ.އިން ކަންބޮޑުވުން ފާޅުކޮށްފި
07 ޖުލައި 2026

އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެއްޖެ

07 ޖުލައި 2026
އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެއްޖެ
06 ޖުލައި 2026

އިސްރާއީލުގެ ފުލުހަކު ފަލަސްތީނު މީހުން ތިބި ކާރެއްގެ ތެރެއަށް ސްޓަން ގްރެނޭޑެއް އެއްލުމަށްފަހު، ކާރުގެ ދޮރު ބަންދުކޮށްގެން ހިފަހައްޓައިގެން ހުންނަ ބިރުވެރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ

06 ޖުލައި 2026
އިސްރާއީލުގެ ފުލުހަކު ފަލަސްތީނު މީހުން ތިބި ކާރެއްގެ ތެރެއަށް ސްޓަން ގްރެނޭޑެއް  އެއްލުމަށްފަހު، ކާރުގެ ދޮރު ބަންދުކޮށްގެން ހިފަހައްޓައިގެން ހުންނަ ބިރުވެރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ
06 ޖުލައި 2026

ޣައްޒާ ގައި ވެރިކަން ހިންގަމުންދިޔަ އިދާރާ ހަމާސް އިން އުވާލައިފި

06 ޖުލައި 2026
ޣައްޒާ ގައި ވެރިކަން ހިންގަމުންދިޔަ އިދާރާ ހަމާސް އިން އުވާލައިފި
05 ޖުލައި 2026

ނަތަންޔާހޫ: ޣައްޒާގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ނައްތާލުމުން މެނުވީ އާބާދުނުކުރާނަން

05 ޖުލައި 2026
ނަތަންޔާހޫ: ޣައްޒާގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ނައްތާލުމުން މެނުވީ އާބާދުނުކުރާނަން
05 ޖުލައި 2026

އިސްރާއީލުން ސަރަހައްދީ ހަނގުރާމައެއް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު ތުރުކީވިލާތުން ދީފި

05 ޖުލައި 2026
އިސްރާއީލުން ސަރަހައްދީ ހަނގުރާމައެއް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު ތުރުކީވިލާތުން ދީފި
02 ޖުލައި 2026

އިސްރާއީލުގެ މިސްކިތްތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ބަންގިގޮވުން މަނާކުރުމަށް ކްނެސެޓް އިން ފާސްކުރި ބިލް، އޯއައިސީ އިން ކުށްވެރިކޮށްފި

02 ޖުލައި 2026
އިސްރާއީލުގެ މިސްކިތްތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ބަންގިގޮވުން މަނާކުރުމަށް ކްނެސެޓް އިން ފާސްކުރި ބިލް، އޯއައިސީ އިން ކުށްވެރިކޮށްފި
02 ޖުލައި 2026

ޣައްޒާގެ ހަނގުރާމައަށް 1،000 ދުވަސް - މުހިންމު ތަފާސްހިސާބުތައް

02 ޖުލައި 2026
ޣައްޒާގެ ހަނގުރާމައަށް 1،000 ދުވަސް - މުހިންމު ތަފާސްހިސާބުތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް