Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއިއްޒު ސަރުކާރު

އިގުތިސާދީ ކާރިސާއެއް ނެތް މިއުޅެނީ ހިންގަން ނޭންގިގެން: ރިޔާޒް މަންސޫރު

24 ޖުލައި 2026 | ހުކުރު 10:13

އެމްޑީޕީ ސަރުކާރުގައި ކޮވިޑްގެ ދަތި ހާލަތުގައި ވެސް ވަޒީފާތައް ދެމެހެއްޓިކަން ފާހަގަކުރައްވައި، މިހާރުގެ ސަރުކާރުން މުވައްޒަފުން ވަކިކުރަނީ ހިންގުމުގެ ނާގާބިލުކަމުން ކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރު ވިދާޅުވި. ކުންފުނިތަކުގެ ހިންގުމަށް ސިޔާސީ ނުފޫޒު ވަދެފައިވާތީ، އެ ތަންތަނުގެ ނިޒާމު އިސްލާހުކޮށް މުވައްޒަފުންނަށް މަސައްކަތުގެ މިނިވަންކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 24 ޖުލައި 2026 | ހުކުރު 10:13
ބުރާސްފަތި ދުވަހު ރޭ އެމްޑީޕީން ބޭއްވި "ޖޮބް ބުރާސްފަތި" ޕެނަލް ޑިސްކަޝަންގައި، އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރު ވާހަކަ ދައްކަވަނީ

ބުރާސްފަތި ދުވަހު ރޭ އެމްޑީޕީން ބޭއްވި "ޖޮބް ބުރާސްފަތި" ޕެނަލް ޑިސްކަޝަންގައި، އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

އިގުތިސާދީ ކާރިސާއެއް ނެތް ކަމަށާއި ގައުމުގެ ހާލަތު ގޯސް ވެގެން އުޅެނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހިންގަން ނޭނގޭތީ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒު މަންސޫރު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ރޭ އެމްޑީޕީން ބޭއްވި "ޖޮބް ބުރާސްފަތި" ޕެނަލް ޑިސްކަޝަންގައި ރިޔާޒު ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ކޮވިޑްގެ ދުވަސްވަރު ރާއްޖެ ބަންދުވެ އާމްދަނީ ލިބުން ހުއްޓިފައި އޮތް އިރު ވެސް ވަޒީފާތައް ދެމިހެއްޓި ކަމަށާއި އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރި މުވައްޒަފުން ހިމެނޭހެން 23 ހާހެއްހާ މީހުންނަށް އާމްދަނީ ދީފައި ވާނެ ކަމަށެވެ.

އެމްޑީޕީ ސަރުކާރުގައި އާމްދަނީ ލިބޭނެ ގޮތެއް ނެތްއިރު ވެސް މަސައްކަތް ކުރީ ވަޒިފާ އަދާކުރާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދޭން ކަމަށާއި ނަމަވެސް މިހާރު މިއޮތް ޕީއެންސީ ސަރުކާރުން މަސައްކަތް ކުރަނީ މިއާ މުޅިން އިދިކޮޅަށް ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

އަސްލު ނެތް އިންގޭތޯ ސިޔާސީ މިދެންނެވީ އިގުތިޞާދީ ކާރިސާއެއް ވެސް މިއުޅެނީ ހިންގުމުގެ މައްސަލައެއް ދިމާވެގެން، ހިންގަން ނޭންގިގެން މިއުޅެނީ، މިހާލުގައި މި ބުނަނީ މިހާރު އަޅުގަނޑުމެން މިއޮތީ ކުރީގައި ވަރަށް ބޮޑު ގޯހެއް ހެދިފަ އޭ، އެހެންވީމަ އެ ގޯސް ރަނގަޅު ކުރަން 3 މަސްތެރޭގައި 14 ހާސް މީހުން ކަނޑާލަންވީއޭ
ރިޔާޒު މަންސޫރު

ރިޔާޒު ވިދާޅުވީ ކުންފުނިތަކަށް ބަދަލުތަކެއް ވެސް ގެންނަން ޖެހިދާނެ ކަމަށެވެ. ނަމަވެސް މިކަން މިއަށް ވުރެ މާ ރަނގަޅަށް ކުރެވެން ޖެހޭނެ ކަމަށެވެ.

މީގެއިތުރުން ރިޔާޒް ވިދާޅުވީ ސަރުކަރު ކުންފުނިތަކުގެ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މިނިވަންކަމާއެކު ހަރަކާތް ތެރިވެވޭނެ ގޮތެއް ރާވަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ނާގާބިލު މީހުން ކުންފުނިތަކުގެ ހިންގުމަށް ލައިގެން ކުންފުނިތަކުގެ ހާލު ދެރަވެ، ސިޔާސީވެފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.  

ރިޔާޒު މަންސޫރުއިގްތިސާދުމުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

24 ޖުލައި 2026

ކަނޑާލަން ނިންމާފައިވާ މުވައްޒަފުންގެ އަދަދުތަކާމެދު އެމްޑީޕީން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ޚިޔާލީ ވާހަކަތަކެއް: މުންދު

24 ޖުލައި 2026
ކަނޑާލަން ނިންމާފައިވާ މުވައްޒަފުންގެ އަދަދުތަކާމެދު އެމްޑީޕީން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ޚިޔާލީ ވާހަކަތަކެއް: މުންދު
23 ޖުލައި 2026

ފިހާރަތަކުގެ ހަރުގަނޑުތައް ވަނީ ހުސްވެފައި، ރައްޔިތުން އެއްކޮށްފައި ހުރި ވަކި ލާރި ބޭނުންކުރާ ހާލަތައް ގޮސްފި: ސައުދުﷲ

23 ޖުލައި 2026
ފިހާރަތަކުގެ ހަރުގަނޑުތައް ވަނީ ހުސްވެފައި، ރައްޔިތުން އެއްކޮށްފައި ހުރި ވަކި ލާރި ބޭނުންކުރާ ހާލަތައް ގޮސްފި: ސައުދުﷲ
21 ޖުލައި 2026

މަތި ނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު 21.25 ރުފިޔާއަށްވުރެ މަތީގައި، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް

21 ޖުލައި 2026
މަތި ނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު 21.25 ރުފިޔާއަށްވުރެ މަތީގައި، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް
21 ޖުލައި 2026

މައުލޫމާތު ހާމަކުރަން އައި ސަރުކާރުގެ އަސްލު ސިފަ

21 ޖުލައި 2026
މައުލޫމާތު ހާމަކުރަން އައި ސަރުކާރުގެ އަސްލު ސިފަ
19 ޖުލައި 2026

އާދައިގެ މުވައްޒަފުން ވަކި ކުރަން ޖެހޭނީ، ސަރުކާރުގެ އިސްރާފު ހުއްޓާލައި ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ފަހު: މެންބަރު ޝަމްހީދު

19 ޖުލައި 2026
އާދައިގެ މުވައްޒަފުން ވަކި ކުރަން ޖެހޭނީ، ސަރުކާރުގެ އިސްރާފު ހުއްޓާލައި ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ފަހު: މެންބަރު ޝަމްހީދު
19 ޖުލައި 2026

ގަހުގެ ބޭނުން ކެނޑުނުހެން އިންތިޚާބާ ދިމާކޮށް ނެގި މުވައްޒަފުން ކަނޑަނީ

19 ޖުލައި 2026
ގަހުގެ ބޭނުން ކެނޑުނުހެން އިންތިޚާބާ ދިމާކޮށް ނެގި މުވައްޒަފުން ކަނޑަނީ
19 ޖުލައި 2026

މިސަރުކާރުން ޕާކިން ބިލްޑިންގތައް އަޅާ ވާހަކައަކީ ފްލޯކު ވާހަކައެއް، އަދިވެސް ރައްޔިތުން ގުނބޯ ހެއްދުމަށް ދަނީ މަސައްކަތް ކުރަމުން : ބޮންޑާ

19 ޖުލައި 2026
މިސަރުކާރުން ޕާކިން ބިލްޑިންގތައް އަޅާ ވާހަކައަކީ ފްލޯކު ވާހަކައެއް، އަދިވެސް ރައްޔިތުން ގުނބޯ ހެއްދުމަށް ދަނީ މަސައްކަތް ކުރަމުން : ބޮންޑާ
18 ޖުލައި 2026

57 ރަށުގައި 12،000 ހައުސިންގ ޔުނިޓު އަޅަން ހުސްވި އަހަރު ކުރި އިއުލާނަށް ވީގޮތެއް ނޭނގި، އަމިއްލަ ޚަރަދުގައި 13 ރަށުގައި 2،100 ހައުސިންގ ޔުނިޓު އަޅަން ހުޅުވާލައިފި

18 ޖުލައި 2026
57 ރަށުގައި 12،000 ހައުސިންގ ޔުނިޓު އަޅަން ހުސްވި އަހަރު ކުރި އިއުލާނަށް ވީގޮތެއް ނޭނގި، އަމިއްލަ ޚަރަދުގައި 13 ރަށުގައި 2،100 ހައުސިންގ ޔުނިޓު އަޅަން ހުޅުވާލައިފި
18 ޖުލައި 2026

ޕާކިންގ ބިލްޑިން އާ ބެހޭ ގޮތުން ރައީސް މުއިއްޒު ދައްކަވަނީ އެކި ދުވަހު އެކި ވާހަކަ، މިހާރު ވިދާޅުވަނީ މިއަހަރު މާލޭގައި ޕާކު ކުރަން ދެ އިމާރާތުގެ މަސައްކަތް ފަށާނެ ކަމަށް

18 ޖުލައި 2026
ޕާކިންގ ބިލްޑިން އާ ބެހޭ ގޮތުން ރައީސް މުއިއްޒު ދައްކަވަނީ އެކި ދުވަހު އެކި ވާހަކަ، މިހާރު ވިދާޅުވަނީ މިއަހަރު މާލޭގައި ޕާކު ކުރަން ދެ އިމާރާތުގެ މަސައްކަތް ފަށާނެ ކަމަށް
18 ޖުލައި 2026

ރައީސް މުއިއްޒު ރައްޔިތުން އުފާކޮށްދެއްވަނީ ބަސްތަކަކުން!

18 ޖުލައި 2026
ރައީސް މުއިއްޒު ރައްޔިތުން އުފާކޮށްދެއްވަނީ ބަސްތަކަކުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް