Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީފާއިން ވަކިކުރުން

ކުންފުނިތަކުގައި މަސައްކަތްކުރާ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަންވާނީ، ދައުލަތުން ކުރާ އިސްރާފާއި އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުން މަދުކުރުމަށް ފަހު: ޝަމްހީދު

24 ޖުލައި 2026 | ހުކުރު 13:49

ސަރުކާރު ކުންފުނިތަކުގެ އާދައިގެ މުވައްޒަފުން ވަކިކުރުމުގެ ކުރިން، ބޮޑު މުސާރަ ލިބޭ ސިޔާސީ މަގާމުތަކުގައި ތިބި މީހުން މަދުކުރަންޖެހޭ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވެއްޖެ. ހަރަދު ކުޑަކުރުމުގެ ނަމުގައި ކުންފުނިތަކުން މުވައްޒަފުން މަދުކުރަން އަންގާފައިވާއިރު، ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުވަމުންދާތީ އޭނާ ވަނީ ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފައްދަވާފައި

ޖިނާން ޙުސައިން
ޖިނާން ޙުސައިން | 24 ޖުލައި 2026 | ހުކުރު 13:49
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު، ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު، ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ކުންފުނިތަކުގައި މަސައްކަތްކުރާ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަންވާނީ، ދައުލަތުން ކުރާ އިސްރާފާއި އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުން މަދުކުރުމަށް ފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާ ތަމްސީލުކުރައްވާ މެންބަރު އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީން ގެނެސްދޭ ޓީވީ ޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެންބަރު ޝަމްހީދު ވިދާޅުވީ، ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ފަދަ ކުންފުނިތަކަށް މުވައްޒަފުން ނެގިއިރު މި ސަރުކާރުން ދެއްކި ހުއްޖަތަކީ އެ ކުންފުނިތަކުގެ މެންޑޭޓް ފުޅާކޮށް އުމްރާނީ މަސައްކަތްތައް ކުރިއަށް ގެންދިޔުން ކަމަށެވެ. އެގޮތުން ފެނަކައަށް މިސްކިތް ބިނާކުރަން ހަވާލުކޮށްފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މި ސަރުކާރުން އެފަދަ މަސައްކަތްތައް ކުރުމުގެ ނަމުގައި އެތައް މުވައްޒަފުންނެއް ކުންފުނިތަކަށް ނަގާފައިވާ ކަމަށެވެ.

ްއެ ސިޔާސަތު އަދިވެސް އެބަ އޮތޭ، މިސްކިތް އަޅަން ހަވާލުކޮށްފަ އޮތް ކޮންޓްރެކްޓް ވެސް އެބައިނޭ، ދެން މިސްކިތް އަޅަން ބޭނުންވާ ތަކެތި ނެތިގެންތޯ މުވައްޒަފުން ކަނޑާލި ސަބަބަކީ، އެހެންވީމަ މި ބަޖެޓް ފޮތުންނާ ސަރުކާރުން އެތައް ފަހަރު އިއުލާންކޮށްފައިވާ ޕްރޮޖެކްޓްތަކުގައި ސޮއިކޮށްފަ އެއޮތީ، އާންމުކޮށް ފެނަކައިން ކުރާ ކަމަކީ އިންޖީނުގެ ހިންގުން، އެ މެންޑޭޓް ފުޅާކުރީ ރަށްރަށުގައި މިސްކިތް އަޅަން، ހިނަވާގެ އަޅަން ހާވަލުކޮށްފަ އެބަހުރި، ސްކޫލްތައް އަޅަން ހަވާލުކޮށްފަ އެބަހުރި، އަދި ފުލެޓް އަޅަން ހަވާލުކޮށްފަ އެބަހުރި. މި މަސައްކަތް ކުރާށޭ ކިޔާފައި މުވައްޒަފުން ނަގާފަ އެހެރީ. އެ މުވައްޒަފުން ގޮސްފަ ހަމަ ފެނަކައަށް ގޮސް ވަޒީފާއެއް ދޭން ބުނީކީ ނޫން، އެ ބޭފުޅުންގެ ރިކުއެސްޓަކަށް ވަޒީފާ ދިނީ.
އަހްމަދު ޝަމްހީދު

ކަން މިހެން އޮތުމާއެކު ވަޒީފާތަކުން މުވައްޒަފުން ވަކިކުރާއިރު، ދައުލަތަށް ހާއްސަ ހާލަތެއް ދިމާވެގެންކަން އުޅޭކަން އެ މުވައްޒަފުންނަށް އަންގަންޖެހޭނެ ކަމަށް ޝަމްހީދު ވިދާޅުވި އެވެ. ޝަމްހީދު ވިދާޅުވީ މުވައްޒަފުން ވަޒީފާތަކުން ވަކިކުރުމުގެ ކުރިން އެންމެ ފުރަތަމަ ވަކިކުރަންޖެހޭނީ ގާނޫނު އަސާސީގެ 115 މާއްދާގެ ދަށުން އައްޔަންކޮށްފައި ތިބި ސިޔާސީ މުވައްޒަފުން ކަމަށެވެ.  އެފަދަ މުވައްޒަފުންނަކީ އެއްވެސް މަސައްކަތެއް ނެތިފައި ތިބޭ ބައެއް ކަމަށާއި، އެފަދަ އެތައް ބަޔަކު މި ސަރުކާރުން އައްޔަންކޮށްފައި އެބަތިބި ކަމަށެވެ. އަދި އެ މީހުންނަށް ދޭ މުސާރަ ވެސް މާ ބޮޑު ކަމަށާއި، އެންމެ މަދުން ލިބޭ މީހާއަށް ވެސް 25،000 ރުފިޔާގެ މުސާރައެއް ލިބޭ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

މެންބަރު ޝަމްހީދު ވަނީ 115 ވަނަ މާއްދާގެ ދަށުން އައްޔަންކޮށްފައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިނުކޮށް ރަށްރަށުގައި ތިބި އާދައިގެ މުވައްޒަފުން ލައްވާ މަސައްކަތް ނުކުރުވައި، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ހިސާބަށް ދިޔައީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފަ އެވެ. ޝަމްހީދު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރުމަކީ ރަނގަޅު ނިޔަތެއްގައި ކުރާ ކަމެއް ނަމަ، އެ މުވައްޒަފުން ވަކިކުރުމުގެ ބަދަލުގައި އެންމެ ފުރަތަމަ ވަޒީފާއިން ވަކިކުރަން ޖެހޭނީ އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުން ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރުމަށް ސަރުކާރުން ނިންމާފައިވާއިރު މިއީ 14,000 އަށްވުރެ ގިނަ މުވައްޒަފުން ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ނެރުނު ސާކިއުލާއެއްގައި، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ކަމަށް ބުނެ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަށް ވަނީ އަންގައިފަ އެވެ. މީގެ އިތުރުން، އެޗްޑީސީ އާއި ފެނަކަ ފަދަ ބޮޑެތި ކުންފުނިތަކުން ހަތަރު މަސްދުވަހުގެ މުސާރަ ދިނުމަށް ފަހު އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ހަރަދު ކުޑަކުރުމުގެ ނަމުގައި އާދައިގެ މުވައްޒަފުން ވަޒީފާތަކުން ވަކިކޮށް، އާއިލާތައް ބިކަކުރަމުންދާއިރު، ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ އިތުރު ނުކުރައްވާނެ ކަމަށް ވިދާޅުވެފައި ނަމަވެސް، މިހާތަނަށް 2,000 އަށްވުރެ ގިނަ މީހުން ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ޑރ. އަހުމަދު ޝަމްހީދުވަޒީފާއިން ވަކިކުރުންމުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

24 ޖުލައި 2026

ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ހުރިހާ މަގެއް މި ސަރުކާރުން ވަނީ ބަންދުކޮށްފައި: ހަސަން ލަތީފް

24 ޖުލައި 2026
ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ހުރިހާ މަގެއް މި ސަރުކާރުން ވަނީ ބަންދުކޮށްފައި: ހަސަން ލަތީފް
24 ޖުލައި 2026

އިގުތިސާދީ ކާރިސާއެއް ނެތް މިއުޅެނީ ހިންގަން ނޭންގިގެން: ރިޔާޒް މަންސޫރު

24 ޖުލައި 2026
އިގުތިސާދީ ކާރިސާއެއް ނެތް މިއުޅެނީ ހިންގަން ނޭންގިގެން: ރިޔާޒް މަންސޫރު
24 ޖުލައި 2026

ކަނޑާލަން ނިންމާފައިވާ މުވައްޒަފުންގެ އަދަދުތަކާމެދު އެމްޑީޕީން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ޚިޔާލީ ވާހަކަތަކެއް: މުންދު

24 ޖުލައި 2026
ކަނޑާލަން ނިންމާފައިވާ މުވައްޒަފުންގެ އަދަދުތަކާމެދު އެމްޑީޕީން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ޚިޔާލީ ވާހަކަތަކެއް: މުންދު
21 ޖުލައި 2026

ކަމަދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރެއިން ގިނަ ދުވަސްވީ މުވައްޒަފުންތަކެއް ގޭގައި މަޑުކުރަން އަންގައިފި

21 ޖުލައި 2026
ކަމަދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރެއިން ގިނަ ދުވަސްވީ މުވައްޒަފުންތަކެއް ގޭގައި މަޑުކުރަން އަންގައިފި
21 ޖުލައި 2026

މަތި ނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު 21.25 ރުފިޔާއަށްވުރެ މަތީގައި، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް

21 ޖުލައި 2026
މަތި ނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު 21.25 ރުފިޔާއަށްވުރެ މަތީގައި، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް
21 ޖުލައި 2026

މައުލޫމާތު ހާމަކުރަން އައި ސަރުކާރުގެ އަސްލު ސިފަ

21 ޖުލައި 2026
މައުލޫމާތު ހާމަކުރަން އައި ސަރުކާރުގެ އަސްލު ސިފަ
19 ޖުލައި 2026

އާދައިގެ މުވައްޒަފުން ވަކި ކުރަން ޖެހޭނީ، ސަރުކާރުގެ އިސްރާފު ހުއްޓާލައި ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ފަހު: މެންބަރު ޝަމްހީދު

19 ޖުލައި 2026
އާދައިގެ މުވައްޒަފުން ވަކި ކުރަން ޖެހޭނީ، ސަރުކާރުގެ އިސްރާފު ހުއްޓާލައި ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ފަހު: މެންބަރު ޝަމްހީދު
19 ޖުލައި 2026

ގަހުގެ ބޭނުން ކެނޑުނުހެން އިންތިޚާބާ ދިމާކޮށް ނެގި މުވައްޒަފުން ކަނޑަނީ

19 ޖުލައި 2026
ގަހުގެ ބޭނުން ކެނޑުނުހެން އިންތިޚާބާ ދިމާކޮށް ނެގި މުވައްޒަފުން ކަނޑަނީ
19 ޖުލައި 2026

މިސަރުކާރުން ޕާކިން ބިލްޑިންގތައް އަޅާ ވާހަކައަކީ ފްލޯކު ވާހަކައެއް، އަދިވެސް ރައްޔިތުން ގުނބޯ ހެއްދުމަށް ދަނީ މަސައްކަތް ކުރަމުން : ބޮންޑާ

19 ޖުލައި 2026
މިސަރުކާރުން ޕާކިން ބިލްޑިންގތައް އަޅާ ވާހަކައަކީ ފްލޯކު ވާހަކައެއް، އަދިވެސް ރައްޔިތުން ގުނބޯ ހެއްދުމަށް ދަނީ މަސައްކަތް ކުރަމުން : ބޮންޑާ
18 ޖުލައި 2026

57 ރަށުގައި 12،000 ހައުސިންގ ޔުނިޓު އަޅަން ހުސްވި އަހަރު ކުރި އިއުލާނަށް ވީގޮތެއް ނޭނގި، އަމިއްލަ ޚަރަދުގައި 13 ރަށުގައި 2،100 ހައުސިންގ ޔުނިޓު އަޅަން ހުޅުވާލައިފި

18 ޖުލައި 2026
57 ރަށުގައި 12،000 ހައުސިންގ ޔުނިޓު އަޅަން ހުސްވި އަހަރު ކުރި އިއުލާނަށް ވީގޮތެއް ނޭނގި، އަމިއްލަ ޚަރަދުގައި 13 ރަށުގައި 2،100 ހައުސިންގ ޔުނިޓު އަޅަން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް