Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިކަމުގެ ސިނާއަތް

މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ރާއްޖެއިން ބޭރު ކުރި މަހުގެ މިންވަރު ވެސް، މަސް ގަތް މިންވަރު ވެސް ބޮޑުތަނުން ދަށަށް!

2 އޯގަސްޓު 2026 | އާދީއްތަ 08:42

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު މަސް ގަތް މިންވަރު 59.9 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ވަނީ 74.5 މިލިއަން ޑޮލަރުން 37.5 މިލިއަން ޑޮލަރަށް ދަށްވެފައި. މީގެ ތެރެއިން ކަނޑުމަހާއި ކަންނެލި ގަތް މިންވަރު ބޮޑުތަނުން މަދުވި ނަމަވެސް، ޕްރޮސެސްކުރި މަހުގެ ބާވަތްތައް ބޭރުކުރި މިންވަރު ވަނީ 6.8 އިންސައްތަ އިތުރުވެފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 2 އޯގަސްޓު 2026 | އާދީއްތަ 08:42
މަސްވެރިކަން: މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު މަސް ގަތް މިންވަރު 59.9 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ވަނީ 74.5 މިލިއަން ޑޮލަރުން 37.5 މިލިއަން ޑޮލަރަށް ދަށްވެފައި

މަސްވެރިކަން: މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު މަސް ގަތް މިންވަރު 59.9 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ވަނީ 74.5 މިލިއަން ޑޮލަރުން 37.5 މިލިއަން ޑޮލަރަށް ދަށްވެފައި | ފިޝަރީސް މިނިސްޓްރީ

މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުން ބޭރުކުރި މަހުގެ މިންވަރާއި މަސް ގަތް މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

އެމްއެމްއޭ އިން އާންމު ކޮށްފައިވާ ރިޕޯޓުގައި ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ހިމަނާފަ އެވެ. މި ރިޕޯޓަށް ބަލާއިރު 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 53,426.3 މެޓްރިކް ޓަނުގެ މަސް ގަނެފައިވީ ނަމަވެސް، 2026 ވަނަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 21,438.5 މެޓްރިކް ޓަނަށް ދަށްވެފަ އެވެ. މިއީ ގާތްގަނޑަކަށް 59.9 އިންސައްތައިގެ ދަށްވުމެކެވެ.

Advertisement - newsAdvertisement

މަސް ގަތް މިންވަރަށް ބަލާއިރު، ކަނޑުމަސް ނުވަތަ ސްކިޕްޖެކް ޓޫނާ ގަތް މިންވަރު ވަނީ 65.2 އިންސައްތަ ދަށަށް ގޮސްފަ އެވެ. އެގޮތުން 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 46,610.6 މެޓްރިކް ޓަނުގެ ކަނޑުމަސް ގަނެފައިވާއިރު، 2026 ވަނަ އަހަރުގެ އެ މުއްދަތުގައި ގަނެފައިވަނީ 16,230.4 މެޓްރިކް ޓަނުގެ މަހެވެ. މީގެ އިތުރުން ރީނދޫ އުރަހަ ކަންނެލި ގަތް މިންވަރު 6,637.4 މެޓްރިކް ޓަނުން 4,841.1 މެޓްރިކް ޓަނަށް ވަނީ ދަށްވެފަ އެވެ. މިއީ 27.1 އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް އެހެނިހެން ބާވަތްތަކުގެ މަސް ގަތް މިންވަރު ވަނީ 178.4 މެޓްރިކް ޓަނުން 367.0 މެޓްރިކް ޓަނަށް އިތުރުވެފަ އެވެ.

މަސް އެކްސްޕޯޓް ކުރި މިންވަރަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖެއިން ބޭރުކޮށްފައިވަނީ ޖުމްލަ 16,991.1 މެޓްރިކް ޓަނުގެ މަހެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ބޭރުކުރި 44,791.3 މެޓްރިކް ޓަނާ އަޅާބަލާއިރު 62.1 އިންސައްތައިގެ ދަށްވުމެކެވެ. މީގެ ތެރެއިން ފިނިކުރި އަދި ތާޒާ މަހުގެ އެކްސްޕޯޓް 67.8 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ދަޅުގައި ބަންދުކުރި މަހުގެ އެކްސްޕޯޓް ވަނީ 11.6 އިންސައްތަ ދަށަށް ގޮސްފަ އެވެ. މަސް އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީއަށް ބަލާއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 74.5 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، 2026 ވަނަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 37.5 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ.

ލޯކަލް ކުންފުނިތަކުން މަސް ގަންނަ އަގުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ޖޫން މަހު ކަނޑުމަސް ކިލޯއެއްގެ އަގު ހުރީ 14.0 ރުފިޔާގަ އެވެ. އަދި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އަގު ހުރީ 52.7 ރުފިޔާގަ އެވެ. މިއީ 2025 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު ކަންނެލީގެ އަގު ކުޑަކޮށް ދަށް އަދަދެކެވެ. އައިސް އެޅި ކަނޑުމަސް ކިލޯއެއްގެ އަގު 16.0 ރުފިޔާއިން 20.0 ރުފިޔާއަށް ވަނީ އުފުލިފަ އެވެ. ބައިނަލްއަގުވާމީ ބާޒާރުގައި ކަނޑުމަސް ކިލޯއެއްގެ އަގު 2026 ޖޫން މަހު ހުރީ 26.7 ރުފިޔާގަ އެވެ.

މަސްވެރިކަމުގެ އުފެއްދުންތަކުގެ ތެރެއިން ޕްރޮސެސްކުރި މަހުގެ ބާވަތްތަކުގެ އެކްސްޕޯޓަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭރުކޮށްފައިވަނީ 774.4 މެޓްރިކް ޓަނުގެ މަހެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ބޭރުކުރި 724.7 މެޓްރިކް ޓަނާ އަޅާބަލާއިރު 6.8 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް ޖުމްލަ ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތުގެ ގިނަ ދާއިރާތަކުން ވަނީ ބޮޑު ދަށްވުމެއް ފާހަގަކުރެވިފަ އެވެ. ޚާއްސަކޮށް 2026 ވަނަ އަހަރުގެ ފެބްރުއަރީ އަދި މާޗު މަހަކީ މަސް ގަތް މިންވަރާއި އެކްސްޕޯޓް ކުރި މިންވަރު އެންމެ ބޮޑަށް ދަށްވި ދެ މަސް ދުވަހެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީފިޝަރީޒް މިނިސްޓްރީމޯލްޑިވްސް ކަސްޓަމްސް ސާރވިސް މަސްވެރިކަން

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

3

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

4

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

5

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

އިތުރަށް ކިޔާލަން

30 ޖުލައި 2026

ރާއްޖެ އާއި އިންޑިއާ އާ ދެމެދު ފަވަރަ-ޔޫޕީއައި ގުޅާލައި، ރުފިޔާ ނުވަތަ ޑޮލަރުން ފައިސާ ދެއްކުމުން އިންޑިއަން ރުޕީސް ލިބޭ ގޮތް ހަދައިފި

30 ޖުލައި 2026
ރާއްޖެ އާއި އިންޑިއާ އާ ދެމެދު ފަވަރަ-ޔޫޕީއައި ގުޅާލައި، ރުފިޔާ ނުވަތަ ޑޮލަރުން ފައިސާ ދެއްކުމުން އިންޑިއަން ރުޕީސް ލިބޭ ގޮތް ހަދައިފި
25 ޖުލައި 2026

ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ޚަރަދު ބެލުމުގެ ސަރވޭއެއް ފަށައިފި

25 ޖުލައި 2026
ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ޚަރަދު ބެލުމުގެ ސަރވޭއެއް ފަށައިފި
25 ޖުލައި 2026

އެމްއެމްއޭގެ ޖުމްލަ އެސެޓް 29.6 ބިލިއަން ރުފިޔާއަށް ދަށްވެއްޖެ

25 ޖުލައި 2026
އެމްއެމްއޭގެ ޖުމްލަ އެސެޓް 29.6 ބިލިއަން ރުފިޔާއަށް ދަށްވެއްޖެ
21 ޖުލައި 2026

ވައިގެމަގުން އެތެރެކުރި 5.5 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

21 ޖުލައި 2026
ވައިގެމަގުން އެތެރެކުރި 5.5 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
18 ޖުލައި 2026

ކުރިއަށް އޮތްތަނުގައި ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ޑިޖިޓަލައިޒް ކުރެވި، ބޯޑަރުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ކަމަރު ބަންނާނެ: މިނިސްޓަރު އިހުސާން

18 ޖުލައި 2026
ކުރިއަށް އޮތްތަނުގައި ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ޑިޖިޓަލައިޒް ކުރެވި، ބޯޑަރުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ކަމަރު ބަންނާނެ: މިނިސްޓަރު އިހުސާން
16 ޖުލައި 2026

ޖޫން މަސް ނިމުނު އިރު ރާއްޖޭގެ ރިޒާވް 18 މިލިޔަން ޑޮލަރުގެ ދަށްވުމެއް ރެކޯޑް ކުރެވިފައިވާ ކަމަށް އެމްއެމްއޭ އިން ހާމަކޮށްފި

16 ޖުލައި 2026
ޖޫން މަސް ނިމުނު އިރު ރާއްޖޭގެ ރިޒާވް 18 މިލިޔަން ޑޮލަރުގެ ދަށްވުމެއް ރެކޯޑް ކުރެވިފައިވާ ކަމަށް އެމްއެމްއޭ އިން ހާމަކޮށްފި
13 ޖުލައި 2026

ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު އިތުރުވި ނަމަވެސް އެމްއެމްއޭއިން ބޭންކުތަކަށް އެއާއި އެއްވަރަށް ޑޮލަރު ދޫނުކުރޭ: އިލްޔާސް ލަބީބު

13 ޖުލައި 2026
ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު އިތުރުވި ނަމަވެސް އެމްއެމްއޭއިން ބޭންކުތަކަށް އެއާއި އެއްވަރަށް ޑޮލަރު ދޫނުކުރޭ: އިލްޔާސް ލަބީބު
09 ޖުލައި 2026

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް އެތެރެ ކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

09 ޖުލައި 2026
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް އެތެރެ ކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
04 ޖުލައި 2026

މި ސަރުކާރާއެކު ކަސްޓަމްސްގައި ވައްކަން އިންތިހާއަށް އިތުރު، އެތައް ކޮންޓެއިނަރއެއް ބޭރުވެެގެން ގޮސްފައިވޭ: މެންބަރު ޣަފޫރު

04 ޖުލައި 2026
މި ސަރުކާރާއެކު ކަސްޓަމްސްގައި ވައްކަން އިންތިހާއަށް އިތުރު، އެތައް ކޮންޓެއިނަރއެއް ބޭރުވެެގެން ގޮސްފައިވޭ: މެންބަރު ޣަފޫރު
03 ޖުލައި 2026

ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި

03 ޖުލައި 2026
ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް