Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުން އިނގިރޭސިވިލާތައް - ތިޔައީ މި ސަރަހައްދުގެ ރައްޔިތުންނަށް ކުރިމަތިވި ހުރިހާ ނުބައިކަމެއްގެ އަސްލު، ރެކޯޑު އިތުރަށް ހަޑިކުރާނެ ކަމެއް ނެތް، ހަމަލާތަކުގައި ބައިވެރިވާނަމަ ހަމަލާ ދޭނަން!

24 ޖުލައި 2026 | ހުކުރު 09:36

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭ ހަމަލާތަކުގައި އިނގިރޭސިވިލާތުން ބައިވެރިވާނަމަ އެގައުމުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އައި.އާރު.ޖީ.ސީ އިން ދީފި. ކުވެއިތުގައި ހުންނަ އެމެރިކާގެ މަރުކަޒަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން ހާމަކުރަމުން، އީރާނުން ބުނީ ދުޝްމަނުންނަށް އަދަބު ދިނުމުގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް.

ރާއްޖެ އެމްވީ | 24 ޖުލައި 2026 | ހުކުރު 09:36
އިނގިރޭސިވިލާތުގެ ފެއަރފޯޑްގައި އޮންނަ ރޯޔަލް އެއަރ ފޯސް (އާރް.އޭ.އެފް) ބޭސްއަށް، 2026 މާރިޗު 18 ވީ ބުދަ ދުވަހު، ރޮކްވެލް ބީ-1 ލާންސަރ މަރުކާގެ ބަރު ބޮންއަޅާ ބޯޓެއްގެ ފަހަތުން ލޮކްހީޑް ޔޫ-2 "ޑްރެގަން ލޭޑީ" މަރުކާގެ ޖާސޫސީ މަތިންދާބޯޓެއް ޖައްސަނީ.

އިނގިރޭސިވިލާތުގެ ފެއަރފޯޑްގައި އޮންނަ ރޯޔަލް އެއަރ ފޯސް (އާރް.އޭ.އެފް) ބޭސްއަށް، 2026 މާރިޗު 18 ވީ ބުދަ ދުވަހު، ރޮކްވެލް ބީ-1 ލާންސަރ މަރުކާގެ ބަރު ބޮންއަޅާ ބޯޓެއްގެ ފަހަތުން ލޮކްހީޑް ޔޫ-2 "ޑްރެގަން ލޭޑީ" މަރުކާގެ ޖާސޫސީ މަތިންދާބޯޓެއް ޖައްސަނީ. | ގެޓީ އިމޭޖަސް

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި އިތުރަށް ބައިވެރިނުވުމަށް އަންގާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން އިނގިރޭސިވިލާތަށް އިންޒާރު ދީފި އެވެ.

އީރާނުން ބުނީ ލަންޑަނުން އެގައުމުގެ ކުށުގެ ރެކޯޑް އިތުރަށް ބޮޑުކޮށްގެން ނުވާނެ ކަމަށާއި، އީރާނުގެ ސަރަހައްދުތަކަށް ހަމަލާދިނުމަށް ބޭނުންކުރާ ކޮންމެ މަރުކަޒަކީ ހަމަލާދިނުން ހުއްދަ އަމާޒެއް ކަމަށް ތަކުރާރުކޮށް ބުނާ ކަމަށެވެ.

ބުރާސްފަތި ދުވަހު އައި.އާރު.ޖީ.ސީ އިން ނެރުނު 46 ވަނަ ބަޔާނުގައި ބުނެފައިވަނީ، އެމެރިކާއާއި ޒަޔަނިސްޓް އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގާ އުދުވާނުގައި އެންމެ ބޮޑަށް ބައިވެރިވަނީ އިނގިރޭސިވިލާތުން ކަމަށެވެ.

"މި ސަރަހައްދުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިތާމަތަކުގެ މައިގަނޑު އަސްލަކީ އިނގިރޭސި ރަސްކަން،" ކަމަށް ބުނެ އައި.އާރު.ޖީ.ސީ އިން ވަނީ އެގައުމުގެ ރެކޯޑް އިތުރަށް ގޯސްނުކުރުމަށް އިންޒާރު ދީފަ އެވެ.

މީގެ އިތުރުންވެސް، އެމެރިކާއާއި ޒަޔަނިސްޓް އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި އިނގިރޭސިވިލާތުގެ ބައިވެރިވުން އިންތިހާއަށް ބޮޑުކަމަށް އައި.އާރު.ޖީ.ސީ އިން ވަނީ ފާހަގަކޮށްފަ އެވެ.

އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ އަތުގައި ހުރި ކްރޫޒް މިސައިލްތައް ހުސްވުމާ ގުޅިގެން، އިނގިރޭސިވިލާތުގެ އާރު.އޭ.އެފް ފެއާފޯޑް އެއާބޭސްއިން  ބީ-1 މަރުކާގެ ބޮންއަޅާ ބޯޓުތައް މިހާރު އުދުހެން ފަށާފައިވާ ކަމަށް އައި.އާރު.ޖީ.ސީ އިން ބުނެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ހަނގުރާމަ ރަސްމީކޮށް އަލުން ފެށުމާއެކު އިންޑިއާ ކަނޑުގައި ހުރި މަނަވަރުތަކުން ކްރޫޒް މިސައިލް ފޮނުވަމުންދިޔަ އެމެރިކާގެ އަސްކަރިއްޔާއިން، އިއްޔެ އިނގިރޭސިވިލާތުގެ ފެއާފޯޑް އެއާބޭސްއިން ފުރާ ބީ-1 މަރުކާގެ ބޯޓުތައް ބޭނުންކުރަން ފެށީ މަނަވަރުތަކުގައި ހުރި މިސައިލްތައް ހުސްވުމުން ކަމަށެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ އިސްވެރިން މީގެ ކުރިންވެސް ވިދާޅުވެފައިވާ ވާހަކަތައް ތަކުރާރުކުރަމުން އައި.އާރު.ޖީ.ސީ އިން ބުނީ، އީރާނުގެ ބިމަށް ހަމަލާދިނުމަށް ބޭނުންކުރާ ކޮންމެ އަސްކަރީ މަރުކަޒަކީ އީރާނުން ހަމަލާދިނުން ހައްގުވާ ސައްހަ އަމާޒެއް ކަމަށެވެ.

އިނގިރޭސިވިލާތަކީ މި ސަރަހައްދުގެ ރައްޔިތުންނަށް ކުރިމަތިވި ހުރިހާ ނުބައިކަމެއްގެ އަސްލު ކަމަށް ސިފަކުރަމުން، އިސްލާމީ ގައުމުތައް ބައިބައިކުރުމާއި، އެ ގައުމުތަކުގައި ގަތުލުއާންމު ހިންގުމާއި، އަނިޔާވެރި ސަރުކާރުތައް ގާއިމުކުރުމުގެ އިތުރުން، ފަލަސްތީނު ހިފައި އިސްރާއީލު އުފެއްދުމުގެ ބޮޑު ކާރިސާ ރޭވުމުގައި އިނގިރޭސިވިލާތުގެ ކަޅު މާޒީއެއް އޮތްކަން އައި.އާރު.ޖީ.ސީ އިން ވަނީ ފާހަގަކޮށްފަ އެވެ.

މި ބަޔާން ނެރެފައިވަނީ، އީރާނާއެކު މީގެ ކުރިން ވެފައިވާ އެއްބަސްވުންތަކަށް އެމެރިކާއިން އަމަލުކުރުން ހުއްޓާލުމާ ގުޅިގެން، ދެ ފަރާތުގެ މެދުގައި ހަނގުރާމަ އަލުން ފެށި މަސްރަހު ނުހަނު ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

އަދި އީރާނާއި އިނގިރޭސިވިލާތުގެ ގުޅުން ގޯސްވެފައިވަނީ، އިނގިރޭސިވިލާތުގެ އާ ގާނޫނުތަކުގެ ދަށުން އައި.އާރު.ޖީ.ސީ އަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ފެށުމާ ގުޅިގެންނެވެ. އީރާނުން ވަނީ މިއީ "ޢަދާވާތްތެރި" އަމަލެއްގެ ގޮތުގައި ސިފަކޮށް، އޭގެ ބަދަލު ހިފާނެ ކަމަށް ބުނެފަ އެވެ.

އައި.އާރު.ޖީ.ސީ އިން ވަނީ އެޖަމާއަތުން ދެމުންދާ ރައްދު ހަމަލާތަކުގެ ތަފްސީލުވެސް ހާމަކޮށްފައެވެ. އެގޮތުން ޝަލަމްޗޭ ބޯޑަރު ހުރަސްކޮށް އިރާގަށް ދަތުރުކުރި އާންމުންނަށް އެމެރިކާގެ ޓެރަރިސްޓް ސިފައިން ދިން ހަމަލާގެ ބަދަލު ހިފުމަށް ފެށި "ނަސްރު 2" އޮޕަރޭޝަނުގެ 26 ވަނަ ބުރުގެ ހަމަލާތައް މިހާރު ކުރިއަށްދާ ކަމަށް ބުނެފައިވެ އެވެ.

ބަޔާނުގައިވާ ގޮތުން، އައި.އާރު.ޖީ.ސީގެ ފައުޖުތަކުން ވަނީ ކުވެއިތުގައި ހުންނަ ކޭމްޕް އަލް-އުދައިރީގައި ހުރި އެމެރިކާގެ އިލެކްޓްރޯނިކް ވޯފެއާ ޔުނިޓަކަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.

އައި.އާރު.ޖީ.ސީ އިން ބުނީ މި ހަމަލާތަކުގައި އެ ޔުނިޓް އެއްކޮށް ސުންނާފަތިކޮށްލާފައިވާ ކަމަށާއި، ސިފައިން ތިބޭ ބަރެކްސްތަކަށް ހަމަލާދީ އެމެރިކާގެ ބައެއް ސިފައިން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ. އަދި އެ މަރުކަޒުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

އައި.އާރު.ޖީ.ސީ އިން އިތުރަށް ބުނީ، މިއީ އުދުވާން ހިންގާ ފަރާތްތަކަށް އަދަބު ދިނުމަށާއި، ކުޑަކުދިން މަރާ އެމެރިކާގެ އަސްކަރިއްޔާގެ ޖަރީމާތަކަށް ރައްދު ދިނުމުގެ ގޮތުން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. 

މީގެ އިތުރުން، ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ބުނެ، އެމެރިކާއިން މަޝްވަރާ ކުރަން އުޅެނީ އަސްކަރީ އޮޕަރޭޝަންތައް އަލުން ފެށުމަށް ވަގުތު ހޯދުމަށް ކަމަށް އައި.އާރު.ޖީ.ސީ އިން ތުހުމަތުކުރި އެވެ.

"ހަނގުރާމައިގެ މައިދާނުގައި ބަލިވެފައިވާ އެމެރިކާއިން މިހާރު މަސައްކަތް ކުރަނީ އޮޅުވާލުމާއި މަކަރުވެރިކަމުގެ ތެރެއިން، އަލުން ބާރުވެރިވެ ހަމަލާދިނުމަށް ފުރުސަތެއް ހޯދުމަށް،" ބަޔާނުގައިވެ އެވެ.

އަދި ވެފައިވާ ވައުދުތަކާ ޚިލާފުވުމުގެ އަގު ދުޝްމަނުން ދައްކަންޖެހޭނެ ކަމަށާއި، ހަނގުރާމަ ހުއްޓާލުމުގެ ދޮގު ބަހަނާގައި އެމެރިކާއިން އެމީހުންގެ ތެލާއި ހަތިޔާރުގެ ރިޒާވް މުއްސަނދިކުރުމަށް މިފަހަރު ފުރުސަތު ނުދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

"އަދަބު ދިނުމުގެ އޮޕަރޭޝަންތައް ކުރިއަށްދާނެ" ކަމަށް އައި.އާރު.ޖީ.ސީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

އީރާން-ޔޫކޭއީރާން-އެމެރިކާއީރާން ހަނގުރާމަ

އިތުރަށް ކިޔާލަން

24 ޖުލައި 2026

ބަހްރައިންއާއި އުރުދުންގައި ހުންނަ އެމެރިކާގެ މުހިންމު ދެ އަސްކަރީ މަރުކަޒަކަށް އީރާނުގެ އަސްކަރިއްޔާއިން ހަމަލާދީފި

24 ޖުލައި 2026
ބަހްރައިންއާއި އުރުދުންގައި ހުންނަ އެމެރިކާގެ މުހިންމު ދެ އަސްކަރީ މަރުކަޒަކަށް އީރާނުގެ އަސްކަރިއްޔާއިން ހަމަލާދީފި
24 ޖުލައި 2026

އިރާގުގެ ބޮޑުވަޒީރު މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެފި

24 ޖުލައި 2026
އިރާގުގެ ބޮޑުވަޒީރު މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެފި
24 ޖުލައި 2026

ޓްރަމްޕް ހުންނެވީ "ބަދަލުހިފުމުގެ ރޫހެއްގައި" - މެދުއިރުމައްޗަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވަން ފަށައިފި

24 ޖުލައި 2026
ޓްރަމްޕް ހުންނެވީ "ބަދަލުހިފުމުގެ ރޫހެއްގައި" - މެދުއިރުމައްޗަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވަން ފަށައިފި
24 ޖުލައި 2026

އެމެރިކާގެ ރައީސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު، ޖެހިޖެހިގެން 13 ވަނަ ރޭ އީރާނަށް ބޮންއަޅައިފި

24 ޖުލައި 2026
އެމެރިކާގެ ރައީސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު، ޖެހިޖެހިގެން 13 ވަނަ ރޭ އީރާނަށް ބޮންއަޅައިފި
23 ޖުލައި 2026

އީރާނުން އެމެރިކާގެ ހަމަލާތަކަށް ރައްދުދޭން އާ ގޮތްތަކެއް ރާވައިފި ކަމުގައި އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެއްޖެ

23 ޖުލައި 2026
އީރާނުން އެމެރިކާގެ ހަމަލާތަކަށް ރައްދުދޭން އާ ގޮތްތަކެއް ރާވައިފި ކަމުގައި އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެއްޖެ
23 ޖުލައި 2026

އީރާނާއި ހޫޘީން ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި، އެމެރިކާގެ ބޮން އެޅުން އަދިވެސް ކުރިއަށް: އެންމެ ފަހުން ހިނގީ ކޮންކަމެއް؟

23 ޖުލައި 2026
އީރާނާއި ހޫޘީން ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި، އެމެރިކާގެ ބޮން އެޅުން އަދިވެސް ކުރިއަށް: އެންމެ ފަހުން ހިނގީ ކޮންކަމެއް؟
23 ޖުލައި 2026

ރޫބިއޯ: ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް"

23 ޖުލައި 2026
ރޫބިއޯ: ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް"
23 ޖުލައި 2026

ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދީފި

23 ޖުލައި 2026
ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދީފި
23 ޖުލައި 2026

އެމެރިކާއިން އީރާނާ ދެކޮޅަށް ބޭނުންކުރަނީ، "ތިންވަނަ ބޮޑު ހަނގުރާމައަށް ރައްކާކޮށްފައި ހުރި" ހަތިޔާރު

23 ޖުލައި 2026
އެމެރިކާއިން އީރާނާ ދެކޮޅަށް ބޭނުންކުރަނީ، "ތިންވަނަ ބޮޑު ހަނގުރާމައަށް ރައްކާކޮށްފައި ހުރި" ހަތިޔާރު
23 ޖުލައި 2026

މުޅި ސަރަހައްދުގައި އެމެރިކާއާ ވާގިވެރިވާ ފަރާތްތަކުގެ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި

23 ޖުލައި 2026
މުޅި ސަރަހައްދުގައި އެމެރިކާއާ ވާގިވެރިވާ ފަރާތްތަކުގެ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް