Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ބޮޑު ވަޒީރު ސްޓާމާގެ އާއިލީ ބުޅާ، ސަރުކާރުގެ ރަސްމީ ކާރު ކޮޅު ތަކުގައި އުފުލި މައްސަލަ ބޮޑު ވެއްޖެ

11 ޖުލައި 2026 | ހޮނިހިރު 06:30

ސަރުކާރުގެ ޕޭމާސްޓާ ޖެނަރަލް ނިކް ތޯމަސް ސައިމަންޑްސް ވަނީ މިކަމުގައި ސަރުކާރު ދިފާއު ކުރައްވާފައި. އޭނާ ވިދާޅުވީ، ޑައުނިން ސްޓްރީޓްގައި ދިރިއުޅޭ ފަރާތް ތަކުން އެކި ތަންތަނަށް ދަތުރު ކުރާއިރު، އޮންނަ އުސޫލުގެ ތެރެއިން ބުޅާ އުފުލުމަކީ މީގެ ކުރީ ސަރުކާރު ތަކުން ވެސް އަމަލު ކޮށްފައިވާ އޮތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖުލައި 2026 | ހޮނިހިރު 06:30
"ޕްރިންސް" ގެ ނަމުގައި ބޮޑު ވަޒީރު ސްޓާމާގެ އާއިލާ އިން ގެންގުޅުއްވާ ބުޅަލާ އެކު، ސްޓާމާ.

"ޕްރިންސް" ގެ ނަމުގައި ބޮޑު ވަޒީރު ސްޓާމާގެ އާއިލާ އިން ގެންގުޅުއްވާ ބުޅަލާ އެކު، ސްޓާމާ. | ސޯޝަލް މީޑިއާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާގެ އާއިލީ ބުޅާ، ސަރުކާރުގެ ރަސްމީ ކާރު ކޮޅު ތަކުގައި އެއް ތަނުން އަނެއް ތަނަށް އުފުލާ މައްސަލަ ބޮޑުވެ، އިދިކޮޅު ކޮންޒަވޭޓިން ޕާޓީ އިން ފާޑު ކިޔުން އަމާޒު ކޯށްފި އެވެ. 

ކެބިނެޓު އޮފީހުން ކަށަވަރު ކޮށްދީފައިވާ ގޮތުގައި  ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު ކަމަށްވާ ޑައުނިން ސްޓްރީޓް އާއި، ބޮޑު ވަޒީރުގެ ރެކްރިއޭޝަނަލް ރެސިޑެންސް "ޗެކާސް" އާ ދެމެދު ބޮޑު ވަޒީރުގެ އާއިލީ ބުޅާ އުފުލުމަށް ސަރުކާރުގެ ކާރުތައް ވަނީ ބޭނުން ކޮށްފައި އެވެ.

 މި މައްސަލައިގައި އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ޗެއާމަން ކެވިން ހޮލިންރޭކް ވިދާޅުވީ، ބޮޑު ވަޒީރު ސްޓާމާ މިހާރު ވަނީ އޭނާގެ ނިންމުންތަކާ މެދު ސުވާލު ނޫފައްދާނެ "ފަސިންޖަރަކު" ހޯއްދަވާފައި ކަަމަށެވެ. އަދި އެ ބުޅާ ސަރުކާރުގެ ކާރު ކޮޅު ތަކުގައި އުފުލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ހޮލިންރޭކް ވިދާޅުވީ، ޤައުމުގެ އާންމު ރައްޔިތުން ބޮޑެތި އަދަދު ތަކުން ޓެކްސް ދައްކައި، ބިލު ތަކުގެ ތަކުލީފު އުފުލަމުންދާއިރު، ރައްޔިތުންގެ ފައިސާ އިން ބޮޑު ވަޒީރުގެ ބުޅާ އުފުލުމަށް "ކެޓް ޑެލިވަރީ ސާވިސް" ހިންގުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 

މީގެ ކުރިން ލޭބާ ޕާޓީ އިން ވަނީ މުއްސަނދި މަހުޖަނުންނަށް ނިސްބަތްކޮށް "ފެޓް ކެޓްސް"ގެ ނަމުން މުޚާތަބު ކޮށްފައިކަން ފާހަގަ ކުރައްވައި ހޮލިންރޭކް ވިދާޅުވީ، މިހާރު ފެންނަނީ އެ ބޭފުޅުންގެ އަމިއްލަ ބުޅާ ސަރުކާާރުގެ ކާރުގެ ފަހަތު ސީޓުގައި ބައިންދައިގެން، ރައްޔިތުންގެ ޚަރަދުގައި އުފުލާ މަންޒަރު ކަމަށެެވެ. 

ނަމަވެސް ސަރުކާރުގެ ޕޭމާސްޓާ ޖެނަރަލް ނިކް ތޯމަސް ސައިމަންޑްސް ވަނީ މިކަމުގައި ސަރުކާރު ދިފާއު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، ޑައުނިން ސްޓްރީޓްގައި ދިރިއުޅޭ ފަރާތް ތަކުން އެކި ތަންތަނަށް ދަތުރު ކުރާއިރު، އޮންނަ އުސޫލުގެ ތެރެއިން ބުޅާ އުފުލުމަކީ މީގެ ކުރީ ސަރުކާރު ތަކުން ވެސް އަމަލު ކޮށްފައިވާ އޮތް ކަމަށެވެ. 

އެކަމާ ގުޅޭ ގޮތުން ބޮޑު ވަޒީރުގެ އޮފީހުން ބުނެފައި ވަނީ، ބުޅާ އުފުލުމަށް ވަކިން ޚާއްސަ ދަތުރު ތަކެއް ކޮށްފައި ނުވާ ކަމަށެވެ. އެގޮތުން ބުޅާ އުފުލަނީ އެހެން މީހުން ކާރު ތަކުގައި ދަތުރު ކުރާ ވަގުތު ތަކުގައި އެކަނި ކަމަށް ބުނެފައިވެ އެވެ. 

އިނގިރޭސިވިލާތުގައި 2024 ވަނަ އަހަރު އޮތް އާންމު އިންތިޚާބު ކާމިޔާބު ކުރެއްވިތާ ދެ މަސް ފަހުން، ސްޓާމާގެ އާއިލާ އިން ވަނީ "ޕްރިންސް" ނަމަކަށް ކިޔާ ބުޅަލެއް ގެންގުޅެއް ފައްޓަވައިފަ އެވެ. އެ ބުޅާގެ ކުރިން، އެ އާއިލާގައި "ޖޯޖޯ" ނަމަކަށް ނިޔާ ބުޅަލެއް ވެސް ގެންގުޅެފައިވެ އެވެ. 

ބޮޑު ވަޒީރު ސްޓާމާގެ އާއިލާ އިން އެންމެ ފުރަތަމަ ބޭނުންވީ ކުއްތާއެއް ގެންގުޅުމަށެވެ. ނަމަވެސް، އާއިލާގެ އެތެރޭގައި ކުރެވުނު މަޝްވަރާ ތަަކަށް ފަހު، ޑައުނިން ސްޓްރީޓްގައި މިހާރު ވެސް އުޅޭ މަޝްހޫރު "ލެރީ" ބުޅާ އާއެކު އުޅެވޭނެ ފަދަ ބުޅަލެއް ގެންގުޅުމަށް ނިންމެވީ އެވެ. 

މި މައްސަލަ ފެންމަތިވެފައި މި ވަނީ ސަރުކާާރުގެ ޚަރަދުތަކާ މެދު ސުވާލު ތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި އެވެ.

މަސްދަރު: ސްޕެކްޓޭޓާ

އިނގިރޭސިވިލާތްޑައުނިންގ ސްޓްރީޓްކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

08 ޖުލައި 2026

ތުހުމަތުތަކާ ގުޅިގެން ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި، އަލުން އިންތިޚާބުގައި ވާދަ ކުރައްވާނެ!

08 ޖުލައި 2026
ތުހުމަތުތަކާ ގުޅިގެން ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި، އަލުން އިންތިޚާބުގައި ވާދަ ކުރައްވާނެ!
06 ޖުލައި 2026

އިނގިރޭސި އަސްކަރިއްޔާގެ ސިއްރު ލިޔެކިޔުންތަކެއް ކުނިވަށިގަނޑަކުން ފެނިއްޖެ

06 ޖުލައި 2026
އިނގިރޭސި އަސްކަރިއްޔާގެ ސިއްރު ލިޔެކިޔުންތަކެއް ކުނިވަށިގަނޑަކުން ފެނިއްޖެ
05 ޖުލައި 2026

ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

05 ޖުލައި 2026
ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
05 ޖުލައި 2026

ކާމިޔާބު މަސައްކަތް ތަކެއް ކުރެވުނު، ލޭބާ ޕާޓީ އަށް ކުރިއަށް އޮތް އިންތިޚާބު ވެސް ކާމިޔާބު ކުރެވެން ޖެހޭނެ: ބޮޑު ވަޒީރު ސްޓާމަރ

05 ޖުލައި 2026
ކާމިޔާބު މަސައްކަތް ތަކެއް ކުރެވުނު، ލޭބާ ޕާޓީ އަށް ކުރިއަށް އޮތް އިންތިޚާބު ވެސް ކާމިޔާބު ކުރެވެން ޖެހޭނެ: ބޮޑު ވަޒީރު ސްޓާމަރ
05 ޖުލައި 2026

ބޮލުގައި ލާ ޖެލް އަކީ ދައުލަތުގެ ސިއްރެއް، ނަމެއް ނުބުނެވޭނެ: ބޮޑު ވަޒީރު ސްޓާމާ

05 ޖުލައި 2026
ބޮލުގައި ލާ ޖެލް އަކީ ދައުލަތުގެ ސިއްރެއް، ނަމެއް ނުބުނެވޭނެ: ބޮޑު ވަޒީރު ސްޓާމާ
05 ޖުލައި 2026

އިނގިރޭސިވިލާތުގެ ލީޑަރުން ފެއިލް ވެއްޖެ، އައު ބޮޑު ވަޒީރު ބަދަލު ތަކެއް ގެންނަވާނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ނައިބު ރައީސް ވޭންސް

05 ޖުލައި 2026
އިނގިރޭސިވިލާތުގެ ލީޑަރުން ފެއިލް ވެއްޖެ، އައު ބޮޑު ވަޒީރު ބަދަލު ތަކެއް ގެންނަވާނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ނައިބު ރައީސް ވޭންސް
04 ޖުލައި 2026

މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި

04 ޖުލައި 2026
މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި
04 ޖުލައި 2026

އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި

04 ޖުލައި 2026
އިންގްލެންޑުގެ ކެޕްޓަން ކޭން އަށް "ސަރ" ގެ ލަޤަބު ދިނުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި
04 ޖުލައި 2026

ސްޓާމަރގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޮލީ ރިޑްލީ، ލޭބަރ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވަނީ

04 ޖުލައި 2026
ސްޓާމަރގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހޮލީ ރިޑްލީ، ލޭބަރ ޕާޓީގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވަނީ
02 ޖުލައި 2026

ސްޓަރމާ ފުނާ އަޅާފައި ހުންނަ ގޮތަށް މާކްސް ދެމުން އައި ސޯޝަލް މީޑިއާ އެކުންޓެއް މަޝްހޫރުވެ، ބޮޑު ވަޒީރުގެ އޮފީހުން ރަސްމީ ދައުވަތެއް!

02 ޖުލައި 2026
ސްޓަރމާ ފުނާ އަޅާފައި ހުންނަ ގޮތަށް މާކްސް ދެމުން އައި ސޯޝަލް މީޑިއާ އެކުންޓެއް މަޝްހޫރުވެ، ބޮޑު ވަޒީރުގެ އޮފީހުން ރަސްމީ ދައުވަތެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް