Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރެޒިލް ޤައުމީ ޓީމު

އަންޗެލޮޓީ ބޭނުން ވަނީ ބްރެޒިލް އާއެކު ކުރިއަށް ދާން

25 ޖުލައި 2026 | ހޮނިހިރު 04:54

އަންޗެލޮޓީ ބޭނުން ވަނީ ބްރެޒިލް އާއެކު މަސައްކަތްކޮށް، 2028 ވަނަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތާއި، 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އެ ޓީމަށް ރަނގަޅު ނަތީޖާއެއް ހޯދައި ދިނުމަށް. ބްރެޒިލް އާއެކު މިހާރު އަންޗެލޮޓީ ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ވެސް 2030 ވަނަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖުލައި 2026 | ހޮނިހިރު 04:54
ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ

ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ | ރޮއިޓާސް

އިޓަލީގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށް ލިބުނު ފުރުސަތު ދޫކޮށްލައި، ބްރެޒިލް އާއެކު ކުރިއަށް ދާން ކާާލޯ އަންޗެލޮޓީ ނިންމައިފި އެވެ.

އިޓަލީ އަށް ނިސްބަތްވާ އުމުރުން 67 އަހަރުގެ އަންޗެލޮޓީ، ބްރެޒިލްގެ ކޯޗުކަމާ ހަވާލުވީ 2025 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން ބްރެޒިލް އިން ކުޅުނު ފުރަތަމަ މުބާާރާތަކީ މިއަހަރުގެ ފީފާ ވޯލްޑް ކަޕް އެވެ. މުބާރާތުގެ ގަދަ 16 ގައި ނޯވޭ އަތުން ބަލިވެ ބްރެޒިލް ކެޓިއިރު، އަންޗެލޮޓީ ވަނީ ބްރެޒިލްގެ ކޯޗުކަމުން ވަކި ނުވާނެ ކަމަށް ބުނެފައި އެވެ.

ވޯލްޑް ކަޕަށް ފަހު އިޓަލީ އިން ވަނީ އެ ޤައުމުގެ ކޯޗުކަން އަންޗެލޮޓީ އަށް ހުށަހަޅައިފަ އެވެ. ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަން އިން ވެސް ވަނީ، އަންޗެލޮޓީ އަށް ހުށަހެޅުމެއް ހުށަހަޅާފައި އޮތް ކަމަށް ބުނެފައި އެވެ. ނަމަވެސް، އަމިއްލަ ޤައުމުން ލިބުނު ހުށަހެޅުން ދޫކޮށްލައި، އަންޗެލޮޓީ ނިންމާފައި ވަނީ ބްރެޒިލްގައި މަޑު ކުރުމަށެވެ.

އެގޮތުން އަންޗެލޮޓީ ބޭނުން ވަނީ ބްރެޒިލް އާއެކު މަސައްކަތްކޮށް، 2028 ވަނަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތާއި، 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އެ ޓީމަށް ރަނގަޅު ނަތީޖާއެއް ހޯދައި ދިނުމަށެވެ. ބްރެޒިލް އާއެކު މިހާރު އަންޗެލޮޓީ ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ވެސް 2030 ވަނަ އަހަރު އެވެ. ބްރެޒިލް ފުޓުބޯޅަ ކޮންފެޑަރޭޝަން އިން ވެސް ބޭނުން ވަނީ، އެ ޓީމުގެ ކޯޗަކަށް އަންޗެލޮޓީ ބަހައްޓާށެވެ. 

ރެޖިއާނާާ އިން ކޯޗިން ކެރިއަރު ފެށި އަންޗެލޮޓީ އަކީ މިވަގުތު ދުނިޔޭގައި ތިބި ކޯޗުންގެ ތެރެއިން އެންމެ މޮޅު އެއް ކޯޗެވެ. އޭނާ ވަނީ މިހާތަނަށް ޔުވެންޓަސް، އޭސީ މިލާާން، ޗެލްސީ، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)، ރެއާލް މެޑްރިޑް، ބަޔާން މިއުނިކް، ނަޕޯލީ އަދި އެވަޓަން އަށް ވެސް އިރުޝާދު ދީފައި އެވެ. ރެއާލް އަށް އަންޗެލޮޓީ ދެ ފަހަރެއްގެ މަތިން އިރުޝާދު ދިނެވެ. ރެއާލްގެ ކޯޗުކަން ދޫކޮށްލުމަށް ފަހު އޭނާ ބްރެޒިލްއާ ހަވާލުވީއިރު، ބްރެޒިލް އަކީ އަންޗެލޮޓީ އިރުޝާދު ދޭ ފުރަތަމަ ޤައުމީ ޓީމެވެ.

ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމުކާލޯ އަންޗެލޮޓީ

އިތުރަށް ކިޔާލަން

06 ޖުލައި 2026

ނޭމާ، ބްރެޒިލް ޤައުމީ ޓީމުން ރިޓަޔާ ކޮށްފި

06 ޖުލައި 2026
ނޭމާ، ބްރެޒިލް ޤައުމީ ޓީމުން ރިޓަޔާ ކޮށްފި
06 ޖުލައި 2026

ނޯވޭ އަތް ދަށުގެ ވަރުގަދަ ބްރެޒިލް ކަޓައިފި

06 ޖުލައި 2026
ނޯވޭ އަތް ދަށުގެ ވަރުގަދަ ބްރެޒިލް ކަޓައިފި
05 ޖުލައި 2026

ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!

05 ޖުލައި 2026
ނޯވޭ ވަރުގަދަ، އެކަމަކު އަންޗެލޮޓީ އަށް ބްރެޒިލް ފެންނަނީ އެންމެ ވަރުގަދަކޮށް!
30 ޖޫން 2026

ފަހަތުން އަރައި ޖަޕާން ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް

30 ޖޫން 2026
ފަހަތުން އަރައި ޖަޕާން ބަލިކޮށް، ބްރެޒިލް ގަދަ 16 އަށް
25 ޖޫން 2026

ވިނީޝިއުސްގެ ދެ ލަނޑާ އެކު މޮޅުވެ، އެއް ވަނައިގައި ބްރެޒިލް އަނެއް ބުރަށް

25 ޖޫން 2026
ވިނީޝިއުސްގެ ދެ ލަނޑާ އެކު މޮޅުވެ، އެއް ވަނައިގައި ބްރެޒިލް އަނެއް ބުރަށް
20 ޖޫން 2026

ބްރެޒިލްގެ އަސްލު ކުޅުން ފެންނާނީ ކޮން އިރަކުން؟

20 ޖޫން 2026
ބްރެޒިލްގެ އަސްލު ކުޅުން ފެންނާނީ ކޮން އިރަކުން؟
20 ޖޫން 2026

ހައިޓީ ބަލިކޮށް ފުރަތަމަ މޮޅާ އެކު، ބްރެޒިލް އެއް ވަނަ އަށް

20 ޖޫން 2026
ހައިޓީ ބަލިކޮށް ފުރަތަމަ މޮޅާ އެކު، ބްރެޒިލް އެއް ވަނަ އަށް
14 ޖޫން 2026

ފުރަތަމަ މެޗުގެ ނަތީޖާއާ ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅުމެއް ނެތް: އަންޗެލޮޓީ

14 ޖޫން 2026
ފުރަތަމަ މެޗުގެ ނަތީޖާއާ ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅުމެއް ނެތް: އަންޗެލޮޓީ
14 ޖޫން 2026

މިއީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ލަގަބު ހޯދަން އަހަރެން އައިސް ހުރި ފަހަރެއް ނޫން: ވިނީޝިއަސް

14 ޖޫން 2026
މިއީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ލަގަބު ހޯދަން އަހަރެން އައިސް ހުރި ފަހަރެއް ނޫން: ވިނީޝިއަސް
14 ޖޫން 2026

ވޯލްޑް ކަޕްގެ ކާމިޔާބީ ހޯދުމަށް ބްރެޒިލުން 'ސްމާޓް ވެސްޓް' ބޭނުންކުރަނީ

14 ޖޫން 2026
ވޯލްޑް ކަޕްގެ ކާމިޔާބީ ހޯދުމަށް ބްރެޒިލުން 'ސްމާޓް ވެސްޓް' ބޭނުންކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް