Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯލްޑް ކަޕް

ބްރެޒިލްގެ އަސްލު ކުޅުން ފެންނާނީ ކޮން އިރަކުން؟

ހައިޓީ އަތުން 3-0 އިން މޮޅުވެ ބްރެޒިލުން ވޯލްޑް ކަޕްގައި ރަނގަޅު ފެށުމެއް ހޯދި ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ދަށްވުމުން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައި. މި މެޗުގައި މެތިއަސް ކޫންޔާ ދެ ލަނޑު ޖެހިއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ނޭމާ ދެން އޮތް ސްކޮޓްލޭންޑް މެޗުގައި ފެންނާނެ ކަމަށް ކޯޗު އަންޗެލޮޓީ ވަނީ ބުނެފައި. ބްރެޒިލުން މޮޅުވި ނަމަވެސް، ޓީމުގެ މުހިންމު ކުޅުންތެރިޔާ ރަފީނިއާއަށް އަނިޔާވުމަކީ އެ ޓީމަށް ކުރިމަތިވި ބޮޑު ކަންބޮޑުވުމެއް.

ރާއްޖެ އެމްވީ | 20 ޖޫން 2026 | ހޮނިހިރު 15:44
2026 ޖޫން 19 ވީ ދުވަހު އެމެރިކާގެ ޕެންސިލްވޭނިއާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި ކުޅުނު، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ގްރޫޕް ސީގެ ބްރެޒިލް އަދި ހެއިޓީ ބައްދަލުކުރި މެޗުގެ ތެރެއިން، ބްރެޒިލްގެ ޖާޒީ ނަންބަރު 13، ޑެނީލޯ ބޯޅަ ސަލާމަތްކުރަނީ.

2026 ޖޫން 19 ވީ ދުވަހު އެމެރިކާގެ ޕެންސިލްވޭނިއާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި ކުޅުނު، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ގްރޫޕް ސީގެ ބްރެޒިލް އަދި ހެއިޓީ ބައްދަލުކުރި މެޗުގެ ތެރެއިން، ބްރެޒިލްގެ ޖާޒީ ނަންބަރު 13، ޑެނީލޯ ބޯޅަ ސަލާމަތްކުރަނީ. | ގެޓީ އިމޭޖަސް

2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލް ޓީމުގެ މުހިންމު ކުޅުންތެރިޔާ ރޮނާލްޑީނިއޯ ދަނޑުގައި މެޗު ބަލަން އިިންއިރު، ހައިޓީ އަތުން 3-0 އިން ބްރެޒިލް މޮޅުވި މެޗުގައި ސަޕޯޓަރުން ދިޔައީ ވޯލްޑް ކަޕް ތަށީގެ ރެޕްލިކާތައް ވައިގެ ތެރޭގައި ހޫރަމުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެތިއަސް ކޫންޔާ ޖަހައިދިން ދެ ލަނޑާއި، ވިނީޝިއަސް ޖޫނިއާ ކާމިޔާބުކުރި ހިތްގައިމު ލަނޑާއެކު، މި މުބާރާތުގައި ބްރެޒިލުން ވަނީ ރަނގަޅު ފެށުމެއް ކަށަވަރުކޮށްފައެވެ.

މިއީ ބްރެޒިލުން މި ފަހަރުގެ މުބާރާތުގައި ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ ބައިކޮޅަށް ލަނޑެއް ވަނަނުދީ ނިންމާލި ފުރަތަމަ މެޗަށް ވާއިރު، ރީނދޫ ކުލައިގެ ޖާޒީގައި ތިބި ސަޕޯޓަރުން ދިޔައީ ދަނޑުގެ ގެލެރީގައި އުފާފާޅުކޮށް ނަށަމުންނެވެ.

ނަމަވެސް، ބްރެޒިލާ ދެކޮޅަށް ކުޅުނު ހައިޓީއަކީ ފީފާ ރޭންކިންގައި ބްރެޒިލަށް ވުރެ 80 ދަރަޖަ ފަހަތުގައި އޮތް ޓީމެއްކަން ހަނދާންކުރަންޖެހެއެވެ.

ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ފެނުނު ނަމަވެސް، ދެވަނަ ހާފުގައި ބްރެޒިލްގެ ކުޅުން ވަރަށް ބޮޑަށް ދަށްވެ، އިދިކޮޅު ޓީމުގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކެޓި ފުރަތަމަ ޓީމަށް ހައިޓީ ވެފައިވާއިރު، މެޗުގެ ދެވަނަ ހާފުގައި ބްރެޒިލުން ފޮނުވާލި ދެ ހަމަލާގެ ބަދަލުގައި ހައިޓީން ވަނީ ބްރެޒިލްގެ ގޯލަށް ހަތް ހަމަލާ ފޮނުވާލާފައެވެ.

ވާދަވެރި އާޖެންޓީނާ އާއި ފްރާންސުން އެމެރިކާގައި ބާއްވާ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދާއިރު، ފިލަޑެލްފިއާގައި ކުޅުނު މި މެޗުގެ ފެށުން ރަނގަޅުވި ނަމަވެސް ބްރެޒިލަށް ވަނީ އެންމެ މަތީ ފަންތީގެ ކުޅުން ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެފައެވެ.

ގްރޫޕް ސީގެ ފުރަތަމަ މެޗުގައި ނިއު ޖާޒީގައި މޮރޮކޯއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗަށް ފަހު، ބްރެޒިލަށް މިހާރު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ގަދަ 32 ގެ ބުރަށް ދަތުރުކުރާނެ ކަމަށް ބެލެވެއެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ، ބްރެޒިލްގެ އަސްލު ކުޅުން ފެންނާނީ ކޮން އިރަކުން ހެއްޔެވެ؟

"މިއީ ރަނގަޅު މެޗެއް" - އަންޗެލޮޓީ

ބްރެޒިލްގެ އެތައް ހާސް ސަޕޯޓަރުންނެއް ފިލަޑެލްފިއާއަށް ޖަމާވުމާއެކު، މުޅި ސިޓީ އޮތީ ރީނދޫ ކުލައިން ފުރިފައެވެ.

ޓިކެޓް ނުލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ސަޕޯޓަރުން ދުރު ރަށްރަށުން ދަތުރުކޮށް އެ ސިޓީގެ ބާ ތަކުގައި ތިބެގެން ޓީވީން މެޗު ބަލަމުން ދިޔައީ، އެމީހުންގެ ބަތަލުން ވޯލްޑް ކަޕްގައި ކުޅޭ ސިޓީގައި ތިބެވުމުން ލިބޭ އުފަލަކަށެވެ.

މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ކާލޯ އަންޗެލޮޓީ ހުރީ ވަރަށް ސަމާލުވެއެވެ. މޮރޮކޯ މެޗަށް ވުރެ ކުޅުން ރަނގަޅުވި ނަމަވެސް ހިތްހަމަނުޖެހެނީ ކޮން ކަމަކާތޯ ސުވާލުކުރުމުން އޭނާ ޖަވާބު ދިނެވެ.

"ފުރަތަމަ ހާފުގައި އަހަރެމެން މާ ބޮޑަށްވެސް ރަނގަޅު. ދެވަނަ ހާފުގައި އެމީހުން (ހައިޓީ) ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ހޯދި ނަމަވެސް، އިތުރު ލަނޑު ޖަހާނެ ފުރުސަތު އަހަރެމެންނަށް ލިބުނު. ޖުމްލަކޮށް މިއީ ރަނގަޅު މެޗެއް،" ބްރެޒިލަށް ހަވަނަ ފަހަރަށް ވޯލްޑް ކަޕް ހޯދައިދިނުމަށް 2025 ވަނަ އަހަރުގެ މޭ މަހު ހަވާލުވި އިޓަލީގެ ކޯޗު ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ކޫންޔާ، ހައިޓީ ކޮޅަށް ދެ ލަނޑު ޖެހުމުން، އަންނަ ބުދަ ދުވަހު މިއާމީގައި ސްކޮޓްލޭންޑާ ދެކޮޅަށް ކުޅޭ މެޗުގައިވެސް އޭނާ ސެންޓަ-ފޯވާޑަކަށް ކުޅޭނެތޯ ސުވާލުކުރުމުން އަންޗެލޮޓީ ބުނީ "އެކަން ފަހުން އެނގޭނެ" ކަމަށެވެ.

"އަހަރެން ދެކޭގޮތުގައި މެތިއަސް ކުޅުނު މަގާމަކީ އިދިކޮޅު ޑިފެންސަށް ނުރައްކާ ކުރަން ރަނގަޅު މަގާމެއް. އޭނާގެ ޕާސްތައް ވަރަށް ފުރިހަމަ، އަދި ކުރީގައި އޭނާ ހުރި މަގާމަކީ ނަތީޖާ ނެރުމަށް އެންމެ އެކަށީގެންވާ ތަން،" އަންޗެލޮޓީ ބުންޏެވެ.

"އެއީ ބޭނުންކުރެވިދާނެ ގޮތެއް. އިއްޔެ އަހަރެމެން މިކަމާ މަޝްވަރާކުރިން. އަހަރެން ބޭނުމެއް ނޫން ވަކި ގޮތަކަށް ހިފެހެއްޓިފައި ހުންނާކަށް. ފަހަރުގައި ދެން އޮތް މެޗުގައި މިކަން ބަދަލުވެސް ކޮށްފާނަން."

ޓެކްޓިކްސްއާ ގުޅޭ ސުވާލުތަކާއި، ވޯލްޑް ކަޕްގެ ހަ މެޗުން ހަ ގޯލުގައި ހިއްސާވެފައިވާ (3 ލަނޑު، 3 އެސިސްޓް) ވިނީޝިއަސް ޖޫނިއާއާ ގުޅޭ ސުވާލުތަކަށް ފަހު، އަނެއްކާވެސް ޓީމުގެ ކުޅުމާ ބެހޭގޮތުން އަންޗެލޮޓީއާ ސުވާލުކުރެވުނެވެ.

"މިއީ މި މެޗުން އަހަރެން އުންމީދުކުރި ފެންވަރު،" އޭނާ ބުންޏެވެ.

"މޮރޮކޯ މެޗަށް ވުރެ ގޯސްތައް މަދު، ކުރިއަށް ކުޅުމުގައި ނަތީޖާ ނެރެވުނު، މިއީ ރަނގަޅު މެޗެއް."

ސްކޮޓްލޭންޑާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން އަންޗެލޮޓީ އިތުރަށް ބުނީ، ސްކޮޓްލޭންޑް މުބާރާތުން ބޭރުކޮށްލުމަށް ވުރެ ބޮޑަށް ވިސްނަނީ ކުޅުން ރަނގަޅުކޮށް ކުރިއެރުން ހޯދުމަށް ކަމަށެވެ.

"ގްރޫޕްގެ އެއްވަނަ ހޯދިއްޖެނަމަ އެއީ ކުރިއަށް އޮތް ތަނަށް މުހިންމު ކަމެއް. އެހެންކަމުން އެ މެޗަށް ރަނގަޅަށް ތައްޔާރުވާން ބޭނުންވޭ."

"ސްކޮޓްލޭންޑަކީ ނުރައްކާ ކުރެވިދާނެ ޓީމެއް. އެމީހުން މޮރޮކޯއަށްވެސް އުނދަގޫ ކުރި. އެހެންވީމާ އަހަރެމެން ޖެހޭނީ މެޗަށް ސަމާލުކަންދީ، ހަމަޖެހިގެން މަސައްކަތް ކުރަން."

ސްކޮޓްލޭންޑް މެޗުގައި ނޭމާ ކުޅޭނެތަ؟

ޗެލްސީގެ ޔޮއާއޯ ޕެޑްރޯގެ ބަދަލުގައި 34 އަހަރުގެ ނޭމާ ސްކޮޑުގައި ހިމެނުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ.

ނޭމާއަކީ 79 ލަނޑާއެކު ބްރެޒިލަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ނަމަވެސް، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އޭނާ ގައުމީ ޓީމަށް ކުޅެފައެއް ނުވެއެވެ.

ބާސެލޯނާ އާއި ޕީއެސްޖީގެ ކުރީގެ ފޯވާޑް ފައިގެ މަސްގަނޑަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން ހައިޓީ މެޗަށް ފިލަޑެލްފިއާއަށް ދަތުރެއްވެސް ނުކުރެއެވެ.

ނަމަވެސް، ސްކޮޓްލޭންޑާ ދެކޮޅަށް ކުޅޭ މެޗުގައި ނޭމާ ފެންނާނެ ކަމަށް އަންޗެލޮޓީ ވަނީ ހާމަކޮށްފައެވެ.

"އާނ، މާދަމާ އޭނާ ވަކިން ފަރިތަކުރުންތައް ކުރިއަށް ގެންދާނެ، އަދި ހޯމަ ދުވަހު ޓީމާ ގުޅޭނެ. ސްކޮޓްލޭންޑް މެޗަށް އޭނާ ހުންނާނީ ތައްޔާރަށް،" އަންޗެލޮޓީ ބުންޏެވެ.

ނޭމާ އެނބުރި އައުމަކީ ބްރެޒިލަށް ލިބޭނެ ކުރިއެރުމެއް ހެއްޔެވެ؟

"ނޭމާއަކީ ދަނޑުމަތީގައި ހިފަހައްޓަން އުނދަގޫ ކުޅުންތެރިއެއް. އޭނާ ކުޅޭ ގޮތުން އިދިކޮޅު ކުޅުންތެރިން އޭނާއަށް ފައުލްކުރަން މަޖުބޫރުވޭ،" ޔޫރަޕްގެ ފުޓްބޯޅަ މާހިރު ޖޭމްސް ހޯންކާސަލް ބުންޏެވެ.

"ނަމަވެސް ކާލޯ އަންޗެލޮޓީއަށް އިތުބާރުކުރޭ. ސުޕަސްޓާރުންގެ ތެރެއިން އެއް ރޫހެއްގައި މަސައްކަތްކުރާ ވަރުގަދަ ގްރޫޕެއް އުފެއްދުމަކީ އޭނާގެ ހާއްސަ ހުނަރެއް."

އެހެންނަމަވެސް، ފްރާންސްގެ ފުޓްބޯޅަ މާހިރު ޖޫލިއަން ލައުރެންސް ގަބޫލުކުރާ ގޮތުގައި ނޭމާ ވޯލްޑް ކަޕްގައި ހުރެގެން ނުވާނެއެވެ.

މިދިޔަ މޭ މަހު ފަރިތަކުރުންތަކެއްގެ ތެރޭގައި ސަންޓޯސްގެ ޒުވާން ކުޅުންތެރިޔާ ރޮބީނިއޯ ޖޫނިއާގެ މޫނުމަތީގައި ޖެހި މައްސަލައިގައި ނޭމާ ވަނީ މާފަށް އެދިފައެވެ.

"އޭނާގެ ފަހުގެ ކުޅުމަށާއި، ދަނޑުމަތީގައާއި ދަނޑުން ބޭރުގައި އޭނާގެ އަމަލުތައް ހުރި ގޮތަށް ބަލާއިރު، އޭނާއަށް އެ ފުރުސަތު ހައްގު ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން،" ލައުރެންސް އިތުރަށް ބުންޏެވެ.

ރަފީނިއާގެ އަނިޔާއާ މެދު ބްރެޒިލް ކަންބޮޑުވުމެއްގައި

މިއީ ވޯލްޑް ކަޕް ތާރީޚުގައި ބްރެޒިލުން ތިން ލަނޑު ނުވަތަ އެއަށްވުރެ ގިނަ ލަނޑު މެޗެއްގައި ޖެހި 41 ވަނަ ފަހަރެވެ. މިއީ އެހެން އެއްވެސް ގައުމަކަށް ވުރެ ފަސް ފަހަރު އިތުރު އަދަދެކެވެ.

މީގެ އިތުރުން، ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ގައުމުގެ ގޮތުގައި ޖަރުމަނު (ކުރީގެ ހުޅަނގު ޖަރުމަނާއެކު) ފަހަތަށް ޖައްސާލައި ބްރެޒިލުން ވަނީ ކުރި ހޯދާފައެވެ. ބްރެޒިލުން މިހާރު 241 ލަނޑު ޖަހާފައިވާއިރު، ޖަރުމަނަށް ޖެހިފައިވަނީ 239 ލަނޑެވެ.

ނަމަވެސް މި މޮޅާއެކު ބްރެޒިލަށް ވަނީ ބޮޑު ގެއްލުމެއްވެސް ވެފައެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލަށް އެންމެ ގިނަ ލަނޑު (5 ލަނޑު) ޖަހައިދިން ރަފީނިއާއަށް އަނިޔާވެގެން މެޗުގެ 40 ވަނަ މިނެޓުގައި ވަނީ ބަދަލުކޮށްފައެވެ.

"މާދަމާ މިކަމުގެ ތަފްސީލު އެނގޭނެ،" އަންޗެލޮޓީ ބުންޏެވެ.

މި މެޗުގައި ބްރެޒިލްގެ ސަޕޯޓަރުންނަށް ލިބުނު އެއް އުފަލަކީ ޒުވާން ކުޅުންތެރިޔާ އެންޑްރިކް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅެނިކޮށް ފެނުމެވެ.

އުމުރުން 19 އަހަރުގެ އެންޑްރިކް، މެޗުގެ 64 ވަނަ މިނެޓުގައި ކޫންޔާގެ ބަދަލުގައި ދަނޑަށް އެރިއިރު ސަޕޯޓަރުން ވަނީ ކޮޅަށް ތެދުވެ އޭނާއަށް މަރުހަބާ ކިޔާފައެވެ. އޭނާއަކީ ވޯލްޑް ކަޕެއްގައި ބްރެޒިލް ތަމްސީލުކުރި ހަތްވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއެވެ.

ނަމަވެސް، އޭނާ ޖެހި ލަނޑެއް އޮފްސައިޑް ކަމަށް ނިންމާފައިވާއިރު، ބްރެޒިލްގެ ކުޅުން ދަށްވި ވަގުތު އޭނާއަށް ބޯޅައިގައި ފައި ޖައްސާލެވުނީ އެންމެ އަށް ފަހަރުއެވެ. އަދި މުޅި މެޗުގައި އޭނާއަށް ދެވުނީ އެންމެ ދެ ޕާހެވެ.

ބްރެޒިލްހައިޓީވޯލްޑް ކަޕްރޮނާލްޑީނިއޯކާލޯ އަންޗެލޮޓީނޭމާފުޓްބޯޅަވޯލްޑް ކަޕް 2026

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ވޯލްޑް ކަޕް ޓީމަށް ކުރިމަތިކޮށްފައިވާ ހުރަސްތަކާ ގުޅޭގޮތުން ވައިޓް ހައުސްއިން މަޝްވަރާކުރަނީ

އީރާނުގެ ވޯލްޑް ކަޕް ޓީމަށް ކުރިމަތިކޮށްފައިވާ ހުރަސްތަކާ ގުޅޭގޮތުން ވައިޓް ހައުސްއިން މަޝްވަރާކުރަނީ

20 ޖޫން 2026
ވޯލްޑް ކަޕްގައި ފެންބުއިމަށް މެޗު މެދުކަނޑާލުން ހޫނު ބަހުސަކަށް

ވޯލްޑް ކަޕްގައި ފެންބުއިމަށް މެޗު މެދުކަނޑާލުން ހޫނު ބަހުސަކަށް

20 ޖޫން 2026
ހީވެސް ނުކުރާފަދަ ބޮޑު ބައްޔަކުން ގަތަރު ކެނެޑާ އަތުން ބަލިވެއްޖެ

ހީވެސް ނުކުރާފަދަ ބޮޑު ބައްޔަކުން ގަތަރު ކެނެޑާ އަތުން ބަލިވެއްޖެ

19 ޖޫން 2026
މެކްސިކޯ ދެކުނު ކޮރެއާ ބަލިކޮށް ވޯލްޑް ކަޕް ނޮކައުޓް ސްޓޭޖަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް

މެކްސިކޯ ދެކުނު ކޮރެއާ ބަލިކޮށް ވޯލްޑް ކަޕް ނޮކައުޓް ސްޓޭޖަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް

19 ޖޫން 2026
ފުޓްބޯޅައިގެ އެހެން ތަރިންނަށް ތައުރީފް އޮހުނު އިރު ރޮނާލްޑޯ އަށް އަމާޒުވީ ފާޑުކިޔުން

ފުޓްބޯޅައިގެ އެހެން ތަރިންނަށް ތައުރީފް އޮހުނު އިރު ރޮނާލްޑޯ އަށް އަމާޒުވީ ފާޑުކިޔުން

18 ޖޫން 2026

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު