Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝިއާއުގެ މަރު

ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ޙުކުމް އަނެއްކާވެސް އިސްތިއުނާފު ކޮށްފި

ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލާގައި އަލީ ޝާހިލްގެ މައްޗަށް ސާބިތުވި މަސްތުވާތަކެއްޗާއި އޮރިޔާން ކާޑުގެ ދައުވާތައް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި. މި މައްސަލާގައި އޭނާގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ގަސްތުގައި މީހަކު މެރުމުގެ ދައުވާގެ ޝަރީއަތް މިހާރު އޮތީ ނިމުމަކާ ގާތްވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޖުލައި 2026 | އާދީއްތަ 07:13
ޝިއާއު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ޝާހިލް

ޝިއާއު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ޝާހިލް | ފޭސްބުކް

މާލޭގެ އެޕާޓްމެންޓެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ ތުހުމަތުކުރެވޭ އަލީ ޝާހިލްގެ މައްޗަށް އެ މައްސަލައާ ގުޅިގެން އުފުލި ބައެއް ދައުވާތައް ސާބިތުވާކަމަށް ކުރި ޙުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

މި މައްސަލަ މީގެ ކުރިންވެސް އޭނާގެ ފަރާތުން އިސްތިއުނާފު ކުރިއެވެ. ނަމަވެސް އޭރު ލިޔެކިޔުންތައް ފުރިހަމަނުވާތީ ކޯޓުން މައްސަލަ ބަލައިގެންފައެއް ނުވެއެވެ. އޭގެ ފަހުން އަނެއްކާވެސް އޭނާ ވަނީ މައްސަލަ އަލުން ހުށަހަޅާފަ އެވެ.

ހ. ޝީރީންވިލާގޭގެ ނުވަވަނަ ބުރީގެ އެޕާޓްމަންޓެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ޝިއާއު ފެނުނުއިރު، އެރޭ ކުށުގެ ވެށިން ހައްޔަރުކުރީ ޒުވާން ސްކޭޓަރު ޝާހިލްއެވެ. އޭނާގެ މައްޗަށް ފަސް ދައުވާ އެއް އުފުލާފައިވެ އެވެ.

އެއީ، ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުން އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އާއިލާއަށް އިހުތިރާމްކުރުމަށް ކަމަށް ބުނެ، ބާކީ ދެ ދައުވާގެ ތަފްސީލެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެ އެވެ.

އޭނާގެ މައްޗަށް ސާބިތުވެފައިވަނީ އޮރިޔާން ކާޑު ގެންގުޅުން އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާތައް ސާބިތުވެ އޭނާ ގެ މައްޗަށް 3 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. އޭނާގެ ފަރާތުން އިސްތިއުނާފުކުރީ އެ މައްސަލަ އެވެ.

އެހެންނަމަވެސް ގަސްތުގައި ޝިއާއު މަރާލިކަމުގެ ތުހުމަތުގައި އުފުލާފައިވާ ބޮޑު ދައުވާއާއި ބާކީ އޮތް 2 ދައުވާގައި އަދި ޙުކުމްކޮށްފައެއް ނުވެއެވެ. އެ ދައުވާތައް ވެސް މިހާރު އޮތީ ނިމުމަކާ ގާތްވެފަ އެވެ.

ޝިއާއުގެ މަރުގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައެކެވެ. އެ މައްސަލަ ދައުވާކުރުމަށް ފޮނުވަން ވެސް ގިނަ ދުވަސްތަކެއް ނެގިއެވެ. ފުލުހުން އޭރު ބުނީ އެ މައްސަލައިގެ ތަހުގީގު ލަސްވީ ޝިއާއު މަރާލި "މޯޓިވް" ނުހޯދިގެން ކަމަށެވެ. ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން މީގެ ކުރިން ބުނެފައި ވަނީ، އޭނާ މަރުވެފައި ވަނީ ހަށިގަނޑަށް ގަސްތުގައި ދީފައި ހުރި އަނިޔާތަކެއްގެ ސަބަބުން ކަމަށެވެ. އަދި މަރުވި ފަހުން ވެސް ހަށިގަނޑަށް ވަރަށް ގިނަ އަނިޔާތަކެއް ދީފައިވާ ކަމަށް ވެސް ފުލުހުން އޭރު ވަނީ ބުނެފަ އެވެ.

ޝިއާއުގެ މަރަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ އަނިޔާވެރި މަރެވެ. އޭނާ މަރާލާފައި އޮއްވައި ފެނުނުއިރު އޮތީ ބޮލާއި އަތާއި ފައި ވެސް ބުރިކޮށްލާފަ އެވެ.

ޝިއާއު މުހައްމަދު ސައީދުއަލީ ޝާހިލްޕީޖީ އޮފީސް

އިތުރަށް ކިޔާލަން

28 ޖޫން 2026

އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް

28 ޖޫން 2026
އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް
09 ޖޫން 2026

މިދިޔަ މަހު ޕީޖީ އޮފީހުން ދައުވާ ކުރަން ކޯޓަށް ހުށަހެޅީ 263 މައްސަލަ

09 ޖޫން 2026
މިދިޔަ މަހު ޕީޖީ އޮފީހުން ދައުވާ ކުރަން ކޯޓަށް ހުށަހެޅީ 263 މައްސަލަ
08 ޖޫން 2026

ދޮންދަރިއަކަށް ޖިންސީ ގޯނާކުރިކަމަށް ބުނެ އުފުލާފައިވާ ދައުވާ ބޭރުކޮށްލީ ގޯސްކޮށް، މައްސަލަ އަލުން ބަލަން އަންގައިފި

08 ޖޫން 2026
ދޮންދަރިއަކަށް ޖިންސީ ގޯނާކުރިކަމަށް ބުނެ އުފުލާފައިވާ ދައުވާ ބޭރުކޮށްލީ ގޯސްކޮށް، މައްސަލަ އަލުން ބަލަން އަންގައިފި
27 އެޕްރީލު 2026

ޝިއާއުގެ މަރު: ސާހިލްއަށް ކުރާ ގަސްދު މަރުގެ ދައުވާގައި ޚުލާސާ ބަޔާން އިއްވުން ދެން އޮންނަ އަޑުއެހުމެއްގައި!

27 އެޕްރީލު 2026
ޝިއާއުގެ މަރު: ސާހިލްއަށް ކުރާ ގަސްދު މަރުގެ ދައުވާގައި ޚުލާސާ ބަޔާން އިއްވުން ދެން އޮންނަ އަޑުއެހުމެއްގައި!
15 އެޕްރީލު 2026

ޝިއާއުގެ މަރު: ސާހިލްއަށް 3 އަހަރުގެ އަދަބެއް، ގަސްދުމަރުގެ މައްސަލައިގެ ޙުކުމް ކުރުން އަދި އެބައޮތް!

15 އެޕްރީލު 2026
 ޝިއާއުގެ މަރު: ސާހިލްއަށް 3 އަހަރުގެ އަދަބެއް، ގަސްދުމަރުގެ މައްސަލައިގެ ޙުކުމް ކުރުން އަދި އެބައޮތް!
09 އެޕްރީލު 2026

އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރަނީ

09 އެޕްރީލު 2026
އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރަނީ
09 އެޕްރީލު 2026

ތިމަރަފުށިން ހަރުކަށި ފިކުރުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ މައްސަލަ: ދެން އޮތީ ޙުކުމް ކުރުން!

09 އެޕްރީލު 2026
ތިމަރަފުށިން ހަރުކަށި ފިކުރުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ މައްސަލަ: ދެން އޮތީ ޙުކުމް ކުރުން!
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
27 އޮކްޓޯބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި
15 އޮކްޓޯބަރު 2025

ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

15 އޮކްޓޯބަރު 2025
ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު