Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެގް އޯޑަރ

ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށް ބުނެ އަމުރުގެ އިސްތިއުނާފު ބޭރުކޮށްލީ ގޯސްކޮށް: ހައިކޯޓު

13 ޖުލައި 2026 | ހޯމަ 11:14

އަދަދު ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު ގެގް އޯޑަރުގެ އިސްތިއުނާފު މައްސަލަ ބޭރުކޮށްލަން ހައިކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން ގޯސްކަމަށް އެ ކޯޓުގެ ފަނޑިޔާރުން ކަނޑައަޅައިފި. މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުން ހުށަހެޅި މި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމީ ރަނގަޅު އަސާސްތަކެއްގެ މައްޗަށް ނޫންކަމަށް ފަނޑިޔާރުންގެ މަޖިލީހުން ވަނީ ބަޔާންކޮށްފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ޖުލައި 2026 | ހޯމަ 11:14
ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް

ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް | ހައި ކޯޓް

އަދަދު ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ނެރެފައިވާ ގެގް އޯޑަރ އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބޭރު ކޮށްލުމަށް ރަޖިސްޓްރާ ނިންމި ނިންމުން ގޯސްކަމަށް އެ ކޯޓުން ކަނޑައަޅައިފި އެވެ.  

މި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރީ ނޫސްވެރިންގެ ޖަމިއްޔާ (މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން) އިންނެވެ. ނަމަވެސް ރަޖިސްޓްރާ ވަނީ މި މައްސަލަ ބޭރުކޮށްލާފަ އެވެ.

Advertisement - newsAdvertisement

ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝިދާ ސޮއި ކުރައްވައި ފޮނުވި ނިންމުމުގައި ބުނެފައިވަނީ، ނޫސްވެރިންގެ ޖަމިއްޔާއަކީ ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ބައެއް ނޫންކަމަށްވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އެގޮތުން މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ  އަދަދު އޮންލައިން ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެޑިޓަރ ހަސަން މުހައްމަދުގެ މައްޗަށްކަން ފާހަގަކޮށް ނިންމުމުގައި ބުނެފައިވަނީ، އިސްތިއުނާފުގެ ޙައްޤު ލިބިގެންވަނީ މައްސަލައިގައި ހިމެނޭ ފަރާތްތަކަށްކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ހައިކޯޓުން މި މައްސަލަ ބޭރުކޮށްލާފައިވާތީ އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ނޫސްވެރިންގެ ޖަމިއްޔާއިން އަލުން ހުށަހެޅީއެވެ.

ނޫސްވެރިންގެ ޖަމިއްޔާއިން ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ، މި އަމުރަކީ އެންމެންގެ މައްޗަށް ނިސްބަތްވާ އަމުރެއް ކަމަށާއި، މި އަމުރާ ޚިލާފުވިކަމަށް ބުނެ ޖަލަށްލާފައިވަނީވެސް މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކެއް ނޫން ކަމަށެވެ. އަދި އެކަމުންވެސް ދޭހަވަނީ އަމުރު އެހެން މީހުންގެ މައްޗަށް ހިނގާކަން ކަމަށް ބަޔާންކޮށްފައިވެ އެވެ. 

މީގެ އިތުރުން، އެމްޖޭއޭއަކީ ނޫސްވެރިންގެ ޙައްޤުގައި މަސައްކަތް ކުރާ ޖަމިއްޔާއެއްކަން އެ އެސޯސިއޭޝަންގެ އަސާސީ ޤަވާއިދަށް ބެލުމުންވެސް އެނގޭކަމަށް ބަޔާންކޮށްފައިވެ އެވެ. 

މީގެ އިތުރުން، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއަށް ބަލާއިރު، މައްސަލައަކާ ގުޅުންހުރި ކޮންމެ ފަރާތަކަށްވެސް ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބިގެންވާކަން އެނގޭކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އެމްޖޭއޭއިން އެދުނީ ރަޖިސްޓްރާގެ ނިންމުން ބާތިލުކޮށްދީ މި އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގަތުމަށެވެ. 

 ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ ރަޖިސްޓްރާގެ ނިންމުން ގޯސްކަމަށް ކަނޑައަޅުއްވާފަ އެވެ. އަދި ރަޖިސްޓްރާގެ ނިންމުން ބިނާކޮށްފައި ހުރީ ރަނގަޅު އަސާސްތަކެއްގެ މައްޗަށް ނޫންކަން ފަނޑިޔާރުން ވަނީ ފާހަގަ ކުރައްވާފަ އެވެ.

 

 

އެމްޖޭއޭހައި ކޯޓުއައިޝާ ޑޮކިއުމެންޓްރީ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

01 ޖުލައި 2026

އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު

01 ޖުލައި 2026
އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު
30 ޖޫން 2026

ނައުޝާދުގެ މަރު: ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފި

30 ޖޫން 2026
ނައުޝާދުގެ މަރު: ވަކީލުން އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފި
30 ޖޫން 2026

ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި

30 ޖޫން 2026
ގާސިމްގެ ގާތިލު އަދުހަމް މަރަން ކުރި ޙުކުމް ސައްޙަކަމަށް ހައިކޯޓުން ކަނޑައަޅައިފި
29 ޖޫން 2026

އަހުސަން ބަޝީރުގެ މަރު: ޝަހުމަށް ކުރި މަރުގެ ޙުކުމުގެ މައްސަލަ ނިމުމަކާ ގާތަށް

29 ޖޫން 2026
އަހުސަން ބަޝީރުގެ މަރު: ޝަހުމަށް ކުރި މަރުގެ ޙުކުމުގެ މައްސަލަ ނިމުމަކާ ގާތަށް
28 ޖޫން 2026

އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް

28 ޖޫން 2026
އައްމަޓީއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ނިންމީ ޝަރީއަތުން އަމިއްލައަށް "އުފަންކުރުވި" ރުކުންތަކެއްގެ މައްޗަށް: ޕީޖީ އޮފީސް
26 ޖޫން 2026

ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވާ މައްސަލަ 2 ފަހަރު ބޭރު ކުރުން: ނިންމުން ރިވިއުކުރުމަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަންނަން ނިންމައިފި

26 ޖޫން 2026
ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވާ މައްސަލަ 2 ފަހަރު ބޭރު ކުރުން: ނިންމުން ރިވިއުކުރުމަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަންނަން ނިންމައިފި
18 ޖޫން 2026

އެސްޖޭގެ ބިޑުތައް ބާތިލްކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ނިންމައިފި

18 ޖޫން 2026
އެސްޖޭގެ ބިޑުތައް ބާތިލްކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ނިންމައިފި
18 ޖޫން 2026

އަދަދު ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު ގެގް އޯޑަރުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ތާވަލުކޮށްފި

18 ޖޫން 2026
އަދަދު ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު ގެގް އޯޑަރުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ތާވަލުކޮށްފި
14 ޖޫން 2026

އާރަށު މައްސަލައިގައި ދައުލަތުން ހުށަހެޅި އައު ހެކީގެ މައްސަލަ ނިންމާ އަންނަ މަހު ހުކުމް ކުރަނީ

14 ޖޫން 2026
އާރަށު މައްސަލައިގައި ދައުލަތުން ހުށަހެޅި އައު ހެކީގެ މައްސަލަ ނިންމާ އަންނަ މަހު ހުކުމް ކުރަނީ
14 ޖޫން 2026

މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ރަސްމީ ނަތީޖާ އިއުލާނު ކޮށްފި، ވަގުތީ ނަތީޖާ އަށް ބަދަލެއް ނާދޭ

14 ޖޫން 2026
މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ރަސްމީ ނަތީޖާ އިއުލާނު ކޮށްފި، ވަގުތީ ނަތީޖާ އަށް ބަދަލެއް ނާދޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް