Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާ

އާޖެންޓީނާ އެފްއޭގެ ރައީސް އެމެރިކާގެ ކޯޓަކަށް ހާޒިރުވާން އެންގި ވާހަކަ ދޮގުކޮށްފި

23 ޖުލައި 2026 | ބުރާސްފަތި 17:10

އޭއެފްއޭ އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އެމެރިކާގެ ކޯޓުން އެ ދެ ބޭފުޅުން ހާޒިރުވެ، ހެކިބަސް ދިނުމަށް އަމުރު ކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކަކީ މުޅިން ދޮގު ވާހަކަތަކެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖުލައި 2026 | ބުރާސްފަތި 17:10
އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) ގެ ރައީސް ކްލައުޑިއޯ ޓަޕިއާ

އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) ގެ ރައީސް ކްލައުޑިއޯ ޓަޕިއާ | ރޮއިޓާސް

އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) ގެ ރައީސް ކްލައުޑިއޯ ޓަޕިއާ އާއި އެ އިދާރާގެ ޚަޒާންދާރު ޕަބްލޯ ޓޮވިގީނޯ އެމެރިކާގެ ކޯޓަކަށް ހާޒިރުވާން އަންގާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ އެސޯސިއޭޝަން އިން ދޮގުކޮށްފި އެވެ.

އޭއެފްއޭ އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އެމެރިކާގެ ކޯޓުން އެ ދެ ބޭފުޅުން ހާޒިރުވެ، ހެކިބަސް ދިނުމަށް އަމުރު ކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކަކީ މުޅިން ދޮގު ވާހަކަތަކެއް ކަމަށެވެ.

ނަމަވެސް، އެމެރިކާގެ ގްރޭންޑް ޖޫރީއެއްގެ ކުރިމައްޗަށް ހާޒިރުވެ، އޭއެފްއޭގެ ބައެއް އޮފިޝަލުން ހިމެނޭހެން ބައެއް ފަރާތްތަކާ ގުޅޭ ގޮތުން ހެކިބަސް ދިނުމަށް ތިން ވަނަ ފަރާތަކަށް އަންގާފައިވާކަން އެ އެސޯސިއޭޝަން އިން ވަނީ ކަށަވަރުކޮށްދީފައި އެވެ. އެމެރިކާގެ ކޯޓަށް ހާޒިރުވާން އެންގި ތިން ވަނަ ފަރާތަކީ ކޮބައިކަން އޭއެފްއޭ އިން ހާމަކޮށްފައި ނުވެ އެވެ. އެހެން ނަމަވެސް، އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން ޓަޕިއާ ނުވަތަ ޓޮވިގީނޯ އަށް އަމާޒުކޮށް އެއްވެސް ތަހުގީގެއް ހިންގަމުން ނުދާކަން އެ އިދާރާ އިން ވަނީ ފާހަގަކޮށްފައި އެވެ.

މި މައްސަލައާ ގުޅިގެން އާޖެންޓީނާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވޯލްޑް ކަޕް ފައިނަލަށް ފަހު އާޖެންޓީނާގެ ޓީމު އެނބުރި ދިޔުމަށް ހަމަޖެހިފައި އޮތް ޗާޓަރު ފްލައިޓަށް އެރުމުގެ ކުރިން، ހޯމަ ދުވަހުގެ ހެނދުނު ނިއު ޔޯކްގެ ޖޭއެފްކޭ އެއާޕޯޓުން އެފްބީއައިގެ އެޖެންޓުން ވަނީ ޓަޕިއާ އާއި ޓޮވިގީނޯ މަޑު ކުރުވައި ސުވާލުކޮށްފައި އެވެ. އަދި ޓަޕިއާގެ ފޯނާއި އިލެކްޓްރޯނިކް ސާމާނުތައް އެފްބީއައިގެ ބެލުމުގެ ދަށަށް ގެންދަން އެދިފައިވާ ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ.

މަންޒަރު ދުށް ފަރާތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން، އާޖެންޓީނާ ޓީމު ފުރަން ތައްޔާރުވެފައި ވަނިކޮށް، އެއާޕޯޓުގެ ރަންވޭ މަތީގައި އޮތް ބަހެއްގެ ތެރޭގައި ފެޑަރަލް އެޖެންޓުން ވަނީ ޓަޕިއާ އާއި ޓޮވިގީނޯއާ ގާތް ގަނޑަކަށް 30 މިނެޓު ވަންދެން ސުވާލުކޮށްފައި އެވެ. މިކަމާ ގުޅޭ ގޮތުން ނިއުޔޯކް އަދި ނިއު ޖާޒީގެ ޕޯޓް އޮތޯރިޓީ އިން ބުނީ މި މައުލޫމާތު ސާފުކުރުމަށް އެފްބީއައި އަށް ގުޅުމަށެވެ. ނަމަވެސް އެފްބީއައި އިން މިކަމާ ގުޅޭ ގޮތުން އެއްވެސް ބަހެެއް ބުނެފައި ނުވެ އެވެ.

އިންފޯބޭ ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން ތަހުގީގު ކުރަމުންދަނީ އޭއެފްއޭއާ ގުޅުންހުރި 300 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާގެ ވިޔަފާރި އެއްބަސްވުން ތަކެކެވެ. މިއީ އާޖެންޓީނާގެ ފުޓުބޯޅައިގެ މާލީ މުއާމަލާތްތަކާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހު މަނީ ލޯންޑަރިންގެ ތަހުގީގެއްގެ ދަށުން ހިންގި ރެއިޑުތަކަކަށް ފަހު ފެށިފައިވާ ފުޅާ ތަހުގީގެއްގެ ބައެއް ކަމަށް ވެސް އެ ނޫހުން ބުނެ އެވެ.

އޭއެފްއޭގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ޓަޕިއާ އާއި ޓޮވިގީނޯގެ ފޯނު ނުވަތަ އެހެންވެސް އިލެކްޓްރޯނިކް ސާމާނެއް އެމެރިކާގެ އިދާރާތަކުން އަތުލާފައިވާ ކަމަށް ބުނާ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެމެރިކާގެ ކޯޓުން ނެރެފައިވާ ލިޔުމަކީ އޭއެފްއޭގެ ރައީސް ނުވަތަ ޚަޒާންދާރާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް، ނުވަތަ އެބޭފުޅުންގެ މުދަލެއް ހިފެހެއްޓުމަށް އަންގާފައިވާ ލިޔުމެއް ނޫން ކަމަށް ވެސް އެ އެސޯސިއޭޝަން އިން ވަނީ ބުނެފައި އެވެ.

އާޖެންޓީނާއާޖެންޓީނާ ފުޓުބޯޅަ އެސޯސިއޭޝަން (އޭއެފްއޭ)

އިތުރަށް ކިޔާލަން

23 ޖުލައި 2026

ބަލިވީ ރެފްރީންގެ ސަބަބުންނެއް ނޫން، ރަނގަޅަށް ކުޅުނީ ސްޕެއިން: ސްކަލޯނީ

23 ޖުލައި 2026
ބަލިވީ ރެފްރީންގެ ސަބަބުންނެއް ނޫން، ރަނގަޅަށް ކުޅުނީ ސްޕެއިން: ސްކަލޯނީ
21 ޖުލައި 2026

އާޖެންޓީނާގެ ކޯޗުކަން ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ސްކަލޯނީ ދީފި

21 ޖުލައި 2026
އާޖެންޓީނާގެ ކޯޗުކަން ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ސްކަލޯނީ ދީފި
21 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލް އިން ބަލިވެ ތަށި ދިފާއު ނުކުރެވުމުގެ ހިތާމަ ވަރަށް ބޮޑު، އެކަމުން އަރައިގަންނަން ވަގުތު ނަގާނެ: މެސީ

21 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލް އިން ބަލިވެ ތަށި ދިފާއު ނުކުރެވުމުގެ ހިތާމަ ވަރަށް ބޮޑު، އެކަމުން އަރައިގަންނަން ވަގުތު ނަގާނެ: މެސީ
21 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި

21 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ
20 ޖުލައި 2026

ޒުވާން އަދި ބަދަހި ސްޕެއިން ޓީމުން ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކުރި ގޮތް

20 ޖުލައި 2026
ޒުވާން އަދި ބަދަހި ސްޕެއިން ޓީމުން ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކުރި ގޮތް
19 ޖުލައި 2026

16 އަހަރަށް ފަހު ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބުކޮށްފި

19 ޖުލައި 2026
16 އަހަރަށް ފަހު ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބުކޮށްފި
19 ޖުލައި 2026

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ހާފް ޓައިމް އެންމެ ދިގު ލައިގެންދާނެ ފަހަރު!

19 ޖުލައި 2026
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ހާފް ޓައިމް އެންމެ ދިގު ލައިގެންދާނެ ފަހަރު!
19 ޖުލައި 2026

ފައިނަލްގެ ކުރިން ސްޕެއިންގެ ފަރިތަކުރުން ކެންސަލް

19 ޖުލައި 2026
ފައިނަލްގެ ކުރިން ސްޕެއިންގެ ފަރިތަކުރުން ކެންސަލް
19 ޖުލައި 2026

ފައިނަލްގެ ކުރިން ސްކަލޯނީ: މެސީ އަކީ ފުޓުބޯޅައިގެ ތާރީޚު، އޭނާ އަކީ ލެޖެންޑެއް!

19 ޖުލައި 2026
ފައިނަލްގެ ކުރިން ސްކަލޯނީ: މެސީ އަކީ ފުޓުބޯޅައިގެ ތާރީޚު، އޭނާ އަކީ ލެޖެންޑެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް