Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-އިނގިރޭސިވިލާތް

ރަޝިޔާގެ ބޯޓު އިނގިރޭސި މަނަވަރަށް ކައިރިވުމުން އިނގިރޭސި ފައިޓަރު ޖެޓުތަކުން ހުރަސްއަޅައިފި

6 ޖުލައި 2026 | ހޯމަ 13:05

ނޯވޭޖިއަން ސީގައި ހަރަކާތްތެރިވި އިނގިރޭސި މަނަވަރެއްގެ ވަރަށް ކައިރިން ރަޝިޔާގެ އަސްކަރީ ބޯޓެއް ނުރައްކާތެރިކޮށް ދަތުރުކުރުމުން، އިނގިރޭސި ފައިޓަރު ޖެޓުތަކުން އެ ބޯޓު ހުއްޓުވައިފި. ރަޝިޔާގެ މި އަމަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ޚިލާފު ކަމެއްގެ ގޮތުގައި އިނގިރޭސި ދިފާއީ ވުޒާރާއިން ސިފަކުރާއިރު، މިއީ ފިނި ހަނގުރާމައަށްފަހު އެ ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަށް އަސްކަރިއްޔާއިން ބުނޭ.

ރާއްޖެ އެމްވީ | 6 ޖުލައި 2026 | ހޯމަ 13:05
ރޯޔަލް ނޭވީގެ އެންމެ ބޮޑު މަނަވަރު ކަމަށްވާ އެޗް.އެމް.އެސް ޕްރިންސް އޮފް ވޭލްސްގައި ހަނގުރާމަމަތީ ބޯޓުތަކެއް ހަރަކާތްތެރިވަނީ.

ރޯޔަލް ނޭވީގެ އެންމެ ބޮޑު މަނަވަރު ކަމަށްވާ އެޗް.އެމް.އެސް ޕްރިންސް އޮފް ވޭލްސްގައި ހަނގުރާމަމަތީ ބޯޓުތަކެއް ހަރަކާތްތެރިވަނީ. | ގެޓީ އިމޭޖަސް

ނޯވޭޖިއަން ސީގައި ހަރަކާތްތެރިވަމުންދިޔަ އިނގިރޭސިވިލާތުގެ މަނަވަރުތަކަކާ ގާތަށް ރަޝިޔާގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާ މަތިންދާބޯޓެއް ތަކުރާރުކޮށް ކައިރިވުމާ ގުޅިގެން، އިނގިރޭސި ފައިޓަރު ޖެޓުތަކުން އެ ބޯޓު ހުއްޓުވާފައިވާ ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ޑިފެންސް (އެމްއޯޑީ) އިން ބުނެފި އެވެ.

އެމްއޯޑީން ބުނި ގޮތުގައި، ރަޝިޔާގެ "ބެއަރ-އެފް" މަރުކާގެ މި ބޯޓު ވަނީ އިނގިރޭސިވިލާތުގެ "އެޗްއެމްއެސް ޕްރިންސް އޮފް ވޭލްސް" މަތިންދާބޯޓު އުފުލާ މަނަވަރުގެ ވަރަށް ތިރިން އަދި ނުރައްކާތެރި މިންވަރަކަށް ކައިރިން ދަތުރުކޮށްފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި، ރަޝިޔާގެ ބޯޓުން ކަނޑުގެ އަޑީގައި ހުންނަ ތަކެތި ދެނެގަތުމަށް ބޭނުންކުރާ 10 ބޮޔެ ކަނޑަށް ދޫކޮށްލާފައިވާ ކަމަށް ބެލެވޭ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ނޯވޭޖިއަން ސީގައި ރަޝިޔާއިން ހިންގި މި ހަރަކާތްތަކަކީ ނުރައްކާތެރި އަދި ޕްރޮފެޝަނަލް މިންގަނޑުތަކާ ޚިލާފު އަމަލުތަކެއްގެ ގޮތުގައި އިނގިރޭސި ދިފާއީ ވުޒާރާއިން ވަނީ ސިފަކޮށްފަ އެވެ.

މި ހާދިސާ ހިނގާފައި މިވަނީ، އިނގިރޭސިވިލާތުގެ ކަނޑުއޮޅި (އިންގްލިޝް ޗެނަލް) އިން ދަތުރުކުރި ރަޝިޔާގެ "ޝެޑޯ ފްލީޓް" އަށް ނިސްބަތްވާ ތެޔޮ ޓޭންކަރަކަށް ރޯޔަލް މެރިންސްގެ ސިފައިން އެރިތާ ހަފުތާތަކެއް ފަހުންނެވެ. މީގެ އިތުރުން، ފިނި ހަނގުރާމައަށްފަހު އިނގިރޭސިވިލާތަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ބިރުވެރިކަން މިހާރު އޮތީ މީގެ ކުރިން ދުވަހަކުވެސް ނެތް މިންވަރަށް ބޮޑުވެފައި ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ އިސްވެރިޔާ ވަނީ އިންޒާރު ދެއްވާފަ އެވެ.

އިނގިރޭސިވިލާތުގެ "ކެރިއަރ ސްޓްރައިކް ގްރޫޕް" މިހާރު ހަރަކާތްތެރިވަމުންދަނީ ނޭޓޯގެ ކޮމާންޑުގެ ދަށުން އައިސްލޭންޑް ކައިރީގަ އެވެ. މި ގްރޫޕުގައި އިނގިރޭސިވިލާތުގެ 1،500 ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ފްލީޓުގައި "އެޗްއެމްއެސް ޕްރިންސް އޮފް ވޭލްސް" މަނަވަރުގެ އިތުރުން، "ޓައިޕް 45" މަރުކާގެ ޑިސްޓްރޯޔަރެއް ކަމަށްވާ "އެޗްއެމްއެސް ޑަންކަން" އާއި، އެފް-35 މަރުކާގެ ޖެޓުތަކާއި، މާލިން އަދި ވައިލްޑްކެޓް ހެލިކޮޕްޓަރުތައް ހިމެނެ އެވެ. އަދި މި އުޅަނދުތަކަށް ބޭނުންވާ ތެލާއި އެހެނިހެން ސާމާނު ފޯރުކޮށްދިނުމަށް "އާރްއެފްއޭ ޓައިޑްސްޕްރިންގް" ނަމަކަށް ކިޔާ ޓޭންކަރެއްވެސް މި ގްރޫޕުގައި ބައިވެރިވެ އެވެ.

މިއީ ޔޫރަޕުގެ މަތިންދާބޯޓު އުފުލާ މަނަވަރެއް ބޭނުންކޮށްގެން ނޭޓޯއިން ވައިގެ ސަރަހައްދު ބެލެހެއްޓުމުގެ އޮޕަރޭޝަނެއް ހިންގާ ފުރަތަމަ ފަހަރެވެ.

ރަޝިޔާގެ "ބެއަރ-އެފް" ބޯޓުން ކަނޑަށް ދޫކޮށްލި ކަމަށް ބެލެވޭ ބޮޔެ ތަކަކީ ކަނޑުގެ ލޮނުގަނޑުމަތީގައި އޮވެގެން، ސޯނާރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއަޑިން ދަތުރުކުރާ ސަބްމެރިންތަކާއި އެހެނިހެން އުޅަނދުތައް ދެނެގަތުމަށް ބޭނުންކުރާ ވަސީލަތްތަކެކެވެ.

މި ހާދިސާ ހިނގި ވަގުތު، ބައިނަލްއަގުވާމީ ރޭޑިއޯ ފްރީކުއެންސީތައް މެދުވެރިކޮށް އިނގިރޭސި ސިފައިން ރަޝިޔާގެ ބޯޓާ މުއާމަލާތް ކުރަން މަސައްކަތް ކުރި ނަމަވެސް، އެ ބޯޓުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

އެއާއެކު، "ޕްރިންސް އޮފް ވޭލްސް" މަނަވަރުން އެފް-35 މަރުކާގެ ދެ ޖެޓު އުދުއްސާލައި، ރަޝިޔާގެ ބޯޓު އެ ސަރަހައްދުން ދުރަށް ފޮނުވާލުމަށްޓަކައި އެ ބޯޓާއެކު ދަތުރުކޮށްފައިވެ އެވެ.

މިދިޔަ ބަންދު ދުވަސްތަކުގައި އިނގިރޭސި ދިފާއީ ވަޒީރު ޑެން ޖާވިސް ވަނީ "އެޗްއެމްއެސް ޕްރިންސް އޮފް ވޭލްސް" މަނަވަރަށް ޒިޔާރަތްކުރައްވައި، އެތަނުގައި ތިބި ސިފައިންނާ ބައްދަލުކުރައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ، އަޅުގަނޑުމެން މި ދިރިއުޅެނީ ނުރައްކާތެރިކަމާއި ނުތަނަވަސްކަން އިތުރުވަމުންދާ ދުވަސްވަރެއްގައި ކަމަށާއި، އައިސްލޭންޑް ފަދަ ބައިވެރިންނާ ގުޅިގެން ނޭޓޯގެ ދަށުން ހިންގާ މިފަދަ އޮޕަރޭޝަންތަކުގެ ސަބަބުން ގައުމުގެ ދިފާއީ ބާރު ވަރުގަދަވެގެންދާ ކަމަށެވެ.

ޗެނަލް 4 ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޖާވިސް ވިދާޅުވީ، ރަޝިޔާގެ ފަރާތުން އޮތް ނުރައްކަލަކީ ކަނޑުގެ އަޑީގައާއި، ކަނޑުގެ ލޮނުގަނޑުމަތީގައާއި، އެއްގަމާއި، ވައިގެ ތެރޭގެ އިތުރުން ފަޒާގައާއި ސައިބަރ ސަރަހައްދުގައިވެސް އޮތް ހަގީގީ ނުރައްކަލެއްކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.

ޗީފް އޮފް ދަ ޑިފެންސް ސްޓާފް ސަރ ރިޗަޑް ނައިޓަން މިދިޔަ ޖޫން މަހު ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރަޝިޔާއިން ދަނީ އިނގިރޭސިވިލާތުގެ ދިފާއީ ނިޒާމުތައް "ޓެސްޓުކޮށް"، ނުރައްކާތެރި މިންވަރަކަށް ރަތް ރޮނގު ހުރަސްކުރަމުން ކަމަށެވެ.

ނޭޓޯއިން އިންޒާރު ދީފައިވާ ގޮތުގައި، 2030 ވަނަ އަހަރާ ހަމައަށްދާއިރު ރަޝިޔާއިން އަސްކަރީ ބާރުގެ ބޭނުންކުރުމަށް ތައްޔާރުވެދާނެ އެވެ.

މިދިޔަ ހަފުތާގައި އިނގިރޭސި ސަރުކާރުން ވަނީ ދިފާއީ ދާއިރާއަށް އިންވެސްޓް ކުރުމުގެ ޕްލޭން އާންމުކޮށްފަ އެވެ. މަގާމުން ވަކިވެވަޑައިގަންނަވާ ބޮޑުވަޒީރު ސަރ ކިއަރ ސްޓާމާ ވަނީ އަސްކަރީ ހޭދަ 15 ބިލިއަން ޕައުންޑަށް އިތުރުކުރުމަށް ނިންމަވާފަ އެވެ. މި ފައިސާގެ ބައެއް ހޯދުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ އެހެން ވުޒާރާތަކުގެ ބަޖެޓު ކުޑަކޮށްގެންނެވެ.

ނަމަވެސް، އިދިކޮޅު މެންބަރުންނާއި އަސްކަރީ އިސް ބޭފުޅުން ދަނީ މި އަދަދަށް ފާޑުވިދާޅުވަމުންނެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ރަޝިޔާގެ ފަރާތުން އޮތް ބޮޑު ނުރައްކަލާ އަޅާބަލާއިރު މި އިންވެސްޓްމަންޓަކީ އެކަށީގެންވާ މިންވަރެއް ނޫނެވެ.

މަސްދަރު: ބީބީސީ

ކިއަރ ސްޓާމާރަޝިޔާނޭޓޯރަޝިޔާ-އިނގިރޭސިވިލާތް

އިތުރަށް ކިޔާލަން

06 ޖުލައި 2026

އިނގިރޭސި އަސްކަރިއްޔާގެ ސިއްރު ލިޔެކިޔުންތަކެއް ކުނިވަށިގަނޑަކުން ފެނިއްޖެ

06 ޖުލައި 2026
އިނގިރޭސި އަސްކަރިއްޔާގެ ސިއްރު ލިޔެކިޔުންތަކެއް ކުނިވަށިގަނޑަކުން ފެނިއްޖެ
05 ޖުލައި 2026

ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

05 ޖުލައި 2026
ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
05 ޖުލައި 2026

ބޮލުގައި ލާ ޖެލް އަކީ ދައުލަތުގެ ސިއްރެއް، ނަމެއް ނުބުނެވޭނެ: ބޮޑު ވަޒީރު ސްޓާމާ

05 ޖުލައި 2026
ބޮލުގައި ލާ ޖެލް އަކީ ދައުލަތުގެ ސިއްރެއް، ނަމެއް ނުބުނެވޭނެ: ބޮޑު ވަޒީރު ސްޓާމާ
01 ޖުލައި 2026

ގަނޑުކުރި ކަނޑުމަހުގެ ތެރޭން ބައި ޓަނަށްވުރެ ގިނަ ކޮކެއިން ރަޝިޔާއިން އަތުލައިގަނެފި

01 ޖުލައި 2026
ގަނޑުކުރި ކަނޑުމަހުގެ ތެރޭން ބައި ޓަނަށްވުރެ ގިނަ ކޮކެއިން ރަޝިޔާއިން އަތުލައިގަނެފި
01 ޖުލައި 2026

ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި

01 ޖުލައި 2026
ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި
30 ޖޫން 2026

ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ވާދަ ކުރައްވަން ސްޓާމާގެ ޝައުޤުވެރިކަން

30 ޖޫން 2026
ނޭޓޯގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ވާދަ ކުރައްވަން ސްޓާމާގެ ޝައުޤުވެރިކަން
29 ޖޫން 2026

ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ޕުޓިން ވައުދުވެ ވަޑައިގެންފި

29 ޖޫން 2026
ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ޕުޓިން ވައުދުވެ ވަޑައިގެންފި
29 ޖޫން 2026

ރަޝިޔާގެ ސަސްޕެންޝަން އުވާލަން ފީފާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

29 ޖޫން 2026
ރަޝިޔާގެ ސަސްޕެންޝަން އުވާލަން ފީފާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
27 ޖޫން 2026

އިނގިރޭސިވިލާތުގެ ކޯޓުތަކުގައި ޖަމާވެފައި ހުރި މައްސަލަތައް ނިންމަން 300 އަހަރު ނަގާނެ

27 ޖޫން 2026
އިނގިރޭސިވިލާތުގެ ކޯޓުތަކުގައި ޖަމާވެފައި ހުރި މައްސަލަތައް ނިންމަން 300 އަހަރު ނަގާނެ
26 ޖޫން 2026

އިނގިރޭސި ބޮޑުވަޒީރުން އެހާ އަވަސް އަވަހަށް ބަދަލުވަނީ ކީއްވެ؟

26 ޖޫން 2026
އިނގިރޭސި ބޮޑުވަޒީރުން އެހާ އަވަސް އަވަހަށް ބަދަލުވަނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް