Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޕެންޓަގަނުން އީރާން ހަނގުރާމާގައި އަނިޔާވި ސިފައިންގެ އަދަދު ސިއްރުކުރޭ: ނިއުޔޯކް ޓައިމްސް

21 ޖުލައި 2026 | އަންގާރަ 08:54

އީރާނާއެކު ކުރަމުންދާ ހަނގުރާމައިގައި އަނިޔާވާ ސިފައިންގެ އަދަދުތައް އެމެރިކާއިން ސިއްރުކުރާ ކަމަށް ބުނާ ތުހުމަތުތައް ޕެންޓަގަނުން ދޮގުކޮށްފި. މި ހަމަލާތަކުގައި މިހާތަނަށް އެމެރިކާގެ 400 އަށްވުރެ ގިނަ ސިފައިންނަށް އަނިޔާވެ 17 މީހަކު މަރުވެފައިވާއިރު، މަސްލަހަތު ގޯސްވެ ދެ ގައުމުގެ ދެމެދުގައި އޮތް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން މިހާރު ވަނީ ނިމުމަކަށް އައިސްފައި

ރާއްޖެ އެމްވީ | 21 ޖުލައި 2026 | އަންގާރަ 08:54
މެދުއިރުމަތީގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ މެރިން ސިފައިން، "ހައި މޮބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް" (ހައިމާސް) އުޅަނދެއްގެ ޓްރާންސްމިޝަން ބަދަލުކުރުމުގެ މަސައްކަތް ކުރަނީ

މެދުއިރުމަތީގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ މެރިން ސިފައިން، "ހައި މޮބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް" (ހައިމާސް) އުޅަނދެއްގެ ޓްރާންސްމިޝަން ބަދަލުކުރުމުގެ މަސައްކަތް ކުރަނީ | ސެންޓްކޮމް

އީރާނާއެކު ކުރަމުންދާ ހަނގުރާމައިގައި އަނިޔާވި އެމެރިކާ ސިފައިންގެ އަދަދުތައް ޕެންޓަގަނުން ސިއްރުކުރަމުންދާ ކަމަށް، އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސް ނޫހުން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން ހަމަލާއެއްގައި ދެ ސިފައިން މަރުވެ، ހަތަރު މީހަކަށް އަނިޔާވެ، އަދި އެކަކު ވަނީ ގެއްލިފަ އެވެ. ނަމަވެސް ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގައި ތިބި އެމެރިކާގެ ފައުޖުތަކަށް އަމާޒުކޮށް މިދިޔަ ހަފުތާގެ ތެރޭގައި ދިން އިތުރު ތިން ހަމަލާއެއްގައި އެތައް ބަޔަކަށް ވަނީ އަނިޔާވެފަ އެވެ. މީގެ އިތުރުން މި ހަމަލާތަކުގައި އެމެރިކާގެ ބައެއް ހެލިކޮޕްޓަރުތަކަށް ގެއްލުން ލިބިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

އަސްކަރީ މަރުކަޒުތަކަށް ލިބޭ ގެއްލުންތައް ރަސްމީކޮށް ބަލަހައްޓާ "ޑިފެންސް ކެޝުއަލްޓީ އެނަލިސިސް ސިސްޓަމް" (ޑީ.ސީ.އޭ.އެސް) ގައި އަނިޔާވާ މީހުންގެ މައުލޫމާތު ރަސްމީކޮށް ރެކޯޑްކުރުމަށް "ދުވަސްތަކެއް ނުވަތަ ހަފުތާތަކެއް" ނަގާފާނެ ކަމަށް އޮފިޝަލަކު ސީ.އެން.އެން އަށް މައުލޫމާތު ދީފައިވެ އެވެ. ރަސްމީ ހިސާބުތަކާ ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނާއެކު ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އެމެރިކާ ސިފައިންގެ 427 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ވިދާޅުވީ، ހަނގުރާމައިގައި މީހުންނަށް ލިބޭ އަނިޔާތަކުގެ މައުލޫމާތު ވަގުތުން ވަގުތަށް މީޑިއާއަށް ހާމަކުރުމަކީ، އެ މައުލޫމާތު ސީދާ ދުޝްމަނުންނަށް ފޯރުކޮށްދިނުން ފަދަ ކަމެއް ކަމަށެވެ. އަދި އަނިޔާވާ ސިފައިންގެ އަދަދުތައް ސިއްރުކުރާ ކަމަށް ބުނެ ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް، ބަދުނާމު ކުރުމުގެ ގޮތުން ކުރާ ތުހުމަތުތަކެއް ކަމަށް ވިދާޅުވެ އޭނާ ވަނީ އެކަން ދޮގުކުރައްވާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕާނެލް ވިދާޅުވީ، މައުލޫމާތު ސިއްރުކުރާ ކަމަށް ބުނާ ވާހަކަތަކަކީ، ހަނގުރާމައިގައި ތިން ސިފައިން މަރުވުމާ ގުޅިގެން އެމެރިކާގެ ރައްޔިތުންގެ މެދުގައި އިތުރަށް ނުތަނަވަސްކަން އުފެއްދުމަށް ހަދައިގެން އުޅޭ ވާހަކަތަކެއް ކަމަށެވެ. އަދި މުޅި މަންޒަރު ސާފުނުވާ ގޮތަށް، ވަކި ހިސާބުތަކެއް ހޮވާލައިގެން ހާމަކުރުމަކީ ގަސްތުގައި އޮޅުވާލުމަށް ކުރާ ކަމެއް ކަމަށްވެސް ތަރުޖަމާނު އިތުރަށް ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ދެފަރާތުން އަލުން ހަމަލާތައް ބަދަލުކުރަން ފެށުމާއެކު، ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން ފެށި މި ހަނގުރާމައިގެ ސަބަބުން ލިބެމުންދާ ގެއްލުންތަކަށް ވަނީ އަނެއްކާވެސް ސަމާލުކަން ހުއްޓިފަ އެވެ. އިރާގުގެ އުތުރުގައި ޑްރޯންއެއް ނައްތާލަން އުޅުމުގެ ތެރޭގައި ހޮނިހިރު ދުވަހު އެމެރިކާ ސިފައިންގެ މީހަކު މަރުވުމާ ގުޅިގެން، މި ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ ރަސްމީ އަދަދު މިހާރު ވަނީ 17 އަށް އަރާފަ އެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަމުގެ އިޝާރާތްތަކެއް ލިބެމުންދަނިކޮށް، އަންގާރަ ދުވަހުގެ ރޭ އެމެރިކާއިން ވަނީ ޖެހިޖެހިގެން 10 ވަނަ ރެއަށް އީރާނަށް ހަމަލާދީފަ އެވެ. ޕެންޓަގަނުން މި ހަމަލާތައް އަލުން ފަށާފައިވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށާއި މުދާ އުފުލާ ބޯޓުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންކަމަށް ބުނެ އެވެ. އީރާނުން ވަނީ ޖޫން 17 ގައި ސޮއިކުރި ފަހުމުނާމާއާ އެމެރިކާއިން ޚިލާފުވެފައިވާ ކަމަށް ތުހުމަތުކޮށް، އެ އެއްބަސްވުމުގެ ދަށުން އީރާނުން އުފުލަންޖެހޭ ޒިންމާތައް މެދުކަނޑާލާނެ ކަމަށް ބުނެފަ އެވެ.

އީރާން-އެމެރިކާޕެންޓަގަންހުރްމުޒް ކަނޑުއޮޅި

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

ނަތަންޔާހޫގެ ދަރިފުޅުގެ ފުރާނައަށް ނުރައްކާއޮތް ކަމަށް ބުނެ އެމެރިކާއިން ކުއްލިގޮތަކަށް ސިއްރުން ބޭރުކޮށްފި

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

ދުވަހަކުވެސް އަމާން ނުދޭނަން، ރައްޔިތުންނާއި އީރާނަށްޓަކައި ލޭގެ އެންމެ ފަހު ތިއްކާ ޖެހެންދެން ގުރުބާންވާނަން: އީރާންގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ

23 އޯގަސްޓު 2026
ދުވަހަކުވެސް އަމާން ނުދޭނަން، ރައްޔިތުންނާއި އީރާނަށްޓަކައި ލޭގެ އެންމެ ފަހު ތިއްކާ ޖެހެންދެން ގުރުބާންވާނަން: އީރާންގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ
22 އޯގަސްޓު 2026

އެމެރިކާއާއެކު ކުރި ހަނގުރާމައިން އީރާނުގެ ހަތިޔާރުގެ ގާބިލުކަމާ ބެހޭގޮތުން ހާމަވީ ކޮން ކަމެއް؟

22 އޯގަސްޓު 2026
އެމެރިކާއާއެކު ކުރި ހަނގުރާމައިން އީރާނުގެ ހަތިޔާރުގެ ގާބިލުކަމާ ބެހޭގޮތުން ހާމަވީ ކޮން ކަމެއް؟
22 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި އަކީ އެމެރިކާގެ އަމިއްލަ މިލްކުގައިވާ ސަރަހައްދެއް: ޓްރަމްޕް

22 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި އަކީ އެމެރިކާގެ އަމިއްލަ މިލްކުގައިވާ ސަރަހައްދެއް: ޓްރަމްޕް
22 އޯގަސްޓު 2026

އެމެރިކާގެ ފިޔަވަޅުތަކަކީ، ހުރިހާ ޤައުމަކާ ދެކޮޅަށް ކުރާ ހަނގުރާމައެއް: އީރާން

22 އޯގަސްޓު 2026
އެމެރިކާގެ ފިޔަވަޅުތަކަކީ، ހުރިހާ ޤައުމަކާ ދެކޮޅަށް ކުރާ ހަނގުރާމައެއް: އީރާން
22 އޯގަސްޓު 2026

އީރާންގައި ވެރިކަން ކުރަން ބޭނުންވާ މީހަކު ނެތް، ރައީސް އަކީ ކާކު ކަމެއް ވެސް ނޭނގޭ: ޓްރަމްޕް

22 އޯގަސްޓު 2026
އީރާންގައި ވެރިކަން ކުރަން ބޭނުންވާ މީހަކު ނެތް، ރައީސް އަކީ ކާކު ކަމެއް ވެސް ނޭނގޭ: ޓްރަމްޕް
22 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިން ދުވާލަކު 8 މިލިއަން ތެޔޮ ފީފާ ބޭރުކުރޭ

22 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިން ދުވާލަކު 8 މިލިއަން ތެޔޮ ފީފާ ބޭރުކުރޭ
21 އޯގަސްޓު 2026

އެމެރިކާ އިން އީރާނަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ޗައިނާ އިން ދެކޮޅު ހަދައިފި

21 އޯގަސްޓު 2026
އެމެރިކާ އިން އީރާނަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ޗައިނާ އިން ދެކޮޅު ހަދައިފި
21 އޯގަސްޓު 2026

ދުނިޔޭގެ ތާރީޚު ނުދެކޭފަދަ ދަތިކުރުމުގެ ފިޔަވަޅު އީރާނާ ދެކޮޅަށް އަޅާނަން: އެމެރިކާގެ މާލީ ވަޒީރު

21 އޯގަސްޓު 2026
ދުނިޔޭގެ ތާރީޚު ނުދެކޭފަދަ ދަތިކުރުމުގެ ފިޔަވަޅު އީރާނާ ދެކޮޅަށް އަޅާނަން: އެމެރިކާގެ މާލީ ވަޒީރު
21 އޯގަސްޓު 2026

އީރާން: އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ 'އިގްތިސާދީ ޓެރަރިޒަމް' އަދި 'އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް'

21 އޯގަސްޓު 2026
އީރާން: އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ 'އިގްތިސާދީ ޓެރަރިޒަމް' އަދި 'އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް'
20 އޯގަސްޓު 2026

އީރާނާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމައެއް" ފައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ

20 އޯގަސްޓު 2026
އީރާނާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމައެއް" ފައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް