Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނަށް ޖެހިޖެހިގެން 10 ވަނަ ރޭ އެމެރިކާއިން ހަމަލާދީފި

އުރުދުންގައި އެމެރިކާގެ ސިފައިން މަރާލި މައްސަލައިގެ ބަދަލުހިފުމުގެ ގޮތުން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފި. މީގެ ރައްދުގައި އީރާނުން ދެ ތެޔޮ ޓޭންކަރަކަށާއި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ހަމަލާދީފައިވާއިރު، ދެ ގައުމުގެ ދެމެދުގައި މިހާރު ފުރިހަމަ ހަނގުރާމައެއް ފެށިފައިވާ ކަމަށް އީރާނުގެ ރައީސް ވަނީ ވިދާޅުވެފައި.

ރާއްޖެ އެމްވީ | 21 ޖުލައި 2026 | އަންގާރަ 04:00
އީރާނާ ދެކޮޅަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ކުރިއަށްގެންދާ ކަނޑުގެ ބްލޮކޭޑް ނުވަތަ ކަނޑުގެ މަގުތައް ބަންދުކުރުމުގެ އޮޕަރޭޝަނަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާގެ އަސްކަރީ މަނަވަރު "ޔޫއެސްއެސް ބޮކްސަރ" (އެލް.އެޗް.ޑީ 4) ގައި ތިބި ސިފައިން އަރަބި ކަނޑުގައި ދުވާލާއި ރޭގަނޑު މެދުނުކެނޑި ފްލައިޓް އޮޕަރޭޝަންތައް ކުރިއަށްގެންދަނީ

އީރާނާ ދެކޮޅަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ކުރިއަށްގެންދާ ކަނޑުގެ ބްލޮކޭޑް ނުވަތަ ކަނޑުގެ މަގުތައް ބަންދުކުރުމުގެ އޮޕަރޭޝަނަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާގެ އަސްކަރީ މަނަވަރު "ޔޫއެސްއެސް ބޮކްސަރ" (އެލް.އެޗް.ޑީ 4) ގައި ތިބި ސިފައިން އަރަބި ކަނޑުގައި ދުވާލާއި ރޭގަނޑު މެދުނުކެނޑި ފްލައިޓް އޮޕަރޭޝަންތައް ކުރިއަށްގެންދަނީ | ސެންޓްކޮމް

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދިނުމަށް އީރާނުން ގެންގުޅޭ ގާބިލުކަން "އިތުރަށް ނައްތާލުމަށްޓަކައި" އެ ގައުމަށް އަމާޒުކޮށް އަނެއްކާވެސް އާ ހަމަލާތަކެއް ދީފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފި އެވެ.

ޖެހިޖެހިގެން 10 ވަނަ ރޭ ދިން މި ހަމަލާތަކަކީ، އެމެރިކާގެ ސިފައިންތަކެއް މަރާލި މައްސަލައިގައި އީރާނަށް އަދަބު ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައުދުވެވަޑައިގަތުމާ ގުޅިގެން ދީފައިވާ ހަމަލާތަކެކެވެ.

އުރުދުންގައި ދެ ސިފައިން އަދި އިރާގުގައި އެކަކު ހިމެނޭހެން، ދާދިފަހުން މަރާލި އެމެރިކާގެ ތިން ސިފައިންގެ "ޝަރަފުގައި"، އޭގެ ކުރީ ރޭ އީރާނަށް "ވަރަށް ވަރުގަދަ" ހަމަލާތަކެއް ދީފައިވާނެ ކަމަށް ރައީސް ޓްރަމްޕް ކުރިން ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ އެންމެ ފަހުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އެ ސަރަހައްދުގެ ކަނޑުގެ މަގުން ދަތުރުކުރި ދެ ތެޔޮ ޓޭންކަރަކަށާއި، ބަހްރޭނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ހަމަލާދީފައިވާ ކަމަށް އީރާނުގެ ދައުލަތުގެ ނޫސް އެޖެންސީ "އިރްނާ" އިން ވަނީ ރިޕޯޓުކޮށްފަ އެވެ. އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ އީރާނުން މިހާރު އެމެރިކާއާއެކު ކުރަމުންދަނީ "ފުރިހަމަ ހަނގުރާމައެއް" ކަމަށެވެ.

ހަމަ އެއާއެކު، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުން އުވާލާފައިވީ ނަމަވެސް، މެދުވެރިން މެދުވެރިކޮށް ދެ ގައުމުގެ ދެމެދުގައި އަދިވެސް ޑިޕްލޮމެޓިކް މެސެޖުތައް ބަދަލުކުރަމުންދާ ކަމަށް ތެހެރާނުން ބުނެފައިވެ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އެކްސްގައި ބުނެފައިވާ ގޮތުގައި، އެންމެ ފަހުން ދިން ހަމަލާތަކުގައި އީރާނުގެ "އަސްކަރީ ކޮމާންޑް ސެންޓަރުތަކަށާއި، ކަނޑުގެ އަސްކަރީ ގާބިލުކަމަށާއި، މިސައިލާއި ޑްރޯން ފޮނުވާ ތަންތަނުގެ އިތުރުން ވައިގެ ދިފާއީ ނިޒާމުތަކަށް" ވަނީ އަމާޒުކޮށްފަ އެވެ.

ސެންޓްކޮމް އިން ބުނި ގޮތުގައި، ހުރްމުޒް ކަނޑުއޮޅިން ވިޔަފާރި އުޅަނދުފަހަރު ދަތުރުކުރުން އަދިވެސް ދަނީ ކުރިއަށެވެ.

އީރާނުގެ ދައުލަތުގެ ނޫސް އެޖެންސީ "އިރްނާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މުހިންމު ކަނޑުގެ މަގަކުން ދަތުރުކުރަނިކޮށް އީރާނުން ހަމަލާދިން ދެ ތެޔޮ ޓޭންކަރުގައި ތިބި ފަޅުވެރިން ސަލާމަތްކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ. ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫ.ކޭ.އެމް.ޓީ.އޯ) އިން ބުނި ގޮތުގައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޓޭންކަރަކަށް ނޭނގޭ އެއްޗަކުން ހަމަލާދިނުމާ ގުޅިގެން، ފަޅުވެރިން ވަނީ އުޅަނދު ދޫކޮށްލުމަށްފަހު ލައިފްބޯޓަކަށް އަރާފަ އެވެ.

ޔޫ.ކޭ.އެމް.ޓީ.އޯ އިން ރިޕޯޓުކުރި ޓޭންކަރަކީ އީރާނުން ހަމަލާދިން ކަމަށް ބުނާ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ އުޅަނދެއްކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ.

ނިމިދިޔަ ހަފުތާ ބަންދުގައި އުރުދުންގެ މުވައްފަގު ސަލްތީ ބޭހަށް އީރާނުން ދިން ހަމަލާގައި މަރުވި އެމެރިކާގެ ދެ ސިފައިންގެ މައުލޫމާތު އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން އަންގާރަ ދުވަހުގެ ރޭ ވަނީ ކަށަވަރުކޮށްދީފަ އެވެ. އެއީ ޓެކްސަސްއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ޕްރައިވެޓް އިސަބެލާ ގޮންޒާލޭޒް އާއި ހަވާއީއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ލެފްޓިނެންޓް ޓައިލާ ޖޭމްސް ފީހަން އެވެ.

ސެންޓްކޮމް އިން ކުރިން ބުނެފައިވާ ގޮތުގައި، އެ ހަމަލާއަށްފަހު ތިންވަނަ ސިފައިންގެ މީހަކު ގެއްލިފައިވާ ކަމަށާއި، ފަހުން އެ ސަރަހައްދުން ވަނީ ކާކުކަން ނޭނގޭ އިންސާނީ ހަށިގަނޑެއްގެ ބައިތަކެއް ފެނިފަ އެވެ.

ސަރަހައްދުގެ އެހެން ހިސާބުތަކަށް ބަލާއިރު، އުރުދުންގެ އެކި ސަރަހައްދުތަކަށް ހަމަލާ އަންނަކަމުގެ އިންޒާރުގެ ސައިރަން އެޅުމާއެކު، ހޯމަ ދުވަހުގެ ރޭ އީރާނުގެ ތިން މިސައިލެއް ވައްޓާލާފައިވާ ކަމަށް އުރުދުންގެ އަސްކަރިއްޔާއިން ބުނެފައިވެ އެވެ.

އެ ދުވަހުގެ ކުރީކޮޅު، ކުވެއިތުގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ ޑްރޯންތަކެއް ހުއްޓުވާފައިވާ ކަމަށް ބުނެފަ އެވެ.

ބަހްރޭނުން ބުނި ގޮތުގައި އީރާނުން ފޮނުވާލި ޑްރޯންތަކެއް އެ ގައުމުގެ އެއާ ނެވިގޭޝަން ސިސްޓަމްތަކަށް އަމާޒުކުރި ނަމަވެސް، ދަތުރުފަތުރަށް އެއްވެސް ބުރޫއެއް އަރާފައެއް ނުވެ އެވެ.

އޭގެ ކުރީ ރޭ އެމެރިކާއިން ދިން ހަމަލާތަކާ ގުޅޭގޮތުން އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތަބްރީޒް، ޗަބަހާރު، ކޮނާރަކް، ބަންދަރު މަހްޝަހްރު އަދި ބަންދަރު އިމާމް ޚުމައިނީ ހިމެނޭހެން އެ ގައުމުގެ ބައެއް ސިޓީތަކަށް ވަނީ ހަމަލާދީފަ އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި، ކަނޑުއޮޅި ހުރަސްކުރަން އުޅުނު ދެ ތެޔޮ ޓޭންކަރެއް ވަނީ ގޮވާފަ އެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނީ އެ ޓޭންކަރުތައް ދަތުރުކުރީ ކަނޑުއޮޅީގެ "ނުރައްކާތެރި ދެކުނު މަގަކުން" ކަމަށާއި، އެ އުޅަނދުތައް "ގޮވައި ހުއްޓިފައިވާ" ކަމަށެވެ. ނަމަވެސް އެމެރިކާގެ ސެންޓްކޮމް އިން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

މަސްދަރު: ބީބީސީ

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްހުރްމުޒް ކަނޑުއޮޅިމަސްއޫދު ޕެޒެޝްކިއާންއުރުދުންއިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް

އިތުރަށް ކިޔާލަން

20 ޖުލައި 2026

އައިއާރުޖީސީން "ޖާހިލު" ޓްރަމްޕް އަށް - ހަނގުރާމަ ކިތަންމެ އަހަރަކަށް ދިގުލާ ދިޔަޔަސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެމެރިކާގެ މުޖުރިމުންގެ ބޯމަތިން ވެހޭ ވަރަށް މިސައިލު ހުންނާނެ!

20 ޖުލައި 2026
އައިއާރުޖީސީން "ޖާހިލު" ޓްރަމްޕް އަށް - ހަނގުރާމަ ކިތަންމެ އަހަރަކަށް ދިގުލާ ދިޔަޔަސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެމެރިކާގެ މުޖުރިމުންގެ ބޯމަތިން ވެހޭ ވަރަށް މިސައިލު ހުންނާނެ!
20 ޖުލައި 2026

އީރާނުން އެމެރިކާއާއެކު "ފުރިހަމަ ހަނގުރާމައެއްގެ" ތެރެއަށް ވަދެފައިވާ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

20 ޖުލައި 2026
އީރާނުން އެމެރިކާއާއެކު "ފުރިހަމަ ހަނގުރާމައެއްގެ" ތެރެއަށް ވަދެފައިވާ ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ
20 ޖުލައި 2026

އީރާނާއި އެމެރިކާގެ ހަމަލާތައް ވަރުގަދަވަނީ، ކަނޑުއޮޅީގައި ހަމަނުޖެހުން، އާދިއްތަ ދުވަހުގެ ރެޔާއި ހޯމަދުވަހު ހެދުނު ހިނގީ ކޮންކަމެއް؟

20 ޖުލައި 2026
އީރާނާއި އެމެރިކާގެ ހަމަލާތައް ވަރުގަދަވަނީ، ކަނޑުއޮޅީގައި ހަމަނުޖެހުން، އާދިއްތަ ދުވަހުގެ ރެޔާއި ހޯމަދުވަހު ހެދުނު ހިނގީ ކޮންކަމެއް؟
20 ޖުލައި 2026

އީރާން ހަނގުރާމަ ނުރައްކާވަމުންދާއިރު ތެލުގެ އަގު 90 ޑޮލަރަށްވުރެ މައްޗަށް ހިނގައްޖެ

20 ޖުލައި 2026
އީރާން ހަނގުރާމަ ނުރައްކާވަމުންދާއިރު ތެލުގެ އަގު 90 ޑޮލަރަށްވުރެ މައްޗަށް ހިނގައްޖެ
20 ޖުލައި 2026

އެމެރިކާގެ ހަމަލާތައް ތަހައްމަލުކުރުމުގެ ގާބިލުކަން ސާބިތުކޮށްދިނުމާއެކު ރައްދު ހަމަލާތައް ދިނުމުގެ ގާބިލުކަން އީރާނަށް ލިބިފައިވާކަން ވެސް މިހާރު ދަނީ ހާމަކޮށްދެމުން

20 ޖުލައި 2026
އެމެރިކާގެ ހަމަލާތައް ތަހައްމަލުކުރުމުގެ ގާބިލުކަން ސާބިތުކޮށްދިނުމާއެކު ރައްދު ހަމަލާތައް ދިނުމުގެ ގާބިލުކަން އީރާނަށް ލިބިފައިވާކަން ވެސް މިހާރު ދަނީ ހާމަކޮށްދެމުން
20 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުނު ދެ ތެޔޮ ޓޭންކަރު ގޮއްވާލައިފި

20 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުނު ދެ ތެޔޮ ޓޭންކަރު ގޮއްވާލައިފި
20 ޖުލައި 2026

އެމެރިކާއިން މެދުނުކެނޑި ނުވަވަނަ ރޭ ވެސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

20 ޖުލައި 2026
އެމެރިކާއިން މެދުނުކެނޑި ނުވަވަނަ ރޭ ވެސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި
20 ޖުލައި 2026

އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި

20 ޖުލައި 2026
އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި
19 ޖުލައި 2026

ގަލްފްގެ ގައުމުތަކަށް އީރާނުން ދިން ހަމަލާތަކުގައި، ކުވޭތުގެ އިންޖީނުގެ އެއްގައި ރޯވެއްޖެ

19 ޖުލައި 2026
ގަލްފްގެ ގައުމުތަކަށް އީރާނުން ދިން ހަމަލާތަކުގައި، ކުވޭތުގެ އިންޖީނުގެ އެއްގައި ރޯވެއްޖެ
19 ޖުލައި 2026

އީރާނުން އެމެރިކާގެ އެމްކިއު-9 ރީޕަރ ޑްރޯނެއް ވައްޓާލާ ވީޑިއޯ އެއް ހާމަކޮށްފި

19 ޖުލައި 2026
އީރާނުން އެމެރިކާގެ އެމްކިއު-9 ރީޕަރ ޑްރޯނެއް ވައްޓާލާ ވީޑިއޯ އެއް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު