Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސިޓީ ތޮއްޖެހުން

މާލޭ މަގުތަކުގެ 64 އިންސައްތަ ހިއްސާކުރަނީ އުޅަނދުފަހަރު، ތޮއްޖެހުން ކުޑަކުރަން ޖެހޭ: އާޒިމް

މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުމުގައި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ތިމާވެއްޓާ ރައްޓެހި ސިޔާސަތުތަކެއް އެކުލަވާލުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައި. އދ. ގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ ސަރވޭގެ ހޯދުންތަކަށް ބިނާކޮށް، މާލެއަކީ ރައްކާތެރި އަދި ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށް ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ބޭނުންވާކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖުލައި 2026 | ހޯމަ 06:32
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް | ރާއްޖެ އެމްވީ

މާލެ ސިޓީގެ މަގުތަކުގެ ޖާގައަށް ބަލާއިރު، މަގުތަކުގެ 64 އިންސައްތަ ހިއްސާކުރަނީ އުޅަނދުފަހަރު  ކަމަށާއި، ތޮއްޖެހުން ކުޑަކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މޭޔަރު މިހެން ވިދާޅުވީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމާއި ކާރިސާތަކުން ސަލާމަތްވުމުގެ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހޯމަ ދުވަހު ބޭއްވި "ކޮންސަލްޓޭޝަން ވަރކްޝޮޕް އޮން ޑީކޮންޖެސްޝަން އެންޑް ޑިޒާސްޓަރ ރެޒިލިއަންސް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަސައްކަތު ބައްދަލުވުމަކީ މާލެ ސަރަހައްދުގައި އޮތް ތޮއްޖެހުމުގެ މައްސަލައާއި ކާރިސާތަކުގެ ނުރައްކަލާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކާއި، ފަންނީ މާހިރުންނާއި، އަމިއްލަ ސެކްޓަރުގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ހައްލު ހޯދުމަށް ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ދަތުރުފަތުރުގެ ނިޒާމާ ގުޅޭ އެންމެ ފަހުގެ ހޯދުންތަކަށް ބަލައި، އެ ނިޒާމު ހަރުދަނާކުރުމަށް ހުރި ހުރަސްތަކާއި ފުރުސަތުތައް ދެނެގަނެވޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު އާޒިމް ވިދާޅުވީ، މާލެއަކީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ އާބާދީ ބޮޑު އެއް ސިޓީއަށް ވާއިރު، މި ސިޓީއަށް ދިމާވެފައިވަނީ ގޮންޖެހުން ބޮޑު މައްސަލަތަކެއް ކަމަށެވެ. މާލޭގެ މަގުތަކާއި އާންމު ހުސްޖާގަތަކަށް ބާރުބޮޑުވެފައިވަނީ އިގްތިސާދީ ހަރަކާތްތަކާއި މީހުންގެ ދަތުރުފަތުރު އިތުރުވުމުގެ ސަބަބުން ކަމަށާއި، މީގެ ސަބަބުން އާންމު ސިއްހަތަށާއި ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މާލެ ސިޓީގެ މަގުތަކުގެ ޖާގައަށް ބަލާއިރު، މަގުތަކުގެ 64 އިންސައްތަ ހިއްސާކުރަނީ އުޅަނދުފަހަރު  ކަމަށާއި، ތޮއްޖެހުން ކުޑަކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

މި މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން، އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގެ އެހީތެރިކަމާއެކު މާލެ ސިޓީ ކައުންސިލުން ވަނީ "އަރބަން މޮބިލިޓީ ސަރވޭ" އެއް ކުރިއަށް ގެންގޮސްފަ އެވެ.

މި ސަރވޭގެ ޒަރީއާއިން އުޅަނދުފަހަރު ގެންގުޅޭ މިންވަރާއި، ދަތުރުފަތުރު ކުރާ ގޮތުގެ އާދަތަކާއި، ތޮއްޖެހުން އެންމެ ބޮޑު ސަރަހައްދުތަކުގެ އިތުރުން ހިނގާބިނގާވެ އުޅޭ މީހުންނަށް ހުރި ގޮންޖެހުންތަކާ ގުޅޭ މުހިންމު މައުލޫމާތުތައް އެއްކުރެވިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖެއިން 2030 ވަނަ އަހަރާ ހަމައަށް ނެޓް-ޒީރޯ އެމިޝަން ނުވަތަ ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި، އުޅަނދުފަހަރުން ދޫކުރާ ދުމުގެ މައްސަލައަށް ހައްލެއް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ. އަދި ގަސްގަހާގެއްސާއި ހުސްޖާގަތަކަށް ދޭ ސަމާލުކަމާ އެއްވަރަށް ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

މި މަސައްކަތު ބައްދަލުވުމުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް، މާލެ ސިޓީ ކައުންސިލުން އަމަލީ ސިޔާސަތުތަކެއް އެކުލަވާލާނެ ކަމުގެ ޔަގީންކަން މޭޔަރު ދެއްވިއެވެ. މިގޮތުން މާލެއަކީ ރައްކާތެރި، ތޮއްޖެހުން ކުޑަ، ތިމާވެއްޓާ ރައްޓެހި އަދި ކުރިމަގުގެ ކުރިއެރުމަށް ތައްޔާރުވެފައިވާ ސިޓީއަކަށް ހެދުމަށްޓަކައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.

މާލެ ސިޓީއާދަމް އާޒިމްނެޓް-ޒީރޯ އެމިޝަންއާބަން މޮބިލިޓީ ސަރވޭ

އިތުރަށް ކިޔާލަން

19 ޖުލައި 2026

ތަރައްގީގެ ވާހަކަ ދެއްކޭނީ ރައްޔިތުން ތިބީ ސާފު ފެނުން ފެންވަރައިގެންކަން ޔަގީންކުރުމަށްފަހު، ރަސްމާލެ ވެސް އަންނަން ޖެހޭނީ އޭގެ ފަހުން: އާޒިމް

19 ޖުލައި 2026
ތަރައްގީގެ ވާހަކަ ދެއްކޭނީ ރައްޔިތުން ތިބީ ސާފު ފެނުން ފެންވަރައިގެންކަން ޔަގީންކުރުމަށްފަހު، ރަސްމާލެ ވެސް އަންނަން ޖެހޭނީ އޭގެ ފަހުން: އާޒިމް
19 ޖުލައި 2026

މިދިޔަ ހަފްތާގައި 20ށް ވުރެ ގިނަ ކުއްލި ނުރައްކަލުގެ ހާދިސާ ހިނގާފައިވޭ، އެންމެ ގިނައީ އަލިފާނުގެ ހާދިސާތައް: އެމްއެންޑީއެފް

19 ޖުލައި 2026
މިދިޔަ ހަފްތާގައި 20ށް ވުރެ ގިނަ ކުއްލި ނުރައްކަލުގެ ހާދިސާ ހިނގާފައިވޭ، އެންމެ ގިނައީ އަލިފާނުގެ ހާދިސާތައް: އެމްއެންޑީއެފް
18 ޖުލައި 2026

ޤައުމު ހިންގަން ހުރީ ކަން ކުރަން ނޭނގޭ މީހެއް، އެންމެ ކުޑަވެގެން 'ކޫލް ސްކޫލް' ފެށިއިރު އޭސީ ހިންގޭނީ ޖަނަރޭޓަރު ހުރެގެން ކަން ވެސް ނޭނގުނު: އާޒިމް

18 ޖުލައި 2026
ޤައުމު ހިންގަން ހުރީ ކަން ކުރަން ނޭނގޭ މީހެއް، އެންމެ ކުޑަވެގެން 'ކޫލް ސްކޫލް' ފެށިއިރު އޭސީ ހިންގޭނީ ޖަނަރޭޓަރު ހުރެގެން ކަން ވެސް ނޭނގުނު: އާޒިމް
17 ޖުލައި 2026

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަކި އޮފީހެއް ހެދި ނަމަވެސް މި މައްސަލަ ހައްލުކުރުމަކީ ކައުންސިލްގެ ޒިންމާއެއް: މޭޔަރު

17 ޖުލައި 2026
މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަކި އޮފީހެއް ހެދި ނަމަވެސް މި މައްސަލަ ހައްލުކުރުމަކީ ކައުންސިލްގެ ޒިންމާއެއް: މޭޔަރު
16 ޖުލައި 2026

މިއީ ހެނދުނު ހޭލާ ގޮތަށް ސިޔާސަތު ކަނޑައަޅާ ސަރުކާރެއް: އާޒިމް

16 ޖުލައި 2026
މިއީ ހެނދުނު ހޭލާ ގޮތަށް ސިޔާސަތު ކަނޑައަޅާ ސަރުކާރެއް: އާޒިމް
15 ޖުލައި 2026

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތު އެޗްޑީސީއިން ނުދިން: މާލެސިޓީ ކައުންސިލް

15 ޖުލައި 2026
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތު އެޗްޑީސީއިން ނުދިން: މާލެސިޓީ ކައުންސިލް
15 ޖުލައި 2026

ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް

15 ޖުލައި 2026
ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް
13 ޖުލައި 2026

މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"

13 ޖުލައި 2026
މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"
10 ޖުލައި 2026

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލުތަކުގެ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މޭޔަރު އާޒިމް

10 ޖުލައި 2026
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލުތަކުގެ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މޭޔަރު އާޒިމް
10 ޖުލައި 2026

އަލަށް އިންތިޚާބުވި މެންބަރުންނާއެކު މާލެ ސިޓީގެ ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ: މޭޔަރ ޢާޒިމް

10 ޖުލައި 2026
އަލަށް އިންތިޚާބުވި މެންބަރުންނާއެކު މާލެ ސިޓީގެ ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ: މޭޔަރ ޢާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު