Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ސިޔާސަތުތައް

މިއީ ހެނދުނު ހޭލާ ގޮތަށް ސިޔާސަތު ކަނޑައަޅާ ސަރުކާރެއް: އާޒިމް

މި ސަރުކާރުން ކަންކަން އިސްލާޙުކުރުމުގެ ބަދަލުގައި ކުންފުނިތަކުގެ ހާލަތު ދަށަށް ގޮސް ރައްޔިތުން އިތުރަށް ނިކަމެތިވަމުންދާ ކަމަށް މޭޔަރު އާޒިމް ވިދާޅުވެއްޖެ. ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ކަންކަން ކުރަނީ އެއްވެސް ވިސްނުމެއް ނެތި ކަމަށްވާތީ ގައުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ޖުލައި 2026 | ބުރާސްފަތި 08:42
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް | ރާއްޖެ އެމްވީ

މިއީ ހެނދުނު ހޭލާ ގޮތަށް ސިޔާސަތު ކަނޑައަޅާ ސަރުކާރެއް ކަމަށާއި، ކަންކަން ރަނގަޅު ކުރުމުގެ ނިޔަތެއް ނުވަތަ ވިސްނުމެއްވެސް މި ސަރުކާރުގައި ނެތްކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، މިއީ ހެނދުނު ހޭލާ ގޮތަށް ސިޔާސަތު ކަނޑައަޅާ ސަރުކާރެއް ކަމަށާއި އެފަދަ ސަރުކާރަކަށް ކުރެވޭނީ ކޮން ކަމެއްތޯ ސުވާލު އުފެދޭކަމަށެވެ. އަދި މިއީ އެއްވެސް ކަމެއް ވިސްނާލުމެއް ނެތި ކުރާ ސަރުކާރެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މަޤާމަކާ ހަވާލުވާއިރު އަބަދުވެސް ވިސްނުން ބަހައްޓަން ޖެހޭނީ ހަވާލުވި އިރަށްވުރެ އެތަނެއްގެ ޙާލަތު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރަން ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި ފެންނަނީ އެ މަންޒަރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރު ކުންފުނިތަކުގެ ޙާލަތުވެސް ދުވަހެއް ދުވަހަކަށް ދަނީ ދަށަށެވެ. އަދި މިހެން ދިމާވަނީ ކަންކަން ރަނގަޅުކޮށް އިސްލާޙު ކުރުމުގެ ނިޔަތެއްވެސް އަދި ވިސްނުމެއްވެސް ނެތުމުން ކަމަށް މޭޔަރު ވިދާޅުވި އެވެ.

 މަޤާމަކާ ޙަވާލުވާއިރު، އަބަދުވެސް ވިސްނުން ބަހައްޓަން ޖެހޭނީ ޙަވާލުވިއިރަށްވުރެ އެތަނެއްގެ ޙާލަތު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރަން، ނަމަވެސް މި ސަރުކާރުގައި ފެންނަނީ އެ މަންޒަރެއް ނޫން، ސަރުކާރު ކުންފުނިތަކުގެ ޙާލަތުވެސް ދުވަހެއް ދުވަހަކަށް ދަނީ ދަށަށް، އެހެން ދިމާވަނީ ކަންކަން ރަނގަޅުކޮށް، އިސްލާޙު ކުރުމުގެ ނިޔަތެއްވެސް އަދި ވިސްނުމެއްވެސް ނެތުމުން
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އާޒިމް ވިދާޅުވީ، މި ސަރުކާރުން ދުވަހެއް ދުވަހަކަށް ރައްޔިތުންނަށް ދެމުންދަނީ ނިކަމެތިކަން ކަމަށެވެ. ރައީސާ ބައްދަލުކުރުމުގެ ނަމުގައި މިހާރު ކުރިއަށްގެންދާ ކަންކަމަކީވެސް ރައްޔިތުން ލައްވައި އާދޭސް ކުރުވައި، އެމީހުން އިތުރަށް ނިކަމެތި ކުރުމަށް ހިންގާ އަމަލެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވާފަ އެވެ.

އާދަމް އާޒިމްސިޔާސަތު ކަނޑައެޅުންތައްމުއިއްޒުގެ ސަރުކާރު

އިތުރަށް ކިޔާލަން

15 ޖުލައި 2026

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތު އެޗްޑީސީއިން ނުދިން: މާލެސިޓީ ކައުންސިލް

15 ޖުލައި 2026
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތު އެޗްޑީސީއިން ނުދިން: މާލެސިޓީ ކައުންސިލް
15 ޖުލައި 2026

ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް

15 ޖުލައި 2026
ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް
13 ޖުލައި 2026

މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"

13 ޖުލައި 2026
މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"
10 ޖުލައި 2026

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލުތަކުގެ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މޭޔަރު އާޒިމް

10 ޖުލައި 2026
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލުތަކުގެ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މޭޔަރު އާޒިމް
10 ޖުލައި 2026

އަލަށް އިންތިޚާބުވި މެންބަރުންނާއެކު މާލެ ސިޓީގެ ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ: މޭޔަރ ޢާޒިމް

10 ޖުލައި 2026
އަލަށް އިންތިޚާބުވި މެންބަރުންނާއެކު މާލެ ސިޓީގެ ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ: މޭޔަރ ޢާޒިމް
06 ޖުލައި 2026

ސައީދުގެ ޓްރާންސްޕޯޓު މިނިސްޓްރީގެ މޫނުމަތި ރީތިކުރުމަށްވެސް ޕީއާރް ކޮންސަލްޓެންޓެއް ހޯދަނީ!

06 ޖުލައި 2026
ސައީދުގެ ޓްރާންސްޕޯޓު މިނިސްޓްރީގެ މޫނުމަތި ރީތިކުރުމަށްވެސް ޕީއާރް ކޮންސަލްޓެންޓެއް ހޯދަނީ!
04 ޖުލައި 2026

މިހާ އަވަހަށް ތާއީދު ގެއްލުނު ވެރިއަކު ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުގައިވެސް ނުދެކެން: ތަޒްމީލް

04 ޖުލައި 2026
މިހާ އަވަހަށް ތާއީދު ގެއްލުނު ވެރިއަކު ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުގައިވެސް ނުދެކެން: ތަޒްމީލް
27 ޖޫން 2026

ޓީ-ޖެޓީ ސަރަހައްދުން 46 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލުން ނަގައިފި

27 ޖޫން 2026
ޓީ-ޖެޓީ ސަރަހައްދުން 46 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލުން ނަގައިފި
18 ޖޫން 2026

ކައުންސިލާ ބައްދަލުކުރުމަށް އިންކާރުކުރައްވައި ލިޔެކިޔުމުން މުއާމަލާތު ކުރަން މުއްޠަލިބު އެދިވަޑައިގަތުމުން މޭޔަރުގެ ފާޑުކިޔުން: "މުއްޠަލިބަށް ހީވަނީ އެއީ މަތިން ފައިބާފައި ހުރި ބޭފުޅެއް ހެން"

17 ޖޫން 2026

ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިޢިދުގެ ތެރެއިން ކަމަށް ނިންމައިފި

17 ޖޫން 2026
ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިޢިދުގެ ތެރެއިން ކަމަށް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު