Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ސިޓީ ކައުންސިލް

އަލަށް އިންތިޚާބުވި މެންބަރުންނާއެކު މާލެ ސިޓީގެ ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ: މޭޔަރ ޢާޒިމް

10 ޖުލައި 2026 | ހުކުރު 01:59

މާލެ ސިޓީގެ ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި އަވަސް އަދި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަކީ ކައުންސިލްގެ އެންމެ ބޮޑު އަމާޒު ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ. މީގެ އިތުރުން، ރައްޔިތުންނަށް އެދެވޭ ޚިދުމަތެއް ފޯރުކޮށްދިނުމުގައި މުވައްޒަފުންގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި، މުވައްޒަފުން ބިނާކުރުމަކީ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް މޭޔަރު ވިދާޅުވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 10 ޖުލައި 2026 | ހުކުރު 01:59
މާލެ ސިޓީ ކައުންސިލް ގެ 5 ވަނަ ދައުރަށް އިންތިހާބުވި ކައުންސިލް މެންބަރުން ހުވާ ކުރެއްވި ރަސްމިއްޔާތުގެ ތެރެއިން، މާލެ ސިޓީ ކައުންސިލްގެ މޭޔަރ އަރިހުގައި މާލެ ސިޓީ ކައުންސިލަށް އިންތިހާބުވި ކައުންސިލަރުން.

މާލެ ސިޓީ ކައުންސިލް ގެ 5 ވަނަ ދައުރަށް އިންތިހާބުވި ކައުންސިލް މެންބަރުން ހުވާ ކުރެއްވި ރަސްމިއްޔާތުގެ ތެރެއިން، މާލެ ސިޓީ ކައުންސިލްގެ މޭޔަރ އަރިހުގައި މާލެ ސިޓީ ކައުންސިލަށް އިންތިހާބުވި ކައުންސިލަރުން. | މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރަށް އަލަށް އިންތިޚާބުވި ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު، މާލެ ސިޓީގެ ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެ އެވެ.

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ މާލެ ސިޓީ ހޯލުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ ކައުންސިލްގެ މި އަހަރުގެ ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމަކީ މާލެ ސިޓީގެ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ސިޓީ ކައުންސިލުން އިންތިޒާމުކުރި މުހިންމު ބައްދަލުވުމެކެވެ.

Advertisement - newsAdvertisement

9 ޖުލައި 2026 ގައި ބޭއްވި، މާލެ ސިޓީ ކައުންސިލްގެ، 2026 ވަނަ އަހަރުގެ، ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައި، މޭޔަރ އާދަމް އާޒިމް ވާހަކަ ދައްކަވަނީ.

9 ޖުލައި 2026 ގައި ބޭއްވި، މާލެ ސިޓީ ކައުންސިލްގެ، 2026 ވަނަ އަހަރުގެ، ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައި، މޭޔަރ އާދަމް އާޒިމް ވާހަކަ ދައްކަވަނީ. | މާލެ ސިޓީ ކައުންސިލް

މި ބައްދަލުވުމުގައި މޭޔަރ ވަނީ ސިޓީގެ ކުރިމަގާ މެދު އޮތް އުންމީދުތައް ރައްޔިތުންނާ ހިއްސާކުރައްވާފަ އެވެ. މޭޔަރ ވިދާޅުވީ އެންމެން ގުޅިގެން މަސައްކަތް ކުރަންވާނީ، އެންމެންގެ ބައިވެރިވުން އޮތް، އީޖާދީ، އަދި ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދޭ ސިޓީއެއް ބިނާކުރުމަށް ކަމަށެވެ. އަދި މި މަސައްކަތުގައި ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މޭޔަރ ޢާޒިމްގެ ވާހަކަފުޅުގައި ކައުންސިލްގެ ކުރިއަށް އޮތް ދަތުރުގައި އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުން ކަމުގައި ފާހަގަކުރެއްވިއެވެ. މިގޮތުން، އަވަސް އަދި ހަރުދަނާ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ކައުންސިލްގެ އިސް އިސްތިރާޖީ އަމާޒެއް ކަމުގައި ޢާޒިމް ވިދާޅުވި އެވެ.

އަޅުގަނޑުމެން ކުރިއަށްދާއިރު، އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އަވަސް އަދި ހަރުދަނާ ޚިދުމަތްތަކެއް ފޯރުކޮށްދިނުން. މިއަދު ރައްޔިތުން ބޭނުންވަނީ ލަސްނުވެ، ފަސޭހަކަމާއެކު، އަދި ދެފުށް ފެންނަ ގޮތަށް ޚިދުމަތް ލިބޭނެ މަގުތަކެއް. މި އުންމީދުތައް ހާސިލުކުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ހިފުން ނުހަނު މުހިންމު.
މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް

މީގެ އިތުރުން ކައުންސިލްގެ މުވައްޒަފުން ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މޭޔަރ ވިދާޅުވީ، އިމާރާތްތަކާއި، ސިސްޓަމްތަކާއި، ޓެކްނޮލޮޖީއަކީ މުހިންމު ވަސީލަތްތަކެއް ކަމަށްވީ ނަމަވެސް، މުވައްޒަފުންނާ ނުލައި އެ ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް އެދެވޭ ޚިދުމަތެއް ނުދެވޭނެ ކަމަށެވެ.

އިމާރާތްތަކާއި، ސިސްޓަމްތަކާއި، ޓެކްނޮލޮޖީއަކީ މުހިންމުވަސީލަތްތަކެއް. އެހެންނަމަވެސް، މުވައްޒަފުންނާ ނުލައި މިވަސީލަތްތަކުގެ އެހީގައިވެސް ރައްޔިތުންނަށް ޚިދުމަތެއްނުދެވޭނެ. ކޮންމެ ކާމިޔާބު މުއައްސަސާއެއްގެ ފަހަތުގައިވަނީއެތަނެއްގެ މުވައްޒަފުން.ޝައްކެއްވެސް ނެތް، ކޮންމެ އިދާރާއެއްގެވެސް އެންމެ އަގުބޮޑު ރައުސްމާލަކީ މުވައްޒަފުން
މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް

ޢާޒިމް އިތުރަށް ވިދާޅުވީ މުވައްޒަފުންގެ ހިތްވަރު ހުރިނަމަ، އައު އީޖާދުތަކަށް މަގުފަހިވެ، ރައްޔިތުންގެ ބޭނުންތަކަށް މާ ފުރިހަމައަށް އިޖާބަދެވޭނެ ކަމަށެވެ. އެހެންކަމުން، މުވައްޒަފުން ބިނާކުރުމަށް ކުރާ ހޭދައަކީ އިސްރާފެއް ނޫން ކަމަށާއި، އެއީ ރަނގަޅު ހިންގުމަކަށާއި ރައްޔިތުންނަށް ދެވޭ ޚިދުމަތް ރަނގަޅުކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ.

ސިޓީ ކައުންސިލްގެ މުވައްޒަފުންނަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ބަޔަކަށް ވާތީ، އެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، ޚިދުމަތްތަކުގެ ފެންވަރު ބިނާވެފައިވަނީ މުވައްޒަފުންގެ އިލްމާއި، ހުނަރާއި، އަދި މަސައްކަތަށް ހުންނަ ޝައުޤުވެރިކަމުގެ މައްޗަށް ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ. މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ލިބިފައިވުމުން، ޚިދުމަތްތައް އަވަސްވެފައި ފުރިހަމަވާނެ ކަމުގެ ޔަގީންކަން މޭޔަރ ޢާޒިމް ވަނީ ދެއްވާފަ އެވެ.

މާލޭ ސިޓީ ކައުންސިލްއާދަމް އާޒިމްމާލެ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ޖުލައި 2026

މާލެ ސިޓީ ކައުންސިލުން، މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫޢުތަކެއް ކުރިޔަށް ގެންދަން ނިންމައިފި

10 ޖުލައި 2026
މާލެ ސިޓީ ކައުންސިލުން، މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫޢުތަކެއް ކުރިޔަށް ގެންދަން ނިންމައިފި
10 ޖުލައި 2026

5 އަހަރުގެ ތަރައްގީގެ ޕްލޭނަކާއެކު މާލެ ސިޓީ "ރިތިންކް" ކުރަނީ

10 ޖުލައި 2026
5 އަހަރުގެ ތަރައްގީގެ ޕްލޭނަކާއެކު މާލެ ސިޓީ "ރިތިންކް" ކުރަނީ
10 ޖުލައި 2026

ދޯންޏަކާއި ލޯންޗެއް ޖެހި ބޮޑު އެކްސިޑެންޓެއް، އެކްސިޑެންޓް ވުމުން ދޯނި ވަނީ ފިލާފަ: ފުލުހުން

10 ޖުލައި 2026
 ދޯންޏަކާއި ލޯންޗެއް ޖެހި ބޮޑު އެކްސިޑެންޓެއް، އެކްސިޑެންޓް ވުމުން ދޯނި ވަނީ ފިލާފަ: ފުލުހުން
08 ޖުލައި 2026

މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި

08 ޖުލައި 2026
މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި
01 ޖުލައި 2026

މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!

01 ޖުލައި 2026
މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!
30 ޖޫން 2026

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ

30 ޖޫން 2026
މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ
30 ޖޫން 2026

ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!

30 ޖޫން 2026
ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!
29 ޖޫން 2026

ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
28 ޖޫން 2026

ސަރުކާރުގެ އިސް ތަރުޖަމާނު ދައްކާ ވާހަކަ އާ ސަރުކާރުގެ މިނިސްޓަރުން ދައްކާ ވާހަކަ ދިމާނުވެ ބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ޙާޖީ ޢިމާދުއްދީންގެ އުސްގެކޮޅު ވައްދައިފި

28 ޖޫން 2026
ސަރުކާރުގެ އިސް ތަރުޖަމާނު ދައްކާ ވާހަކަ އާ ސަރުކާރުގެ މިނިސްޓަރުން ދައްކާ ވާހަކަ ދިމާނުވެ ބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ޙާޖީ ޢިމާދުއްދީންގެ އުސްގެކޮޅު ވައްދައިފި
28 ޖޫން 2026

އިތުރަށް ވައުދު، ފުއްދޭ ވައުދެއް ނެތް

28 ޖޫން 2026
އިތުރަށް ވައުދު، ފުއްދޭ ވައުދެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް