Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ ބައްދަލުވުން

ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް

15 ޖުލައި 2026 | ބުދަ 07:49

ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓުކުރަން ހުޅުވާލުމަކީ ރައްޔިތުން ލައްވައި އާދޭސްކުރުވައި، ނިކަމެތިކުރުމަށް ހިންގާ "ޗަރުކޭހެއް" ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ. މޭޔަރު ވިދާޅުވީ ރައްޔިތުންގެ ހާލަތު ސަރުކާރަށް އެނގެންޖެހޭނެ ކަމަށާއި، މިފަދަ ބައްދަލުވުންތަކަކީ އެއްވެސް އިޚުލާޞްތެރިކަމެއް ނެތް، ސިޔާސީ ޑްރާމާއެއް ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ޖުލައި 2026 | ބުދަ 07:49
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް | ރާއްޖެ އެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒް އާއި ބައްދަލުކުރަން ބޭނުންވާ ރައްޔިތުން ނަން ނޯޓު ކުރުމަށް ރައީސް އޮފީހުން ހުޅުވާލުމާ ގުޅިގެން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ރައީސާ ބައްދަލުކުރެއްވުމަށް އޭނާވެސް އެދިވަޑައިގެން އުޅުއްވާތާ މިހާރު ތިން އަހަރާ ގާތްވަނީ ކަމަށާއި، މިއަދާ ހަމައަށްވެސް އެ ފުރުސަތު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

މޭޔަރު އާޒިމް ވިދާޅުވީ، ރައީސާ ބައްދަލުކުރައްވަން އޭނަ ބޭނުންފުޅުވަނީ މާލޭގެ ރައްޔިތުންގެ ހުރި ގިނަގުނަ ކަންބޮޑުވުންތަކާއި ދަތިތައް ހިއްސާކުރެއްވުމަށް ކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މާލޭގެ ގިނަ ރައްޔިތުންނާ ބައްދަލުވެފައިވާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، ރައްޔިތުން ތިބި ނިކަމެތި ހާލަތު އޭނާއަށް ނުހަނު ގާތުން އެނގިލައްވާ ކަމަށެވެ. އަދި ރައްޔިތުންގެ ހާލަތު ސަރުކާރަށް ނޭނގެނީތޯ އާއި، މިއަދު ރައްޔިތުންނާ ބައްދަލުކުރަން ނަން ނޯޓު ކުރަން ހުޅުވާލަނީ ކޮން ކަމެއް ސާފުކުރަންތޯ އާޒިމް ސުވާލު އުފެއްދެވި އެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އާޒިމް ވިދާޅުވީ، މި ސަރުކާރުން ދުވަހެއް ދުވަހަކަށް ރައްޔިތުންނަށް ދެމުންދަނީ ނިކަމެތިކަން ކަމަށެވެ. ރައީސާ ބައްދަލުކުރުމުގެ ނަމުގައި މިހާރު ކުރިއަށްގެންދާ ކަންކަމަކީވެސް ރައްޔިތުން ލައްވައި އާދޭސް ކުރުވައި، އެމީހުން އިތުރަށް ނިކަމެތި ކުރުމަށް ހިންގާ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މީގެ އިތުރުން، ރައްޔިތުންގެ ކުރިމަތީގައި "ޗަރުކޭސް" ކުޅުމާއި "ޑްރާމާ" ކުޅުން ހުއްޓާލުމަށް އާޒިމް ވަނީ ރައީސް މުއިއްޒަށް ގޮވާލައްވާފަ އެވެ.

  ދުވަހެއް ދުވަހަކަށް ރައްޔިތުންނަށް ނިކަމެތިކަން ދިނުން ނޫން ކަމެއް މި ސަރުކާރުން ނުކުރޭ، މިހާރުވެސް ރައީސާ ބައްދަލު ކުރުމުގެ ނަމުގައި ރައްޔިތުން އެ ގެންދަނީ ރައްޔިތުން ލައްވައި އާދޭސް ކުރުވައި، އެ ރައްޔިތުން ނިކަމެތި ކުރުމަށް، ކޮންމެހެން ރައްޔިތުންގެ ކުރިމަތީގައި ޗަރުކޭސް ކުޅެން އުޅޭނެކަމެއް ނެތް، ޗަރުކޭސް ކުޅެން، ޑްރާމާ ކުޅެން މިއީ ރައީސުލްޖުމްހޫރިއްޔާއޭ، އެބޭފުޅާ ބޭނުންވަނީ މީހުން ކުރިމައްޗަށް އަރައި މީހުން ލައްވައި ރޯން، އެއީ ހާދަ ނިކަމެތި ކަމެކޭ،
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް 

އާޒިމް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ ކަންކަމުގައި ވަރަށް ބޮޑަށް ފެއިލްވެފައި ކަމަށެވެ. ރައްޔިތުންގެ ހަގީގީ ހާލަތު އެނގިވަޑައިގެން ތިއްބަވައި، ބައްދަލުވުންތަކުގެ ނަމުގައި ހިންގާ މިފަދަ ކަންކަމަކީ އިޚުލާޞްތެރިކަމެއް ނެތް ކަންކަން ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

 

 

ޑރ. މުޙައްމަދު މުޢިއްޒުއާދަމް އާޒިމްމާލެ ސިޓީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ޖުލައި 2026

ޚަރަދު ކުޑަކުރަން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވަން ނިންމައިފި

14 ޖުލައި 2026
ޚަރަދު ކުޑަކުރަން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވަން ނިންމައިފި
14 ޖުލައި 2026

އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް

14 ޖުލައި 2026
އަދަބުތައް ލުއި ކޮށް، ގައިދީންނާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ބޮޑެތި އިސްލާހުތަކެއް
14 ޖުލައި 2026

ރައީސް މުއިއްޒު ގަތަރުން މާލެ ވަޑައިގެންފި

14 ޖުލައި 2026
ރައީސް މުއިއްޒު ގަތަރުން މާލެ ވަޑައިގެންފި
13 ޖުލައި 2026

ރައީސް މުޢިއްޒު ގަތަރުގެ އަމީރާ ބައްދަލުކުރައްވައިފި

13 ޖުލައި 2026
ރައީސް މުޢިއްޒު ގަތަރުގެ އަމީރާ ބައްދަލުކުރައްވައިފި
13 ޖުލައި 2026

މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"

13 ޖުލައި 2026
މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"
13 ޖުލައި 2026

ރައީސް މުޢިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރަން ހުޅުވާލައިފި

13 ޖުލައި 2026
ރައީސް މުޢިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރަން ހުޅުވާލައިފި
13 ޖުލައި 2026

އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!

13 ޖުލައި 2026
އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!
13 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި އެއް ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް

13 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި އެއް ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް
13 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ދެންނެވުމަށް ރައީސް މުއިއްޒު ގަތަރަށް ފުރާވަޑައިގެންފި

13 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ދެންނެވުމަށް ރައީސް މުއިއްޒު ގަތަރަށް ފުރާވަޑައިގެންފި
13 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާ، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ފަސްވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފި

13 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ފަސްވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް