Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށީ ސިޓީ

ކުޅުދުއްފުށީ ހުރިހާ މަގެއްގައި ތާރު އެޅުމުގެ މަޝްރޫއަށް ނެގި މުވައްޒަފުންނަށް މުސާރަލިބޭ، ޕްރޮޖެކްޓަށް ވީނުވީއެއް ނޭނގެ!

ކުޅުދުއްފުށީގެ މަގު ހެދުމުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް ހުއްޓިފައި އޮތުމުން، އެ ސިޓީގެ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާތީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. އާރްޑީސީގެ މުވައްޒަފުން ރަށުގައި މޮބިލައިޒްވެ ތިބި ނަމަވެސް އަމަލީ މަސައްކަތެއް ނުހިނގާތީ، މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކައުންސިލުން ވަނީ ގޮވާލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޖުލައި 2026 | އާދީއްތަ 06:44
ކުޅުދުއްފުށީގެ މަގުތަކުގެ ހާލަތު ގޯސްވެ، ވާރޭވެހޭ ދުވަސްވަރު ފެންބޮޑުވުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދޭ

ކުޅުދުއްފުށީގެ މަގުތަކުގެ ހާލަތު ގޯސްވެ، ވާރޭވެހޭ ދުވަސްވަރު ފެންބޮޑުވުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދޭ | ރާއްޖެ އެމްވީ

ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ މަސައްކަތްތައް ހުއްޓި، އެ ސިޓީގެ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައިވާތީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފި އެވެ.

ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއަކީ އެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ މަގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ނިމިދިޔަ ސަރުކާރުގައި ފެށި މަސައްކަތެކެވެ. އެ މަޝްރޫއު ނުނިމި އޮއްވައި މި ސަރުކާރުން ވަނީ ކުޅުދުއްފުށީ ހުރިހާ މަގެއްގައި ތާރު އަޅައިދޭނެކަމަށް ބުނެ، 3 ވަނަ ފިޔަވަހީގެ މަސައްކަތުގެ ބިންގާވެސް އަޅާފަ އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށީ ނިމިދިޔަ ސަރުކާރުގައި ކަމަށްވީ ނަމަވެސް، މި ސަރުކާރު ވެރިކަމަށް އައި ފަހުން އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައި ނުވާ ކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބޭ ޝަކުވާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ކައުންސިލުން ފާހަގަކުރެ އެވެ.

ކުޅުދުއްފުށީގެ މަގުތަކުގެ ހާލަތު ގޯސްވެ، ވާރޭވެހޭ ދުވަސްވަރު ފެންބޮޑުވުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދޭ

ކުޅުދުއްފުށީގެ މަގުތަކުގެ ހާލަތު ގޯސްވެ، ވާރޭވެހޭ ދުވަސްވަރު ފެންބޮޑުވުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދޭ | ރާއްޖެ އެމްވީ

ކުޅުދުއްފުށީ ކައުންސިލަށް ރައްޔިތުންގެ ފަރާތުން އެންމެ ގިނައިން ހުށަހެޅޭ ޝަކުވާތަކަކީވެސް މަގުތަކުގެ ހާލަތާ ގުޅޭ ޝަކުވާތަކެވެ.

ކަންމިހެން ހުރުމާއެކު، މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ތެރޭގައި މި މައްސަލަތަކަށް ހައްލު ހޯދުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ބޭނުންވާ މުހިންމު މަސައްކަތްތައް ވެސް ހިމެނޭ ކަމަށް ކައުންސިލުން ފާހަގަކުރެ އެވެ.

ނަމަވެސް މަސައްކަތް ހުއްޓިފައި އޮތުމުން ރައްޔިތުންގެ ކަންބޮޑުވުންތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

މީގެ އިތުރުން، ކުޅުދުއްފުށީ ސިޓީގެ ހުރިހާ މަގެއްގައި ތާރު އަޅައިދިނުމަކީ މި ސަރުކާރުގެ ވައުދެއްކަން ފާހަގަކުރައްވައި ކައުންސިލުން ވިދާޅުވީ، އެ މަޝްރޫއުގެ ބިންގާ 2025 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތަށް ވެސް ވީނުވީއެއް ނޭނގި މަޝްރޫއު އޮތީ ހުއްޓިފަ އެވެ.

ކައުންސިލުން އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ، މަޝްރޫއުގެ މަސައްކަތްތައް ހުއްޓިފައި އޮތް ނަމަވެސް، އެ މަސައްކަތަށް ކަމަށް ބުނެ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މުވައްޒަފުން ރަށުގައި މޮބިލައިޒްކޮށްފައި ތިބި ކަމެވެ. އަދި އެ މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދެމުންދާއިރު، އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ކައުންސިލުން ބުނެ އެވެ.

Your browser does not support the video tag.

ކުޅުދުއްފުށީގެ މަގުތަކުގެ ހާލަތު ގޯސްވެ، ވާރޭވެހޭ ދުވަސްވަރު ފެންބޮޑުވުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާއިރު، ހުއްޓިފައިވާ މަޝްރޫއުތައް އަވަހަށް ފެށުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ. މިކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

ކުޅުދުއްފުށި ސިޓީކުޅުދުއްފުށި ސިޓީ ކައުންސިލްއާރްޑީސީ

އިތުރަށް ކިޔާލަން

18 ޖުލައި 2026

ޤައުމީ ފެންވަރުގެ އެތުލީޓުން އުފައްދާ ކުޅުދުއްފުއްޓަށް ސިންތެޓިކް ޓްރެކެއް އަޅާދޭނެކަމަށް ބުނެ، އިންތިޚާބާ ދިމާކޮށް ޖަހާލީ ކަޑައެއް!

18 ޖުލައި 2026
ޤައުމީ ފެންވަރުގެ އެތުލީޓުން އުފައްދާ ކުޅުދުއްފުއްޓަށް ސިންތެޓިކް ޓްރެކެއް އަޅާދޭނެކަމަށް ބުނެ، އިންތިޚާބާ ދިމާކޮށް ޖަހާލީ ކަޑައެއް!
18 ޖުލައި 2026

ކުޅުދުއްފުށީ ހޮސްޕިޓަލަށް ބޮޑެތި ވައުދުތަކެއްވުމަށްފަހު، އިމަޖެންސީ ދޮރެއް ކަނޑާލުން ފިޔަވައި އިތުރު ކަމެއް ނުހިނގާ!

18 ޖުލައި 2026
ކުޅުދުއްފުށީ ހޮސްޕިޓަލަށް ބޮޑެތި ވައުދުތަކެއްވުމަށްފަހު، އިމަޖެންސީ ދޮރެއް ކަނޑާލުން ފިޔަވައި އިތުރު ކަމެއް ނުހިނގާ!
16 ޖުލައި 2026

ކުޅުދުއްފުށީ ކަރަންޓު މައްސަލަ ޙައްލުކުރަން ފެށި މަޝްރޫއު: "ވެރިކަން ބަދަލުވީފަހުން އިސްކޫރެއްވެސް އިތުރަށް ޖަހާނުލާ!"

16 ޖުލައި 2026
ކުޅުދުއްފުށީ ކަރަންޓު މައްސަލަ ޙައްލުކުރަން ފެށި މަޝްރޫއު: "ވެރިކަން ބަދަލުވީފަހުން އިސްކޫރެއްވެސް އިތުރަށް ޖަހާނުލާ!"
14 ޖުލައި 2026

ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ކުޅުދުއްފުއްޓަށްވީ ހަމައެކަނި ވައުދަކީ އެއަރޕޯޓުގެ އައު ޓަރމިނަލް އެޅުން، މިހާތަނަށް ފެންނަން ހުރީ ބިންގަލެއް އެކަނި!

14 ޖުލައި 2026
ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ކުޅުދުއްފުއްޓަށްވީ ހަމައެކަނި ވައުދަކީ އެއަރޕޯޓުގެ އައު ޓަރމިނަލް އެޅުން، މިހާތަނަށް ފެންނަން ހުރީ ބިންގަލެއް އެކަނި!
14 ޖުލައި 2026

ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތަކަށް ހުރަސް އެޅުން ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި

14 ޖުލައި 2026
ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތަކަށް ހުރަސް އެޅުން ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި
07 ޖުލައި 2026

ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރަން އުޅުމުން އެލް.ޖީ.އޭ އިން ހުރަސް އަޅައިފި، މޭޔަރު ވިދާޅުވީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް!

07 ޖުލައި 2026
ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރަން އުޅުމުން އެލް.ޖީ.އޭ އިން ހުރަސް އަޅައިފި، މޭޔަރު ވިދާޅުވީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް!
04 ޖުލައި 2026

މިސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލާފައިވާތީ، ހދ. އަތޮޅުގެ ރަށްތަކުން އެކުގައި މަސައްކަތް ކުރަން ބޯޑެއް އެކުލަވާލަނީ

04 ޖުލައި 2026
މިސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލާފައިވާތީ، ހދ. އަތޮޅުގެ ރަށްތަކުން އެކުގައި މަސައްކަތް ކުރަން ބޯޑެއް އެކުލަވާލަނީ
04 ޖުލައި 2026

މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް

04 ޖުލައި 2026
މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް
04 ޖުލައި 2026

ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ހިންގަން މާލީ ވުޒާރާގައި ހުއްދައަށް އެދި އަހަރެއް ވީއިރުވެސް ހުއްދަ ނުލިބޭ: މޭޔަރު ޢާޠިފް

04 ޖުލައި 2026
ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ހިންގަން މާލީ ވުޒާރާގައި ހުއްދައަށް އެދި އަހަރެއް ވީއިރުވެސް ހުއްދަ ނުލިބޭ: މޭޔަރު ޢާޠިފް
02 ޖުލައި 2026

ބިންގާ އަޅަން އޮއްސާލި ކޮންކްރީޓް ކޮޅާއެކު ހަނިމާދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިފައި

02 ޖުލައި 2026
ބިންގާ އަޅަން އޮއްސާލި ކޮންކްރީޓް ކޮޅާއެކު ހަނިމާދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު