Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ނިޒާމު

ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތަކަށް ހުރަސް އެޅުން ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި

14 ޖުލައި 2026 | އަންގާރަ 13:55

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ނިންމުންތައް ބާތިލުކުރުމަށް އެލްޖީއޭ މެދުވެރިކޮށް ސަރުކާރުން މަޖުބޫރުކުރަމުންދާ ކަމަށް ބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފި. ލާމަރުކަޒީ ނިޒާމުގެ ބާރުތައް ނިގުޅައިގަތުން ހުއްޓާލުމަށް ގޮވާލަމުން، އެ ޕާޓީން ވަނީ އަތޮޅު ކައުންސިލްތަކުގެ ދިފާއުގައި ކުޅުދުއްފުށިން ނިންމި ނިންމުމަށް ތާއީދުކޮށް، ކުރިއަށް އޮތް ތަނުގައި މި ނިޒާމު އިޔާދަކުރާނެ ކަމުގެ ޔަގީންކަން ދީފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޖުލައި 2026 | އަންގާރަ 13:55
އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން - އެމްޑީޕީން ގެންދަނީ ސަރުކާރުން ކުރަމުންދާ ނޭއްގާނީ ކަންކަމާ ދެކޮޅަށް އަޑުއުފުލަމުން.

އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން - އެމްޑީޕީން ގެންދަނީ ސަރުކާރުން ކުރަމުންދާ ނޭއްގާނީ ކަންކަމާ ދެކޮޅަށް އަޑުއުފުލަމުން. | އެމްޑީޕީ

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޤާނޫނީ ނިންމުންތަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހުރަސްއަޅައި، ލާމަރުކަޒީ ޤާނޫނާއި ޚިލާފަށް ބާރުތައް ނިގުޅައިގަންނަމުންދާތީ، އެކަންކަން ވަގުތުން ހުއްޓާލުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ލާމަރުކަޒީ ޤާނޫނުން ސިޓީ ކައުންސިލްތަކަށް ކަށަވަރުކޮށްދީފައިވާ ޤާނޫނީ ޝަޚްޞިއްޔަތާއި އަމިއްލަ އިޚްތިސާސްގެ ތެރެއިން ނިންމާ ނިންމުންތަކަށް ދައުލަތުގެ އިދާރާތަކުން ނުފޫޒު ފޯރުވައި އެ ނިންމުންތައް ބާތިލުކުރުމަށް މަޖުބޫރުކުރަމުންދާ ކަމަށެވެ. މިކަން އެންމެ ހަރުކަށި އިބާރާތުން އެ ޕާޓީން ކުށްވެރިކުރާ ކަމަށް ބަޔާނުގައި ވެއެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކުރި ނިންމުމެއް، ސަރުކާރުން އެލްޖީއޭގެ މައްޗަށް ނުފޫޒު ހިންގައިގެން ބޭނުންހާ ގޮތަކަށް ބަދަލުކުރަން އެންގުމަކީ ޤާނޫނުގެ ބާރު ކަނޑުވާލުން ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

މީގެ އިތުރުން، ކައުންސިލްތަކުން ނިންމާ ނިންމުންތަކަކީ ރަށުގެ ނުވަތަ ސިޓީގެ ރައްޔިތުންގެ ވޯޓުން އިންތިޚާބުކޮށްފައިވާ މަންދޫބުން، ރައްޔިތުންގެ ލާބައަށްޓަކައި ނިންމާ ނިންމުންތަކަކަށްވީ ހިނދު، ސަރުކާރުގެ ނުފޫޒުން ފޮނުވާ ސިޓީތަކުން މި ނިންމުންތައް ގަދަކަމުން ބާތިލުކުރުވަން އުޅުމަކީ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ނިންމުމަށާއި، ޖުމްލަކޮށް މުޅި ހދ. އަތޮޅު ރައްޔިތުންގެ ގޮވާލުންތަކަށާއި ޝުޢޫރުތަކަށް ސަރުކާރުން ބެލުމެއް ނެތްކަން ހާމަކޮށްދޭ އަލިގަދަ ހެކިތަކެއް ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ސަރުކާރަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ގޮވާލާފައިވަނީ ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ނިންމާފައިވާ ޤާނޫނީ ނިންމުމަށް އިޙްތިރާމްކޮށް، އެ ނިންމުން ބަދަލުކުރުމަށް ފޮނުވާފައިވާ ޣައިރުޤާނޫނީ އެންގުން ވަގުތުން އަނބުރާ ގެންދިއުމަށެވެ. އަދި ލާމަރުކަޒީ ގާނޫނުން އެލްޖީއޭއަށް ލިބިދީފައިވާ ބާރު ބޭނުންކުރަންވާނީ ޤާނޫނު އަސާސީއާއި ޤާނޫނުގެ ތަރަހައިގެ ތެރެއިން ކަމަށްވީ ހިނދު ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތަކަށް ހުރަސް އެޅުން ވަގުތުން ހުއްޓާލުމަށް އެ ޕާޓީން ގޮވާލި އެވެ.

އެމްޑީޕީން ބުނީ ޤާނޫނުއަސާސީން ތަސައްވަރުކުރާ ލާމަރުކަޒީ ނިޒާމެއް އެންމެ ފުރިހަމައަށް ހިންގޭނީ މުޅި އަތޮޅުގެ ރަށްތައް އެއްކޮށްލައިގެން، ރައްޔިތުންގެ ބައިވެރިވުމާއިއެކު ހިންގޭ ބާރުގަދަ އަތޮޅު ކައުންސިލެއް އޮވެގެން ކަމަށެވެ. ޒަމާނުއްސުރެ ދިވެހިރާއްޖޭގެ އިދާރީ ހިންގުން ބަހާލާފައި އޮތީ އިދާރީ އަތޮޅު ތަކެއްގެ މައްޗަށް ކަމަށާއި، މިއިން ކޮންމެ އަތޮޅަކީ ވަކި އިދާރީ، އިޤްތިސާދީ، އިޖްތިމާޢީ އަދި ޘަޤާފީ ޔުނިޓެއްކަމުން އަތޮޅު ކައުންސިލްގެ ދިފާއުގައި ކުޅުދުއްފުއްށީ ސިޓީ ކައުންސިލްގެ އިސްނެގުމަށް އެ ޕާޓީން މަރުހަބާ ކިޔާ ކަމަށް ބަޔާނުގައި ވެ އެވެ.

އެމްޑީޕީން ބުނީ ދެން އުފެދޭ އެމްޑީޕީ ސަރުކާރެއްގައި އަތޮޅު ކައުންސިލްތައް އަލުން އިޔާދަކޮށް ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ހިންގުމަށް ޑރ. މުއިއްޒުގެ ސަރުކާރުން ހުރަސް އަޅާ ޤާނޫނުތަކަށް ގެނަސްފައިވާ އެންމެހާ ބަދަލުތައް އިހު އޮތްގޮތަށް އިޔާދަކުރާނެ ކަމުގެ ޔަޤީން ކަން ރާއްޖޭގެ ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ލޯކަލް ގަވަރންމަންޓް އޮތޯރިޓީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުކުޅުދުއްފުށި ސިޓީ ކައުންސިލްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

14 ޖުލައި 2026

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

14 ޖުލައި 2026
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
13 ޖުލައި 2026

ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު އިތުރުވި ނަމަވެސް އެމްއެމްއޭއިން ބޭންކުތަކަށް އެއާއި އެއްވަރަށް ޑޮލަރު ދޫނުކުރޭ: އިލްޔާސް ލަބީބު

13 ޖުލައި 2026
ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު އިތުރުވި ނަމަވެސް އެމްއެމްއޭއިން ބޭންކުތަކަށް އެއާއި އެއްވަރަށް ޑޮލަރު ދޫނުކުރޭ: އިލްޔާސް ލަބީބު
10 ޖުލައި 2026

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލުތަކުގެ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މޭޔަރު އާޒިމް

10 ޖުލައި 2026
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލުތަކުގެ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މޭޔަރު އާޒިމް
07 ޖުލައި 2026

ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރަން އުޅުމުން އެލް.ޖީ.އޭ އިން ހުރަސް އަޅައިފި، މޭޔަރު ވިދާޅުވީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް!

07 ޖުލައި 2026
ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރަން އުޅުމުން އެލް.ޖީ.އޭ އިން ހުރަސް އަޅައިފި، މޭޔަރު ވިދާޅުވީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް!
06 ޖުލައި 2026

ބޮޑުފޮޅުދޫ ކައުންސިލުން ބިންތައް ދީފައިވަނީ ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް

06 ޖުލައި 2026
ބޮޑުފޮޅުދޫ ކައުންސިލުން ބިންތައް ދީފައިވަނީ ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް
05 ޖުލައި 2026

ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ގެއްލުވާލީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އެމްޑީޕީން ކޯޓަށް ދަނީ

05 ޖުލައި 2026
ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ގެއްލުވާލީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އެމްޑީޕީން ކޯޓަށް ދަނީ
04 ޖުލައި 2026

ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ

04 ޖުލައި 2026
ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ
04 ޖުލައި 2026

މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް

04 ޖުލައި 2026
މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް
04 ޖުލައި 2026

ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ހިންގަން މާލީ ވުޒާރާގައި ހުއްދައަށް އެދި އަހަރެއް ވީއިރުވެސް ހުއްދަ ނުލިބޭ: މޭޔަރު ޢާޠިފް

04 ޖުލައި 2026
ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ހިންގަން މާލީ ވުޒާރާގައި ހުއްދައަށް އެދި އަހަރެއް ވީއިރުވެސް ހުއްދަ ނުލިބޭ: މޭޔަރު ޢާޠިފް
03 ޖުލައި 2026

އެމްޑީޕީ އަށް ސޮއިކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ

03 ޖުލައި 2026
އެމްޑީޕީ އަށް ސޮއިކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް