Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށީ ހޮސްޕިޓަލަށް ބޮޑެތި ވައުދުތަކެއްވުމަށްފަހު، އިމަޖެންސީ ދޮރެއް ކަނޑާލުން ފިޔަވައި އިތުރު ކަމެއް ނުހިނގާ!

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޚިދުމަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ވައުދުވެފައިވީނަމަވެސް، އެ ވައުދުތައް ފުއްދުމުގައި ލަސްވުމާއި، ހަރަކާތްތައް ކުރިއަށް ނުދާތީ އެތައް ރައްޔިތުންނެއް ގެންދަނީ ޝަކުވާ ކުރަމުން.‍ ‍‍މިކަންކަމަށް ސަރުކާރުން ހައްލެއް ހޯދައިދިނުމަށް ކައުންސިލުންވެސް ވަނީ ސަރުކާރަށް ގޮވާލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޖުލައި 2026 | ހޮނިހިރު 14:22
ކުޅުދުއްފުށީ ހޮސްޕިޓަލް ޓާރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމާއި، ހޮސްޕިޓަލުގެ އައު އިމާރާތެއް އެޅުމަށް ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ވައުދުވެފައިވޭ

ކުޅުދުއްފުށީ ހޮސްޕިޓަލް ޓާރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމާއި، ހޮސްޕިޓަލުގެ އައު އިމާރާތެއް އެޅުމަށް ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ވައުދުވެފައިވޭ | ރާއްޖެ އެމްވީ

ކުޅުދުއްފުށީ ހޮސްޕިޓަލް ޓާރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމާއި، ހޮސްޕިޓަލުގެ އައު އިމާރާތެއް އެޅުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ވައުދުވެފައިވީނަމަވެސް، އެ ވައުދުތައް ފުއްދުމުގައި ފެއިލްވެފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ރާއްޖެޓީވީއާ ހިއްސާކުރި މައުލޫމާތުގައި ވާގޮތުން، ދިހަ ބުރީގެ އިމާރާތެއް އެޅުމަށް ބިންވެސް ވަނީ ހަމަޖައްސާދީފައެވެ. ނަމަވެސް އިމަރޖެންސީ ދޮރެއް ކަނޑާލުން ފިޔަވައި އިތުރު ކަމެއް ކުރިއަށް ނުދާކަމަށް ކައުންސިލުން ފާހަގަކުރެ އެވެ.

ކައުންސިލުން ފާހަގަކުރި ގޮތުގައި، ކުރިން ހޮސްޕިޓަލު ހިންގަމުން ދިޔައީ ބޯޑެއްގެ ދަށުންނެވެ. ނަމަވެސް މި ސަރުކާރު އައިސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްގެން ހިންގަމުންދާއިރު، ކޮންމެ ކަމެއްވެސް ބަދަލުވެފައިވަނީ ބޮޑު ތަކުލީފަކަށްކަމަށް ކައުންސިލުން ބުނެ އެވެ.

ހޮސްޕިޓަލުގެ ޚިދުމަތްތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން، އެންމެ ކުޑަމިނުން އާދައިގެ ބޭހާއި އިންޖެކްޝަންވެސް ހޯދަން މިއަދު ވަނީ އެތައް ގުނައަކަށް އުނދަގޫވެފައިކަމަށް ކައުންސިލުން ހާމަކުރެ އެވެ. ކަންކަން އެހެން ހުރުމުން، ރައީސް މުއިއްޒު ވިދާޅުވާ ތަރައްޤީ ކޮބައިތޯ ސުވާލު އުފެދޭކަމަށް ކައުންސިލުން ފާހަގަކުރެ އެވެ.

ހޮސްޕިޓަލުގެ ޚިދުމަތްތަކާއެކު، ޑޮކްޓަރަށް ދައްކަން އަންނަ އާރްޓީއެލް ފެރީގެ ޚިދުމަތްވެސް މިއަދު ވަނީ ވަރަށް ބޮޑަށް ދޯހަޅިވެފައިކަމަށް ކައުންސިލުން ބުނެ އެވެ. ކިރިޔާ ވައިކޮޅެއް ޖެހިލިޔަސް ފެރީވެސް ކެންސަލްވާކަމަށާއި، މިއީ ހައްތަހާވެސް ރައްޔިތުންގެ ހުރި ބޮޑެތި ކަންބޮޑުވުންކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

Your browser does not support the video tag.

ކުޅުދުއްފުށީ ސިއްޙީ ނިޒާމާ ގުޅޭގޮތުން ކައުންސިލުން ރާއްޖެޓީވީއަށް ދިން އިންޓަވިއުގެ ތެރެއިން

ކުޅުދުއްފުށީ ހޮސްޕިޓަލަކީ އުތުރުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލުގެ ޚިދުމަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ވައުދުވެފައިވީނަމަވެސް، އެ ވައުދުތައް ފުއްދުމުގައި ލަސްވުމާއި، ހަރަކާތްތައް ކުރިއަށް ނުދިއުމަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވަމުންދާ ކަމެކެވެ.

ހޮސްޕިޓަލުގެ ޚިދުމަތްތައް ރަނގަޅުކުރުމަށާއި، ވައުދުވެފައިވާ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރައްޔިތުން ސަރުކާރަށް ގޮވާލަމުންދާއިރު، މިކަންކަމަށް ހައްލެއް ހޯދައިދިނުމަށް ކައުންސިލުންވެސް ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ހއ. ދިއްދޫ ހޮސްޕިޓަލްޑރ. މުޙައްމަދު މުޢިއްޒުކުޅުދުއްފުށި ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

17 ޖުލައި 2026

މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ލަސްވެގެން 2027 ގެ ކުރީކޮޅު ފެށޭނޭކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

17 ޖުލައި 2026
މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ލަސްވެގެން 2027 ގެ ކުރީކޮޅު ފެށޭނޭކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
17 ޖުލައި 2026

2028ގެ އިންތިޚާބުގައި ރައީސް މުއިއްޒު %5 އަށް ވުރެ ދަށުން ބަލި ވާނެ: މާރިޔާ

17 ޖުލައި 2026
2028ގެ އިންތިޚާބުގައި ރައީސް މުއިއްޒު %5 އަށް ވުރެ ދަށުން ބަލި ވާނެ: މާރިޔާ
16 ޖުލައި 2026

ސިފައިންގެ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފި

16 ޖުލައި 2026
ސިފައިންގެ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފި
16 ޖުލައި 2026

ކުޅުދުއްފުށީ ކަރަންޓު މައްސަލަ ޙައްލުކުރަން ފެށި މަޝްރޫއު: "ވެރިކަން ބަދަލުވީފަހުން އިސްކޫރެއްވެސް އިތުރަށް ޖަހާނުލާ!"

16 ޖުލައި 2026
ކުޅުދުއްފުށީ ކަރަންޓު މައްސަލަ ޙައްލުކުރަން ފެށި މަޝްރޫއު: "ވެރިކަން ބަދަލުވީފަހުން އިސްކޫރެއްވެސް އިތުރަށް ޖަހާނުލާ!"
16 ޖުލައި 2026

މިއީ ހުސްއަނގަތަޅާ ސަރުކާރެއް، މިސަރުކާރުގައި ރައްޔިތުންނަށް ރަނގަޅު އެއްވެސް ޚިދުމަތެއް ނުދެވޭނެ: ޝާތިރު

16 ޖުލައި 2026
މިއީ ހުސްއަނގަތަޅާ ސަރުކާރެއް، މިސަރުކާރުގައި ރައްޔިތުންނަށް ރަނގަޅު އެއްވެސް ޚިދުމަތެއް ނުދެވޭނެ: ޝާތިރު
16 ޖުލައި 2026

މިސަރުކާރަށް މިހާރު ހުރި އެއަރޕޯޓުތައް ނުބެލެހެއްޓޭ، ދައްކަނީ އާ އެއަރޕޯޓުތައް އަޅާ ވާހަކަ: މެންބަރު ނާޒިލް

16 ޖުލައި 2026
މިސަރުކާރަށް މިހާރު ހުރި އެއަރޕޯޓުތައް ނުބެލެހެއްޓޭ، ދައްކަނީ އާ އެއަރޕޯޓުތައް އަޅާ ވާހަކަ: މެންބަރު ނާޒިލް
15 ޖުލައި 2026

ރައީސް އޮފީސް ގާނޫނާ ޚިލާފުވެގެން އަދަބު ދިނުމުން، ދެން ހިންގަން އޮތީ ކޮން ގާނޫނުގެ ވެރިކަމެއް ހެއްޔެވެ؟

15 ޖުލައި 2026
ރައީސް އޮފީސް ގާނޫނާ ޚިލާފުވެގެން އަދަބު ދިނުމުން، ދެން ހިންގަން އޮތީ ކޮން ގާނޫނުގެ ވެރިކަމެއް ހެއްޔެވެ؟
15 ޖުލައި 2026

ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފެސިލިޓީއެއް ބީއެމްއެލް އިން ތައާރަފް ކޮށްފި

15 ޖުލައި 2026
ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފެސިލިޓީއެއް ބީއެމްއެލް އިން ތައާރަފް ކޮށްފި
15 ޖުލައި 2026

ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް

15 ޖުލައި 2026
ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް
14 ޖުލައި 2026

ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ކުޅުދުއްފުއްޓަށްވީ ހަމައެކަނި ވައުދަކީ އެއަރޕޯޓުގެ އައު ޓަރމިނަލް އެޅުން، މިހާތަނަށް ފެންނަން ހުރީ ބިންގަލެއް އެކަނި!

14 ޖުލައި 2026
ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ކުޅުދުއްފުއްޓަށްވީ ހަމައެކަނި ވައުދަކީ އެއަރޕޯޓުގެ އައު ޓަރމިނަލް އެޅުން، މިހާތަނަށް ފެންނަން ހުރީ ބިންގަލެއް އެކަނި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު