Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށި ސިޓީ

ޤައުމީ ފެންވަރުގެ އެތުލީޓުން އުފައްދާ ކުޅުދުއްފުއްޓަށް ސިންތެޓިކް ޓްރެކެއް އަޅާދޭނެކަމަށް ބުނެ، އިންތިޚާބާ ދިމާކޮށް ޖަހާލީ ކަޑައެއް!

ކުޅުދުއްފުއްޓަކީ އަބަދުވެސް ޤައުމީ ފެންވަރުގެ އެތުލީޓުން އުފެދެމުން އަންނަ ރަށެއް. އެހެންވެ ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްޤީ ކުރުމަށް އެރަށުގައި ސިންތެޓިކް ޓްރެކެއް އެޅުމަކީ ރައްޔިތުން ނުހަނު އެދޭ ކަމެއް. ނަމަވެސް އެ މަޝްރޫއުގެ އެއްވެސް ވާނުވާއެއް މިއަދު ނޭނގޭކަމަށް ކައުންސިލުން މައުލޫމާތު ދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޖުލައި 2026 | ހޮނިހިރު 14:25
 ކުޅުދުއްފުށީ ސްޓޭޑިއަމްގައި ސިންތެޓިކް ޓްރެކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެކަމެއް ނުހިނގާ

ކުޅުދުއްފުށީ ސްޓޭޑިއަމްގައި ސިންތެޓިކް ޓްރެކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެކަމެއް ނުހިނގާ | ރާއްޖެ އެމްވީ

ކުޅުދުއްފުށީ ސްޓޭޑިއަމްގައި ސިންތެޓިކް ޓްރެކެއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވައުދު ފުއްދެވުމުގައި ލަސްވުމުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި މަޝްރޫއު ފުރިހަމަކުރާނެ ކަމަށް ބުނެ ސަރުކާރުން އެތައް ތާރީޚެއް ދީފައިވީ ނަމަވެސް މިހާތަނަށް މަސައްކަތް ފެށިފައި ނުވާކަމަށް ކައުންސިލުން ރާއްޖެޓީވީއާ ހިއްސާކުރި އެވެ.

ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ކުޅުދުއްފުއްޓަކީ އަބަދުވެސް ޤައުމީ ފެންވަރުގެ އެތުލީޓުން އުފެދެމުން އަންނަ ރަށެކެވެ. އެގޮތުން ފަހުގެ ތާރީޚުގައި އެކަން ސާފުކޮށް ފެންނަން އޮތްކަން ފާހަގަކޮށް ކައުންސިލުން ބުނީ، ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްޤީ ކުރުމަށް އެރަށުގައި ސިންތެޓިކް ޓްރެކެއް އެޅުމަކީ ރައްޔިތުން ނުހަނު އެދޭ ކަމެއްކަމަށެވެ.

ނިމިދިޔަ ސަރުކާރުގައިވެސް ކައުންސިލުން ވަނީ އެ ކަންބޮޑުވުން ހިއްސާކޮށްފައެވެ. އޭރު ސަރުކާރުން ނިންމީ އިންޑިއާގެ އެލްއޯސީގެ ދަށުން އެ މަސައްކަތް ކުރުމަށެވެ. މި ސަރުކާރު ވެރިކަމަށް އައުމަށްފަހުވެސް ނިންމީ އެގޮތަށް އެކަން ކުރަން ކަމަށް ކައުންސިލުން ބުނެ އެވެ.

އެންމެ ފަހުން ލޯކަލް ކައުންސިލު އިންތިޚާބާ ދިމާކޮށް "ކަޑަ ޖެހުމަށް" ސަރވޭ ޓީމެއް ފޮނުވި ކަމަށާއި، ދެ ދުވަސްތެރޭ މަސައްކަތް ފަށާގޮތަށް ނިންމައި އެކަމަށް ތައްޔާރުކަމަށް ސަރުކާރުން އޭރު ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް އިންތިޚާބަށްފަހު އެއްވެސް ކަމެއް ކުރިއަކަށް ނުދާ ކަމަށާއި، އެ ކުރި ސަރވޭއެއްގެ ދަށުން ފެށި އެއްވެސް މަސައްކަތެއް ނެތް ކަމަށް ކައުންސިލުން ބުނެ އެވެ. އަދި މިހާރު އެ މަސައްކަތުގެ އެއްވެސް ވާނުވާއެއް ރައްޔިތަކަށް އެނގޭކަށް ނެތް ކަމަށާއި، ކައުންސިލުންވެސް މަސައްކަތް ކޮށްގެންވެސް އެކަންކަން ސާފުވާ ގޮތެއް ނުވި ކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދީފަ އެވެ.

Your browser does not support the video tag.

ރަށުގެ އެހެނިހެން ކުޅިވަރާ ބެހޭ މަޝްރޫއުތައް ވެސް ހުރީ ހަމަ އެ ޙާލަތުގައި ކަމަށް ކައުންސިލުން ފާހަގަކުރެ އެވެ. މި މަޝްރޫއުތައް ފުރިހަމަކުރުމަށް ސަރުކާރުން ވައުދުވެފައިވީ ނަމަވެސް އެ ވައުދުތައް ފުއްދުމުގައި ލަސްވަމުންދާތީ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ

ޑރ. މުޙައްމަދު މުޢިއްޒުކުޅުދުއްފުށި ސިޓީ ކައުންސިލްސިންތެޓިކް ޓްރެކް

އިތުރަށް ކިޔާލަން

18 ޖުލައި 2026

ކުޅުދުއްފުށީ ހޮސްޕިޓަލަށް ބޮޑެތި ވައުދުތަކެއްވުމަށްފަހު، އިމަޖެންސީ ދޮރެއް ކަނޑާލުން ފިޔަވައި އިތުރު ކަމެއް ނުހިނގާ!

18 ޖުލައި 2026
ކުޅުދުއްފުށީ ހޮސްޕިޓަލަށް ބޮޑެތި ވައުދުތަކެއްވުމަށްފަހު، އިމަޖެންސީ ދޮރެއް ކަނޑާލުން ފިޔަވައި އިތުރު ކަމެއް ނުހިނގާ!
17 ޖުލައި 2026

މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ލަސްވެގެން 2027 ގެ ކުރީކޮޅު ފެށޭނޭކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

17 ޖުލައި 2026
މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ލަސްވެގެން 2027 ގެ ކުރީކޮޅު ފެށޭނޭކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
17 ޖުލައި 2026

2028ގެ އިންތިޚާބުގައި ރައީސް މުއިއްޒު %5 އަށް ވުރެ ދަށުން ބަލި ވާނެ: މާރިޔާ

17 ޖުލައި 2026
2028ގެ އިންތިޚާބުގައި ރައީސް މުއިއްޒު %5 އަށް ވުރެ ދަށުން ބަލި ވާނެ: މާރިޔާ
16 ޖުލައި 2026

ސިފައިންގެ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފި

16 ޖުލައި 2026
ސިފައިންގެ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފި
16 ޖުލައި 2026

ކުޅުދުއްފުށީ ކަރަންޓު މައްސަލަ ޙައްލުކުރަން ފެށި މަޝްރޫއު: "ވެރިކަން ބަދަލުވީފަހުން އިސްކޫރެއްވެސް އިތުރަށް ޖަހާނުލާ!"

16 ޖުލައި 2026
ކުޅުދުއްފުށީ ކަރަންޓު މައްސަލަ ޙައްލުކުރަން ފެށި މަޝްރޫއު: "ވެރިކަން ބަދަލުވީފަހުން އިސްކޫރެއްވެސް އިތުރަށް ޖަހާނުލާ!"
16 ޖުލައި 2026

މިއީ ހުސްއަނގަތަޅާ ސަރުކާރެއް، މިސަރުކާރުގައި ރައްޔިތުންނަށް ރަނގަޅު އެއްވެސް ޚިދުމަތެއް ނުދެވޭނެ: ޝާތިރު

16 ޖުލައި 2026
މިއީ ހުސްއަނގަތަޅާ ސަރުކާރެއް، މިސަރުކާރުގައި ރައްޔިތުންނަށް ރަނގަޅު އެއްވެސް ޚިދުމަތެއް ނުދެވޭނެ: ޝާތިރު
16 ޖުލައި 2026

މިސަރުކާރަށް މިހާރު ހުރި އެއަރޕޯޓުތައް ނުބެލެހެއްޓޭ، ދައްކަނީ އާ އެއަރޕޯޓުތައް އަޅާ ވާހަކަ: މެންބަރު ނާޒިލް

16 ޖުލައި 2026
މިސަރުކާރަށް މިހާރު ހުރި އެއަރޕޯޓުތައް ނުބެލެހެއްޓޭ، ދައްކަނީ އާ އެއަރޕޯޓުތައް އަޅާ ވާހަކަ: މެންބަރު ނާޒިލް
15 ޖުލައި 2026

ރައީސް އޮފީސް ގާނޫނާ ޚިލާފުވެގެން އަދަބު ދިނުމުން، ދެން ހިންގަން އޮތީ ކޮން ގާނޫނުގެ ވެރިކަމެއް ހެއްޔެވެ؟

15 ޖުލައި 2026
ރައީސް އޮފީސް ގާނޫނާ ޚިލާފުވެގެން އަދަބު ދިނުމުން، ދެން ހިންގަން އޮތީ ކޮން ގާނޫނުގެ ވެރިކަމެއް ހެއްޔެވެ؟
15 ޖުލައި 2026

ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފެސިލިޓީއެއް ބީއެމްއެލް އިން ތައާރަފް ކޮށްފި

15 ޖުލައި 2026
ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފެސިލިޓީއެއް ބީއެމްއެލް އިން ތައާރަފް ކޮށްފި
15 ޖުލައި 2026

ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް

15 ޖުލައި 2026
ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު