Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށީ ކަރަންޓު

ކުޅުދުއްފުށީ ކަރަންޓު މައްސަލަ ޙައްލުކުރަން ފެށި މަޝްރޫއު: "ވެރިކަން ބަދަލުވީފަހުން އިސްކޫރެއްވެސް އިތުރަށް ޖަހާނުލާ!"

ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެށި މަޝްރޫއު ހުއްޓި، އެތަން ވީރާނާވަމުންދާތީ އެ ސިޓީގެ ކައުންސިލުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މި މަސައްކަތް ހުއްޓުމުގެ ސަބަބުން ރައްޔިތުންނަށް ކަރަންޓުގެ ދަތިކަން ކުރިމަތިވަމުންދާއިރު، ސަރުކާރުގެ ފަރާތުން މިކަމަށް އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމަށް ކައުންސިލުން ބުނޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ޖުލައި 2026 | ބުރާސްފަތި 08:36
ހދ. ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ނިމިދިޔަ ސަރުކާރުން ފެށި 25 މެގަވޯޓުގެ އިންޖީނުގޭގެ މަޝްރޫއު

ހދ. ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ނިމިދިޔަ ސަރުކާރުން ފެށި 25 މެގަވޯޓުގެ އިންޖީނުގޭގެ މަޝްރޫއު | ރާއްޖެ އެމްވީ

ހދ. ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ނިމިދިޔަ ސަރުކާރުން ފެށި 25 މެގަވޯޓުގެ އިންޖީނުގޭގެ މަޝްރޫއު، ވެރިކަން ބަދަލުވި ފަހުން އެއްކޮށް ހުއްޓި، އެތަން ވީރާނާވަމުންދާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ.

ރާއްޖެޓީވީއަށް ދިން އިންޓަވިއުއެއްގައި އެ ކައުންސިލުން ވަނީ އެ މަޝްރޫއު ހުއްޓިފައިވާތީ އެކަމާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ.

ކުޅުދުއްފުށީ ކައުންސިލުން ފާހަގަކުރި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެއްވެސް މަޝްރޫއެއް ހުއްޓާނުލައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި ނަމަވެސް، ފެންނަމުންދަނީ އެއާ މުޅިން ޚިލާފު މަންޒަރުތަކެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި މި ބޮޑު މަޝްރޫއުގެ މަސައްކަތަށް ބަލާއިރު، ވެރިކަން ބަދަލުވި ފަހުން އެންމެ ކުޑަމިނުން އިސްކުރެއްވެސް ޖަހާލާފައި ނުވާކަން ކައުންސިލުން ފާހަގަކުރެއެވެ.

މި މަޝްރޫއު ހުއްޓިފައި އޮތުމުގެ ސަބަބުން އެތަނުގައި ޖަހާފައި ހުރި ޓިނުތައްވެސް ހުރީ ހުރި ގޮތަށް ކަމަށާއި، މުޅި ސަރަހައްދު އޮތީ ވީރާނާވާން ދޫކޮށްލާފައި ކަމަށް ކައުންސިލުން ބުނެ އެވެ.

ހދ. ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ނިމިދިޔަ ސަރުކާރުން ފެށި 25 މެގަވޯޓުގެ އިންޖީނުގޭގެ މަޝްރޫއު

ހދ. ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ނިމިދިޔަ ސަރުކާރުން ފެށި 25 މެގަވޯޓުގެ އިންޖީނުގޭގެ މަޝްރޫއު | ރާއްޖެ އެމްވީ

މީގެ އިތުރުން، އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، އެ މަސައްކަތުގައި އުޅުނު މުވައްޒަފުންވެސް މިހާރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިއުމުގެ ސަބަބުން ރައްޔިތުންނަށް ދަނީ ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންނެވެ. އެގޮތުން ނިމިދިޔަ ރޯދަ މަހުގެ ތެރޭގައިވެސް ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުން ކަނު އަނދިރީގައި އުޅެން ޖެހުނުކަން ކައުންސިލުން ފާހަގަކުރެއެވެ. އަދި މިހާރު ކަންތައްތައް ހުރި ގޮތުން، މިއަހަރުގެ ނިޔަލަށްވެސް އެކަށީގެންވާ ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެ އެވެ.

Your browser does not support the video tag.

މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. ނަމަވެސް އެ ބައްދަލުވުންތަކުން އެދެވޭ ނަތީޖާއެއް ނުފެންނަ ކަމަށާއި، މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ އެއްވެސް ތަފްސީލެއް ނުވަތަ އުއްމީދެއް ސަރުކާރުގެ ފަރާތުން ލިބިފައި ނުވާ ކަމަށް ކައުންސިލުން ބުނެއެވެ. މިއާއެކު ކުޅުދުއްފުށީގެ ރައްޔިތުން ތިބީ އަސާސީ ހިދުމަތެއް ކަމަށްވާ ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްކަރަންޓު މައްސަލަފެނަކަ ކުޅުދުއްފުށީ ބްރާންޗް

އިތުރަށް ކިޔާލަން

14 ޖުލައި 2026

ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ކުޅުދުއްފުއްޓަށްވީ ހަމައެކަނި ވައުދަކީ އެއަރޕޯޓުގެ އައު ޓަރމިނަލް އެޅުން، މިހާތަނަށް ފެންނަން ހުރީ ބިންގަލެއް އެކަނި!

14 ޖުލައި 2026
ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ކުޅުދުއްފުއްޓަށްވީ ހަމައެކަނި ވައުދަކީ އެއަރޕޯޓުގެ އައު ޓަރމިނަލް އެޅުން، މިހާތަނަށް ފެންނަން ހުރީ ބިންގަލެއް އެކަނި!
14 ޖުލައި 2026

ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތަކަށް ހުރަސް އެޅުން ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި

14 ޖުލައި 2026
ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތަކަށް ހުރަސް އެޅުން ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި
04 ޖުލައި 2026

މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް

04 ޖުލައި 2026
މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް
04 ޖުލައި 2026

ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ހިންގަން މާލީ ވުޒާރާގައި ހުއްދައަށް އެދި އަހަރެއް ވީއިރުވެސް ހުއްދަ ނުލިބޭ: މޭޔަރު ޢާޠިފް

04 ޖުލައި 2026
ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ހިންގަން މާލީ ވުޒާރާގައި ހުއްދައަށް އެދި އަހަރެއް ވީއިރުވެސް ހުއްދަ ނުލިބޭ: މޭޔަރު ޢާޠިފް
21 ޖޫން 2026

ޕަބްލިކް ވަރކްސް ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ނުކޮށް, ސަރުކާރުން ބޭކާރު ހަރަދުތައް ކުރާތީ ޑެޕިއުޓީ މޭޔަރ ރޯޒޭ ކަންބޮޑުވުން ފާޅުކުރައްވައިފި

21 ޖޫން 2026
ޕަބްލިކް ވަރކްސް ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ނުކޮށް, ސަރުކާރުން ބޭކާރު ހަރަދުތައް ކުރާތީ ޑެޕިއުޓީ މޭޔަރ ރޯޒޭ ކަންބޮޑުވުން ފާޅުކުރައްވައިފި
02 އެޕްރީލު 2026

ކުޅުދުއްފުށީގެ އެއާރޕޯޓް ސަރަހައްދުގެ ގޯތިތައް އިމާރާތްކުރުމަށް ދިމާވެފައިވާ މައްސަލައަށް ރިލޮކޭޝަން ޕްލޭނެއް އެކުލަވާލާނަން: ރޯޒޭ

02 އެޕްރީލު 2026
ކުޅުދުއްފުށީގެ އެއާރޕޯޓް ސަރަހައްދުގެ ގޯތިތައް އިމާރާތްކުރުމަށް ދިމާވެފައިވާ މައްސަލައަށް ރިލޮކޭޝަން ޕްލޭނެއް އެކުލަވާލާނަން: ރޯޒޭ
31 މާރިޗު 2026

150 އަށް ވުރެއް ގިނަ ދަރިވަރުންނާއެކު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޕްލޭ ސްކޫލުގެ ކިޔެވުން މާދަމާ ރަސްމީކޮށް ފަށަނީ

31 މާރިޗު 2026
150 އަށް ވުރެއް ގިނަ ދަރިވަރުންނާއެކު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޕްލޭ ސްކޫލުގެ ކިޔެވުން މާދަމާ ރަސްމީކޮށް ފަށަނީ
18 މާރިޗު 2026

އީރާން ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމައިފި

18 މާރިޗު 2026
އީރާން ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމައިފި
01 މާރިޗު 2026

މޭޔަރ ޢާޠިފްގެ "އާސްކް މޭޔަރ" ޕްރޮގްރާމް ތަޢާރަފްކޮށްފި

01 މާރިޗު 2026
މޭޔަރ ޢާޠިފްގެ "އާސްކް މޭޔަރ" ޕްރޮގްރާމް ތަޢާރަފްކޮށްފި
08 ފެބުރުއަރީ 2026

ޤާނޫނު ހުއްޓުވި ޕްލޭސްކޫލް އަލުން އައުޓްސޯސް ކުރަން ވޯޓު ދެވުނު އިރުވެސް ސަރުކާރު ކައުންސިލަރަކަށް ނޭނގުނު

08 ފެބުރުއަރީ 2026
ޤާނޫނު ހުއްޓުވި ޕްލޭސްކޫލް އަލުން އައުޓްސޯސް ކުރަން ވޯޓު ދެވުނު އިރުވެސް ސަރުކާރު ކައުންސިލަރަކަށް ނޭނގުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު