Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށި ސިޓީ

މިސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލާފައިވާތީ، ހދ. އަތޮޅުގެ ރަށްތަކުން އެކުގައި މަސައްކަތް ކުރަން ބޯޑެއް އެކުލަވާލަނީ

4 ޖުލައި 2026 | ހޮނިހިރު 14:04

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާއެކު އަތޮޅު ކައުންސިލްތަކުގެ ބާރުތައް ކުޑަވެ، ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ބުރޫއަރަމުންދާތީ ކުޅުދުއްފުށި ސިޓީއާއި ހދ. އަތޮޅުގެ ރަށްތައް ގުޅިގެން މަސައްކަތްކުރާނެ ބޯޑެއް އެކުލަވާލުމަށް ވަނީ ނިންމާފައި. މުޅި އަތޮޅުގެ ތަރައްގީއާއި މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާކުރުމަށް އުފައްދާ މި ބޯޑުގެ މަސައްކަތްތައް ފެށުމަށް އަތޮޅުގެ ހުރިހާ ރަށު ކައުންސިލްތަކުން ތާއީދުކޮށްފައިވާ ކަމަށް މޭޔަރު އާތިފް ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 4 ޖުލައި 2026 | ހޮނިހިރު 14:04
ކުޅުދުއްފުށި ސިޓީ. އެ އަތޮޅުގެ ހުރިހާ ރަށަކުން ވެސް އެސިޓީއަށް ބައެއް ޚިދުމަތްތައް ހޯދުމަށް ވަނީ ބަރޯސާވެފައި.

ކުޅުދުއްފުށި ސިޓީ. އެ އަތޮޅުގެ ހުރިހާ ރަށަކުން ވެސް އެސިޓީއަށް ބައެއް ޚިދުމަތްތައް ހޯދުމަށް ވަނީ ބަރޯސާވެފައި. | ސަން އޮންލައިން

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލާފައިވާތީ، ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން އެކުގައި މަސައްކަތް ކުރަން ބޯޑެއް އެކުލަވާލަން ނިންމާފައިވާ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް މިސަރުކާރުން ގޯނާ ކުރަމުންދާ ކަމަށާއި، ގޯސް ބަދަލުތައް ގެނެސް ކައުންސިލުތަކުގެ ބާރު ވެސް ކުޑަކުރަމުންދާ ކަމަށެވެ. 

އެގޮތުން 16 ވަނަ އިސްލާހާއެކު، ދައުރުގެ އެއް އަހަރު ވަގަށް ނަގައި، 17 ވަނަ އިސްލާހާއެކު އަތޮޅުތަކުގެ އިދާރީ ހިންގުން ފުހެލީ ކަމަށެވެ. އެއާއެކު ރައްޔިތުންނަށް ދެމުންދިޔަ އެތައް ޚިދުމަތްތަކެއް ދޭނެ ގޮތާއި މެދު ސުވާލު އުފެދި އުނދަގޫތައް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުގެ ހޮޅި ވިސްނުމާއެކު، މުޅި އަތޮޅަށް ވާންވީ ގޮތެއް ނޭނގި، ހުރިހާ ކަމެއް ބޮއްސުން ލައިގެން ދިޔަ ކަމަށެވެ.

އަތޮޅު ކައުންސިލުން އައީ ޓްރާންސްޕޯޓްގެ ޚިދުމަތްތައް ދެން. ދެން އެ ބޭފުޅުން އިއުލާނެއް ފެނުން އެއް ދުވަހު މި ހިސާބުން ފެށިގެން ލައިސަންސް ނެގުމާ ޓްރާންސްޕޯޓްގެ ޚިދުމަތްތައް މެދުކެނޑުނީއޭ ދެން. ކިހިނެއްތޯ ހަދަނީ؟ މިކަހަލަ ބޮޑެތި ގާނޫނީ ބަދަލު ގެންނައިރު އޭގެ ރައްޔިތުންނަށް ކުރާނެ އެއްވެސް ކަހަލަ ގެއްލުމަކަށް މި ބޭފުޅުން ރިއާޔަތްކުރުމެއް ނެތި މި ގެންނަނީ އަދި ގެނައި އައިސް އިތުރު ޕްލޭންތަކެއް ހަދާފައި އެކަންކަން އުނދަގޫތައް ކުޑަކުރެވޭނެ ގޮތެއްވެސް ރޭވުމެއް ނެތް. ނެތް އަޅުގަނޑު ދެން ފޭސްބުކްގައި ފޯސްޓެއް ޖެހުމާ އެކީގައި ދެން ކުޑަކޮށް ހޫނުވެގެން ދެން އިރުކޮޅަކުން ފަހުން އެލްޖީއޭ އިން އަންގައިފި އަޅުގަނޑަށް ހަނދާން ވާ ގޮތުން އެލްޖީއޭގެ ސީއީއޯ ވިދާޅުވެފައި މި އޮންނަނީ އެލްޖީއޭގެ ހުއްދަ ނުނަގައޭ ޚިދުމަތްތައް ހުއްޓާލީ. އަދި އެހެންނަމަވެސް ޚިދުމަތްތައް ފަށާނަމޭ އަޅުގަނޑުމެން.
ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް

ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ބުރޫ އަރާތީ ކަންބޮޑުވާކަން ފާހަގަކުރައްވައި އާތިފް ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގެ އަތޮޅުތަކުގެ މެދުގައި ބޮޑެތި މަޝްވަރާތައް ކުރިއަށް ގެންގޮސް މަސައްކަތް ކުރާ ކަމަށެވެ.

އެގޮތުން މުޅި އަތޮޅުގެ ތަރައްގީ އާއި ރައްޔިތުންގެ މަސްހަލު އޮންނަ ކަންކަމުގައި މަސައްކަތް ކުރުމަށް ބޯޑެއް އެކުލަވާލަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބޯޑު އެކުލަވާލަން ނިންމީ ކައުންސިލްގެ އެހެން މެންބަރުންނާއި މަޝްވަރާ ކުރުމަށްފަހު ކަމަށާއި، އެކަމަށް އެހެން މެންބަރުން ތާއީދު ކުރި ކަމަށެވެ. 

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް، ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަނީ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް، ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަނީ. | ރާއްޖެ އެމްވީ

އާތިފް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެކަމާ ގުޅޭގޮތުން ބައްދަލުވުން ބާއްވާފައިވާ ކަމަށާއި، އަތޮޅުގެ ހުރިހާ ރަށެއްގެ ރައީސުން އެކަމަށް ތާއީދު ކުރި ކަމަށެވެ. އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލް ފަރާތުން ބޯޑުގެ އުސޫލާއި ހިންގާ ގޮތް އެކުލަވާލާނެ ކަމަށާއި، ބޯޑުގެ ޗެއަރ ވެސް މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް އެ ދުވަހު އެހެން ކޮމިޓްމަންޓެއް އޮތީ. އެހެން ކަމެއްގައި މާ ކުރިން ސެޑިއުލްކުރެވިފައި އޮތީ. ދެން މަކުނުދޫ ކައުންސިލްގެ ރައީސަށް ވެސް އެހެން ކަމަކަށް ދިޔައީ. އަނެއް 9 ރަށުގެ ރައީސުންނާ އެކީގައި އަޅުގަނޑު އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ. ދެން އޭގައި އަޅުގަނޑުމެން މަޝްވަރާކުރީ، މިހެން މި ކަންބޮޑުވުން އޮތްއިރު އަޅުގަނޑުމެން އެކުގައި ކުރެވިދާނެ ބައިވަރު މަސައްކަތްތައް އެބަހުއްޓޭ. މިވެނި މިވެނި މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވިދާނެ. ކިހިނެއްތޯ ވާނީ ބޯޑެއް އެކުލަވާލަން. އެއީ މަހަކު އެއް ފަހަރު އަޅުގަނޑުމެން ބައްދަލުވިޔަސް މުޅި އަތޮޅުގެ ކަންކަން އަޅުގަނޑުމެންނަށް މަޝްވަރާކުރެވެނީ. އަދި ރާވަން ހުރި ކަންކަން ރޭވޭނެ. ދެން ބޯޑެއްގައި ގާނޫނީ ހައިސިއްޔަތެއް ނޯވެދާނެ. އެހެންނަމަވެސް، ބޯޑަކަށް އަޅުގަނޑުމެން މިހާރު ދެން އެ ދުވަހު ނިންމި ބޯޑެއް ހަދަން.
ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް

އާތިފް ވިދާޅުވީ މިސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލި ނަމަވެސް އަތޮޅުގެ އެއްބައިވަންތަކަން ނައްތާ ނުލެވޭނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ބޯޑުގެ މަސައްކަތްތައް ވެސް ފަށައި ގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އާތިފް ވިދާޅުވީ މި މައްސަލައާ ގުޅިގެން ފަހަރެއްގައި ސަސްޕެންޝަނެއް ވެސް އައިސްދާނެ ކަމަށް ގަބޫލުކުރާ ކަމަށާއި، ނަމަވެސް ކުޅުދުއްފުއްޓަކީ އަތޮޅުގެ ހުރިހާ ރަށެއް ބަރޯސާވާ ސިޓީއަކަށްވާތީ، މި މަސައްކަތް ކުރާނެ ކަމަށެވެ. 

ކުޅުދުއްފުށި ސިޓީމުހައްމަދު އާތިފްހދ. އަތޮޅު

އިތުރަށް ކިޔާލަން

21 ޖޫން 2026

ޕަބްލިކް ވަރކްސް ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ނުކޮށް, ސަރުކާރުން ބޭކާރު ހަރަދުތައް ކުރާތީ ޑެޕިއުޓީ މޭޔަރ ރޯޒޭ ކަންބޮޑުވުން ފާޅުކުރައްވައިފި

21 ޖޫން 2026
ޕަބްލިކް ވަރކްސް ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ނުކޮށް, ސަރުކާރުން ބޭކާރު ހަރަދުތައް ކުރާތީ ޑެޕިއުޓީ މޭޔަރ ރޯޒޭ ކަންބޮޑުވުން ފާޅުކުރައްވައިފި
19 ޖޫން 2026

އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމުގެ ވިސްނުން އެބަހުރި: މޭޔަރ ޢާޠިފް

19 ޖޫން 2026
އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމުގެ ވިސްނުން އެބަހުރި: މޭޔަރ ޢާޠިފް
09 ޖޫން 2026

ރައީސް ސޯލިހު އާއި އިތުބާރު ކެމްޕެއިން ޓީމް ކުޅުދުއްފުޓާއި، ހަނިމާދޫ އަށް

09 ޖޫން 2026
ރައީސް ސޯލިހު އާއި އިތުބާރު ކެމްޕެއިން ޓީމް ކުޅުދުއްފުޓާއި، ހަނިމާދޫ އަށް
09 ޖޫން 2026

އިތުބާރު ކެމްޕެއިން: "ސިޓީ ދަތުރު" ގެ 4 ވަނަ މަންޒިލް، ކުޅުދުއްފުށި ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި

09 ޖޫން 2026
އިތުބާރު ކެމްޕެއިން: "ސިޓީ ދަތުރު" ގެ 4 ވަނަ މަންޒިލް، ކުޅުދުއްފުށި ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި
30 މެއި 2026

ރައްޔިތުންނަށް މިލިބެނީ ހަމަ ކަރަންޓު ރަހަލާ މަސްދަޅުތަ؟

30 މެއި 2026
ރައްޔިތުންނަށް މިލިބެނީ ހަމަ ކަރަންޓު ރަހަލާ މަސްދަޅުތަ؟
25 މެއި 2026

ކުޅުދުއްފުށީގެ ދެ ކައުންސިލަރުންގެ ތާއީދު މީކާއިލް އަށް: "މިއީ ޕާޓީ ތަރުތީބުކުރަން ޒުވާނުން ކުރިއަށް ނެރެންވީ ވަގުތު."

25 މެއި 2026
ކުޅުދުއްފުށީގެ ދެ ކައުންސިލަރުންގެ ތާއީދު މީކާއިލް އަށް: "މިއީ ޕާޓީ ތަރުތީބުކުރަން ޒުވާނުން ކުރިއަށް ނެރެންވީ ވަގުތު."
17 މެއި 2026

ތިނަދޫ ސިޓީ ފިޔަވައި، 4 ސިޓީ އަށް ވެސް ޑެޕިއުޓީ މޭޔަރުން އިންތިޚާބު ކޮށްފި!

17 މެއި 2026
ތިނަދޫ ސިޓީ ފިޔަވައި، 4 ސިޓީ އަށް ވެސް ޑެޕިއުޓީ މޭޔަރުން އިންތިޚާބު ކޮށްފި!
28 އެޕްރީލު 2026

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާސިމް ރާއްޖެ ވަަޑައިގަތުމުން މޭޔަރ އާދަމް ޢާޒިމް މަރުޚަބާ ދަންނަވައިފި

28 އެޕްރީލު 2026
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާސިމް ރާއްޖެ ވަަޑައިގަތުމުން މޭޔަރ އާދަމް ޢާޒިމް މަރުޚަބާ ދަންނަވައިފި
05 އެޕްރީލު 2026

ސިޓީތަކުން ސަރުކާރަށް ދިނީ ރަނގަޅު މެސެޖެއް، 2028 ކާމިޔާބު ނުވާނެކަން ވަރަށް ސާފު: އާތިފް

05 އެޕްރީލު 2026
ސިޓީތަކުން ސަރުކާރަށް ދިނީ ރަނގަޅު މެސެޖެއް، 2028 ކާމިޔާބު ނުވާނެކަން ވަރަށް ސާފު: އާތިފް
04 އެޕްރީލު 2026

ވޯޓުލާ ދުވަހު ކެމްޕެއިން ނުކުރުމަށް އެދިފައި އޮއްވައިވެސް, ޕީއެންސީ ކުޅުދުއްފުށި ސިޓީ ކެންޑިޑޭޓަކު ކެމްޕެއިން ކުރި މައްސަލައެއް ފެންމަތިވެއްޖެ

04 އެޕްރީލު 2026
ވޯޓުލާ ދުވަހު ކެމްޕެއިން ނުކުރުމަށް އެދިފައި އޮއްވައިވެސް, ޕީއެންސީ ކުޅުދުއްފުށި ސިޓީ ކެންޑިޑޭޓަކު ކެމްޕެއިން ކުރި މައްސަލައެއް ފެންމަތިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް