Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހދ. އަތޮޅު

ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރަން އުޅުމުން އެލް.ޖީ.އޭ އިން ހުރަސް އަޅައިފި، މޭޔަރު ވިދާޅުވީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް!

7 ޖުލައި 2026 | އަންގާރަ 08:17

ހދ. އަތޮޅުގެ ރަށްތައް ގުޅިގެން ތަރައްޤީއަށް މަސައްކަތްކުރަން ބޯޑެއް އެކުލަވާލުމަކީ ލާމަރުކަޒީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެ އެލް.ޖީ.އޭ އިން އެ މަސައްކަތަށް ހުރަސްއަޅައިފި. މި ނިންމުމާ ގުޅިގެން ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވީ، ރައްޔިތުންގެ ހައްޤުގައި ކުރާ މި މަސައްކަތް ހުއްޓާނުލާނެ ކަމަށް.

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ | 7 ޖުލައި 2026 | އަންގާރަ 08:17
ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ހދ.އަތޮޅުގެ ރަށްރަށުގެ ރައީސުންނާއި އޮންލައިންކޮށް ބައްދަލުކުރައްވަނީ

ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ހދ.އަތޮޅުގެ ރަށްރަށުގެ ރައީސުންނާއި އޮންލައިންކޮށް ބައްދަލުކުރައްވަނީ | ކުޅުދުއްފުށި ސިޓީ ކައުންސިލް

ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ގެ އިސްނެގުމުގެ ދަށުން ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން އެކުގައި މަސައްކަތް ކުރަން ބޯޑެއް އެކުލަވާލުމުގެ މަސައްކަތަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ހުރަސް އަޅައިފި އެވެ.

މި މައްސަލައާއި ގުޅިގެން އެލް.ޖީ.އޭ އިން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް އަށް ފޮނުވި ސިޓީގައި ވަނީ, ހދ އަތޮޅު ރަށްތައް ތަމްސީލު ވާނެހެން ބޯޑެއް އުފެއްދުމަށް ނިންމި ނިންމުމަށް ދެކޮޅު ހަދައި, ވަކި ބޯޑެއް އަތޮޅެއްގައި ގާއިމުކޮށްގެން އުފައްދައިގެން މަސައްކަތްކުރުމަކީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނުގެ އިސްލާހުގެ މަހްފޫމަށް ފުށުއަރާކަމެއްކަމަށް ބުނެފަ އެވެ.

އެލް.ޖީ.އޭ އިން މޭޔަރ މުޙައްމަދު އާތިފް އަށް ފޮނުވި ސިޓީގެ ކޮޕީ

އެލް.ޖީ.އޭ އިން މޭޔަރ މުޙައްމަދު އާތިފް އަށް ފޮނުވި ސިޓީގެ ކޮޕީ | ސޯޝަލް މީޑިއާ

މިގޮތުން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވަނީ މި ސިޓީ މީސްމީޑިއާގެ ޕޯސްޓެއް މެދުވެރިކޮށް ހިއްސާކޮށް އެލް.ޖީ.އޭ އަށް ވަރުގަދަ ރައްދެއް ދެއްވާފަ އެވެ.

އެ ޕޯސްޓުގައި މޭޔަރ އާތިފް ވިދާޅުވީ, ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި ހދ އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކުގެ މަޤުސަދަކީ, އަތޮޅު ކައުންސިލުން ނުވަތަ އެލް.ޖީ.އޭ އިން ދޭ ހިދުމަތްތައް ދޭކަށް ނޫންކަމަށާއި, އެ މަސައްކަތަކީ ހދ. އަތޮޅުގެ ރަށްތައް ގުޅިގެން އަތޮޅުގެ ތަރައްޤީއަށް ކައުންސިލްތައް ގުޅިގެން ކުރެވޭނޭ މަސައްކަތްތައް ބަލާ، އެކަންކަމުން ނަތީޖާއެއް ހޯދުމަށްކަމަށާއި، މިކަމުން ފައިދާވާނީ ހަމަ މުޅި ދިވެހި ޤައުމަށާއި ރައްޔިތުންނަށް ކަމަށެވެ.

މީގެ އިތުރުން އެ މަސައްކަތް ހުއްޓާލުމަށް އެލް.ޖީ.އޭ އިން އަންގާއިރު އެލް.ޖީ.އޭ އިން ކައުންސިލްތަކުގެ ޕާފޯމެންސް ވަޒަންކުރުމުގައި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަަޅުއްވާ މަރކްސް ދޭގޮތަށް އެބައޮތް ކަމަށް މޭޔަރ ޢާޠިފް ފާހަގަކުރައްވާފައިވެ އެވެ.

މި ސިޓީގައި މި ދަންނަވަނީ އެބޭފުޅުންގެ އަމިއްލަ އުސޫލުތަކާއިވެސް ހިލާފު ވާހަކަފުޅެއް މިހެން ދައްކާ ބިރަކަށް އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނެ، މި ސަރަހައްދުގެ ރައްޔިތުންގެ ހަައްޤުގައި އަޅުގަނޑުމެން ކުރާ މަސައްކަތެއް ނުހުއްޓުވޭނެ. #ބޮޑުތިލަދުންމަތިކުރިއަށް
ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް 

ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް ހަދަން ނިންމާފައި މި ވަނީ ލާމަރުކަޒީ ނިޒާމަށް ބޮޑު ބަދަލެއް ގެނެސް، އަތޮޅު ކައުންސިލްތައް އުވާލާފައިވާ ދަނޑިވަޅެއްގަ އެވެ. އަދި މި ސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލުމުން އެކި ރަށްރަށަށް ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. 

މުހައްމަދު އާތިފްކުޅުދުއްފުށި ސިޓީލޯކަލް ގަވަރންމަންޓް އޮތޯރިޓީހދ. އަތޮޅުލާމަރުކަޒީ ގާނޫނު

އިތުރަށް ކިޔާލަން

06 ޖުލައި 2026

ބޮޑުފޮޅުދޫ ކައުންސިލުން ބިންތައް ދީފައިވަނީ ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް

06 ޖުލައި 2026
ބޮޑުފޮޅުދޫ ކައުންސިލުން ބިންތައް ދީފައިވަނީ ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް
04 ޖުލައި 2026

މިސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލާފައިވާތީ، ހދ. އަތޮޅުގެ ރަށްތަކުން އެކުގައި މަސައްކަތް ކުރަން ބޯޑެއް އެކުލަވާލަނީ

04 ޖުލައި 2026
މިސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލާފައިވާތީ، ހދ. އަތޮޅުގެ ރަށްތަކުން އެކުގައި މަސައްކަތް ކުރަން ބޯޑެއް އެކުލަވާލަނީ
03 ޖުލައި 2026

އެމްޑީޕީ އަށް ސޮއިކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ

03 ޖުލައި 2026
އެމްޑީޕީ އަށް ސޮއިކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ
21 ޖޫން 2026

ޕަބްލިކް ވަރކްސް ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ނުކޮށް, ސަރުކާރުން ބޭކާރު ހަރަދުތައް ކުރާތީ ޑެޕިއުޓީ މޭޔަރ ރޯޒޭ ކަންބޮޑުވުން ފާޅުކުރައްވައިފި

21 ޖޫން 2026
ޕަބްލިކް ވަރކްސް ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ނުކޮށް, ސަރުކާރުން ބޭކާރު ހަރަދުތައް ކުރާތީ ޑެޕިއުޓީ މޭޔަރ ރޯޒޭ ކަންބޮޑުވުން ފާޅުކުރައްވައިފި
19 ޖޫން 2026

އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމުގެ ވިސްނުން އެބަހުރި: މޭޔަރ ޢާޠިފް

19 ޖޫން 2026
އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމުގެ ވިސްނުން އެބަހުރި: މޭޔަރ ޢާޠިފް
11 ޖޫން 2026

ވޭވަށު ކައުންސިލް ހުވާކުރުމުގެ ކަންކަން ފަނޑިޔާރަކު ހަމަޖެހުނުހާ އަވަހަކަށް ކުރިއަށް ދާނެ: އެލްޖީއޭ

11 ޖޫން 2026
ވޭވަށު ކައުންސިލް ހުވާކުރުމުގެ ކަންކަން ފަނޑިޔާރަކު ހަމަޖެހުނުހާ އަވަހަކަށް ކުރިއަށް ދާނެ: އެލްޖީއޭ
09 ޖޫން 2026

ރައީސް ސޯލިހު އާއި އިތުބާރު ކެމްޕެއިން ޓީމް ކުޅުދުއްފުޓާއި، ހަނިމާދޫ އަށް

09 ޖޫން 2026
ރައީސް ސޯލިހު އާއި އިތުބާރު ކެމްޕެއިން ޓީމް ކުޅުދުއްފުޓާއި، ހަނިމާދޫ އަށް
09 ޖޫން 2026

އިތުބާރު ކެމްޕެއިން: "ސިޓީ ދަތުރު" ގެ 4 ވަނަ މަންޒިލް، ކުޅުދުއްފުށި ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި

09 ޖޫން 2026
އިތުބާރު ކެމްޕެއިން: "ސިޓީ ދަތުރު" ގެ 4 ވަނަ މަންޒިލް، ކުޅުދުއްފުށި ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި
08 ޖޫން 2026

ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް

08 ޖޫން 2026
ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް
04 ޖޫން 2026

ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

04 ޖޫން 2026
 ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް