Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑޮލަރުގެ މައްސަލަ

ޑޮލަރުގެ އަގު ތިރި ވަންދެން އުމްރާނީ ހުރިހާ މަސައްކަތެއް ހުއްޓާލަން ޖެހޭ: ނަޝީދު

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ޑޮަލަރުގެ އަގު ތިރި ނުވަނީސް ސަރުކާރުން އަސާސީ ޚިދުމަތްތަކަށް ކުރާ ޚަރަދުތައް ފިޔަވައި އެއްވެސް ޚަރަދެއް ކުރުން ރަނގަޅު ނޫން ކަމަށް. އަދި އުމްރާނީ ހުރިހާ މަސައްކަތެއް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށާއި ރަށްރަށުގައި ނުނިމި ހުރި ޕްރޮޖެކްޓުތައް ރަށު ކައުންސިލާ ހަވާލު ކުރުން ރަނގަޅު ވާނެ ކަމަށް 

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 18 ޖުލައި 2026 | ހޮނިހިރު 16:15
 އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު | ރާއްޖެއެމްވީ

ޑޮލަރުގެ އަގު ތިރި ވަންދެން، އުމްރާނީ ހުރިހާ މަސައްކަތެެއް ހުއްޓާލަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ޑޮަލަރުގެ އަގު ތިރި ނުވަނީސް ސަރުކާރުން އަސާސީ ޚިދުމަތްތަކަށް ކުރާ ޚަރަދުތައް ފިޔަވައި އިތުރު އެއްވެސް ޚަރަދެއް ކުރުން ރަނގަޅު ނޫން ކަމަށެވެ. އަދި އުމްރާނީ ހުރިހާ މަސައްކަތެއް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށާއި ރަށްރަށުގައި ނުނިމި ހުރި ޕްރޮޖެކްޓުތައް ރަށު ކައުންސިލާ ހަވާލު ކުރުން ރަނގަޅު ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސް ނަޝީދު ވިދާޅުވީ ކައުންސިލުން ކްރޮސް ސަބްސިޑީގެ އުސޫލުން އަގު ދައްކާ އެ މަސައްކަތް ނިންމިދާނެ ކަމަށެވެ. 

ރައީސް ނަޝީދު މިފަދައިން ވިދާޅުވި އިރު، ބޭރު ފައިސާގެ ބާޒާރަށް އަންނަ ބަދަލުތަކާއި ބޭރު ފައިސާގެ ކަޅު ބާޒާރެއް އުފެދިފައިވާތީ، މިކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރާ ބައްދަލު ކުރެއްވުމަށް ހުށަހަޅާފަ އެވެ. 

އޭގެ އިތުރުން ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު އިތުރުވެފައިވާއިރު، އެމްއެމްއޭ އިން ބޭންކުތަކަށް އެއާއި އެއްވަރަށް ޑޮލަރު ދޫނުކުރާކަން ހާމަވެފައިވާއިރު، އެމްޑީޕީ އިން ކުރިއަށް ގެންދިޔަ "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، ރާއްޖެއަށް ޑޮލަރު އިންފްލޯ އިތުރުވެފައިވާއިރު، އެމްއެމްއޭއިން ބޭންކުތަކަށް އެއާއި އެއްވަރަށް ޑޮލަރު ދޫނުކުރާ ކަމަށާއި، މިކަމުގެ ސަބަބުން ބޭންކުތަކުން ވިޔަފާރިތަކަށާއި އާންމު ފަރާތްތަކަށް ޑޮލަރު ނުލިބި ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ.

އިލްޔާސް ލަބީބު ވިދާޅުވީ ކަޅު ބާޒާރުގައި ބީއެމްއެލުން ޑޮލަރު ގަންނަން މަޖުބޫރު ވެގެންދިޔައީ ޑޮލަރު ނެތުމުން ކަމަށާއި، މިއީ ސާފު ހެއްކެތް ކަމަށެވެ.

ޑޮލަރުގެ މައްސަލައުމްރާނީ ތަރައްގީމުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

12 ޖުލައި 2026

މިހާރު ކަޅު ބާޒާރުގައި ވެސް ޑޮލަރު ނުލިބޭ: އަމީރު

12 ޖުލައި 2026
މިހާރު ކަޅު ބާޒާރުގައި ވެސް ޑޮލަރު ނުލިބޭ: އަމީރު
06 ޖުލައި 2026

ޑޮަލަރުގެ އަގު ތިރިކުރަން އަމިއްލަ އަށް ވީ ވައުދުގައި ސައީދު ތާށިވެފައި!

06 ޖުލައި 2026
ޑޮަލަރުގެ އަގު ތިރިކުރަން އަމިއްލަ އަށް ވީ ވައުދުގައި ސައީދު ތާށިވެފައި!
06 ޖުލައި 2026

ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު

06 ޖުލައި 2026
ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު
06 ޖުލައި 2026

ޑޮލަރުގެ މައްސަލަ ހައްލުނުވާތީ ސުވާލު ކުރުމުން މިނިސްޓަރ ސައީދު ވިދާޅުވީ ޕީއެންސީއަށް މަޖިލީސް ލިބުމަކީ ރާއްޖޭގެ ނަސީބު ކަމަށް

06 ޖުލައި 2026
ޑޮލަރުގެ މައްސަލަ ހައްލުނުވާތީ ސުވާލު ކުރުމުން މިނިސްޓަރ ސައީދު ވިދާޅުވީ ޕީއެންސީއަށް މަޖިލީސް ލިބުމަކީ ރާއްޖޭގެ ނަސީބު ކަމަށް
05 ޖުލައި 2026

މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު

05 ޖުލައި 2026
މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު
02 ޖުލައި 2026

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ

02 ޖުލައި 2026
ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ
26 ޖޫން 2026

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

26 ޖޫން 2026
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
25 ޖޫން 2026

ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް

25 ޖޫން 2026
ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް
21 ޖޫން 2026

އެމްޑީޕީން "ބޮޑު ބަދަލު" އޮފީސް ޤާއިމުކޮށްފި

21 ޖޫން 2026
އެމްޑީޕީން "ބޮޑު ބަދަލު" އޮފީސް ޤާއިމުކޮށްފި
19 ޖޫން 2026

ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް: ނަޝީދު

19 ޖޫން 2026
ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް: ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު