Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޮޑުބަދަލު

އެމްޑީޕީން "ބޮޑު ބަދަލު" އޮފީސް ޤާއިމުކޮށްފި

21 ޖޫން 2026 | އާދީއްތަ 07:14

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނުގެ "ބޮޑު ބަދަލު" ކެމްޕޭނަށް ޚާއްޞަ އޮފީހެއް އެ ޕާޓީގެ ސެކްރެޓޭރިއަޓުގައި ވަނީ ޤާއިމުކޮށްފައި. މި އޮފީހުގެ ޑައިރެކްޓަރ ޖެނެރަލްގެ މަގާމަށް އަލްއުސްތާޛު ޙަސަން ލަޠީފު ހަމަޖައްސާފައިވާއިރު، މި ނިންމުމަކީ ޕާޓީގެ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ގައުމީ މަޖިލީހުން ފާސްކޮށްގެން ނިންމި ނިންމުމެއް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޖޫން 2026 | އާދީއްތަ 07:14
ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަނީ

ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަނީ | އެމްޑީޕީ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ ސެކްރެޓޭރިއަޓުގައި "ބޮޑު ބަދަލު" އޮފީސް ޤާއިމުކޮށްފިއެވެ.

މި އޮފީސް ޤާއިމުކުރުމަށް ނިންމީ 2026 ވަނަ އަހަރުގެ 4 ވަނަ ދައުރުގެ 35 ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން އިއްވަވައި، މެންބަރުން ފާސްކުރައްވައިގެންނެވެ. މި ނިންމުން ފާސްކުރުމަށްފަހު، އެމްޑީޕީން މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރުމުގެ ގޮތުން އާދިއްތަ ދުވަހު ބަޔާނެއް ނެރެފައިވެއެވެ.

Advertisement - newsAdvertisement

މި އޮފީސް ޤާއިމު ކުރުމާ ގުޅޭ ނިންމުން ފާސްކޮށްފައި ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެ ވަޑައިގަތުމަށް ފަހު، އެމަނިކުފާނުގެ ރިޔާސަތުގައި ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.

އެމްޑީޕީން މައުލޫމާތު ދޭ ގޮތުގައި މި އޮފީހުގެ ޑައިރެކްޓަރ ޖެނެރަލްގެ ގޮތުގައި ހަމަޖައްސާފައިވަނީ އަލްއުސްތާޛު ޙަސަން ލަޠީފުއެވެ.  

އެމްޑީޕީއަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި ހިނގަމުންދާ ޕާޓީއެކެވެ. މި ޕާޓީން އަބަދުވެސް ޕާޓީގެ ހަރަކާތްތައް ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މަސައްކަތްތައް ފުޅާކުރުމަށް މަސައްކަތްކުރެއެވެ.

"ބޮޑުބަދަލު" ކެމްޕޭނަކީ ނަޝީދު އެމްޑީޕީގެ ޗެއަރޕަރސަންކަމަށް ވާދަކުރެއްވިއިރު ކުރިއަށް ގެންދެވި ކެމްޕޭނެވެ. އެގޮތުން މި ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ހިމެނިފައިވަނީ ވެރިކަން ކުރުމުގެ ނިޒާމާ ގުޅޭ ބަދަލުތަކާއި، އިސްލާޙު ކުރަން ހުށަހަޅާ ކަންކަމެވެ. އޭގެ ތެރޭގައި ޤާނޫނީ އޮނިގަނޑަށް ގެންނަން ފެންނަ ބަދަލުތަކާއި، ދައުލަތް ހިންގުން ހަރުދަނާ ކުރުމަށް ގެންނަން ފެންނަ ބަދަލުތައްވެސް ހިމެނިފައިވެއެވެ. އެ ބަދަލުތަކުގެ ތަފްސީލުތައް ކެމްޕޭނުގެ ތެރެއިން ރައީސް ނަޝީދުގެ ޓީމުން ވަނީ ހިއްސާކުރައްވާފައެވެ.

 

 

އެމްޑީޕީމުހައްމަދު ނަޝީދުހަސަން ލަތީފްބޮޑުބަދަލުގައުމީ މަޖިލިސް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

20 ޖޫން 2026

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް

20 ޖޫން 2026
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް
20 ޖޫން 2026

ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ބުނާ ސަރުކާރުން ތަކުރާރު ކޮށް ސާބިތުކޮށްދެނީ ބާރުތައް ޖަމާކުރަން ހުރި ޝައުގު

20 ޖޫން 2026
ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން ކަމަށް ބުނާ ސަރުކާރުން ތަކުރާރު ކޮށް ސާބިތުކޮށްދެނީ ބާރުތައް ޖަމާކުރަން ހުރި ޝައުގު
19 ޖޫން 2026

ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު

19 ޖޫން 2026
ރައީސް މުއިއްޒު 1 އަހަރުން ނަންގަވާ ލޯނުގެ އަދަދު، ދައްކަވާ ކަމަށް ވިދާޅުވާ ލޯނުތަކަށް ވުރެ ބޮޑު: ރިޔާޒް މަންސޫރު
19 ޖޫން 2026

ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި

19 ޖޫން 2026
ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި
19 ޖޫން 2026

ރާއްޖޭގެ އެކިކަންކޮޅުތަކުން ފެނިގެންދަނީ މާޔޫސްކަމާއި، ހިތްދަތިކަން: ވަހީދު

19 ޖޫން 2026
ރާއްޖޭގެ އެކިކަންކޮޅުތަކުން ފެނިގެންދަނީ މާޔޫސްކަމާއި، ހިތްދަތިކަން: ވަހީދު
19 ޖޫން 2026

ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރު ޖަހާ އެންމެ ފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން: މާޒް ސަލީމް

19 ޖޫން 2026
ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރު ޖަހާ އެންމެ ފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން: މާޒް ސަލީމް
19 ޖޫން 2026

އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު

19 ޖޫން 2026
އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު
19 ޖޫން 2026

އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު

19 ޖޫން 2026
އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު
19 ޖޫން 2026

ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް ވަޒީފާއިން ވަކިކުރާ އިސްވެރިންގެ ފަހަތުން ވެސް ދުވާނަން: ޒިޔާދު

19 ޖޫން 2026
ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް ވަޒީފާއިން ވަކިކުރާ އިސްވެރިންގެ ފަހަތުން ވެސް ދުވާނަން: ޒިޔާދު
19 ޖޫން 2026

ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް: ނަޝީދު

19 ޖޫން 2026
ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް: ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް