Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރު މައްސަލަ

މިހާރު ކަޅު ބާޒާރުގައި ވެސް ޑޮލަރު ނުލިބޭ: އަމީރު

12 ޖުލައި 2026 | އާދީއްތަ 17:39

އަމީރު ވިދާޅުވެފައި ވަނީ، މިހާރު ރާއްޖޭގައި ޑޮލަރުގެ އަގު ގާތް ގަނޑަކަށް 21 ރުފިޔާ އަށް އަރާފައިވާ ކަމަށް. ޑޮލަރުގެ އަގު އަރައިގެންދާއިރު، ރާއްޖޭގައި އިޤްތިޞާދީ ގިނަ ޙަރަކާތް ތަކެއް ވަނީ ހުއްޓިފައި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖުލައި 2026 | އާދީއްތަ 17:39
އެމްޑީޕީ އިން ބޭއްވި ޑޮލަރެއް ނެތް ޕެނަލް ޑިސްކަޝަންގެ ތެރެއިން.

އެމްޑީޕީ އިން ބޭއްވި ޑޮލަރެއް ނެތް ޕެނަލް ޑިސްކަޝަންގެ ތެރެއިން. | ސޯޝަލް މީޑިއާ

ރާއްޖޭގައި ޑޮލަރުގެ ރޭޓު އިންތިހާ އަށް މަތިވެފައިވާއިރު، މިހާރު ކަޅު ބާޒާރުގައި ވެސް ޑޮލަރު ލިބެން ނެތް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު އެހެން ވިދާޅުވެފައި ވަނީ އާދީއްތަ ދުވަހުގެ ރޭ، އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދިޔަ "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަންގައި އެވެ. އެ ޕެނަލް ޑިސްކަޝަންގައި އަމީރު ވަނީ ޕްރެޒެންޓޭޝަނެއް ހިއްސާ ކުރައްވައިފަ އެވެ.

Advertisement - newsAdvertisement

އެ ޕްރެޒެންޓޭޝަންގައި އަމީރު ވިދާޅުވެފައި ވަނީ، މިހާރު ރާއްޖޭގައި ޑޮލަރުގެ އަގު ގާތް ގަނޑަކަށް 21 ރުފިޔާ އަށް އަރާފައިވާ ކަމަށެވެ. ޑޮލަރުގެ އަގު އަރައިގެންދާއިރު، ރާއްޖޭގައި އިޤްތިޞާދީ ގިނަ ޙަރަކާތް ތަކެއް ވަނީ ހުއްޓިފައި ކަމަށް އަމީރު ވިދާޅުވި އެވެ. އެގޮތުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓުތައް ކުރިއަށް ނުދާ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކުގެ ވިޔަފާރި ހުއްޓިފައިވާ ކަމަށާއި އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގެ ގިނަ ކުންފުނި ތަކެއް ވެސް ހުއްޓިފައިވާ ކަމަށެވެ. 

ޑޮލަރުގެ އަގު ހުރީ 21 ރުފިޔާގައި ކަމަށް ފާހަގަ ކުރައްވައި އެ ޕްރެޒެންޓޭޝަންގައި އަމީރު ވިދާޅުވީ، ރާއްޖެ ޑޮލަރަށް ޖެހިފައިވާ ކަމަށެވެ. އަދި މީގެ ކުރިން ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބުނު ނަމަވެސް، މިހާރު ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ވެސް ނުލިބޭ ކަމަށް ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް ސަރުކާރުން 2025 ވަނަ އަހަރު ގެނައި ބަދަލާ އެކު، ބޭންކުތަކާއި އެމްއެމްއޭ އަށް 650 މިލިއަން ޑޮލަރު ވަދެފައިވާ ކަމަށް ޕްރެޒެންޓޭޝަންގައި ފާހަގަ ކޮށްފައިވެ އެވެ.

މިހާރު އަޅުގަނޑުމެންނަށް އެބަ ފެނޭ ޑޮލަރުގެ އަގު މި ހުރީ ގާތް ގަނޑަކަށް އެކާވީސް ރުފިޔާ އަށް އަރާފައި. އެކާވީސް ރުފިޔާ އަށް މި އަރައިގެންދާއިރު، އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ ރާއްޖޭގެ ގިނަ އިޤްތިޞާދީ ޙަރަކާތް ތަކެއްހެން ހުރީ ހުއްޓިފައި. ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓު ތަކެއް ކުރިއަކަށް ނުދޭ،  ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ވަނީ ހުއްޓިފައި، ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގެ ގިނަ ކުންފުނި ތަކެއް ވެސް ވަނީ ހުއްޓިފައި. މިއާ އެކު ވެސް އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ ބްލެކް މާާކެޓުގައި ރޭޓު މި ހުރީ ގާާތް ގަނޑަކަށް އެކާވީސް ރުފިޔާ އަށް. އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ ކުރިއަށް އޮތް ތަނުގައި ވެސް މި ރޭޓު މަތިވެގެންދާ ތަން.
އިބްރާހީމް އަމީރު / ކުރީގެ ފިނޭންސް މިނިސްޓަރު

މީގެ އިތުރުން ބޭންކު ތަކަށް ޑޮލަރު މާރު ކުރި ނަމަވެސް، ޑޮލަރުގެ ރޭޓު ދަށަށް ނުދާނެ ކަމަށް މީގެ ކުރިން ވެސް އެމްޑީޕީ އިން ފާހަގަ ކޮށްފައި ވާނެ ކަމަށް ވަނީ ވިދާޅުވެފައި އެވެ. އަދި ޑޮލަރުގެ ރޭޓު ދަށަށް ދާ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ އިޤްތިޞާދީ އެއްވެސް ހަމަޔަކަށް ބިނާ ނުކޮށް ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ. އެއާ އެކު ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ޑޮލަރުގެ ރޭޓު ދަނީ މައްޗަށް ކަމަށް އަމީރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އަމީރު ވިދާޅުވީ ޑޮލަރުގެ ދަތިކަމާ އެކު ރާއްޖޭގެ އާންމު ރައްޔިތު މީހާ އާއި ވިޔަފާރި ތަކަށް ވެސް ވަރަށް ބޮޑެތި ދަތި ތަކެއް ދިމާވާ ކަމަށެވެ. އެގޮތުން ރައްޔިތުން ކާޑު ތަކުން ކުރަމުން އަންނަ މުއާމަލާތް ގާތް ގަނޑަކަށް ހުއްޓިފައިވާ ކަމަށާއި، އީކޮމާސް ސައިޓު ތަކުން ޗާޖު ނަގަމުން ގެންދާ ކަމަށާއި، އަދި ލިމިޓު ކަނޑައަޅާފައިވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ. 

ރާއްޖެ މިހާރު އޮތީ ކޮސްޓް އޮފް ލިވިން ކްރައިސިސްގެ ތުންފަތް މަތީގައިކަން ފާހަގަ ކުރައްވައި އަމީރު ވިދާޅުވީ، މިހާރު ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް އިންތިހާ އަށް ބޮޑުވެފައިވާ ކަަމަށެވެ. އަދި ތަކެތީގެ އަގުތައް އިންތިހާ އަށް މަތިވަމުން އަންނަ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ. ވިޔަފާރި ތަކަަށް ޑޮލަރު ލިބުމުގައި ހުރި ދަތި ކަމުގެ ސަބަބުން، ވިޔަފާރިތައް ރަނގަޅަށް ކުރިއަށް ގެންދިޔުމަށް ފުރުސަތެއް ނެތް ކަމަށެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ޑޮލަރުގެ މައްސަލައިބްރާހިމް އަމީރު

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

06 ޖުލައި 2026

ޑޮަލަރުގެ އަގު ތިރިކުރަން އަމިއްލަ އަށް ވީ ވައުދުގައި ސައީދު ތާށިވެފައި!

06 ޖުލައި 2026
ޑޮަލަރުގެ އަގު ތިރިކުރަން އަމިއްލަ އަށް ވީ ވައުދުގައި ސައީދު ތާށިވެފައި!
06 ޖުލައި 2026

ޑޮލަރުގެ މައްސަލަ ހައްލުނުވާތީ ސުވާލު ކުރުމުން މިނިސްޓަރ ސައީދު ވިދާޅުވީ ޕީއެންސީއަށް މަޖިލީސް ލިބުމަކީ ރާއްޖޭގެ ނަސީބު ކަމަށް

06 ޖުލައި 2026
ޑޮލަރުގެ މައްސަލަ ހައްލުނުވާތީ ސުވާލު ކުރުމުން މިނިސްޓަރ ސައީދު ވިދާޅުވީ ޕީއެންސީއަށް މަޖިލީސް ލިބުމަކީ ރާއްޖޭގެ ނަސީބު ކަމަށް
25 ޖޫން 2026

ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް

25 ޖޫން 2026
ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް
13 ޖޫން 2026

ސިޔާސީ ފުރުސަތަށް އެދިވަޑައިގަންނަވާ ޒުވާނުން، މިސާލަކަށް ބަލަންވީ މިކާއީލް: ރައީސް ނަޝީދު

13 ޖޫން 2026
ސިޔާސީ ފުރުސަތަށް އެދިވަޑައިގަންނަވާ ޒުވާނުން، މިސާލަކަށް ބަލަންވީ މިކާއީލް: ރައީސް ނަޝީދު
22 މެއި 2026

ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު

22 މެއި 2026
ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު
20 މެއި 2026

މިދިޔަ އަހަރާއި އަޅާ ބަލާ ނަމަ 19 މޭއި އާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައެއްހާ ތަނުން ވަނީ މަދުވެފައި : އަމީރު

20 މެއި 2026
މިދިޔަ އަހަރާއި އަޅާ ބަލާ ނަމަ 19 މޭއި އާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައެއްހާ ތަނުން ވަނީ މަދުވެފައި : އަމީރު
09 މެއި 2026

ރައީސް ސޯލިހާ ބައްދަލެއް ނުވޭ، ވާހަކަ ދެކެވުނީ ފޯނުން: ރައީސް ނަޝީދު

09 މެއި 2026
ރައީސް ސޯލިހާ ބައްދަލެއް ނުވޭ، ވާހަކަ ދެކެވުނީ ފޯނުން: ރައީސް ނަޝީދު
06 މެއި 2026

ގައުމުގެ އިގްތިސާދު ވަނީ ހުއްޓިފައި، ގަވަރުނަރު އިސްތިއުފާ ދެއްވަން ޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

06 މެއި 2026
ގައުމުގެ އިގްތިސާދު ވަނީ ހުއްޓިފައި، ގަވަރުނަރު އިސްތިއުފާ ދެއްވަން ޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު
11 އެޕްރީލު 2026

"ކޮންމެ މެންދުރަކަށް ފަހުން ފިނިކަން ހަވީރުގެ އަންނަނީ!"

11 އެޕްރީލު 2026
"ކޮންމެ މެންދުރަކަށް ފަހުން ފިނިކަން ހަވީރުގެ އަންނަނީ!"
02 އެޕްރީލު 2026

ރެފަރަންޑަމަށް ނޫނެކޭ ބުނަން ޖެހެނީ ނޯތު ކޮރެއާ ސްޓައިލްގައި، ކިމް ޖޮން އުން ހެދިގެން މުއިއްޒު ހުދުމުހުތާރު ވެރިކަމެއް ކުރަން އުޅޭތީ: އަމީރު

02 އެޕްރީލު 2026
ރެފަރަންޑަމަށް ނޫނެކޭ ބުނަން ޖެހެނީ ނޯތު ކޮރެއާ ސްޓައިލްގައި، ކިމް ޖޮން އުން ހެދިގެން މުއިއްޒު ހުދުމުހުތާރު ވެރިކަމެއް ކުރަން އުޅޭތީ: އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް