Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީ ކައުންސިލް

5 އަހަރުގެ ތަރައްގީގެ ޕްލޭނަކާއެކު މާލެ ސިޓީ "ރިތިންކް" ކުރަނީ

10 ޖުލައި 2026 | ހުކުރު 01:56

މާލެއަކީ ދިރިއުޅެން ފަހި ޖަޒީރާ ސިޓީއަކަށް ހެދުމަށް "ރިތިންކް މާލެ އާރބަން ސްޓްރެޓެޖީ" ގެ ނަމުގައި 25 އަހަރުގެ ދުރު ރާސްތާ ޕްލޭނެއް ސިޓީ ކައުންސިލުން އެކުލަވާލައިފި. ތިމާވެއްޓާއި އިގުތިސާދުގެ އިތުރުން މުޖުތަމައަށް އަމާޒުކޮށް ހަތް އިސްތިރާޖެއްގެ މައްޗަށް އެކުލެވޭ މި ޕްލޭންގައި ދަތުރުފަތުރާއި، ބޯހިޔާވެހިކަމާއި، ފެހިކަން އިތުރުކުރުމުގެ އިތުރުން އަމާން މާހައުލެއް ގާއިމުކުރުމަށް ވަނީ ހިމަނާފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 10 ޖުލައި 2026 | ހުކުރު 01:56
9 ޖުލައި 2026 ގައި ބޭއްވި، މާލެ ސިޓީ ކައުންސިލްގެ، 2026 ވަނަ އަހަރުގެ، ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައި، މޭޔަރ އާދަމް އާޒިމް ވާހަކަ ދައްކަވަނީ: ކައުންސިލްގެ ދުރު ރާސްތާ ތަރައްގީގެ ޕްލޭން ހާމަކޮށްފައިވަނީ މި ޖަލްސާގަ.

9 ޖުލައި 2026 ގައި ބޭއްވި، މާލެ ސިޓީ ކައުންސިލްގެ، 2026 ވަނަ އަހަރުގެ، ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައި، މޭޔަރ އާދަމް އާޒިމް ވާހަކަ ދައްކަވަނީ: ކައުންސިލްގެ ދުރު ރާސްތާ ތަރައްގީގެ ޕްލޭން ހާމަކޮށްފައިވަނީ މި ޖަލްސާގަ. | މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ އަށް ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކޮށް، ދިރިއުޅެން ފަހި ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި 2027 އިން 2031 އަށް ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ މައްޗަށް އެކުލެވޭ ތަރައްގީގެ ޕްލޭނެއް މާލެ ސިޓީ ކައުންސިލުން އެކުލަވާލައިފި އެވެ.

މި ކަން ހާމަކޮށްފައިވަނީ، 9 ޖުލައި 2026 ގައި ބޭއްވި، މާލެ ސިޓީ ކައުންސިލްގެ، 2026 ވަނަ އަހަރުގެ، ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގަ އެވެ.

Advertisement - newsAdvertisement

"ރިތިންކް މާލެ އާރބަން ސްޓްރެޓެޖީ 2030/2050" ގެ ނަމުގައި އެކުލަވާލި މި ދުރު ރާސްތާ ޕްލޭންގެ މައިގަނޑު ތަސައްވަރަކީ ކުރިއަށް އޮތް 25 އަހަރު ދުވަހުގެ ތެރޭގައި މާލެއަކީ ދިރިއުޅެން ފަހި، ހިތްފަސޭހަ ޖަޒީރާ ސިޓީއަކަށް ހެދުމެވެ. މި ޕްލޭން ބަހާލެވިފައިވަނީ މައިގަނޑު ތިން ދާއިރާއަކަށެވެ. އެއީ ތިމާވެށި، އިގުތިސާދު އަދި މުޖުތަމައެވެ. މި ދާއިރާތަކުގެ ދަށުން ޖުމްލަ 7 އިސްތިރާޖެއް ވަނީ ކަނޑައަޅާފަ އެވެ.

ޕްލޭންގެ ފުރަތަމަ އިސްތިރާޖަކީ މާލެއަކީ "ހަލުވި ސިޓީ" އަކަށް ހެދުމެވެ. މީގެ މަގުސަދަކީ ދަތުރުފަތުރު ކުރުމާއި ހިނގާބިނގާވެ އުޅުމަށް ފަސޭހަ ނިޒާމެއް ގާއިމުކުރުމެވެ. މީގެ ދަށުން ވެހިކަލް ކެރީން ކެޕޭސިޓީ ކަނޑައެޅުމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ވަނީ ނިންމާފަ އެވެ.

ދެވަނަ އިސްތިރާޖަކީ "ފިނި ސިޓީ" އެކެވެ. މާލޭގެ ހޫނުމިން މަޑުކުރުމަށްޓަކައި ފެހިކަން އިތުރުކުރުމާއި، ފެންބޮޑުވުމުގެ މައްސަލަ ހައްލުކޮށް، ކުނި އުކާލުމުގެ ނިޒާމު ހަރުދަނާކުރުމަށް ވަނީ ހިމަނާފައެވެ. ތިންވަނަ އިސްތިރާޖެއްގެ ގޮތުގައި އޮތީ "ބަދަލުތަކަށް އިޖާބަދޭ ސިޓީ" އަކަށް ހެދުމެވެ. މީގެ ދަށުން ބިންތައް ބޭނުންކުރާ ގޮތް ތަރުތީބުކޮށް، ސިނާއީ މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތައް ކަނޑައެޅުން ހިމެނެއެވެ.

އިގުތިސާދީ ކުރިއެރުމަށް އަމާޒުކޮށް ހަތަރުވަނަ އިސްތިރާޖެއްގެ ގޮތުގައި "ފާގަތި ސިޓީ" އެއް ބިނާކުރުން ހިމަނާފައިވާއިރު، ފަސްވަނަ އިސްތިރާޖަކީ "އެންމެން ހިއްސާވާ ސިޓީ" އެކެވެ. މީގެ ބޭނުމަކީ ބޯހިޔާވެހިކަމާއި ވަޒީފާގެ ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމެވެ. ހަވަނަ އިސްތިރާޖެއްގެ ގޮތުގައި "އަމިއްލަވަންތަ ސިޓީ" އެއްގެ ގޮތުގައި މާލެ ތަރައްގީކޮށް، ސަގަފީ ތަރިކަ ރައްކާތެރިކުރުމަށް ވަނީ ނިންމާފައެވެ.

ޕްލޭންގެ އެންމެ ފަހު އިސްތިރާޖަކީ "އަމާން އަދި ރައްކާތެރި ސިޓީ" އެކެވެ. މީގެ ދަށުން ގާނޫނީ އެހީތެރިކަމާއި ޑިޖިޓަލް ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުވުން ހިމެނެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި މި ހުރިހާ ލަނޑުދަނޑިތަކެއް ހާސިލްކުރުމަށްޓަކައި ކައުންސިލްގެ އިދާރީ ހިންގުން މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމަށް ވެސް ވަނީ ރޭވިފައެވެ. މި ޕްލޭނަކީ މާލޭގެ މުސްތަގުބަލަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރެ އެވެ. 

ސިޓީ ކައުންސިލުން ހާމަކުރި ގޮތުގަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމަކީ މާލެ ސިޓީގެ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

މާލޭ ސިޓީ ކައުންސިލްރިތިންކް މާލެ އާރބަން ސްޓްރެޓެޖީ 2030/2050މާލެ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ޖުލައި 2026

ދޯންޏަކާއި ލޯންޗެއް ޖެހި ބޮޑު އެކްސިޑެންޓެއް، އެކްސިޑެންޓް ވުމުން ދޯނި ވަނީ ފިލާފަ: ފުލުހުން

10 ޖުލައި 2026
 ދޯންޏަކާއި ލޯންޗެއް ޖެހި ބޮޑު އެކްސިޑެންޓެއް، އެކްސިޑެންޓް ވުމުން ދޯނި ވަނީ ފިލާފަ: ފުލުހުން
08 ޖުލައި 2026

މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި

08 ޖުލައި 2026
މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި
01 ޖުލައި 2026

މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!

01 ޖުލައި 2026
މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!
30 ޖޫން 2026

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ

30 ޖޫން 2026
މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ
30 ޖޫން 2026

ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!

30 ޖޫން 2026
ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!
29 ޖޫން 2026

ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
28 ޖޫން 2026

ސަރުކާރުގެ އިސް ތަރުޖަމާނު ދައްކާ ވާހަކަ އާ ސަރުކާރުގެ މިނިސްޓަރުން ދައްކާ ވާހަކަ ދިމާނުވެ ބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ޙާޖީ ޢިމާދުއްދީންގެ އުސްގެކޮޅު ވައްދައިފި

28 ޖޫން 2026
ސަރުކާރުގެ އިސް ތަރުޖަމާނު ދައްކާ ވާހަކަ އާ ސަރުކާރުގެ މިނިސްޓަރުން ދައްކާ ވާހަކަ ދިމާނުވެ ބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ޙާޖީ ޢިމާދުއްދީންގެ އުސްގެކޮޅު ވައްދައިފި
28 ޖޫން 2026

އިތުރަށް ވައުދު، ފުއްދޭ ވައުދެއް ނެތް

28 ޖޫން 2026
އިތުރަށް ވައުދު، ފުއްދޭ ވައުދެއް ނެތް
27 ޖޫން 2026

ކޮންޓޭނަރުތަކެއް އޮޔާދާތީ، ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

27 ޖޫން 2026
ކޮންޓޭނަރުތަކެއް އޮޔާދާތީ، ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
27 ޖޫން 2026

ޓީ-ޖެޓީ ސަރަހައްދުން 46 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލުން ނަގައިފި

27 ޖޫން 2026
ޓީ-ޖެޓީ ސަރަހައްދުން 46 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލުން ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް