Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ20 ވަނަ ރައްޔިތުންގެ މަޖިލީސް

ވަޒީރުން ޖަވާބު ނުދެއްވުމުން އެކަމާއި އުފާފާޅުކޮށް މެންބަރުން އަތް ޖައްސަވާ، މިއީ މަޖިލީހެއްގެ ހަޔާތުގައި ލަދުގަންނަން ޖެހޭ ކަންކަން: މެންބަރު ޒިޔާދު

8 ޖުލައި 2026 | ބުދަ 15:01

ވަޒީރުން މަޖިލީހަށް ހާޒިރުވެ ސުވާލުތަކަށް ސީދާ ޖަވާބު ނުދެއްވައި ވަގުތު ނަގާލުމަށް މަސައްކަތް ކުރައްވާ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ތުހުމަތުކޮށްފައި. މެންބަރު ޒިޔާދު ވިދާޅުވީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ސުވާލުތަކަށް ޖަވާބު ނުދެއްވާ މައްސަލަ ބޮޑުވި ނަމަވެސް އެކަމާ އުފާފާޅުކޮށް ޕީއެންސީގެ މަޖިލިސް މެންބަރު އަތް ޖައްސަވާ ކަމަށާއި، މިއީ ހިތާމަ ހުރި ކަމެއް ކަމަށް. އަދި މެންބަރު ޝަމްހީދު ވެސް ވަނީ މަޖިލިސް ކުރިއަށްދާ ގޮތާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޖުލައި 2026 | ބުދަ 15:01
ބުދަ ދުވަހު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވާހަކަ ދައްކަވަނީ.

ބުދަ ދުވަހު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި ވަޒީރުން ޖަވާބު ނުދެއްވުމުން އެކަމާއި އުފާފާޅުކޮށް ޕީއެންސީގެ ރައްޔިތުން މަޖިލިސް މެންބަރުން އަތް ޖައްސަވާ ކަމަށާއި، މިއީ މަޖިލީހެއްގެ ހަޔާތުގައި ލަދުގަންނަން ޖެހޭ ކަންކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ، ހެލްތު މިނިސްޓަރު ގީލާ އަލީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ސުވާލުތަކަށް ޖަވާބު ނުދެއްވާ ކަމަށާއި، ނަމަވެސް 2018 އިން 2023 ށް ހިނގާފައިވާ ކަންކަމާ ގުޅޭގޮތުން ވަރަށް ފަރިތަކޮށް ޖަވާބު ދެއްވި ކަމަށެވެ.

މިއީ ރޭވިގެން ކުރާ ކަމެއްކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ސުވާލު ކުރުމަށް ލިބެނީ 30 މިނެޓު ކަމަށާއި، މިއީ ވަގުތު ނަގާލުމަށް ކުރާ ކަމެއް ކަމަށެވެ. މެންބަރު ޒިޔާދު ވިދާޅުވީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ސުވާލުތަކަށް ޖަވާބު ނުދެއްވާ މައްސަލަ ބޮޑުވި ނަމަވެސް އެކަމާ އުފާފާޅުކޮށް ޕީއެންސީގެ މަޖިލިސް މެންބަރު އަތް ޖައްސަވާ ކަމަށާއި، މިއީ ހިތާމަ ހުރި ކަމެއް ކަމަށެވެ. އަދި މިއީ މަޖިލީހެއްގެ ހަޔާތުގައި ލަދު ގަންނަން ޖެހޭ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މެންބަރު ޒިޔާދު ވަނީ މީގެ ދެ އަހަރު ކުރިން ޑިފެންސް މިނިސްޓަރާ ކުރި ސުވާލަށް ވެސް ޖަވާބު ލިބިފައިވާނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. 

މިނިސްޓަރު އިސްތިއުފާ ދެއްވީމާ މި ވަގުތު ހުރީ އެހެން މިނިސްޓަރެކޭ. އަލުން ބޭނުންފުޅު ނަމަ ތިސުވާލު ކުރާށޭ. އަޅުގަނޑު ސުވާލު ވަރަށް ސާފު. ވަރަށް ކުރު. އިންޑީއާއެކު ހެދިފައި ހުރި އެގްރިމެންޓުތަކުގައި ދިވެހިރާއްޖޭގެ ސިޔާދަތާއި ނުރައްކާވާ ކަހަލަ މާއްދާއެއް އެބައޮތްތޯ. އެސް އޯ ނޯ ސުވާލެއް މިއީ. ދެ އަހަރު ފަހުން އެ ވިދާޅުވި ވަޒީރު ބަދަލު ވެއްޖޭ. އަނެއްކާ ސުވާލު ކުރާށޭ. ދެން ފިނޭންސް މިނިސްޓްރީއަށް އަޅުގަނޑުމެން މި ސުވާލުކުރަނީ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައި ތިބި މީހުންނަށް މުސާރައޭ ކިހާވަރެއް އަހަރަކު ހޭދަވޭހޭ. 115 ވަނަ މާއްދާއިން. މިއީ ވަރަށް ސާފު. 115 ވަނަ މާއްދާއަކަށް ނުނެގޭނެ ފެނެކައަކަށް މީހުންނެއް. އެޗްޑީސީއަކަށް މީހުން ނުނަގާނެ. 115 ވަނަ މާއްދާއިން މީހުން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން. ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ހަމަ އެހުރިހާ މައުލޫމާތެއް ރަނގަޅަށް އިނގޭނެ. ފިނޭންސް މިނިސްޓަރަށް އަޅުގަނޑުމެންގެ ސުވާލުކޮށްފިން. ވަޒީރަކަށް އެ ޖަވާބެއް ނުދިން.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު 

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ވަނީ މަޖިލިސް ކުރިއަށްދާ ގޮތާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. 

މެންބަރު ޝަމްހީދު ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ މިހާރު މަޖިލިސް ކުރިއަށް ދާގޮތް ކަމަށާއި ކުރާނެ މަސައްކަތެއް ނެތުމުން އެންމެ އިސްލާހެއް ހަފްތާއެއް ވަންދެން ދިގު ދަންމަން ޖެހޭ ކަމަށެވެ. އަދި ކޮމިޓީތަކުގައި މިހާރު މަހަކު އާންމުކޮށް ހޭދަ ކުރަނީ 15 މިނެޓް ކަމަށް ވެސް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. 

މިހާރު މަޖިލީހުގައި ހަމައެކަނި އޮތީ އެމަންޑްމެންޓެއް ކުންޔާއި ބެހޭ ގޮތުން އައިސަ އިން، އެ އިސްލާހަށް މިއަދު އެންމެ ބޭފުޅަކަށް ފުރުސަތު ލިބުނީ ބަހުސް ކޮށްލަން، އެއީ ކުރާނެ އިތުކަމެއް ނެތީމަ ހަމަ މިޖެހެނީ ހަމަ އެންމެ އެމަންޑްމެންޓެއް އަޅުގަނޑުމެން މި ހަފްތާގައި ތަޅުވަން
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު

މިއަދު ވެސް މާލިއްޔަތު ކޮމިޓީ ޖަލްސާއެއް އެޖެންޑާކުރި ކަމަށާއި އެޖެންޑާ ގަޑި ޖެހުނުއިރު ޖަލްސާ ކެންސަލް ކޮށްފައިވާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. އަދި ވަޒީރުން މަޖިލީހަށް އައިސްފައި އަމަލުކުރާގޮތާއި މެދު ކަންބޮޑުވާ ކަމަށާއި ސަރުކާރުން ޖަވާބުދާރީ ކުރަން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނުކުރާކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.

ޑރ. އަހްމަދު ޝަމްހީދު20 ވަނަ ރައްޔިތުންގެ މަޖިލީސްވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

އިތުރަށް ކިޔާލަން

08 ޖުލައި 2026

މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ

08 ޖުލައި 2026
މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ
08 ޖުލައި 2026

ހެލްތު މިނިސްޓަރަށް ސުވާލު ކޮށްގެންވެސް ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ރާއްޖޭގައި ހުރިކަމެއް ސާފެއް ނުވި

08 ޖުލައި 2026
ހެލްތު މިނިސްޓަރަށް ސުވާލު ކޮށްގެންވެސް ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ރާއްޖޭގައި ހުރިކަމެއް ސާފެއް ނުވި
06 ޖުލައި 2026

ޑިޖިޓަލް ކުރާ ޚިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ނުލިބޭތީ ދައުލަތަށް ވެސް އެކަމުގެ ގެއްލުން ލިބޭ: މެންބަރު މައުރޫފް

06 ޖުލައި 2026
ޑިޖިޓަލް ކުރާ ޚިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ނުލިބޭތީ ދައުލަތަށް ވެސް އެކަމުގެ ގެއްލުން ލިބޭ: މެންބަރު މައުރޫފް
05 ޖުލައި 2026

މަޖިލީހުގެ ޖަލްސާ އެއް މާދަމާ، އޮއްޓަރު ހުރި މަސައްކަތެއް އެޖެންޑާގައި ނެތް!

05 ޖުލައި 2026
މަޖިލީހުގެ ޖަލްސާ އެއް މާދަމާ، އޮއްޓަރު ހުރި މަސައްކަތެއް އެޖެންޑާގައި ނެތް!
05 ޖުލައި 2026

ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު

05 ޖުލައި 2026
ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު
04 ޖުލައި 2026

ފުޓްބޯޅަ މެޗްގައި ބައިކޮޅަށް ލަނޑު ޖެހުމުން ބަލިވާކަން ރައީސް މުއިއްޒަށް އަދިވެސް އެނގިވަޑައިނުގަންނަވާ: މެންބަރު ޒިޔާދު

04 ޖުލައި 2026
ފުޓްބޯޅަ މެޗްގައި ބައިކޮޅަށް ލަނޑު ޖެހުމުން ބަލިވާކަން ރައީސް މުއިއްޒަށް އަދިވެސް އެނގިވަޑައިނުގަންނަވާ: މެންބަރު ޒިޔާދު
04 ޖުލައި 2026

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާއިރު ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް 241 ކޮމެޓީއަށް ނުނިންމޭނެ: އަލީ ހުސެއިން

04 ޖުލައި 2026
ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާއިރު ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް 241 ކޮމެޓީއަށް ނުނިންމޭނެ: އަލީ ހުސެއިން
02 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި

02 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި
02 ޖުލައި 2026

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ

02 ޖުލައި 2026
ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ
02 ޖުލައި 2026

ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު

02 ޖުލައި 2026
ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް