Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ސައުދީ

ސައުދީ އަށް 1.96 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

16 ޖުލައި 2026 | ބުރާސްފަތި 06:27

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި މުއާމަލާތުގެ ދަށުން ސައުދީ އަރަބިއްޔާ އަށް ބޭނުންވާ އެކި ބާވަތް ތަކުގެ ޒަމާނީ ހަތިޔާރާއި، އަސްކަރީ ސާމާނު ފޯރުކޮށްދެވޭނެ ކަމަށް. މީގެ ތެރޭގައި މިސައިލް ޑިފެންސް ސިސްޓަމް ތަކާއި، އެހެނިހެން އަސްކަރީ އާލާތްތައް ހިމެނޭއިރު، މިއީ އެ ގައުމުގެ ސިޔާދަތީ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު އެހީތެރި ކަމަކަށް ވާނެ ކަމަށް އެމެރިކާ އިން ގަބޫލު ކުރޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖުލައި 2026 | ބުރާސްފަތި 06:27
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން | ގެޓީ އިމޭޖަސް

އިރާން އާއެކު އޮތް ނުތަނަވަސްކަން އިތުރުވެ، މެދު އިރުމަތީގެ މަސްރަހު ހޫނުވަމުންދާ ދަނޑިވަޅެއްގައި، ސައުދީ އަރަބިއްޔާ އަށް ގާތް ގަނޑަކަށް 1.96 ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ހުއްދަ ދީފި އެވެ.

މި ނިންމުމަކީ ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށާއި، ސައުދީގެ ދިފާއީ ގާބިލުކަން އިތުރު ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ބުނެފައިވެ އެވެ. 

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި މުއާމަލާތުގެ ދަށުން ސައުދީ އަރަބިއްޔާ އަށް ބޭނުންވާ އެކި ބާވަތް ތަކުގެ ޒަމާނީ ހަތިޔާރާއި، އަސްކަރީ ސާމާނު ފޯރުކޮށްދެވޭނެ ކަމަށެވެ. މީގެ ތެރޭގައި މިސައިލް ޑިފެންސް ސިސްޓަމް ތަކާއި، އެހެނިހެން އަސްކަރީ އާލާތްތައް ހިމެނޭއިރު، މިއީ އެ ގައުމުގެ ސިޔާދަތީ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު އެހީތެރި ކަމަކަށް ވާނެ ކަމަށް އެމެރިކާ އިން ގަބޫލު ކުރެ އެވެ.

މި ހަތިޔާރުގެ މުއާމަލާތް ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައި މިވަނީ، އީރާން އާއި އެމެރިކާގެ މަސްލަހަތު އޮންނަ ގައުމުތަކާ ދެމެދު އޮތް ކުރިމަތިލުންތައް ވަރުގަދަވެ، ހަނގުރާމައިގެ ބިރުވެރިކަން ބޮޑު ވެފައިވާ ދަނޑިވަޅެއްގައި އެވެ. ހާއްސަކޮށް އީރާންގެ ނުފޫޒު ސަރަހައްދުގައި ފެތުރެމުންދާ ދިޔުމާއި، އެ ގައުމުން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތަކާ ގުޅިގެން ސައުދީ އަރަބިއްޔާ އިން ދަނީ އެ ގައުމުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

އެމެރިކާ ސަރުކާރުން ބުނެފައިވާ ގޮތުގައި، ސައުދީ އަރަބިއްޔާ އަކީ މެދު އިރުމަތީގެ ސިޔާސީ އަދި އިގްތިސާދީ ހަމަޖެހުމަށް މުހިންމު ބައިވެރި އެކެވެ. އެހެންކަމުން އެ ގައުމުގެ ދިފާއީ ބާރު ވަރުގަދަ ކުރުމަކީ އެމެރިކާގެ ގައުމީ މަސްލަހަތާ ވެސް ގުޅިފައިވާ ކަމެއް ކަމަށް، އެ ޤައުމުގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ދެކެ އެވެ. 

މި މުއާމަލާތް ފުރިހަމަ ކުރުމަށްޓަކައި ދެން އޮންނާނީ އެމެރިކާގެ ކޮންގްރެސްގެ ހުއްދަ ހޯދުމުގެ މަރުހަލާ އެވެ. އާންމު އުސޫލުން މިފަދަ ބޮޑެތި އަސްކަރީ މުއާމަލާތް ތަކުގައި ކޮންގްރެސްގެ މެންބަރުންގެ މެދުގައި ބަހުސް ތަކެއް ކުރެވުނު ނަމަވެސް، މިހާރު އޮތް ހާލަތަށް ބަލާއިރު މި ހުއްދަ ލިބޭނެ ކަމަށް ބޭރުގެ މީޑިއާ ތަކުން ރިޕޯޓު ކުރެ އެވެ.

ފަހަކަށް އައިސް މެދު އިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުން ތަކާ ގުޅިގެން، ސައުދީ އަރަބިއްޔާ އިން ދަނީ އެ ގައުމުގެ އަސްކަރިއްޔާ ޒަމާނީކޮށް، ބޭރުގެ ހަމަލާ ތަކުން ރައްކާތެރިވުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ބޮޑެތި ހޭދަ ތަކެއް ކުރަމުންނެވެ. އެމެރިކާ އިން ދިން މި ހުއްދަ އާއެކު، ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހިވެ ގެންދާނެ ކަމަށް ބެލެވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާ-ސައުދީ އަރަބިއްޔާސްޓޭޓް ޑިޕާޓްމަންޓްމެދު އިރުމަތި

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

15 ޖުލައި 2026

އީރާނުގެ ދެކުނުގެ ރަށްތައް އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސްފާނެބާ؟

15 ޖުލައި 2026
އީރާނުގެ ދެކުނުގެ ރަށްތައް އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސްފާނެބާ؟
14 ޖުލައި 2026

އިރާނުން މެދުއިރުމަތީ މޯބައިލް ނެޓްވޯކްތައް ހެކްކޮށް އެމެރިކާ ސިފައިން މޮނިޓަރ ކުރަނީ

14 ޖުލައި 2026
އިރާނުން މެދުއިރުމަތީ މޯބައިލް ނެޓްވޯކްތައް ހެކްކޮށް އެމެރިކާ ސިފައިން މޮނިޓަރ ކުރަނީ
14 ޖުލައި 2026

ޔަމަނުގެ ހޫޘީން ގެ ހަމަލާ އާ ގުޅިގެން ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ދެމިއޮންނާނެ ކަމަށް އެމެރިކާ އިން ބުނެފި

14 ޖުލައި 2026
ޔަމަނުގެ ހޫޘީން ގެ ހަމަލާ އާ ގުޅިގެން ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ދެމިއޮންނާނެ ކަމަށް އެމެރިކާ އިން ބުނެފި
29 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އޮމާނާއެކު ފުރަތަމަ ފަހަރަށް އީރާނުން ބައްދަލު ކޮށްފި

29 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އޮމާނާއެކު ފުރަތަމަ ފަހަރަށް އީރާނުން ބައްދަލު ކޮށްފި
14 ޖޫން 2026

ޓްރަމްޕް: އީރާނާ އެކު ސުލްހައިގެ އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކުރާނަން

14 ޖޫން 2026
ޓްރަމްޕް: އީރާނާ އެކު ސުލްހައިގެ އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކުރާނަން
04 ޖޫން 2026

ޒަކާތު ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުސަތު 16 ޖުލައިގެ ނިޔަލަށް އޮންނާނެ: ޒަކާތު ހައުސް

04 ޖޫން 2026
ޒަކާތު ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުސަތު 16 ޖުލައިގެ ނިޔަލަށް އޮންނާނެ: ޒަކާތު ހައުސް
01 ޖޫން 2026

ހަނގުރާމަ ފެށުނު ފަހުން އީރާނުން އެމެރިކާގެ 20 އަސްކަރީ މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

01 ޖޫން 2026
ހަނގުރާމަ ފެށުނު ފަހުން އީރާނުން އެމެރިކާގެ 20 އަސްކަރީ މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ދީފި
27 މެއި 2026

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ނުވަނީސް އިޒްރޭލާއެކު ގުޅުން ބަދަހި ނުކުރާނެ ކަމަށް ސައުދީން ބުނެފި

27 މެއި 2026
ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ނުވަނީސް އިޒްރޭލާއެކު ގުޅުން ބަދަހި ނުކުރާނެ ކަމަށް ސައުދީން ބުނެފި
18 މެއި 2026

ފަތުރުވެރިކަން އަދިވެސް ދަނީ ދަށަށް، ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 5.5 އިންސައްތް ދަށުގައި

18 މެއި 2026
ފަތުރުވެރިކަން އަދިވެސް ދަނީ ދަށަށް، ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 5.5 އިންސައްތް ދަށުގައި
05 މެއި 2026

ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު

05 މެއި 2026
ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް