Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ-އިޒްރޭލް

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ނުވަނީސް އިޒްރޭލާއެކު ގުޅުން ބަދަހި ނުކުރާނެ ކަމަށް ސައުދީން ބުނެފި

27 މެއި 2026 | ބުދަ 07:05

ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ސާފު މަގަކުން ކަންކަން ފަހިވެގެން މެނުވީ، އިޒްރޭލާއެކު އެއްވެސް ސިފައެއްގައި ގުޅުން ގާއިމުނުކުރާނެކަމުގެ ޔަގީންކަން ސައުދީ އަރަބިއްޔާއިން ދީފި. މެދުއިރުމަތީގެ ސަރަހައްދީ ސުލްހަ ގާއިމުކުރެވޭނީ ފަލަސްތީނުގެ ރައްޔިތުންގެ ގާނޫނީ ހައްގުތައް ކަށަވަރުކޮށްދޭ އިންސާފުވެރި ހައްލެއް ހޯދައިގެން ކަމަށް އެ ގައުމުން ދެކޭ. އެހެންކަމުން، ކުރިމަގުގައި ވެވޭ ކޮންމެ އެއްބަސްވުމެއްގައި ވެސް ދެ ދައުލަތުގެ ހައްލު ތަންފީޒުކުރެވޭނެކަމުގެ އިތުބާރު އޮންނަންވާނެ ކަމަށް ސައުދީން ބުނޭ.

ރާއްޖެ އެމްވީ | 27 މެއި 2026 | ބުދަ 07:05
2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި ގާޒާގެ ކްރައިސިސް ސަމިޓުގައި، ސައުދީ އަރަބިއްޔާގެ މަންދޫބު ބައިވެރިވެވަޑައިނުގަންނަވާތީ އޭނާއަށް ހާއްސަކޮށްފައިވާ ހުސް ގޮނޑި ފެންނަ ފޮޓޯއެއް. ފަލަސްތީނުގެ ލީޑަޝިޕާއި، ސަރަހައްދީ ގޮތުން ނުފޫޒުގަދަ މިސްރާއި ސައުދީ އަރަބިއްޔާއިން މި ބައްދަލުވުމުގައި ބައިވެރިނުވި ނަމަވެސް، އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި މި ސަމިޓް ގަތަރުން ވަނީ ކުރިއަށް ގެންގޮސްފައި.

2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި ގާޒާގެ ކްރައިސިސް ސަމިޓުގައި، ސައުދީ އަރަބިއްޔާގެ މަންދޫބު ބައިވެރިވެވަޑައިނުގަންނަވާތީ އޭނާއަށް ހާއްސަކޮށްފައިވާ ހުސް ގޮނޑި ފެންނަ ފޮޓޯއެއް. ފަލަސްތީނުގެ ލީޑަޝިޕާއި، ސަރަހައްދީ ގޮތުން ނުފޫޒުގަދަ މިސްރާއި ސައުދީ އަރަބިއްޔާއިން މި ބައްދަލުވުމުގައި ބައިވެރިނުވި ނަމަވެސް، އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި މި ސަމިޓް ގަތަރުން ވަނީ ކުރިއަށް ގެންގޮސްފައި. | ގެޓީ އިމޭޖަސް

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުނުކޮށް، ސައުދީ އަރަބިއްޔާއިން އިޒްރޭލާއެކު ގުޅުން ބަދަހި ނުކުރާނެކަން އެ ގައުމުގެ މަސްދަރަކާ ހަވާލާދީ ސީ.އެން.އެން އިން ކަށަވަރުކޮށްދީފިއެވެ.

އެ މަސްދަރުން ބުނި ގޮތުގައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ސާފު އަދި ސީދާ މަގަކުން ކަންކަން ފަހިވެގެން މެނުވީ، އިޒްރޭލާއެކު އެއްވެސް ސިފައެއްގައި ގުޅުން ގާއިމެއް ނުކުރެވޭނެއެވެ.

މީގެ އިތުރުން، ކުރިމަގުގައި ވެވޭ ކޮންމެ އެއްބަސްވުމެއްގައި ވެސް، ދެ ދައުލަތުގެ ހައްލު ތަންފީޒުކުރެވޭނެކަމުގެ އިތުބާރު ހުރި ޔަގީންކަން އޮންނަންވާނެ ކަމަށް އެ މަސްދަރުން ފާހަގަކުރިއެވެ.

ފަލަސްތީނުގެ މައްސަލައިގައި ސައުދީ އަރަބިއްޔާއިން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަކަން އެ ގައުމުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

މިކަމާ ގުޅޭގޮތުން އެ މަސްދަރުން އިތުރަށް ބުނީ، މެދުއިރުމަތީގެ ސަރަހައްދީ ސުލްހައާއި ހަމަޖެހުން ގާއިމުކުރެވޭނީ ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި އަދި ފުރިހަމަ ހައްލެއް ހޯދައިގެން ކަމަށް ރިޔާޟުން ގަބޫލުކުރާ ކަމަށެވެ. އަދި އެ ހައްލަކީ ފަލަސްތީނުގެ ރައްޔިތުންގެ ގާނޫނީ ހައްގުތައް ކަށަވަރުކޮށްދޭ ހައްލަކަށް ވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ސައުދީ އަރަބިއްޔާއިން ތަކުރާރުކޮށް ބުނަމުންދަނީ، ދާއިމީ އަދި އިންސާފުވެރި ސުލްހައެއް ގާއިމުކުރެވޭނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ކަމާގުޅޭ ގަރާރުތަކުގެ މައްޗަށް ބިނާވެފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދިގެން ކަމަށެވެ.

ފަލަސްތީނުއެމެރިކާ-ސައުދީ އަރަބިއްޔާއިޒްރޭލްސައުދީ އަރަބިއްޔާ-އިޒްރޭލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

26 މެއި 2026

ނަތަންޔާހޫ އަށް ހޮސްޕިޓަލްގައި ފަރުވާ ދީފި

26 މެއި 2026
ނަތަންޔާހޫ އަށް ހޮސްޕިޓަލްގައި ފަރުވާ ދީފި
20 މެއި 2026

އެމެރިކާ މަސައްކަތްކުރަނީ އަލުން ހަނގުރާމަ ފެށުމަށް: އީރާން

20 މެއި 2026
އެމެރިކާ މަސައްކަތްކުރަނީ އަލުން ހަނގުރާމަ ފެށުމަށް: އީރާން
11 މެއި 2026

އިޒްރޭލްއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅޭނެ ކަމުގެ އުންމީދު އެބަ އޮތް: ކަލާސް

11 މެއި 2026
އިޒްރޭލްއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅޭނެ ކަމުގެ އުންމީދު އެބަ އޮތް: ކަލާސް
10 މެއި 2026

އިޒްރޭލް އިން އިރާގުގައި ސިއްރު އަސްކަރީ މަރުކަޒެއް ޤާއިމު ކޮށްފި

10 މެއި 2026
އިޒްރޭލް އިން އިރާގުގައި ސިއްރު އަސްކަރީ މަރުކަޒެއް ޤާއިމު ކޮށްފި
07 މެއި 2026

އިޒްރޭލްގެ ހަމަލާ ތަކުގައި ޒަޚަމުވި ހަމާސްގެ ލީޑަރުގެ ދަރިކަލުން އަވަހާރަ ވެއްޖެ

07 މެއި 2026
އިޒްރޭލްގެ ހަމަލާ ތަކުގައި ޒަޚަމުވި ހަމާސްގެ ލީޑަރުގެ ދަރިކަލުން އަވަހާރަ ވެއްޖެ
04 މެއި 2026

ނަތަންޔާހޫއާ ދެކޮޅަށް ކުރާ ކޮރަޕްޝަންގެ ދައުވާގައި ހޯމަ ދުވަހު ބާއްވަން އޮތް އަޑު އެހުން ވެސް ކެންސަލް ކޮށްފި

04 މެއި 2026
ނަތަންޔާހޫއާ ދެކޮޅަށް ކުރާ ކޮރަޕްޝަންގެ ދައުވާގައި ހޯމަ ދުވަހު ބާއްވަން އޮތް އަޑު އެހުން ވެސް ކެންސަލް ކޮށްފި
02 މެއި 2026

އީރާނާ އެމެރިކާއާ ދެމެދު އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތު ބޮޑު: އީރާނުގެ އަސްކަރިއްޔާ

02 މެއި 2026
އީރާނާ އެމެރިކާއާ ދެމެދު އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތު ބޮޑު: އީރާނުގެ އަސްކަރިއްޔާ
02 މެއި 2026

މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

02 މެއި 2026
މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި
02 މެއި 2026

އީރާނުގެ ހަމަލާތަކުން ހުޅަނގު އޭޝިއާގައި ހުރި އެމެރިކާގެ 16 މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަވެއްޖެ

02 މެއި 2026
އީރާނުގެ ހަމަލާތަކުން ހުޅަނގު އޭޝިއާގައި ހުރި އެމެރިކާގެ 16 މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަވެއްޖެ
02 މެއި 2026

ފަލަސްޠީނަށް ތާއީދުކޮށް ބާއްވާ އެއްވުންތައް މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް: އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ

02 މެއި 2026
ފަލަސްޠީނަށް ތާއީދުކޮށް ބާއްވާ އެއްވުންތައް މަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް: އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް