Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ-އެމެރިކާ

ޔަމަނުގެ ހޫޘީން ގެ ހަމަލާ އާ ގުޅިގެން ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ދެމިއޮންނާނެ ކަމަށް އެމެރިކާ އިން ބުނެފި

14 ޖުލައި 2026 | އަންގާރަ 05:20

އީރާނުގެ މަދަދުލިބޭ ހޫޘީންގެ ހަމަލާތަކުން ސައުދީ އަރަބިއްޔާ ރައްކާތެރިކުރުމުގައި އެމެރިކާ ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން ދީފިއެވެ. މެދުއިރުމަތީގެ ހަމަޖެހުމާއި ރަތްކަނޑުގެ ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ހޫޘީންނާއި އީރާނުގެ އުދުވާންތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރާނެ ކަމަށްވެސް އެމެރިކާ ސަރުކާރުން ވަނީ ބުނެފައެވެ.

ރާއްޖެ އެމްވީ | 14 ޖުލައި 2026 | އަންގާރަ 05:20
އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ ވައިޓް ހައުސްގެ ސައުތު ލޯންގައި، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް މަރުހަބާ ދެންނެވުމަށް 2025 ނޮވެމްބަރު 18 ވީ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، އެމެރިކާ ސިފައިންގެ މީހަކު ސައުދީ އަރަބިއްޔާގެ ދިދަ ހިފައިގެން ހުންނަ މަންޒަރު

އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ ވައިޓް ހައުސްގެ ސައުތު ލޯންގައި، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް މަރުހަބާ ދެންނެވުމަށް 2025 ނޮވެމްބަރު 18 ވީ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، އެމެރިކާ ސިފައިންގެ މީހަކު ސައުދީ އަރަބިއްޔާގެ ދިދަ ހިފައިގެން ހުންނަ މަންޒަރު | ގެޓީ އިމޭޖަސް

ސައުދީ އަރަބިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެމެރިކާ ދެމިއޮންނާނެ ކަމަށް ހޯމަ ދުވަހުގެ ރޭ އެމެރިކާ ސަރުކާރުން ބުނެފިއެވެ. އެމެރިކާއިން މިހެން ބުނެފައިވަނީ އީރާނުގެ މަދަދުލިބޭ ހޫޘީ ހަނގުރާމަވެރިން ސައުދީއަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ވޮޝިންޓަނުން އެ ގައުމަށް ފުރިހަމަ އެއްބާރުލުން ދޭނެކަން ހާމަކުރަމުންނެވެ.

އަލް އަރަބިއްޔާ އިނގިރޭސި އެޑިޝަނަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވީ، އީރާނުގެ އެހީތެރިކަމާއެކު ހޫޘީން ދޭ ހަމަލާތަކާއި، އީރާނުގެ އުދުވާންތަކާ ދެކޮޅަށް އެމެރިކާ އޮތީ ސައުދީ އަރަބިއްޔާއާއެކު ސާބިތުކަމާއެކު ކަމަށެވެ. އަދި ސައުދީގެ ސަލާމަތާއި މުޅި ސަރަހައްދުގެ ހަމަޖެހުން ގާއިމުކުރުމަށް އެމެރިކާއިން އިސްކަންދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އާއި ސައުދީ އަރަބިއްޔާގެ ގުޅުމަކީ މެދުއިރުމަތީގައި ވޮޝިންޓަނުން ގެންގުޅޭ ސިޔާސަތުގެ މައިގަނޑު އަސާސް ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ. މީގެއިތުރުން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި ދެ ގައުމުގެ ދެމެދުގައި އޮތް އިސްތިރާތީޖީ ގުޅުން ކުރިއަށްވުރެ ބަދަހިވެފައިވާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އިސްކަންދީ، އެ ޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދޭތީ އީރާނު ޒިންމާދާރުކުރުވުމުގެ މަސައްކަތް އެމެރިކާއިން މެދުކަނޑާނުލައި ކުރިއަށް ގެންދާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވެރިކަމާ ހަވާލުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ހޫޘީންނަކީ ބޭރުގެ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ވަނީ އަލުން ކަނޑައަޅާފަ އެވެ.

ރަތްކަނޑުގެ ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަކީ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު މަސްލަހަތެއް ކަމަށް ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވިދާޅުވި އެވެ.

އެމެރިކާގެ މި މަސްލަހަތުތަކަށް ނުރައްކާކުރާ، އީރާނުގެ މަދަދުލިބޭ ހޫޘީންނާއި ޔަމަނުގައި ހަރަކާތްތެރިވާ އެހެނިހެން ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އެމެރިކާ-ސައުދީ އަރަބިއްޔާއީރާންހޫޡީޔަމަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

14 ޖުލައި 2026

އީރާންގެ މިސައިލް އާއި ޑްރޯން އުފައްދާ މަރުކަޒު ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާާ އިން ބުނެފި

14 ޖުލައި 2026
އީރާންގެ މިސައިލް އާއި ޑްރޯން އުފައްދާ މަރުކަޒު ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާާ އިން ބުނެފި
13 ޖުލައި 2026

ޔަމަން އާއި ސައުދީގެ މަޝްރަހު ހޫނުވެ ހޫޘީން ސައުދީ އަށް މިސައިލް ހަމަލާ ދީފި

13 ޖުލައި 2026
ޔަމަން އާއި ސައުދީގެ މަޝްރަހު ހޫނުވެ ހޫޘީން ސައުދީ އަށް މިސައިލް ހަމަލާ ދީފި
13 ޖުލައި 2026

އެމެރިކާއިން އީރާނުގެ ސަބްމެރިނާއި ބޯޓު މަރާމާތު ކުރާ މަރުކަޒަކަށް ހަމަލާ ދޭ މަންޒަރު ދައްކާލައިފި

13 ޖުލައި 2026
އެމެރިކާއިން އީރާނުގެ ސަބްމެރިނާއި ބޯޓު މަރާމާތު ކުރާ މަރުކަޒަކަށް ހަމަލާ ދޭ މަންޒަރު ދައްކާލައިފި
13 ޖުލައި 2026

ޔަމަނުގެ ވެރިރަށް ސަންޢާ އަށް އީރާނުގެ މަތިންދާބޯޓެއް ޖެއްސުން ހުއްޓުވަން އެ ގައުމުގެ ސަރުކާރުގެ ފައުޖުތަކުން އެއަރޕޯޓަށް ހަމަލާ ދީފި

13 ޖުލައި 2026
ޔަމަނުގެ ވެރިރަށް ސަންޢާ އަށް އީރާނުގެ މަތިންދާބޯޓެއް ޖެއްސުން ހުއްޓުވަން އެ ގައުމުގެ ސަރުކާރުގެ ފައުޖުތަކުން އެއަރޕޯޓަށް ހަމަލާ ދީފި
13 ޖުލައި 2026

ސައިޕްރަސްގެ ބޯޓަށް އީރާނުން ދިން ހަމަލާއާ ގުޅިގެން، އިންޑިއާގެ ފަޅުވެރިއަކު ގެއްލިގެން ހޯދަނީ

13 ޖުލައި 2026
ސައިޕްރަސްގެ ބޯޓަށް އީރާނުން ދިން ހަމަލާއާ ގުޅިގެން، އިންޑިއާގެ ފަޅުވެރިއަކު ގެއްލިގެން ހޯދަނީ
13 ޖުލައި 2026

އެމެރިކާ އިން ހޯމަ ދުވަހު ހަމަލާ ދިނީ ފެންފޯރުކޮށްދޭ ސްޓޭޝަނަކަށް: އީރާން

13 ޖުލައި 2026
އެމެރިކާ އިން ހޯމަ ދުވަހު ހަމަލާ ދިނީ ފެންފޯރުކޮށްދޭ ސްޓޭޝަނަކަށް: އީރާން
12 ޖުލައި 2026

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާ ދީފި

12 ޖުލައި 2026
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާ ދީފި
12 ޖުލައި 2026

އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި "އެޓޮމިކް ބޮމަށްވުރެ މުހިންމު" ކަމަށް

12 ޖުލައި 2026
އީރާނުން ބުނީ ހުރްމުޒް ކަނޑުއޮޅި "އެޓޮމިކް ބޮމަށްވުރެ މުހިންމު" ކަމަށް
12 ޖުލައި 2026

ބައްޕާފުޅުގެ ހަނދާނުގައި ތައުޒިޔާގެ ޚާއްސަ ރަސްމިއްޔާތެއް އީރާނުގެ ލީޑަރު މުޖުތަބާ ޚާމަނާއީ ބާއްވަވަނީ

12 ޖުލައި 2026
ބައްޕާފުޅުގެ ހަނދާނުގައި ތައުޒިޔާގެ ޚާއްސަ ރަސްމިއްޔާތެއް އީރާނުގެ ލީޑަރު މުޖުތަބާ ޚާމަނާއީ ބާއްވަވަނީ
12 ޖުލައި 2026

ސައުދީން އީރާނުގެ ހަމަލާތައް ކުށްވެރިކޮށްފި

12 ޖުލައި 2026
ސައުދީން އީރާނުގެ ހަމަލާތައް ކުށްވެރިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް