Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށި ސިޓީ

ސިޓީތަކުން ސަރުކާރަށް ދިނީ ރަނގަޅު މެސެޖެއް، 2028 ކާމިޔާބު ނުވާނެކަން ވަރަށް ސާފު: އާތިފް

ކުޅުދުއްފުށީގެ ތަރައްޤީއަށް އެމްޑީޕީން ކޮށްފައިވާ މަސައްކަތްތައް ރައްޔިތުން ބަލައިގަންނަކަން އިންތިޚާބުގެ ނަތީޖާއިން ހާމަވެފައިވާ ކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 5 އެޕްރީލު 2026 | އާދީއްތަ 14:03
މޭޔަރ މުޙައްމަދު ޢާޠިފް

މޭޔަރ މުޙައްމަދު ޢާޠިފް | ކުޅުދުއްފުށި ސިޓީ ކައުންސިލް

ސިޓީތަކުން ސަރުކާރަށް ދިނީ ރަނގަޅު މެސެޖެއް ކަމަށާއި އެ މެސެޖަކީ ސިޓީތަކުން ސަރުކާރަށް އިތުބާރެއް ނެތް ކަމުގެ މެސެޖު ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ އަށް ދެއްވި ބަސްތީގަތުމެއްގައި ވިދާޅުވީ މިހާރު 2028 ކާމިޔާބު ނުވާނެކަން ސަރުކާރަށް ވެސް ވަރަށް ބޮޑަށް ސާފު ވެފައިވާނެ ކަމަށެވެ. ކުޅުއްދުއްފުށިން ސަރުކާރަށް ދިނީ ރަނގަޅު މެސެޖެއް ކަމަށާއި އެކަމުގެ ސަބަބުން އެ ސިޓީ އަށް ސަރުކާރުންވީ ވައުދުތައް  ފުއްދުމަށް ސަރުކާރަށް ބާރު އެޅިގެންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

ކުޅުދުއްފުށީގައި މިހާރު ވެސް އޮތީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލެއް ކަމަށް ވާއިރު އެމްޑީޕީ އިން އެ ސިޓީ އަށް ގެނެސްދީފައިވާ ތަރައްޤީ ރައްޔިތުން ބަލައިގަންނަ ކަމަށް އާތިފް ވިދާޅުވި އެވެ. އާތިފް އިތުރަށް ވިދާޅުވީ ރައްޔިތުން އެ ކައުންސިލަށް އިތުބާރު ކުރާކަން ހާމަވެފައިވާ ކަމަށް އާތިފް ވަނީ ވިދާޅުވެފަ އެވެ.

"އަނެއްކަމަކީ ސަރުކާރަށް މި ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ތަރައްޤީގެ އެއްވެސް ކަމެއް ނުފެށޭ. ޚާއްސަކޮށް ކުރީ ސަރުކާރުތަކުން ފަށާފައި ހުރި ކަންކަން ވެސް އެ ހުރީ ހުއްޓިފައި. އެކަން ކަން ނުކުރެވި ޚަރަދުތައް ވީ ބޮޑު އެއީ ވެސް އިންތިޚާބުގައި ބޮޑު ދައުރެއް އަދާކުރި ކަމެއް." އާތިފް ވިދާޅުވި އެވެ.

އާތިފް ވަނީ އެ ނިންމުމަކީ އެ ސިޓީގެ ކުރިމަގަށްޓަކައި އާއްމުން ނިންމި ކަމެއް ކަމަށް ފާހަގަކުރައްވާފަ އެވެ. ފެނިގެން ދިޔައީ ލާމަރުކަޒީ ނިޒާމަށް އަތް ބޭނުމަށް ނޫނެކޭ ބުނި މަންޒަރު ކަމަށް ވެސް އާތިފް ވިދާޅުވި އެވެ.

ކުޅުދުއްފުށި ސިޓީމުހައްމަދު އާތިފްރާއްޖެ ޓީވީއެމްޑީޕީލާމަރުކަޒުކުރުން

އިތުރަށް ކިޔާލަން

05 އެޕްރީލު 2026

ސިޓީތަކުން ޕީއެންސީއަށް ލިބުނީ 5 ގޮނޑި، އެމްޑީޕީއަށް 46 ގޮނޑި

05 އެޕްރީލު 2026
ސިޓީތަކުން ޕީއެންސީއަށް ލިބުނީ 5 ގޮނޑި، އެމްޑީޕީއަށް 46 ގޮނޑި
05 އެޕްރީލު 2026

މިއީ ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ މީހުން ވޯޓުލީ ފަހަރު

05 އެޕްރީލު 2026
މިއީ ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ މީހުން ވޯޓުލީ ފަހަރު
05 އެޕްރީލު 2026

ރައްޔިތުން އެބުނީ ބޮޑުތަނުން ނޫނެކޭ، މުއިއްޒު އިސްތިއުފާ!؟

05 އެޕްރީލު 2026
ރައްޔިތުން އެބުނީ ބޮޑުތަނުން ނޫނެކޭ، މުއިއްޒު އިސްތިއުފާ!؟
04 އެޕްރީލު 2026

ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފަ: ކުރީގެ ރައީސް ސޯލިހު

04 އެޕްރީލު 2026
ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފަ: ކުރީގެ ރައީސް ސޯލިހު
04 އެޕްރީލު 2026

3 އިންތިޚާބުން ލިބިވަޑައިގަތް ބަލި ގަބޫލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރައްވާނެ ކަމަށް

04 އެޕްރީލު 2026
3 އިންތިޚާބުން ލިބިވަޑައިގަތް ބަލި ގަބޫލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރައްވާނެ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު