Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާން އާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އަޅައިފި

11 ޖުލައި 2026 | ހޮނިހިރު 05:21

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ވިޔަފާވެރިޔާ އަލީ އަންސާރީއާއި އޭނާއާ ގުޅުންހުރި ކުންފުނިތަކަށް އަމާޒުކޮށް އެމެރިކާއިން އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި. މި ފިޔަވަޅުތަކުގެ ތެރޭގައި އީރާނުގެ ބޭންކުތަކަށް ބިލިއަނުން ފައިސާ ދައުރުކޮށްދޭ މަނީ އެކްސްޗޭންޖް ހައުސްތައް ހިމެނޭއިރު، މިއީ ގަލްފުގެ ކަނޑުގެ ސަރަހައްދުގައި އީރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން އެޅި ފިޔަވަޅުތަކެއް ކަމަށް ބުނޭ.

ރާއްޖެ އެމްވީ | 11 ޖުލައި 2026 | ހޮނިހިރު 05:21
ޔޫއެސްއެސް އަބްރަހަމް ލިންކަން މަނަވަރުގެ ފްލައިޓް ޑެކުން "އީ-2ޑީ ހޯކްއައި" މަރުކާރުގެ ސަވައިލަންސް ބޯޓެއް އުދުއްސާލަނީ.

ޔޫއެސްއެސް އަބްރަހަމް ލިންކަން މަނަވަރުގެ ފްލައިޓް ޑެކުން "އީ-2ޑީ ހޯކްއައި" މަރުކާރުގެ ސަވައިލަންސް ބޯޓެއް އުދުއްސާލަނީ. | ޔޫއެސް ނޭވީ

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ބައިނަލްއަގުވާމީ އުޅަނދުފަހަރަށް އަމާޒުކޮށް އީރާނުން އަލުން ހަމަލާދޭން ފެށުމާ ގުޅިގެން، އެގައުމާ ދެކޮޅަށް އެމެރިކާއިން އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް ހުކުރު ދުވަހު އަޅައިފި ކަމަށް އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ބުނެފި އެވެ.

ޓްރެޜަރީ ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި، މި ފިޔަވަޅުތައް އަމާޒުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ދުބާއީގައި މަސައްކަތްކުރާ އީރާނުގެ ބޭންކަރެއް އަދި ވިޔަފާވެރިއެއް ކަމަށްވާ އަލީ އަންސާރީ ހިމެނެ އެވެ. އަންސާރީއަކީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ހަރަކާތްތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ބުނެ މީގެ ކުރިން އިނގިރޭސިވިލާތުން ވެސް ފިޔަވަޅު އަޅާފައިވާ މީހެކެވެ. މީގެ އިތުރުން އީރާނުގެ އެހެން ބައެއް ފަރުދުންނާއި ކުންފުނިތަކަށް ވެސް މިފަހަރު ވަނީ ފިޔަވަޅު އަޅާފަ އެވެ.

އަލީ އަންސާރީއަކީ އީރާނުގެ އާ ލީޑަރު މުޖުތަބާ ޚާމަނާއީއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ "މުހިންމު ފަރާތެއް" ކަމަށް ޓްރެޜަރީން ސިފަކޮށްފައިވެ އެވެ. އަދި އޭނާ ވަނީ އީރާނުގެ ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން ގައުމުން ބޭރުގައި ގިނަ އަދަދެއްގެ ބިމާއި މުދާ ގަނެ، އަމިއްލަ ނަފާގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) މުއްސަނދި ކުރުމަށް މަސައްކަތް ކޮށްފައި ކަމަށް ވެސް އެމެރިކާއިން ބުނެ އެވެ.

ޓްރެޜަރީ ޑިޕާޓްމަންޓުގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯ.އެފް.އޭ.ސީ) އިން ވަނީ އީރާނުގެ މުހިންމު މަނީ އެކްސްޗޭންޖް ހައުސްތަކަކަށް ވެސް ފިޔަވަޅު އަޅާފަ އެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި މި ތަންތަނުން ދަނީ، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އީރާނުގެ ބޭންކުތަކަށްޓަކައި އަހަރަކު އެތައް ބިލިއަން ޑޮލަރެއް ދައުރުކުރަމުންނެވެ. މި ފައިސާ ދައުރުކުރަނީ ސަރުކާރުގެ ގަވާއިދާ ޚިލާފު މާލީ މުއާމަލާތްތައް ފޮރުވުމަށްޓަކައި އުފައްދާފައިވާ "ޝެލް ކުންފުނިތައް" މެދުވެރިކޮށް ކަމަށް ވެސް އެމެރިކާއިން ބުނެ އެވެ.

އީރާނާ ދެކޮޅަށް މި އާ ފިޔަވަޅުތައް އިއުލާނުކޮށްފައިވަނީ، ހަފުތާއެއްހާ ދުވަހު ކުރިއަށްދިޔަ ކުރިމަތިލުންތަކަށްފަހު މަސްރަހު ކުޑަކޮށް ފިނިވެފައިވާ ދަނޑިވަޅެއްގަ އެވެ. ފާއިތުވި ހަފުތާގައި ގަތަރާއި ސައުދީ އަރަބިއްޔާގެ ތިން މުދާ އުފުލާ ބޯޓަކަށް އީރާނުން ހަމަލާދިނުމާ ގުޅިގެން، އެމެރިކާއިން ވަނީ އީރާނުގެ ބައެއް ސަރަހައްދުތަކަށް ހަމަލާދީފަ އެވެ. އޭގެ ރައްދުގައި އީރާނުން ވަނީ ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް ހަމަލާދީފަ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ޖުލައި 2026

އީރާނާ މަޝްވަރާކުރަން އެމެރިކާ އިން އެއްބަސްވެއްޖެ

10 ޖުލައި 2026
އީރާނާ މަޝްވަރާކުރަން އެމެރިކާ އިން އެއްބަސްވެއްޖެ
10 ޖުލައި 2026

ގަތަރުގެ ވަފުދު އީރާނަށް، އެމެރިކާ އީރާން ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަނީ

10 ޖުލައި 2026
ގަތަރުގެ ވަފުދު އީރާނަށް، އެމެރިކާ އީރާން ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަނީ
10 ޖުލައި 2026

ޓްރަމްޕް: އީރާނުން މަރާލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އަހަރެން

10 ޖުލައި 2026
ޓްރަމްޕް: އީރާނުން މަރާލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އަހަރެން
10 ޖުލައި 2026

އުރުދުންގެ އެއާބޭސްއަށް 10 ބެލިސްޓިކް މިސައިލް ފޮނުވާލައި، އެ ތަންތަން ވަނީ ސުންނާފަތިވެފައި: އީރާން

10 ޖުލައި 2026
އުރުދުންގެ އެއާބޭސްއަށް 10 ބެލިސްޓިކް މިސައިލް ފޮނުވާލައި، އެ ތަންތަން ވަނީ ސުންނާފަތިވެފައި: އީރާން
10 ޖުލައި 2026

އެތައް މިލިއަން މީހުން އެންމެ ފަހުގެ އިހުތިރާމު އަދާކުރުމާއެކު އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއީ ފަސްދާނުލައިފި

10 ޖުލައި 2026
އެތައް މިލިއަން މީހުން އެންމެ ފަހުގެ އިހުތިރާމު އަދާކުރުމާއެކު އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއީ ފަސްދާނުލައިފި
10 ޖުލައި 2026

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް

10 ޖުލައި 2026
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް
09 ޖުލައި 2026

އެމެރިކާ އިން ހަމަލާ ދިން ތަންތަނުގެ ތެރޭގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާ ވަސީލަތްތައް ހިމެނޭ

09 ޖުލައި 2026
އެމެރިކާ އިން ހަމަލާ ދިން ތަންތަނުގެ ތެރޭގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާ ވަސީލަތްތައް ހިމެނޭ
09 ޖުލައި 2026

އީރާނުގެ ބަސް: އެމެރިކާ އިން ބިރުދައްކައިގެން ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނަން

09 ޖުލައި 2026
އީރާނުގެ ބަސް: އެމެރިކާ އިން ބިރުދައްކައިގެން ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނަން
09 ޖުލައި 2026

އީރާން އިން ގުޅައިފި، އެ ޤައުމުން ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަން: ޓްރަމްޕް

09 ޖުލައި 2026
އީރާން އިން ގުޅައިފި، އެ ޤައުމުން ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަން: ޓްރަމްޕް
09 ޖުލައި 2026

ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް ރުޓޭގެ ވާހަކަ ތަކަށް އީރާން އިން ވަރުގަދަ ރައްދެއް ދީފި

09 ޖުލައި 2026
ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް ރުޓޭގެ ވާހަކަ ތަކަށް އީރާން އިން ވަރުގަދަ ރައްދެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް