Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާނަށް-އެމެރިކާ

އެމެރިކާ އިން ހަމަލާ ދިން ތަންތަނުގެ ތެރޭގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާ ވަސީލަތްތައް ހިމެނޭ

9 ޖުލައި 2026 | ބުރާސްފަތި 12:45

އެމެރިކާއިން އީރާނުގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކާ ގުޅިގެން އެ ގައުމުގެ މުހިންމު ވަސީލަތްތަކަށް ގެއްލުންވެ މީހަކު މަރުވެފައިވާއިރު، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލެއް ކަމަށް އީރާނުން ބުނެފި.

ރާއްޖެ އެމްވީ | 9 ޖުލައި 2026 | ބުރާސްފަތި 12:45
އެމެރިކާއިން ދިން ހަމަލާތަކެއްގައި އީރާނުގެ މެރިޓައިމް ކޮންޓްރޯލް ޓަވަރަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި.

އެމެރިކާއިން ދިން ހަމަލާތަކެއްގައި އީރާނުގެ މެރިޓައިމް ކޮންޓްރޯލް ޓަވަރަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. | ސްކްރީން އިމޭޖް

ބުރާސްފަތި ދުވަހުގެ ފަތިހު އެމެރިކާ އިން އީރާނަށް ދިން ހަމަލާ އަމާޒު ކުރި ތަންތަނުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލު ކުރުމަށް އީރާނުން ބޭނުންކުރާ މުހިންމު ވަސީލަތްތައް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެ ގޮތުން އީރާނުގެ ދެކުނު އައްސޭރިފަށުގެ ސަރަހައްދުތަކަށް، ހުރްމުޒް ކަނޑުއޮޅިން ފެށިގެން އޮމާން ކަނޑާ ހަމައަށް އަމާޒުކޮށް ބާރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

މި ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި އީރާނުގެ އެންމެ ބޮޑު ބަނދަރު އޮންނަ ބަންދަރު އައްބާސް ހިމެނެ އެވެ. މި ސަރަހައްދަކީ އީރާނުގެ ކަނޑުގެ ސިފައިންނާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ މުހިންމު މަރުކަޒުތަކެއް ހުންނަ ސަރަހައްދެކެވެ. މީގެ އިތުރުން ޕާކިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ އައްސޭރިފަށުގެ ދެ ސިޓީ ކަމަށްވާ ކޮނާރަކް އަދި ޗަބަހާރަށް ވެސް ހަމަލާތައް އަމާޒުވެފައިވެ އެވެ.

އީރާނުގެ ކަނޑުދަތުރުފަތުރު ކޮންޓްރޯލުކުރާ ޓަވަރަކަށް އެމެރިކާ އިން ބޮން އަޅާ މަންޒަރު

މެހެރު ނިއުސް އެޖެންސީން އެ ސަރަހައްދުގެ ކަރަންޓު ޚިދުމަތްދޭ އިދާރާއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗަބަހާރަށް ދިން ހަމަލާތަކާ ގުޅިގެން އެ ސިޓީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު ނަމަވެސް، މިހާރު ވަނީ ގިނަ ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފަ އެވެ. އަދި ޗަބަހާރުގައި ހުންނަ ކަނޑުދަތުރުފަތުރު ކޮންޓްރޯލްކުރާ ޓަވަރަކަށް ވެސް ހަމަލާ އަމާޒުވެފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ކޮންޓްރޯލް ޓަވަރަށް ލިބިފައިވާ ގެއްލުން

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުގެ އިރުދެކުނު ސިޓީއެއް ކަމަށްވާ އިރާންޝަހަރުގެ އެއާޕޯޓަށް ދިން ހަމަލާއެއްގައި ފަޔަރ ފައިޓަރަކު ވަނީ މަރުވެފަ އެވެ. ސިރިކް އަށް ދިން ހަމަލާގައި 3  މީހުން މަރުވެ 15 މީހުން ޒަޚަމްވި ކަމަށް އިސްނާ ނިއުސް އޭޖެންސީ އިން ރިޕޯޓުކޮށްފައިވެ އެވެ. މީގެ އިތުރުން، އީރާނުގެ އުތުރުގައި އޮންނަ އައްގަލާ އަވަށުގެ ކައިރީގައި ހުރި ރޭލު ދަތުރުކުރާ ބްރިޖަކަށް އެމެރިކާއިން ހަމަލާދީފައިވާ ކަމަށް ޕްރެސް ޓީވީން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެމެރިކާ އިން ރޭލު ދަގަނޑަށް ދިން ހަމަލާއަކާ ގުޅިގެން، ތެހެރާނާއި މަޝްހަދާ ދެމެދު ދަތުރުކުރާ ރޭލުގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލި

އެމެރިކާ އިން ރޭލު ދަގަނޑަށް ދިން ހަމަލާއަކާ ގުޅިގެން، ތެހެރާނާއި މަޝްހަދާ ދެމެދު ދަތުރުކުރާ ރޭލުގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލި | ޕްރެސް ޓީވީ

ބުދަ ދުވަހު އެމެރިކާއިން ދިން މި އާ ހަމަލާތަކުގެ ކުރިން، އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، އެމެރިކާގެ ހަމަލާތަކަކީ ދެ ގައުމުގެ ދެމެދުގައި ވެފައިވާ ފަހުމުނާމާއާ ޚިލާފު ކަމެއް ކަމަށެވެ. އަދި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އީރާނަށް އޮތް ޒިންމާއާ ބެހޭ މާއްދާއަށް އެމެރިކާއިން ގޮންޖަހާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޝަނުގެ ތަރުޖަމާނު ވިދާޅުވީ، އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި، ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ މުއާހަދާ (އެން.ޕީ.ޓީ) އިން ވަކިވުމާއި، އީރާނުގެ ނިއުކްލިއާ ސިޔާސަތު ބަދަލުކުރުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ދުނިޔޭގެ ވިޔަފާރި އުޅަނދުފަހަރު ދަތުރުކުރާ މުހިންމު މަގަކަށްވާ ރަތްކަނޑުގެ ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރުމަކީ ވެސް އޮތް ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އދ. ގެ ސަލާމަތީ މަޖިލީހަށް ބުދަ ދުވަހު ފޮނުވި ސިޓީއެއްގައި، އދ. އަށް ކަނޑައަޅާފައި ހުންނަ އީރާނުގެ މިޝަނުން ވަނީ އެމެރިކާއިން އދ. ގެ ނިންމުންތަކާއި އާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފުވެފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެމެރިކާގެ މި ހަމަލާތަކަކީ ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ ފަހުމުނާމާއާ ޚިލާފު އަމަލުތަކެއް ކަމަށް ވެސް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

އީރާން-އެމެރިކާބަންދަރު އައްބާސްއައިއާރުޖީސީހުރްމުޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

09 ޖުލައި 2026

އީރާނުގެ ބަސް: އެމެރިކާ އިން ބިރުދައްކައިގެން ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނަން

09 ޖުލައި 2026
އީރާނުގެ ބަސް: އެމެރިކާ އިން ބިރުދައްކައިގެން ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނަން
09 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގެ މައްސަލަ ހައްލުނުވާހާ ހިނދަކު، ދުނިޔޭގެ އިގްތިސާދު އޮންނާނީ ބޮޑު ނުރައްކަލެއްގެ ތެރޭގައި

09 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގެ މައްސަލަ ހައްލުނުވާހާ ހިނދަކު، ދުނިޔޭގެ އިގްތިސާދު އޮންނާނީ ބޮޑު ނުރައްކަލެއްގެ ތެރޭގައި
09 ޖުލައި 2026

އީރާން އިން ގުޅައިފި، އެ ޤައުމުން ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަން: ޓްރަމްޕް

09 ޖުލައި 2026
އީރާން އިން ގުޅައިފި، އެ ޤައުމުން ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަން: ޓްރަމްޕް
09 ޖުލައި 2026

ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް ރުޓޭގެ ވާހަކަ ތަކަށް އީރާން އިން ވަރުގަދަ ރައްދެއް ދީފި

09 ޖުލައި 2026
ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް ރުޓޭގެ ވާހަކަ ތަކަށް އީރާން އިން ވަރުގަދަ ރައްދެއް ދީފި
09 ޖުލައި 2026

އީރާންގެ 90 އަށް ވުރެ ގިނަ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި

09 ޖުލައި 2026
އީރާންގެ 90 އަށް ވުރެ ގިނަ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި
09 ޖުލައި 2026

ތިން ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތް ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފިން: އީރާން

09 ޖުލައި 2026
ތިން ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތް ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފިން: އީރާން
09 ޖުލައި 2026

އެމެރިކާ އިން އީރާންގެ އަހްވާޒް އަށް ދިން ހަމަލާގައި ތިން މީހަކު ޝަހީދުވެއްޖެ

09 ޖުލައި 2026
އެމެރިކާ އިން އީރާންގެ އަހްވާޒް އަށް ދިން ހަމަލާގައި ތިން މީހަކު ޝަހީދުވެއްޖެ
09 ޖުލައި 2026

ތެލުގެ އަގު އުފުލި، ފީފާއެއްގެ އަގު 78.80 ޑޮލަރަށް އަރައިފި

09 ޖުލައި 2026
ތެލުގެ އަގު އުފުލި، ފީފާއެއްގެ އަގު 78.80 ޑޮލަރަށް އަރައިފި
08 ޖުލައި 2026

އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

08 ޖުލައި 2026
އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
08 ޖުލައި 2026

އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

08 ޖުލައި 2026
އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް