Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާނާ މަޝްވަރާކުރަން އެމެރިކާ އިން އެއްބަސްވެއްޖެ

10 ޖުލައި 2026 | ހުކުރު 15:35

އީރާނާއި އެމެރިކާއާ ދެމެދު ބަދަލުކުރި ހަމަލާތަކާ ގުޅިގެން އުފެދުނު ނުތަނަވަސްކަން ކުޑަކުރުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ފަށައިފި. މި ހަމަލާތަކުގެ ސަބަބުން ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ބުރޫއަރާފައިވާއިރު، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ ފަސް އިންސައްތަ މައްޗަށް ގޮސްފައި.

ރާއްޖެ އެމްވީ | 10 ޖުލައި 2026 | ހުކުރު 15:35
އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ދެކޮޅަށް، އެމެރިކާގެ ވައިޓް ހައުސް ކުރިމަތީގައި ބޭއްވި މުޒާހަރާއެއްގައި އޭނާގެ މައިންބަފައިންނާއެކު ބައިވެރިވި ކުޑަކުއްޖަކު އީރާނުގެ ދިދައެއް ހިފައިގެން ހުންނަ މަންޒަރު.

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ދެކޮޅަށް، އެމެރިކާގެ ވައިޓް ހައުސް ކުރިމަތީގައި ބޭއްވި މުޒާހަރާއެއްގައި އޭނާގެ މައިންބަފައިންނާއެކު ބައިވެރިވި ކުޑަކުއްޖަކު އީރާނުގެ ދިދައެއް ހިފައިގެން ހުންނަ މަންޒަރު. | ގެޓީ އިމޭޖަސް

އީރާނުން މަޝްވަރާތައް ކުރިއަށް ގެންދަން އެދިފައިވާ ކަމަށާއި، އެކަމަށް އެމެރިކާއިން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ. ނަމަވެސް، ދެގައުމުގެ ދެމެދުގައި އޮތް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ރައީސް ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ، މި ހަފުތާގެ ތެރޭގައި ގަތަރާއި ސައުދީ އަރަބިއްޔާގެ ތިން މުދާ އުފުލާ ބޯޓަކަށް ހަމަލާދިނުމާ ގުޅިގެން، އެމެރިކާއިން އީރާނުގެ ބައެއް ސަރަހައްދުތަކަށް ހަމަލާދީފައި ވަނިކޮށެވެ. މީގެ ރައްދުގައި އީރާނުން ވަނީ ބުރާސްފަތި ދުވަހު ގަލްފުގެ އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތަކެއް ދީފަ އެވެ.

"އިސްލާމީ ޖުމްހޫރިއްޔާ އީރާނުން ވަނީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެންގެ ކިބައިން އެދިފައި. އެކަމަށް އަޅުގަނޑުމެން އެއްބަސްވެއްޖައިން. ނަމަވެސް، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން މިހާރު ނިމުމަކަށް އައިސްފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެމެރިކާއިން ވަނީ އެފަރާތަށް އަންގާފައި،" ޓްރަމްޕް ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.

އީރާނާއި އެމެރިކާއާ ދެމެދު ބަދަލުކުރި ހަމަލާތަކަށްފަހު މަސްލަހަތު ފިނިކުރުމަށާއި، ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ގަތަރުގެ މަންދޫބުން ހުކުރު ދުވަހު އީރާނުގެ އޮފިޝަލުންނާ ބައްދަލުކުރައްވާފައިވާ ކަމަށް، މިކަމުގެ މައުލޫމާތު ހުރި މަސްދަރަކުން ރޮއިޓާސް ނިއުސް އެޖެންސީއަށް ކަށަވަރުކޮށްދީފައިވެ އެވެ.

ދުނިޔޭގެ ތެޔޮ ސަޕްލައިއަށާއި މުދާ އުފުލުމަށް މި ހަމަލާތަކުގެ ސަބަބުން ކުރިމަތިވެދާނެ ހުރަސްތަކާ މެދު ކަންބޮޑުވުން އުފެދިފައިވާތީ، މުހިންމު ކަނޑުގެ ސަރަހައްދެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ބޯޓުތަކުގެ އަދަދު ހުކުރު ދުވަހު ވަނީ މަދުވެފަ އެވެ. މީގެ އިތުރުން، މި ހަމަލާތަކުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮތް ވަގުތީ ސުލްހައިގެ ނާޒުކުކަން ވެސް ވަނީ ހާމަވެފަ އެވެ.

އީރާނުގައި ކުރިއަށްދާ މަޝްވަރާތަކުގެ ބޭނުމަކީ އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާ ތަންފީޒުކުރުމާ ގުޅޭގޮތުން ވާހަކަދެއްކުމާއި، ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ނުތަނަވަސްކަން އިތުރުވާން މެދުވެރިވި ސަބަބުތަކަށް ހައްލެއް ހޯދުން ކަމަށް އެ މަސްދަރުން ބުނެ އެވެ. މީގެ ތެރޭގައި ކަނޑުއޮޅީގެ ދަތުރުފަތުރާ ގުޅޭގޮތުން އުފެދިފައިވާ ދެބަސްވުންތައް ވެސް ހިމެނެ އެވެ.

މި ހަމަލާތަކާ ގުޅިގެން ތެލުގެ އަގު ހުކުރު ދުވަހު ކުޑަކޮށް ދަށަށް ދިޔަ ނަމަވެސް، މުޅި ހަފުތާއަށް ބަލާއިރު ތެލުގެ އަގު ވަނީ 5 އިންސައްތަ މައްޗަށް ގޮސްފަ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާގަތަރުގަލްފްހުރްމުޒް ކަނޑުއޮޅި

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ޖުލައި 2026

އީރާނުން އެއްވެސް ކާމިޔާބެއް ނުލިބި ޓްރަމްޕް އެންމެ ފަހުން އޮޅުންބޮޅުން ބޮޑު ވާހަކަތަކެއް ދައްކަވައިގެން ހަނގުރާމައިން ރެކިވަޑައިގަންނަވަނީބާ؟

10 ޖުލައި 2026
އީރާނުން އެއްވެސް ކާމިޔާބެއް ނުލިބި ޓްރަމްޕް އެންމެ ފަހުން އޮޅުންބޮޅުން ބޮޑު ވާހަކަތަކެއް ދައްކަވައިގެން ހަނގުރާމައިން ރެކިވަޑައިގަންނަވަނީބާ؟
10 ޖުލައި 2026

ގަތަރުގެ ވަފުދު އީރާނަށް، އެމެރިކާ އީރާން ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަނީ

10 ޖުލައި 2026
ގަތަރުގެ ވަފުދު އީރާނަށް، އެމެރިކާ އީރާން ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރަނީ
10 ޖުލައި 2026

ޓްރަމްޕް: އީރާނުން މަރާލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އަހަރެން

10 ޖުލައި 2026
ޓްރަމްޕް: އީރާނުން މަރާލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އަހަރެން
10 ޖުލައި 2026

އުރުދުންގެ އެއާބޭސްއަށް 10 ބެލިސްޓިކް މިސައިލް ފޮނުވާލައި، އެ ތަންތަން ވަނީ ސުންނާފަތިވެފައި: އީރާން

10 ޖުލައި 2026
އުރުދުންގެ އެއާބޭސްއަށް 10 ބެލިސްޓިކް މިސައިލް ފޮނުވާލައި، އެ ތަންތަން ވަނީ ސުންނާފަތިވެފައި: އީރާން
10 ޖުލައި 2026

އެތައް މިލިއަން މީހުން އެންމެ ފަހުގެ އިހުތިރާމު އަދާކުރުމާއެކު އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއީ ފަސްދާނުލައިފި

10 ޖުލައި 2026
އެތައް މިލިއަން މީހުން އެންމެ ފަހުގެ އިހުތިރާމު އަދާކުރުމާއެކު އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއީ ފަސްދާނުލައިފި
10 ޖުލައި 2026

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް

10 ޖުލައި 2026
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް
09 ޖުލައި 2026

އެމެރިކާ އިން ހަމަލާ ދިން ތަންތަނުގެ ތެރޭގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާ ވަސީލަތްތައް ހިމެނޭ

09 ޖުލައި 2026
އެމެރިކާ އިން ހަމަލާ ދިން ތަންތަނުގެ ތެރޭގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާ ވަސީލަތްތައް ހިމެނޭ
09 ޖުލައި 2026

އީރާނުގެ ބަސް: އެމެރިކާ އިން ބިރުދައްކައިގެން ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނަން

09 ޖުލައި 2026
އީރާނުގެ ބަސް: އެމެރިކާ އިން ބިރުދައްކައިގެން ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނަން
09 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގެ މައްސަލަ ހައްލުނުވާހާ ހިނދަކު، ދުނިޔޭގެ އިގްތިސާދު އޮންނާނީ ބޮޑު ނުރައްކަލެއްގެ ތެރޭގައި

09 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގެ މައްސަލަ ހައްލުނުވާހާ ހިނދަކު، ދުނިޔޭގެ އިގްތިސާދު އޮންނާނީ ބޮޑު ނުރައްކަލެއްގެ ތެރޭގައި
09 ޖުލައި 2026

އީރާން އިން ގުޅައިފި، އެ ޤައުމުން ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަން: ޓްރަމްޕް

09 ޖުލައި 2026
އީރާން އިން ގުޅައިފި، އެ ޤައުމުން ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަން: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް