Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އިން ގުޅައިފި، އެ ޤައުމުން ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަން: ޓްރަމްޕް

9 ޖުލައި 2026 | ބުރާސްފަތި 08:17

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާން އާއެކު އެއްބަސްވުމެއް ހެދުމަކީ ބޭނުންތެރި ކަމެއްކަން، ނުވަތަ ނޫންކަން ޔަޤީން ނުވާ ކަމަށް. އަދި އީރާން އިން އެއްބަސްވުމަށް ފުރިހަމަ އަށް އިޙުތިރާމް ކުރާނެ ކަމުގެ ޔަޤީން ކަމެއް ނެތް ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖުލައި 2026 | ބުރާސްފަތި 08:17
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އީރާން އިން ބޭނުން ވަނީ އެމެރިކާ އާއެކު އެއްބަސްވުމަކަށް އަންނަން ކަމަށާއި، ވީ އެންމެ އަވަހަކަށް އެކަން ކުރަން ބޭނުންވާ ކަމަށް އެ ޤައުމުން އަންގާާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ރޮއިޓާސް ނިއު އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އީރާން އިން މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ގުޅާފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި އެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެންމެ ކުރިން ފެށިގެން ވެސް އީރާން އިން ބޭނުން ވަނީ އެމެރިކާ އާއެކު އެއްބަސްވުމަކަށް އައުމަށެވެ. އީރާން އާއި އެމެރިކާ އާއި ދެމެދު އޮތް ގުޅުން ގޯސްވެފައިވާއިރު، ދެ ޤައުމުން ވަނީ އެ މައްސަލަތައް ޙައްލު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފައި އެވެ. 

ނަމަވެސް، ދެ ޤައުމުގެ ދެ މެެދުގައި އޮތް ދެބަސްވުން ތަކުގެ ސަބަބުން ދާއިމީ ސުލްޙައެއް ޤާއިމު ކުރުމަށް ވަނީ އުނދަގޫވެފައި އެވެ. އީރާން އާއެކު އޮތް ވަގުތީ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް ބުދަ ދުވަހު ޓްރަމްޕް ވިދާޅުވިއިރު، އޭގެ ފަހުން އެމެރިކާ އިން ވަނީ އީރާން އަށް ހަމަލާ ތަކެއް ދީފައި އެވެ. 

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާން އާއެކު އެއްބަސްވުމެއް ހެދުމަކީ ބޭނުންތެރި ކަމެއްކަން، ނުވަތަ ނޫންކަން ޔަޤީން ނުވާ ކަމަށެވެ. އަދި އީރާން އިން އެއްބަސްވުމަށް ފުރިހަމަ އަށް އިޙުތިރާމް ކުރާނެ ކަމުގެ ޔަޤީން ކަމެއް ނެތް ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

އެމެރިކާ އާއި އިޒްރޭލް އެކުވެގެން އީރާން އަށް ހަމަލާ ދޭން ފެށީ މިއަހަރުގެ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިދިޔަ ޖޫން މަހުގެ ތެރޭގައި އެމެރިކާ އާއި އީރާން އިން ވަނީ ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމެއްގައި ސޮއި ކޮށްފައި އެވެ. އަދި އެ އެއްބަސްވުމުގައި ބުނެފައިވާ 60 ދުވަހުގެ ތެރޭގައި އިތުރު މަޝްވަރާތައް ކުރިއަށް ގެންގޮސް، ދެ ޤައުމުގެ ދެ މެދުގައި ދާއިމީ އެއްބަސްވުމެއް އެކުލަވާލަން ޖެހެ އެވެ. 

އެމެރިކާ އިން އީރާން އާއެކު ޤާއިމު ކޮށްފައިވާ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވެފައި ވަނީ ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގެ ތެރޭގައި އެވެ. އެއަށް ފަހު އެމެރިކާ އިން ވަނީ، އީރާންއާ ދެކޮޅަށް އިޤްތިޞާދީ ގޮތުން ގިނަ ފިޔަވަޅު ތަކެއް އަޅައިފަ އެވެ. އޭގެ ފަހުން ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައި އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިސްރާއީލުއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

09 ޖުލައި 2026

ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް ރުޓޭގެ ވާހަކަ ތަކަށް އީރާން އިން ވަރުގަދަ ރައްދެއް ދީފި

09 ޖުލައި 2026
ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް ރުޓޭގެ ވާހަކަ ތަކަށް އީރާން އިން ވަރުގަދަ ރައްދެއް ދީފި
09 ޖުލައި 2026

އީރާންގެ 90 އަށް ވުރެ ގިނަ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި

09 ޖުލައި 2026
އީރާންގެ 90 އަށް ވުރެ ގިނަ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި
09 ޖުލައި 2026

ތިން ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތް ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފިން: އީރާން

09 ޖުލައި 2026
ތިން ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތް ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފިން: އީރާން
09 ޖުލައި 2026

އެމެރިކާ އިން އީރާންގެ އަހްވާޒް އަށް ދިން ހަމަލާގައި ތިން މީހަކު ޝަހީދުވެއްޖެ

09 ޖުލައި 2026
އެމެރިކާ އިން އީރާންގެ އަހްވާޒް އަށް ދިން ހަމަލާގައި ތިން މީހަކު ޝަހީދުވެއްޖެ
08 ޖުލައި 2026

އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

08 ޖުލައި 2026
އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
08 ޖުލައި 2026

އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

08 ޖުލައި 2026
އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި
08 ޖުލައި 2026

ސަރަހައްދުގެ ކުދި ގައުމަތަކުން ސިޔާސީ ގޭމްބްލް ނުކުރުމަށް އީރާނުގެ ލީޑަރުގެ އިސް މުޝީރު އިންޒާރު ދީފި

08 ޖުލައި 2026
ސަރަހައްދުގެ ކުދި ގައުމަތަކުން ސިޔާސީ ގޭމްބްލް ނުކުރުމަށް އީރާނުގެ ލީޑަރުގެ އިސް މުޝީރު އިންޒާރު ދީފި
08 ޖުލައި 2026

ގަލްފް ސަރަހައްދުގައި 6،000 ކަނޑުދަތުރުވެރިން ތާށިވެފައި އެބަތިބި: އައިއެމްއޯ

08 ޖުލައި 2026
ގަލްފް ސަރަހައްދުގައި 6،000 ކަނޑުދަތުރުވެރިން ތާށިވެފައި އެބަތިބި: އައިއެމްއޯ
08 ޖުލައި 2026

ތެލުގެ އަގު ހަ އިންސައްތަ އަށް އުފުލިއްޖެ

08 ޖުލައި 2026
ތެލުގެ އަގު ހަ އިންސައްތަ އަށް އުފުލިއްޖެ
08 ޖުލައި 2026

ޓްރަމްޕް: އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިއްޖެ

08 ޖުލައި 2026
ޓްރަމްޕް: އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް