Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް ރުޓޭގެ ވާހަކަ ތަކަށް އީރާން އިން ވަރުގަދަ ރައްދެއް ދީފި

9 ޖުލައި 2026 | ބުރާސްފަތި 07:59

އީރާނުން ބުނީ، އީރާާންއާ ދެކޮޅަށް ހަމަލާ ދިނުމަށްޓަކައި އެ ޤައުމު ތަކުގެ ސަރަހައްދު ތަކާއި، އަސްކަރީ މަރުކަޒު ތަކާއި، އުމްރާނީ ވަސީލަތްތައް ބޭނުން ކުރުމުގެ ފުރުސަތު ދިން ފަރާތް ތަކަށް، އެކަމުގެ ސަބަބުން ކުރިމަތި ވާނެ ނުރައްކާތެރި ނަތީޖާ ތަކުގެ ޒިންމާ އިން ރެކި ނުގަނެވޭނެ ކަމަށް. އެއްވެސް ޖެހިލުމެއް ނެތި ހިންގާ މިފަދަ އުދުވާން ތަކަށް އެހީތެރިވުމަކީ ބޮޑު އިހުމާލެއް ކަމަށް ވެސް އީރާނުން ބުނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖުލައި 2026 | ބުރާސްފަތި 07:59
އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ.

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ. | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅާށް ކުރަމުންދާ ހަނގުރާމައިގައި ވިލާތުގެ ޤައުމު ތަކުން ބައިވެރިވަމުންދާ ކަމަށް ތުހުމަތުކޮށް، ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް މާކް ރުޓޭ ދެއްކެވި ވާހަކަ ތަކަށް އީރާން އިން ވަރުގަދަ ރައްދެއް ދީފި އެވެ. 

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވަނީ، ނޭޓޯގެ އިސްވެރިޔާ ބަޔާން ތަކަކީ ހަނގުރާމައިގައި ބައިވެރިވުން އިއުތިރާފުވުން ކަމަށް ސިފަ ކުރައްވައިފަ އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަޣާއީ ވިދާޅުވީ، އީރާންއާ ދެކޮޅަށް އެމެރިކާާ އާއި އިޒްރޭލް އިން ހިންގާ އުދުވާނުގައި ވިލާތުގެ ޤައުމު ތަކުން ގަސްތުގައި ބައިވެރިވާ ކަމަށް ރުޓޭ ތަކުރާރުކޮށް އިއުތިރާފުވެ ވަޑައިގަތުމަކީ، މި އަނިޔާވެރި އަދި ޣައިރު ޤާނޫނީ އަމަލު ތަކުގައި އެ ޤައުމު ތަކަކީ ވަކި ފަރާތަކަށް ނުޖެހޭ ބައެއް ނޫންކަން އަނެއްކާ ވެސް ކަށަވަރުވެގެން ދިޔަ ކަމެއް ކަމަށެވެ. 

އެއާ އެކު ބަޣާއީ ވިދާޅުވީ، މިއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގާ އުދުވާނެއް ކަމަށެވެ. އީރާން އިން އަބަދު ވެސް އަންނަނީ އެމެރިކާ އާއި އިޒްރޭލް އިން ހިންގަނީ ޣައިރު ޤާނޫނީ އުދުވާނެއް ކަމަށް ބުނަމުންނެވެ. 

ބަޣާއީ އިތުރަށް ވިދާޅުވީ، އީރާާންއާ ދެކޮޅަށް ހަމަލާ ދިނުމަށްޓަކައި އެ ޤައުމު ތަކުގެ ސަރަހައްދު ތަކާއި، އަސްކަރީ މަރުކަޒު ތަކާއި، އުމްރާނީ ވަސީލަތްތައް ބޭނުން ކުރުމުގެ ފުރުސަތު ދިން ފަރާތް ތަކަށް، އެކަމުގެ ސަބަބުން ކުރިމަތި ވާނެ ނުރައްކާތެރި ނަތީޖާ ތަކުގެ ޒިންމާ އިން ރެކި ނުގަނެވޭނެ ކަމަށެވެ. އެއްވެސް ޖެހިލުމެއް ނެތި ހިންގާ މިފަދަ އުދުވާން ތަކަށް އެހީތެރިވުމަކީ ބޮޑު އިހުމާލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އީރާން އިން މިފަދަ ރައްދެއް ދީފައި ވަނީ، ބުދަ ދުވަހު ރުޓޭ ދެއްކެވި ވާހަކައާ ގުޅިގެންނެވެ. ރުޓޭ ވަނީ އީރާން އަށް އަމާޒުކޮށް އެމެރިކާާ އިން ދެމުންދާ އެންމެ ފަހުގެ ހަމަލާ ތަަކަށް ތާއީދު ކުރައްވައި، އެއީ ކޮންމެހެން ދޭން ޖެހޭ ހަމަލާ ތަކެއް ކަމަށް ވިދާޅުވެފައި އެވެ. މީގެ އިތުރުން، މިއަހަރުގެ މާޗު މަހުގެ ތެރޭގައި ހިނގި ކުރިމަތިލުން ތަކުގައި ނޭޓޯގެ ޤައުމު ތަކުން އެމެރިކާ އަށް ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ނޭޓޯ: އީރާނަށް އެމެރިކާއިން ދިން ހަމަލާތަކަކީ "ކޮންމެހެން މުހިންމު" ހަމަލާތަކެއް
Raajje.mv

ނޭޓޯ: އީރާނަށް އެމެރިކާއިން ދިން ހަމަލާތަކަކީ "ކޮންމެހެން މުހިންމު" ހަމަލާތަކެއް

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ރުޓޭ ހާމަ ކުރެއްވި ގޮތުގައި، ހަނގުރާމައިގެ ފުރަތަމަ ހަ ހަފުތާގެ ތެރޭގައި އެމެރިކާާގެ 4000 އާއި، 5000 އާ ދެމެދުގެ އަދަދަކަށް އަސްކަރީ މަތިންދާ ބޯޓު ވިލާތުގެ އެކި މަރުކަޒު ތަކުން އުދުއްސާލާާފައިވެ އެވެ. މި ހަގީގަތްތަކާ އެކު އީރާން އިން ދެކެނީ ވިލާތުގެ ޤައުމު ތަކަކީ މި ހަނގުރާމައިގެ ސީދާ ބައިވެރިން ކަމަށެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާނޭޓޯމާކް ރޫޓާއިސްމާއިލް ބަޣާއީ

އިތުރަށް ކިޔާލަން

09 ޖުލައި 2026

އީރާންގެ 90 އަށް ވުރެ ގިނަ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި

09 ޖުލައި 2026
އީރާންގެ 90 އަށް ވުރެ ގިނަ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި
09 ޖުލައި 2026

ތިން ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތް ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފިން: އީރާން

09 ޖުލައި 2026
ތިން ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތް ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފިން: އީރާން
09 ޖުލައި 2026

އެމެރިކާ އިން އީރާންގެ އަހްވާޒް އަށް ދިން ހަމަލާގައި ތިން މީހަކު ޝަހީދުވެއްޖެ

09 ޖުލައި 2026
އެމެރިކާ އިން އީރާންގެ އަހްވާޒް އަށް ދިން ހަމަލާގައި ތިން މީހަކު ޝަހީދުވެއްޖެ
08 ޖުލައި 2026

އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

08 ޖުލައި 2026
އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
08 ޖުލައި 2026

އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

08 ޖުލައި 2026
އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި
08 ޖުލައި 2026

ސަރަހައްދުގެ ކުދި ގައުމަތަކުން ސިޔާސީ ގޭމްބްލް ނުކުރުމަށް އީރާނުގެ ލީޑަރުގެ އިސް މުޝީރު އިންޒާރު ދީފި

08 ޖުލައި 2026
ސަރަހައްދުގެ ކުދި ގައުމަތަކުން ސިޔާސީ ގޭމްބްލް ނުކުރުމަށް އީރާނުގެ ލީޑަރުގެ އިސް މުޝީރު އިންޒާރު ދީފި
08 ޖުލައި 2026

ގަލްފް ސަރަހައްދުގައި 6،000 ކަނޑުދަތުރުވެރިން ތާށިވެފައި އެބަތިބި: އައިއެމްއޯ

08 ޖުލައި 2026
ގަލްފް ސަރަހައްދުގައި 6،000 ކަނޑުދަތުރުވެރިން ތާށިވެފައި އެބަތިބި: އައިއެމްއޯ
08 ޖުލައި 2026

ތެލުގެ އަގު ހަ އިންސައްތަ އަށް އުފުލިއްޖެ

08 ޖުލައި 2026
ތެލުގެ އަގު ހަ އިންސައްތަ އަށް އުފުލިއްޖެ
08 ޖުލައި 2026

ޑެންމާކުގެ ރައްދު އެމެރިކާ އަށް - ގައުމުގެ ސަރަހައްދުގެ ކޮންމެ އިންޗެއް ދިފާއުކުރަން ތައްޔާރު

08 ޖުލައި 2026
ޑެންމާކުގެ ރައްދު އެމެރިކާ އަށް - ގައުމުގެ ސަރަހައްދުގެ ކޮންމެ އިންޗެއް ދިފާއުކުރަން ތައްޔާރު
08 ޖުލައި 2026

ޓްރަމްޕް: އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިއްޖެ

08 ޖުލައި 2026
ޓްރަމްޕް: އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް