Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އެތައް މިލިއަން މީހުން އެންމެ ފަހުގެ އިހުތިރާމު އަދާކުރުމާއެކު އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއީ ފަސްދާނުލައިފި

10 ޖުލައި 2026 | ހުކުރު 03:14

އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު ފަސްދާނުލުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް މަޝްހަދަށް އެތައް ހާސް ބަޔަކު ޖަމާވި. މި ޖަނާޒާގައި ދައުލަތުގެ އިސްވެރިންނާއި އާންމުން ބައިވެރިވިއިރު، މިއީ ދުޝްމަނުންނަށް ދިން ވަރުގަދަ މެސެޖެއްގެ ގޮތުގައި އެ ގައުމުގެ ރައްޔިތުން ސިފަކުރި. ހޫނުގަދަވެ ދަތުރުފަތުރުގެ ދަތިތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ގިނަ ބަޔަކު ވަނީ ހިނގާފައި ގޮސް މި ވަދާޢީ ރަސްމިއްޔާތުގައި ބައިވެރިވެފައި.

ރާއްޖެ އެމްވީ | 10 ޖުލައި 2026 | ހުކުރު 03:14

އަވަހާރަކޮށްލާފައިވާ އެ ގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީގެ ހަށިކޮޅު ބާއްވާފައިވާ ސަންދޯއްޕުޅާއި ގާތްވުމަށް ގިނަ އަދަދެއްގެ ބަޔަކު އީރާނުގެ މަޝްހަދުގައި 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހު، މަސައްކަތް ކުރަނީ. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި އަވަހާރަވީ އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު ބުރާސްފަތި ދުވަހު ފަސްދާނުލައިފި އެވެ.

ކުރީގެ ލީޑަރަށް އެންމެ ފަހުގެ އިހުތިރާމު އަދާކުރުމަށް އަންގާރަ ދުވަހުގެ އިރުއޮއްސުނު ވަގުތުން ފެށިގެން، ލީޑަރު ފަސްދާނުލުމަށް ހަމަޖެހިފައިވާ މަޝްހަދުގެ މަޤްބަރާއަށް ދާން އޮންނަ މަގުތަކަށް ގިނަ އަދަދެއްގެ އާންމުން ޖަމާވާން ފެށި އެވެ. ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް އައިއިރު، މަގުތައް ފުރި އެތައް ހާސް މީހުން ވަނީ ޖަމާވެފަ އެވެ. މި އެއްވުމުގައި މަޝްހަދުގެ ރައްޔިތުންގެ އިތުރުން، އީރާނުގެ އެކި ޕްރޮވިންސްތަކުން އައި މީހުންނާއި، އެންމެ ފަހުގެ ވަދާޢީ ސަލާމް ކުރުމަށްޓަކައި އެ ގައުމަށް ދަތުރުކުރި ބޭރު ގައުމުތަކުގެ މީހުން ވެސް ހާޒިރުވި އެވެ. މުޅި ސަރަހައްދުން ފެންނަން އޮތީ މައިގަނޑު ދެ ކުލައެކެވެ. އެއީ އަވަހާރަވި ލީޑަރުގެ ހިތާމައިގައި ބޭނުންކުރި ކަޅު ކުލައާއި، ބަދަލުހިފުމުގެ ރޫހު ރަމްޒުކޮށްދޭ ރަތް ކުލައެވެ.

މިއީ ފަހުގެ ތާރީޚެއްގައި ދުނިޔޭގައި ބޭއްވި އެންމެ ބޮޑު އެއް ޖަނާޒާ

ޕްރޮވިންސްގެ އިސްވެރިންނާއެކު ދައުލަތުގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، އައި.އާރް.ޖީ.ސީ ގުދުސް ފޯސްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އިސްމާއީލް ޣަނީ ހިމެނިވަޑައިގެންނެވި އެވެ. ޓްރެފިކް ބޮޑުވުމުގެ ސަބަބުން މަގުތައް ބަންދުކޮށް، ކައިރި ސަބްވޭ ސްޓޭޝަންތަކާއި ބަސް ދަތުރުތައް މެދުކަނޑާލާފައި އޮތުމުގެ އިތުރުން، ހޫނުމިން ގަދަވި ނަމަވެސް، ކުޑަކުދިންނާއި އާއިލާތަކުން ފެށިގެން ދޮށީ އުމުރުގެ މީހުންނާ ހަމައަށް ގިނަ ބަޔަކު ވަނީ ދުރު ރާސްތާތަކަށް ހިނގާފައި ގޮސް މި ރަސްމިއްޔާތުގައި ބައިވެރިވެފަ އެވެ. މި ހިނގާލުމުގެ ބައިވެރިންނަށް އަރާމުކުރުމާއި ކާބޯތަކެތީގެ ޚިދުމަތް ދިނުމަށް އެ ސަރަހައްދުގެ ވިޔަފާރިތަކާއި، ހޮޓާތަކާއި ރެސްޓޯރެންޓްތައް ހުޅުވާލާފައިވާއިރު، ގިނަ އަދަދެއްގެ ވޮލަންޓިއަރުން ދިޔައީ ބޯފެނާއި ކާބޯތަކެތި ބަހަމުންނެވެ.

އިސްނާ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން މަޝްހަދުގެ ރައްޔިތެއް ކަމަށްވާ މަހްދީ އިބްރާހިމީ-މުގައްދަމް ބުނީ، މި ޖަނާޒާގައި ބައިވެރިވުމަކީ ގައުމީ އަދި އިޖުތިމާއީ ވާޖިބެއް ކަމަށެވެ. އެތައް ހާސް މީހުން ޖަމާވި މި އެއްވުމުގެ މައިގަނޑު މެސެޖަކީ ބޭރުގެ ދުޝްމަނުންނަށް ބިރުދެއްކުން ކަމަށާއި، ރައްޔިތުންގެ މި އެއްބައިވަންތަކަމުގެ ސަބަބުން ބޭރުގެ ބާރުތަކުން އީރާނާ މެދު ގެންގުޅޭ ސިޔާސަތުތައް އީރާނުގެ ވެރިން އަލުން މުރާޖައާ ކުރަން މަޖުބޫރުވާނެ ކަމަށް އޭނާ ފާހަގަކުރި އެވެ. މީގެ އިތުރުން، އިތުރު މީހަކު ބުނި ގޮތުގައި، ރައްޔިތުން ދައްކުވައިދިން މި ވަރުގަދަ އެއްބައިވަންތަކަމުގެ ސަބަބުން ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް ސަރުކާރުގެ އިސްވެރިންގެ މައްޗަށް އޮތް ޒިންމާ ބޮޑުވެގެންދާނެ ކަމަށެވެ. އަދި މިއީ ގައުމުގެ އަސްކަރިއްޔާއާއި ޑިޕްލޮމެޓިކް ދާއިރާއަށް ލިބުނު ވަރުގަދަ ބާރެއް ކަމަށްވެސް އެމީހުން ފާހަގަކުރި އެވެ.

ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ހާއިރު، ޚާމަނާއީ އާއި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާގައި އަވަހާރަވި އާއިލާގެ އެހެން ބޭފުޅުންގެ ސަންދޯއްޕުޅުތައް އުފުލި އުޅަނދުތައް މަޤްބަރާއަށް ދާން އޮންނަ މައި މަގުތަކަށް ވަނެވެ. އެ ވަގުތު އާންމުން ދިޔައީ އަޑުގަދަކޮށް ދީނީ ޝިއާރުތައް ފާޅުކޮށް، ދުޢާކޮށް، ހިތާމަ ފާޅުކުރަމުންނެވެ. 

މަޝްހަދުގައި ހުންނަ އިމާމް ރިޒާ ގެ މަގްބަރާގެ ދާރުލް ޛިކްރު ނަމާދުކުރާ ހޯލުގައި، އަވަހާރަކޮށްލާފައިވާ ލީޑަރު ފަސްދާނުލާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ކަށުނަމާދަށްފަހު، ޝަހީދުވި ލީޑަރުގެ އާއިލާގެ މެންބަރުންނަށް ޚާއްޞަ ވަދާއީ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ.

މައްޔިތުންގެ މައްޗަށް ކުރެވުނު ކަށުނަމާދު އިމާމުވެ ކުރެއްވީ، ޝަހީދުވި ލީޑަރުގެ އެންމެ ދޮށީ ފިރިހެން ދަރިކަލުން ސައްޔިދު މުޞްޠަފާ ޚާމަނާއީ އެވެ.

އިމާމުވެ ކަށުނަމާދު ކުރެއްވީ ޚާމަނާއީގެ ދޮށީ ދަރިކަލުން

އަވަހާރަކޮށްލި ލީޑަރަށް އެންމެ ފަހުގެ އިހުތިރާމު އަދާކުރުމަށް ނުކުމެ ތިބި މީހުން ދިޔައީ "އެމެރިކާ ހަލާކުވެދާށި"، "އިސްރާއީލު ހަލާކުވެދާށި" ފަދަ ޝިއާރުތަކުން އަޑުއުފުލަމުންނެވެ. 

އަވަހާރަކޮށްލާފައިވާ އެ ގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީގެ ސަންދޯއްޕުޅާއެކު ބޭއްވި ޖަނާޒާގެ ހިންގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަނީ.

އަވަހާރަކޮށްލާފައިވާ އެ ގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީގެ ސަންދޯއްޕުޅާއެކު ބޭއްވި ޖަނާޒާގެ ހިންގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަނީ. | ގެޓީ އިމޭޖަސް

މި ޖަނާޒާގެ ރަސްމިއްޔާތުތައް ފެށިފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. މި ރަސްމިއްޔާތުތަކުގައި 45 އަށްވުރެ ގިނަ ޤައުމުގެ ސިޔާސީ އިސްވެރިންނާއި 90 އަށްވުރެ ގިނަ ޤައުމުގެ އިލްމުވެރިން ބައިވެރިވެ، ކުރީގެ ލީޑަރަށް އިޙްތިރާމް އަދާކުރެއްވި އެވެ.

މީގެ އިތުރުން، ހަފުތާ ބަންދުގައި ތެހެރާންގެ ގްރޭންޑް މުޞައްލާގައި ބޭއްވި ވަދާއީ ރަސްމިއްޔާތުތަކުގައި މިލިއަނުން މީހުން ބައިވެރިވެ އިޙްތިރާމް އަދާކޮށްފައިވެ އެވެ.

ހޯމަ ދުވަހު ތެހެރާންގެ މަގުތަކުގައި ހަށިކޮޅުތަކާއެކު ބޭއްވި ހިނގާލުމުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއިރު، އަންގާރަ ދުވަހު ޤުމް ސިޓީއާއި ޖަމްކަރާން މިސްކިތުގައި ވެސް ޚާއްޞަ ރަސްމިއްޔާތުތަކެއް ވަނީ ބާއްވާފަ އެވެ. ބުދަ ދުވަހު އިރާޤުގެ ނަޖަފް އަދި ކަރުބަލާއަށް ގާތްގަނޑަކަށް 10 މިލިއަން މީހުން އެއްވެ އިޙްތިރާމް އަދާކުރި އެވެ.

އިރާޤުގެ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، މިއީ ފަހުގެ ތާރީޚެއްގައި ދުނިޔެ ދުށް އެންމެ ބޮޑު އެއް ޖަނާޒާ އެވެ. އަދި އެކި ޤަބީލާތަކުގެ މީހުން ވަނީ މައްޔިތުންގެ ގާފިލާއާއެކު އެތައް މޭލަކަށް ހިނގާފަ އެވެ.

ތާރީޚީ މި ވަދާއީ ރަސްމިއްޔާތުގައި ބައިވެރިވުމަށްޓަކައި އަފްޣާނިސްތާން، ޕާކިސްތާން، އިންޑިއާ، ތުރުކީ އަދި ނައިޖީރިއާ ފަދަ ޤައުމުތަކުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އީރާނަށް ގޮސްފަ އެވެ.

ހިތާމައިގައި ބައިވެރިވި މީހުން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުށްވެރިކޮށް ބެނާތައް އުފުލާފައެވެ. އަދި "ބަދަލުހިފުން، ބަދަލުހިފުން" ފަދަ ޝިއާރުތަކުން މަގުތައް ވަނީ ގުގުމާލާފަ އެވެ.

އާޔަތުﷲ ސައްޔިދު ޢަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ އޭނާގެ އާއިލާގެ ބައެއް މެންބަރުންނާއެކު ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެއީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި 40 ދުވަހުގެ އުދުވާނީ ހަނގުރާމަ ފެށުނު ދުވަހެވެ.

މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި އައު ލީޑަރު އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީގެ އަނބިކަނބަލުންނާއި، ކުރީގެ ލީޑަރުގެ ދަނބިދަރިފުޅާއި، އަންހެން ދަރިފުޅުގެ އިތުރުން 14 މަހުގެ ކާފަ ދަރިފުޅު ވެސް ހިމެނެ އެވެ.

މަސްދަރު: އޭޖެންސީތައް

އީރާންއާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީއީރާން-އެމެރިކާ

އިތުރަށް ކިޔާލަން

10 ޖުލައި 2026

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް

10 ޖުލައި 2026
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް
09 ޖުލައި 2026

އެމެރިކާ އިން ހަމަލާ ދިން ތަންތަނުގެ ތެރޭގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާ ވަސީލަތްތައް ހިމެނޭ

09 ޖުލައި 2026
އެމެރިކާ އިން ހަމަލާ ދިން ތަންތަނުގެ ތެރޭގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާ ވަސީލަތްތައް ހިމެނޭ
09 ޖުލައި 2026

އީރާނުގެ ބަސް: އެމެރިކާ އިން ބިރުދައްކައިގެން ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނަން

09 ޖުލައި 2026
އީރާނުގެ ބަސް: އެމެރިކާ އިން ބިރުދައްކައިގެން ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނަން
09 ޖުލައި 2026

އެމެރިކާ އިން ދިން ހަމަލާ ގައި ތެހެރާނާއި މަޝްހަދު ގުޅުވައިދޭ ރޭލު ލައިންތަކަށް ގެއްލުންވެ ދަތުރުތައް މެދުކެނޑިއްޖެ

09 ޖުލައި 2026
އެމެރިކާ އިން ދިން ހަމަލާ ގައި ތެހެރާނާއި މަޝްހަދު ގުޅުވައިދޭ ރޭލު ލައިންތަކަށް ގެއްލުންވެ ދަތުރުތައް މެދުކެނޑިއްޖެ
09 ޖުލައި 2026

އެމެރިކާގެ ހަމަލާތަކުގައި އީރާނުން 14 މީހުން މަރުވެ 78 ޒަޚަމް

09 ޖުލައި 2026
އެމެރިކާގެ ހަމަލާތަކުގައި އީރާނުން 14 މީހުން މަރުވެ 78 ޒަޚަމް
09 ޖުލައި 2026

އީރާން އިން ގުޅައިފި، އެ ޤައުމުން ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަން: ޓްރަމްޕް

09 ޖުލައި 2026
އީރާން އިން ގުޅައިފި، އެ ޤައުމުން ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަން: ޓްރަމްޕް
09 ޖުލައި 2026

ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް ރުޓޭގެ ވާހަކަ ތަކަށް އީރާން އިން ވަރުގަދަ ރައްދެއް ދީފި

09 ޖުލައި 2026
ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް ރުޓޭގެ ވާހަކަ ތަކަށް އީރާން އިން ވަރުގަދަ ރައްދެއް ދީފި
09 ޖުލައި 2026

އީރާންގެ 90 އަށް ވުރެ ގިނަ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި

09 ޖުލައި 2026
އީރާންގެ 90 އަށް ވުރެ ގިނަ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި
09 ޖުލައި 2026

ތިން ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތް ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފިން: އީރާން

09 ޖުލައި 2026
ތިން ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތް ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފިން: އީރާން
09 ޖުލައި 2026

އެމެރިކާ އިން އީރާންގެ އަހްވާޒް އަށް ދިން ހަމަލާގައި ތިން މީހަކު ޝަހީދުވެއްޖެ

09 ޖުލައި 2026
އެމެރިކާ އިން އީރާންގެ އަހްވާޒް އަށް ދިން ހަމަލާގައި ތިން މީހަކު ޝަހީދުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް